Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކަސްޓަމްސް އޮފިޝަލުން ތަމްރީން ކުރުން

ކަސްޓަމްސް އޮފިޝަލުންގެ ގާބިލިއްޔަތުކަން އިތުރުކުރުމަށް އިންޑިއާއަށް

7 ޖުލައި 2022 | ބުރާސްފަތި 18:23

ކަސްޓަމްސްގެ 30 އޮފިސަރުން އިންޑިއާއިން ތަމްރީން ހޯދާނެ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 7 ޖުލައި 2022 | ބުރާސްފަތި 18:23
ކަސްޓަމްސް

ކަސްޓަމްސް

މޯލްޑިވްސް ކަސްޓަމްސް ސަރވިސް އޮފިޝަލުންގެ ގާބިލިއްޔަތުކަން އިތުރުކުރުމަށް އިންޑިއާއަށް ފޮނުވާ އޮފިޝަލުންނާ ލިޔުން ހަވާލުކޮށްފިއެވެ.

މި އޮފިޝަލުންނާ ލިޔުން ހަވާލުކޮށްފައިވަނީ ބުރާސްފަތި ދުވަހު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި އިންޑިއަން ހައިކޮމިޝަނަރ މުނު މަހާވަރުއާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ކޮމިޝަނަރ ޖެނެރަލް އަބްދުﷲ ޝަރީފް ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement - newsAdvertisement

މި ތަމްރީނުގައި ބައިވެރިވާން ރާއްޖޭން އިންޑިޔާގެ ފަރީދްއާބާދުގައި ހުންނަ ނެޝަނަލް އެކެޑެމީ އޮފް ކަސްޓަމްސް، އިންޑައިރެކްޓް ޓެކްސް އަދި ނާރކޮޓިކްސް (އެން.އޭ.ސީ.އައި.އެން)އަށް ކަސްޓަމްސްގެ 30 އޮފިސަރުން ދާނެއެވެ. މި ތަމްރީންތައް ކުރިއަށްދާނީ ޖުލައި 11ން 15އަށެވެ.

މި ދަތުރުގައި ކަސްޓަމްސް އޮފިސަރުން، ޕޯސްޓް ކަސްޓަމްސް އޯޑިޓް ހިމެނިގެންވާ، ކާގޯ ޕްރޮފައިލިންގް އެންޑް ރިސްކް މެނޭޖްމަންޓް މައުލޫއަށް ބިނާކޮށް ހިންގޭ ތަމްރީނެއްގައި ބައިވެރިވާނެއެވެ. މި ތަމްރީން ޕްރޮގްރާމްގައި; އިންޓަރެކްޓިވް ސެޝަންތަކާއި، ވަޔާއި ކަނޑުގެ ކާގޯގެ ރިސްކް ބޭސްޑް ސިލެކްޓިވިޓީ، އަދި ރިސްކް ބޭސްްޑް ކޮމްޕްލައަންސް މެނޭޖްމެންޓްފަދަ، ކަމާގުޅޭ މައުލޫތަކުގެ ކޭސް ސްޓަޑީއާއި،ވޯރލްޑް ޓްރޭޑް އޯގަނައިޒޭޝަން ޓްރޭޑް ފެސިލިޓޭޝަން އެގްރިމެންޓާ  ގުޅުންހުރި، ވޯރލްޑް ކަސްޓަމްސް އޯގަނައިޒޭޝަން އިންސްޓްރުމެންޓް ފަދަ ބައިތައް ހިމެނެއެވެ.

ހައިކޮމިޝަނަރ މުނު މަހާވަރުވަނީ 6 ޖޫންއިން 1 ޖުލައިއަށް މުމްބާއީގެ އެން.އޭ.ސީ.އައި.އެންގެ ފަރާތުން އިންތިޒާމްކޮށް ބޭއްވިފައިވާ ތަމްރީން ޕްރޮގްރާމްތަކުގެ ހުރިހާ އިވެންޓްތަކުގައި ކަސްޓަމްސް އޮފިސަރުންގެ ބައިވެރިވުން ފާހަގަކުރައްވާފައެވެ.  އަދި ކަސްޓަމްސް އޮފިސަރުންނަށް  ބޭނުންވާ މިފަދަ އިތުރު ތަމްރީންތައް މިއަހަރުތެރޭ ބޭއްވުމަށް އިންތިޒާމްކުރެވެމުން ދާކަމަށް ވިދާޅުވިއެވެ.

ކަސްޓަމްސް ކޯޕަރޭޝަން އެމްއޯޔޫގައި ސޮއިކޮށްފައިވަނީ ޖޫން 2019ގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ.

ކަސްޓަމްސުން ބުނީ އިންޑިޔާއާ ދިވެހިރާއްޖޭގެ މެދުގައި ކަސްޓަމްސް ދާއިރާގެ ގުޅުން ވަނީ ފާއިތުވި އަހަރުތަކުގައި ވަރުގަދަވެފައިކަމަށެވެ. އެގޮތުން މި ބެޗް ހިމެނޭހެން 130 ކަސްޓަމްސް އޮފިޝަލުންވަނީ އިންޑިޔާއަށް ފޮނުވައި ކަސްޓަމްގެ އެކި ދާއިރާތަކުން ތަމްރީން ދެވިފައިކަމަށާއި، 90 ކަސްޓަމްސް އޮފިޝަލުން ވަނީ އޮންލައިން ޕްރޮގްރާމްތައް މެދުވެރިކޮށް ތަމްރީންކޮށްފައިކަމަށް އެ އިދާރާއިން ބުނެއެވެ.

ސެންޓްރަލް ބޯޑް އޮފް އިންޑައިރެކްޓް ޓެކްސް އެންޑް ކަސްޓަމްސް (ސީ.ބީ.އައި.ސީ)އާއި އެމް.ސީ.އެސްއާ ދެމެދު ޖުލައި 2021ގައި އަލަށް ސޮއިކުރެވުނު ޕްރީ-އެރައިވަލް އެކްސްޗޭންޖް އޮފް ކާގޯ ޑޭޓާއާބެހޭ އެމް.އޯ.ޔޫގެ ދަށުން، ޕްރީ-އެރައިވަލް ކަސްޓަމްސް ޑޭޓާ އެކްސްޗޭންޖްގެ އައު މަޝްރޫއެއް ވަނީ އިފްތިތާހުކޮށްފައެވެ. މި މަޝްރޫއުގައި ދެ ކަސްޓަމްސްގެ ދެމެދުގައި ޓެކްނޮލޮޖީގެ ޒަރީއާއަށް އިސްކަންދީ ކަސްޓަމްސް ޑޭޓާ ވަގުތުން ބަދަލުކުރުމަށް މަގުފަހިވެގެންދާނެކަމަށް ކަސްޓަމްސުން ބުނެއެވެ.

މީގެ އިތުރުން ދެ ގައުމުގެ ދެމެދުގައި ހިނގާ ވިޔަފާރި، ރިސްކް މެނޭޖްމަންޓް ބޭނުންކޮށް ފުޅާކުރުމަށް މަގުފަހިވުމާއެކު، އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސްގައި ކޮމްޕްލަޔަންސް މޮނިޓަރކުރުމަށް އެހީތެރިވާނެކަމަށް ބެލެވޭކަމަށްވެސް ކަސްޓަމްސުން ބުންޏެވެ.

މޯލްޑިވްސް ކަސްޓަމްސް ސާރވިސް

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

16 ނޮވެމްބަރު 2025

51 މިލިއަން އަށް ލިބޭ ކޮންޓޭނަރު ސްކޭނަރެއް ގަންނަން ފިނޭންސުން ހަމަޖައްސައި ދިނީ އެންމެ 15 މިލިއަން ރުފިޔާ: ކަސްޓަމްސް

16 ނޮވެމްބަރު 2025
51 މިލިއަން އަށް ލިބޭ ކޮންޓޭނަރު ސްކޭނަރެއް ގަންނަން ފިނޭންސުން ހަމަޖައްސައި ދިނީ އެންމެ 15 މިލިއަން ރުފިޔާ: ކަސްޓަމްސް
13 ނޮވެމްބަރު 2025

ކަސްޓަމްސް އެކަށީގެންވާ ގޮތެއްގައި މަސައްކަތެއް ނުކުރޭ، އެތަން ޖަވާބުދާރީ ކުރުވޭކަށް ނެތް: މެންބަރު ނާޒިމް

13 ނޮވެމްބަރު 2025
ކަސްޓަމްސް އެކަށީގެންވާ ގޮތެއްގައި މަސައްކަތެއް ނުކުރޭ، އެތަން ޖަވާބުދާރީ ކުރުވޭކަށް ނެތް: މެންބަރު ނާޒިމް
04 ނޮވެމްބަރު 2025

ހުޅުމާލެ އިންޓަރނޭޝަނަލް ޕޯޓުން 2 ކޮންޓެއިނަރ ސިނގިރެޓު ވަގަށް ގެންދިޔަ ގޮތް ފުލުހުން ކިޔައިދީފި

04 ނޮވެމްބަރު 2025
ހުޅުމާލެ އިންޓަރނޭޝަނަލް ޕޯޓުން 2 ކޮންޓެއިނަރ ސިނގިރެޓު ވަގަށް ގެންދިޔަ ގޮތް ފުލުހުން ކިޔައިދީފި
29 އޮކްޓޯބަރު 2025

ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނާ ހިލާފުވެގެން ކޮށްފައިވާ ޖޫރިމަނާ ޝަހީމްގެ ދަރިކަލުން އަދިވެސް ނުދައްކާ!

29 އޮކްޓޯބަރު 2025
ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނާ ހިލާފުވެގެން ކޮށްފައިވާ ޖޫރިމަނާ ޝަހީމްގެ ދަރިކަލުން އަދިވެސް ނުދައްކާ!
29 އޮކްޓޯބަރު 2025

ސިނގިރޭޓު ވަގަށް އެތެރެ ކުރި މައްސަލާގައި ވަކި ކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރު އަބްދުﷲ ވަހީދު އާއި މަހްމޫދު ރިޔާޒް

29 އޮކްޓޯބަރު 2025
ސިނގިރޭޓު ވަގަށް އެތެރެ ކުރި މައްސަލާގައި ވަކި ކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރު އަބްދުﷲ ވަހީދު އާއި މަހްމޫދު ރިޔާޒް
29 އޮކްޓޯބަރު 2025

ކަސްޓަމްސްގެ 2 ޑެޕިއުޓީ ކޮމިޝަނަރުން މަގާމުން ވަކި ކޮށްފި

29 އޮކްޓޯބަރު 2025
ކަސްޓަމްސްގެ 2 ޑެޕިއުޓީ ކޮމިޝަނަރުން މަގާމުން ވަކި ކޮށްފި
27 އޮކްޓޯބަރު 2025

ކަސްޓަމްސް އިން ގާނޫނާ ޚިލާފަށް ސަލާމަތީ ސެޓްފިކެޓު ނެތް ލޯންޗެއް ދުއްވިކަން ހާމަވެއްޖެ

27 އޮކްޓޯބަރު 2025
ކަސްޓަމްސް އިން ގާނޫނާ ޚިލާފަށް ސަލާމަތީ ސެޓްފިކެޓު ނެތް ލޯންޗެއް ދުއްވިކަން ހާމަވެއްޖެ
02 އޮކްޓޯބަރު 2025

ލޫޓުވައިފި، ލޫޓުވައިފި އެއްވުމާ ދިމާ ކޮށް ކަސްޓަމްސް އިން ބޮޑު މަސް ރޭހެއް ރާވައިފި

02 އޮކްޓޯބަރު 2025
ލޫޓުވައިފި، ލޫޓުވައިފި އެއްވުމާ ދިމާ ކޮށް ކަސްޓަމްސް އިން ބޮޑު މަސް ރޭހެއް ރާވައިފި
12 ސެޕްޓެމްބަރު 2025

ވަގަށް ނެރުނު ސިނގިރޭޓްތަކަކަށް 20 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ހުކުމްކޮށްފި

12 ސެޕްޓެމްބަރު 2025
ވަގަށް ނެރުނު ސިނގިރޭޓްތަކަކަށް 20 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ހުކުމްކޮށްފި
17 ޖުލައި 2025

2022 ގެ ނިޔަލަށް ކަސްޓަމްސްއަށް 477 މިލިއަން ރުފިޔާ ނުލިބި ހުރި - އޮޑިޓް

17 ޖުލައި 2025
2022 ގެ ނިޔަލަށް ކަސްޓަމްސްއަށް 477 މިލިއަން ރުފިޔާ ނުލިބި ހުރި - އޮޑިޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް