Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓޫރިޒަމް އާއިބެހޭ ޤާނޫނު

ޓޫރިޒަމްއާއިބެހޭ ޤާނޫނަށް 11 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސް ތަޞްދީޤު ކުރައްވައިފި

3 ޖުލައި 2022 | އާދީއްތަ 13:25

މި ބިލަކީ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 22 ވަނަ ޖަލްސާއިން ފާސްކުރި ބިލެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 3 ޖުލައި 2022 | އާދީއްތަ 13:25
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް | ރައީސް އޮފީސް

ދިވެހިރާއްޖޭގެ ޓޫރިޒަމް އާއިބެހޭ ޤާނޫނު ( ޤާނޫނު ނަމްބަރު: (02/99 އަށް 11 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަޞްދީޤުކުރައްވައިފިއެވެ.

މި ބިލަކީ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 22 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

Advertisement - newsAdvertisement

މި އިޞްލާޙުން ގެނެސްފައިވާ މައިގަނޑު ބަދަލުތަކުގެ ތެރޭގައި، ޓޫރިޒަމް އާއިބެހޭ ޤާނޫނުގެ ދަށުން ޖޮއިންޓް ވެންޗަރ އުސޫލުން ކުއްޔަށްދޫކޮށްފައިވާ ރަށްތައް ކުއްޔަށް ހިފާފައިވާ ކުންފުނިތަކުގެ ޙިއްޞާ ވިއްކާލުމުގައި މާކެޓް ވެލިއުއަށް ރިއާޔަތްކޮށް ހުރިހާ ފަރާތެއްގެ ވެސް ޙައްޤުތައް ހިމާޔަތްކުރެވޭނެ އުސޫލެއްގެ ތެރެއިން އެ ތަންތަނުގެ ޙިއްޞާގެ އަގު ކަނޑައެޅޭނެ ގޮތަކަށް މަގުފަހިކޮށްދިނުމާއި، ކައުންސިލުތަކަށް އެކަށީގެންވާ ޢާމްދަނީއެއް ލިބޭފަދަ ގޮތަކަށް މާކެޓް ވެލިއުއަށް ބިންތައް ކުއްޔަށް ދޫކުރުމަށް މަގުފަހިކޮށްދިނުމާއި މީހުން ދިރިއުޅޭ ރަށްރަށުގައި ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ ޙައްޤުތައް ބަދަލުކުރުމުގައި ހުއްދަދޭ ފަރާތަކަކީ ކައުންސިލުތައް ކަމުގައި ކަނޑައެޅުން ހިމެނެއެވެ.

މި އިޞްލާޙުގެ ދަށުން ދިވެހިރާއްޖޭގެ ޓޫރިޒަމް އާއިބެހޭ ޤާނޫނަށް ގެނެވޭ އިޞްލާޙުތަކާ ގުޅިގެން އެކުލަވާލަންޖެހޭ ގަވާއިދުތައް، މި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ހަދައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންޖެހެއެވެ.

އަދި މިނިސްޓްރީން ހުއްދަ ދީގެން ފަތުރުވެރިން ބެއިތިއްބުމަށް ރަޖިސްޓަރީކޮށްފައިވާ ޓޫރިސްޓް ހޮޓާ، ޓޫރިސްޓް ގެސްޓްހައުސް އަދި ޔޮޓް މެރީނާތަކުގެ ހިންގުމުގެ ހުއްދަ މި މި އިޞްލާޙުގައި ބަޔާންކޮށްފައިވާ ގޮތަށް މި އިޞްލާޙް ޤާނޫނަކަށްވެ ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 12 (ބާރަ) މަސްދުވަސް ހަމަވާ ތާރީޚުގެ ކުރިން ބަދަލުކުރަންޖެހެއެވެ. އަދި، އެފަދަ ތަންތަން ހިންގުމަށް މި އިޞްލާޙަށް ޢަމަލުކުރަން ފެށުމުގެ ކުރިން މިނިސްޓްރީން ދޫކޮށްފައިވާ ހުއްދަ އެ މުއްދަތު ހަމަވަންދެން ދެމިއޮންނާނެކަމުގައި ވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.

ދިވެހިރާއްޖޭގެ ޓޫރިޒަމް އާއިބެހޭ ޤާނޫނަށް 11 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވުމާއި ގުޅިގެން މި ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ މި ޤާނޫނު ފާސްވެ ތަޞްދީޤުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.

ޓުއަރިޒަމާއި ބެހޭ ގާނޫނަށް ގެނައި އައު އިސްލާހުގެ ސަބަބުން ސަރުކާރުގެ ހިއްސާ އޮންނަ ރިސޯޓްތަކުގެ ހިއްސާ ސަރުކާރުން ބޭނުންނަމަ ދޫކޮށްލެވޭނެއެވެ. އިސްލާހުގައި ބުނެފައިވަނީ ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްގީކުރުމަށް ސަރުކާރުން ކުއްޔަށް ދޫކޮށްފައިވާ ރަށެއްގައި ނުވަތަ ފަޅެއް ނުވަތަ ބިމެއްގައި ކޮށްފައިވާ އިންވެސްޓްމަންޓް ވިއްކާލަން ބޭނުންވެއްޖެނަމަ، ނުވަތަ ސަރުކާރާއި ރަށް ނުވަތަ ފަޅު ނުވަތަ ބިން ކުއްޔަށް ހިފާ ފަރާތާ ދެމެދުގައި ކޮށްފައިވާ އެގްރީމަންޓުގެ ދަށުން ކުއްޔަށް ހިފާ ފަރާތަށް ލިބިފައިވާ ހައްގުތައް އެހެން ފަރާތަކަށް ވިއްކާލާނަމަ ނުވަތަ ބަދަލުކުރާނަމަ، އަމަލުކުރާނެ ގޮތް ވަނީ މާއްދާގައި ހިމަނާފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

05 މާރިޗު 2018

ފަނޑިޔާރުންގެ ޤާނޫނަށް އިސްލާހް ގެންނަން ޢަބްދުއްރަހީމް ހުށަހަޅައިފި

05 މާރިޗު 2018
ފަނޑިޔާރުންގެ ޤާނޫނަށް އިސްލާހް ގެންނަން ޢަބްދުއްރަހީމް ހުށަހަޅައިފި
25 ޖެނުއަރީ 2018

ޤާނޫނަށް ގެނައި އިސްލާހާއިމެދު ސުވާލު އުފެދޭ، އިމްރާނަކީ އަދިވެސް ޕާޓީގެ ރައީސް: އަދާލަތު

25 ޖެނުއަރީ 2018
ޤާނޫނަށް ގެނައި އިސްލާހާއިމެދު ސުވާލު އުފެދޭ، އިމްރާނަކީ އަދިވެސް ޕާޓީގެ ރައީސް: އަދާލަތު
01 ޑިސެމްބަރު 2017

ޓަވަރުތައް އެޅުމުގެ ޤާބިލުކަން ކުންފުނިތަކުގައެއް ނެތް: ރުކުމާ

01 ޑިސެމްބަރު 2017
ޓަވަރުތައް އެޅުމުގެ ޤާބިލުކަން ކުންފުނިތަކުގައެއް ނެތް: ރުކުމާ
26 ނޮވެމްބަރު 2017

މީޑިއާ ކޮމިޝަންގެ ބިލުގައި ހުރި ކަންބޮޑުވުންތައް މެންބަރުންނާ ހިއްސާ ކުރަނީ

26 ނޮވެމްބަރު 2017
މީޑިއާ ކޮމިޝަންގެ ބިލުގައި ހުރި ކަންބޮޑުވުންތައް މެންބަރުންނާ ހިއްސާ ކުރަނީ
05 ނޮވެމްބަރު 2017

އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމުގެ މަސައްކަތް ވަނީ ފަށާފައި: ފެނަކަ

05 ނޮވެމްބަރު 2017
އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމުގެ މަސައްކަތް ވަނީ ފަށާފައި: ފެނަކަ
28 އޯގަސްޓު 2017

ބޭސްފަރުވާ ލަސްވާނަމަ ރާއްޖެއިން ބޭރުން ޑޮކްޓަރުން ގެނައުމުގެ ފުރުސަތު ގާސިމަށް އެބައޮތް: ހޯމް މިނިސްޓަރު

28 އޯގަސްޓު 2017
ބޭސްފަރުވާ ލަސްވާނަމަ ރާއްޖެއިން ބޭރުން ޑޮކްޓަރުން ގެނައުމުގެ ފުރުސަތު ގާސިމަށް އެބައޮތް: ހޯމް މިނިސްޓަރު
18 ޖުލައި 2017

ސޮއި އަނބުރާ ގެނައުމުގެ ފުރުސަތު އަދިވެސް އެބަ އޮތް، އެކަން ކޮށްފާނެ: ނިހާން

18 ޖުލައި 2017
ސޮއި އަނބުރާ ގެނައުމުގެ ފުރުސަތު އަދިވެސް އެބަ އޮތް، އެކަން ކޮށްފާނެ: ނިހާން
28 ފެބުރުއަރީ 2017

ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދުމަށް ޤާނޫނަށް އިސްލާހު ހުށަހަޅާނަން: ޑިފެންސް މިނިސްޓަރ

28 ފެބުރުއަރީ 2017
ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދުމަށް ޤާނޫނަށް އިސްލާހު ހުށަހަޅާނަން: ޑިފެންސް މިނިސްޓަރ
22 ފެބުރުއަރީ 2017

ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ

22 ފެބުރުއަރީ 2017
ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ
12 ފެބުރުއަރީ 2017

ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ބަދަލު ގެންނަނީ!

12 ފެބުރުއަރީ 2017
ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ބަދަލު ގެންނަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް