Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ2023ގެ ރިޔާސީ އިންތިޚާބު

އަންނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސަށް އެމްޑީޕީއަށް ކާމިޔާބު ކޮށްދެވޭނެ ކަމަށް ލަފާނުކުރެވޭ: ހަސަން ލަތީފް

3 ޖުލައި 2022 | އާދީއްތަ 02:36

ރައީސާއެކު އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި މަސައްކަތް ކުރަން ދަތި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 3 ޖުލައި 2022 | އާދީއްތަ 02:36
ޙަސަން ލަތީފް ރައީސް ސާލިޙާއި ސަލާމްކުރައްވަނީ

ޙަސަން ލަތީފް ރައީސް ސާލިޙާއި ސަލާމްކުރައްވަނީ

2023 ގެ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙަށް ކާމިޔާބު ކޮށްދެއްވޭނެކަމަށް ލަފާ ނުކުރެއްވޭކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ޙަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ޙަސަން ލަތީފް ކުރެއްވި ޓުވީޓެއްގައި ވަނީ ރައީސް ސާލިޙް މީގެ ކުރިން ދެއްކެވި ވާހަކަފުޅުތަކެއްގެ ވީޑިއޯ ހިއްސާކުރައްވާފައެވެ. އަދި ވިދާޅުވީ ރައީސްގެ ސިޔާސީ ހަޔާތްޕުޅުން އެ މަނިކުފާނަށް އޭނާ ދޫކޮށްނުލެއްވުނަސް، އޭނާއަށް ރައީސާއެކު އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި މަސައްކަތް ކުރަން ދަތި ކަމަށެވެ.

Advertisement - newsAdvertisement

ހަސަން ލަތީފް މިހެން ވިދާޅުވެފައިވާއިރު ރިޔާސީ ދެވަނަ ދައުރަކަށް ރައީސް ސާލިޙު ކުރިމަތިލެއްވުން އެއީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)އަށް ރަނގަޅު ގޮތެއް ނޫންކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ވިދާޅުވެފައެވެ.

"އާސްކް ސްޕީކަރ" ޕްރޮގްރާމްގެ 5 ވަނަ އެޕިސޯޑްގައި ރައީސް ނަޝީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙު ދެވަނަ ދައުރަކަށް ކުރިމަތިލެއްވުން އެއީ އެމްޑީޕީއަށް ރަނގަޅު ގޮތެއް ނޫންކަމަށެވެ. 2018 ވަނަ އަހަރު ރައީސް ސާލިޙު އިންތިޚާބުގައި ކުރިމަތިލެއްވީ ފޮރިން މިނިސްޓަރު ޝާހިދުއާ ބައްދަލުކުރައްވައި، އޭރު އެންމެ ރަނގަޅު ކެންޑިޑޭޓަކީ ރައީސް ސާލިޙު ކަމަށް ވިދާޅުވެ، އަދި މަޑުކުރައްވަން ވިދާޅުވުމަށްފަހުގައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ޝާހިދުގެ އަރިހުގައި އެމަނިކުފާނު އެގޮތަށް އެދިވަޑައިގެންނެވިއިރުވެސް، ވެރިކަން ހިންގުމުގެ ހުރިހާ ސިފަތަައް ޝާހިދުގެ ކިބައިގައި ހުންނެވިކަން ސާފުވެވަޑައިގެންނެވި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރިޔާސީ ޓިކެޓްގައި ނުކުންނަވާނީ ތިންވަނަ ބޭފުޅެއްތޯ އެއީ އެމްޑީޕީގެ މެމްބަރުން ކުރަމުންދާ ސުވާލެއް ކަމަށާއި، ކުރިއަތް އޮތް ހަފުތާގައި އެކަންތައްތައް ސާފުވެގެންދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ކާމިޔާބު ނުވާނެކަމަށް ނިންމަވައިގެން އެއްވެސް އިންތިޚާބަަކަށް ނުނިކުންނަވާނެ ކަމަށާއި، ކުރިއަތް އޮތް އިންތިޚާބުތަކަށް ވެސް ނުކުންނަވާނީ ކާމިޔާބު ކުރެއްވޭނެކަމަށް ނިންމަވައިގެން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަމަވެސް އަންނަ އަހަރުގެ އިންތިޚާބުގައި މިހާރުގެ ކޯލިޝަންގެ ބައިވެރިންނާ ގުޅިގެން ވާދަ ކުރައްވައިގެން ކާމިޔާބު ކުރެއްވޭނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު ވަނީ ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައެވެ. ރައީސް ސާލިޙު ވިދާޅުވީ، އަންނަ އަހަރު އެންމެ މުހިންމު ކަމަކީ އެމްޑީޕީއަށް ވެރިކަން ލިބުން ކަމަށެވެ. އަދި މިއީ ރާއްޖެއަށް ވެސް މިވަގުތު އެންމެ ފައިދާހުރި ގޮތް ކަމަށާއި، އެއީ މިހާރު ފެށިފައި ހުރި މަޝްރޫއުތައް ކުރިއަށްގެންދިއުމަށް މުހިންމު ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރިޔާސީ އިންތިޚާބުގައި އެނގިގެންދާ އެއް ކަމަކީ އެކަނި ޕާޓީއެއް ނުކުތުމުން ކާމިޔާބު ނުކުރެވޭނެ ކަން ކަމުގައެވެ. އެގޮތުން، ވެރިކަމަށް އަންނަންވާނީ ރައްޔިތުންގެ 50 އިންސައްތަ ވޯޓާއެކު ކަމަށް ވާއިރު، 30 އިންސައްތައާއެކު ވެރިކަމަށް އައުމަށް ތައީދު ނުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ކޯލިޝަނަކާއެކީގައި އެމްޑީޕީ އިސްވެ އޮވެ އެމަނިކުފާނަށް ކާމިޔާބު ކުރެއްވޭނެ ކަމުގެ ޔަޤީންކަން ވެސް ރައީސް ސާލިޙު ވަނީ އެމްޑީޕީއަށް ދެއްވާފައެވެ. ރައީސް އިތުރަށް ވިދާޅުވީ، ޕާޓީގެ ކެންޑިޑޭޓް ކަނޑައަޅާނީ ޕާޓިގެ ކޮންގްރެސްއިން ކަމަށާއި ޤަވާއިދުގައި ޕްރައިމަރީއެއް ބާއްވަން އޮންނަ ނަމަ އެކަންތައް އެގޮތަށް ކުރައްވާނެ ކަމަށެވެ. އަދި ޕްރައިމަރީއެއް ބޭއްވުމަކީ ޑިމޮކްރަސީގެ ރީތި އުސޫލެއް ކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
14 ޖެނުއަރީ 2017

ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ

14 ޖެނުއަރީ 2017
ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
10 ޖެނުއަރީ 2017

އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި

10 ޖެނުއަރީ 2017
އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް