Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޫސުމީ ބަދަލުތައް

މޫސުމީ ބަދަލުތަކަކީ ގައުމުތައް ދަރަނިވެރި ކޮށްލާ ކަމެއް: ރައީސް ނަޝީދު

4 ޖުލައި 2022 | ހޯމަ 07:57

އުދައިގެ ސަބަބުން ލިބުނު ގެއްލުމުގެ އަގު 30 މިލިއަން ޑޮލަރަށް އަރާނެ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 4 ޖުލައި 2022 | ހޯމަ 07:57
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

މޫސުމީ ބަދަލުތަކަކީ ގައުމުތަކުގެ މާލީ ހާލަތު ދަށްކޮށްލާ، ގައުމުތައް ދަރަނިވެރިކޮށްލާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވީ 21 ވަނަ އިންޓަރނޭޝަނަލް އޯގަނައިޒޭޝަން އޮފް ސުޕްރީމް އޮޑިޓް އިންސްޓިޓިއުޝަންގެ ވަރކިންގ ގްރޫޕް އޮން އެންވަޔަރަންމަންޓް އޮޑިޓިންގ އެސެމްބްލީގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ނަޝީދުގެ ވާހަކަފުޅުގައި ވަނީ ގައުމުތަކުން ނަގާފައިވާ ލޯނުތައް ދެއްކުމަށް ގައުމަކަށްފަހު ގައުމެއް ފެއިލް ވަމުންދާނެ ކަމަށް ވިދާޅުވެފައެވެ.

Advertisement - newsAdvertisement

މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރަމުންދާ އަސަރަށް އަލިއަޅުވާލައްވައި ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ މޫސުން ގޯސްވުމުގެ ސަބަބުން ފާއިތުވި ދެ ދުވަހުގެ ތެރޭގައި ކަނޑުގެ ލޮނުގަނޑު އިންތިހާއަށް އުފުލި، ރާއްޖޭގެ ގިނަ ރަށްރަށަކަށް އުދަ އަރާފައިވާ ކަމަށެވެ. އުދައިގެ ސަބަބުން ރަށްރަށަށް ލިބުނު ގެއްލުން 30 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ވިދާޅުވިއެވެ.

މޫސުމީ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ކުރާ ގިނަ ގައުމުތަކަކީ ބޮޑެތި ދަރަނި ނަގާފައިވާ ގައުމުތައް ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. ރާއްޖެއަށް ބަލާލާއިރު، ދައުލަތަށް ލިބޭ އާމްދަނީގެ 20 އިންސައްތައަށްވުރެ ބޮޑު ބައި ދަރަނި އަނބުރާ ދެއްކުމަށް ހޭދަވާއިރު، އާމްދަނީގެ 30 އިންސައްތައަށްވުރެ ބޮޑު ބައި، މޫސުމީ ބަދަލުތަކަށް ހޭނުމަށް ކުރާ މަސައްކަތަށް ހޭދަކުރާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މީގެ ކުރިން ނަގާފައިވާ ލޯނުތަކަކީ މުޅިން ނުބައި ސައިންސަކަށް ބިނާކޮށް ނަގާފައިވާ ލޯނުތަކެއް ކަމަށެވެ. އެ ލޯނުތައް ނެގިއިރު އިންޓަރ ގަވަރންމެންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭން (އައިޕީސީސީ) އަދި ވޯލްޑް އޯޑަރއިން ބުނަމުންދިޔައީ، މޫސުމަށް އަންނަ ބަދަލުތަކަކީ ކާބަން އެމިޝަންއާ ގުޅިފައި އޮތް ކަމެއް ނޫން ކަމަށެވެ. އެހެންނަމަވެސް އެންމެފަހުން 2021 ވަނަ އަހަހަރު އައިޕީސީސީން މިކަމަށް އެއްބަސްވެފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މި ލޯނުތަކަކީ ނުބައި ސައިންސެއްގެ މައްޗަށް ބަރޯސާވެ ނަގާފައިވާ ލޯނުތަކެއް ކަމުން، މިހާރު މި ދިމާވާ ކަންކަމުން އަރައިގަތުމަށް މަސައްކަތްކުރުމަށް ވަނީ ދަތިވެފައި ކަމަށެވެ. އަދިވެސް އެ ލޯނުތައް އަނބުރާ ދައްކަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ލޯނުތައް ނަގައިގެން ތަރައްގީކޮށްފައިވާ މަގުތައް ހަލާކުވެ، ބްރިޖް ވެއްޓި، ސްކޫލްގައި ފެން ބޮޑުވެ، މިއަށްވުރެވެސް ބޮޑެތި ގެއްލުންތައް ލިބިފައިވާކަމަށް ނަޝީދު ވިދާޅުވިއެވެ. ލޯނު ނަގައިގެން ކުރި މަސައްކަތް ނެތިދިއުމުން އެ ލޯނު އަނބުރާ ދެއްކޭނެ ގޮތެއް ކިޔައިދެއްވުމަށް ރައީސް ނަޝީދު ވަނީ ސަމިޓުގެ ބައިވެރިންގެ ކިބައިން އެދިވަޑައިގެންފައެވެ.

ކްލައިމެޓް ޗޭންޖްކުރީގެ ރައީސް، މުހައްމަދު ނަޝީދު

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

30 ނޮވެމްބަރު 2025

އިނގިރޭސި ރަސްގެފާނުގެ ދަޢުވަތަކަށް ރައީސް އިނގިރޭސިވިލާތަށް

30 ނޮވެމްބަރު 2025
އިނގިރޭސި ރަސްގެފާނުގެ ދަޢުވަތަކަށް ރައީސް އިނގިރޭސިވިލާތަށް
28 ނޮވެމްބަރު 2025

މޫޑީޒް ރޭޓިންގްސް އިން ރާއްޖެއަށް ދިފައިވާ 'ޖަންކް' ރޭޓިން ދަމަހައްޓައިފި

28 ނޮވެމްބަރު 2025
މޫޑީޒް ރޭޓިންގްސް އިން ރާއްޖެއަށް ދިފައިވާ 'ޖަންކް' ރޭޓިން ދަމަހައްޓައިފި
17 އޮކްޓޯބަރު 2025

އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި

17 އޮކްޓޯބަރު 2025
އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި
17 ސެޕްޓެމްބަރު 2025

މީޑިއާ ކޮންޓްރޯލު ބިލު: މިއީ ދިވެހިރާއްޖެ އަށް ވަރަށް ހިތާމަވެރި ދުވަހެއް: ރައީސް ނަޝީދު

17 ސެޕްޓެމްބަރު 2025
މީޑިއާ ކޮންޓްރޯލު ބިލު: މިއީ ދިވެހިރާއްޖެ އަށް ވަރަށް ހިތާމަވެރި ދުވަހެއް: ރައީސް ނަޝީދު
12 ޖުލައި 2025

އުތުރު އަދި މެދު އެފްރިކާގެ ޤައުމުތަކުގައި ވޯލްޑް ފުޑް ޕްރޮގްރާމްގެ އެހީ ހުއްޓާލަން ޖެހިއްޖެ

12 ޖުލައި 2025
އުތުރު އަދި މެދު އެފްރިކާގެ ޤައުމުތަކުގައި ވޯލްޑް ފުޑް ޕްރޮގްރާމްގެ އެހީ ހުއްޓާލަން ޖެހިއްޖެ
30 ޖޫން 2025

ތަރައްގީ އަށް ފައިސާ ހޯދުމާ ބެހޭ އދ ގެ ކޮންފަރެންސް ފަށައިފި

30 ޖޫން 2025
ތަރައްގީ އަށް ފައިސާ ހޯދުމާ ބެހޭ އދ ގެ ކޮންފަރެންސް ފަށައިފި
04 ޖޫން 2025

ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ރައީސް ނަޝީދު ޚިޔާލު ހޯއްދަވަނީ

04 ޖޫން 2025
ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ރައީސް ނަޝީދު ޚިޔާލު ހޯއްދަވަނީ
02 މެއި 2025

ޒުވާނުންގެ ސުލްހަވެރި މުޒާހަރާއިން ހައްޔަރު ކުރި ދެ ޒުވާނުން މިނިވަން ކުރަން ނަޝީދު ގޮވާލައްވައިފި

02 މެއި 2025
ޒުވާނުންގެ ސުލްހަވެރި މުޒާހަރާއިން ހައްޔަރު ކުރި ދެ ޒުވާނުން މިނިވަން ކުރަން ނަޝީދު ގޮވާލައްވައިފި
26 ޖޫން 2024

ދެ ރައީސުންގެ ޒާތީ މައްސަލަތައް އެއްފަރާތްކުރައްވާ ގައުމާއި ރައްޔިތުންނަށްޓަކައި އެކުގައި މަސައްކަތްކުރައްވަން އެއްބަސްވެވަޑައިގެންފި

26 ޖޫން 2024
ދެ ރައީސުންގެ ޒާތީ މައްސަލަތައް އެއްފަރާތްކުރައްވާ ގައުމާއި ރައްޔިތުންނަށްޓަކައި އެކުގައި މަސައްކަތްކުރައްވަން އެއްބަސްވެވަޑައިގެންފި
13 މެއި 2024

އިންޑިއާ ކަނޑުގެ ގައުމުތަކަށް ބަލަންޖެހޭނީ އިންޑިއާ ކަނޑުގެ ގައުމުތަކުން، ޗައިނާއިން މިކަމުގައި އަދާކުރަންޖެހޭ ރޯލެއް ނެތް

13 މެއި 2024
އިންޑިއާ ކަނޑުގެ ގައުމުތަކަށް ބަލަންޖެހޭނީ އިންޑިއާ ކަނޑުގެ ގައުމުތަކުން، ޗައިނާއިން މިކަމުގައި އަދާކުރަންޖެހޭ ރޯލެއް ނެތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް