Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްއެސްއެސްގެ 3ވަނަ ބޯޓު ގަނެފި

އެމްއެސްއެސްގެ 3ވަނަ ބޯޓު ގަނެފި

1 ޖުލައި 2022 | ހުކުރު 13:16

ގްރެފީންއަކީ އެއްފަހަރާ 420 ކޮންޓެއިނަރުގެ މުދާ އުފުލޭ ބޯޓެއް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 1 ޖުލައި 2022 | ހުކުރު 13:16
ގްރެފީން ގަތުމަށް އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު

ގްރެފީން ގަތުމަށް އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު

މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) ގެ 3 ވަނަ ބޯޓު ގަތުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ.

ހުކުރު ދުވަހު އެސްޓީއޯ ހެޑް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެމްއެސްއެސްގެ ފަރާތުން ސޮއި ކުރެއްވީ އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރުއެވެ. އަދި ޖަރުމަނުވިލާތުގެ ކެންޑްލަރ ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޖީނަސް ކެލަރ އެވެ.

Advertisement - newsAdvertisement

މިއީ ރާއްޖޭގައި ތިބެގެން ޝިޕިން ބޯޓެއް ގަތުމުގެ އެއްބަސްވުމުގައި ސޮއި ކުރެވުނު ފުރަތަމަ ފަހަރެވެ. މި އެއްބަސްވުމުގެ ދަށުން އެމްއެސްއެސް އިން ގަތް ބޯޓު ހުކުރު ދުވަހު ވަނީ ރާއްޖެއަށް ވެސް ގެނެސްފައެވެ. މި ބޯޓުގެ ދަތުރުތައް އަންނަ އޮގަސްޓް މަހު ފަށޭނެ ކަމަށް އެމްއެސްއެސް އިން ބުންޏެވެ.

"އެމްއެސްއެސް ގްރެފީން" ގެ ނަމުން ނަން ދީފައިވާ މި ބޯޓަކީ އެއްފަހަރާ 420 ކޮންޓެއިނަރުގެ މުދަލާއި 60 ރީފާ ކޮންޓެއިނަރ އުފުލޭ ވަރުގެ ބޯޓެކެވެ. މި ބޯޓުގެ ކެޕޭސިޓީ އެންމެފަހުން އެމްއެސްއެސް އިން ގެނައި ގަލޭނާގެ ކެޕޭސިޓީ އާއި އެއްވަރެކެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވީ ފާއިތުވި 2 އަހަރު ދުވަހުގެ ތެރޭގައި އެމްއެސްއެސް އިން ބޮޑު ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށާއި 3 ވަނަ ބޯޓާއެކު ދުނިޔޭގެ އެހެން ބައެއް ޤައުމުތަކާ ރާއްޖެއަށް ގުޅުވާލެވޭނެ ކަމަށެވެ. އެގޮތުން، ގްރެފީން އިން ދަތުރު ކުރާނީ ސިންގަޕޫރާއި މެލޭޝިއާ އަދި ރާއްޖެއާ ދެމެދު ކަމަށާއި އަރަބި ކަރައާ ވެސް ގުޅާލުމަށް މަސައްކަތް ކުަރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އެމްއެސްއެސް މެދުވެރިކޮށް ރާއްޖޭގައި ޝިޕިން ދާއިރާ ކުރިއަރުވައި ރާއްޖެއަށް ބޭރު ފައިސާ ވަންނަ މައިގަނޑު ދާއިރާގެ ތެރޭގައި އެ ދާއިރާ ވެސް ހިމެނޭވަރު ކުރުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށް ވެސް އަމްރު ވިދާޅުވިއެވެ.

އެމްއެސްއެސް ގްރެފީންގެ ދަތުރުތައް އަންނަ އޮގަސްޓް މަހު ފަށަން ނިންމާފައިވާއިރު ދެން ކުރިއަށްދާނީ އެ ބޯޓު ރާއްޖޭގެ ބޯޓެއްގެ ގޮތުގައި ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ކަމަށް އެމްއެސްއެސް އިން ބުނެއެވެ. މި މަސައްކަތް ނިންމައި ދަތުރުތައް ފެށުމުން ހުރިހާ ބާވަތެއްގެ މުދަލެއް އެ ބޯޓުން ގެނެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެހެން ބޯޓުތަކާ އެއްގޮތަށް ގްރެފީންގައި ވެސް މެޖޯރިޓީ މުވައްޒަފުން ވާނީ ދިވެހިންނަށް ކަމަށް ވެސް އެމްއެސްއެސްއިން ބުންޏެވެ.

އަމިއްލަ ބޯޓުގެ އިތުރުން އަމިއްލަ ކޮންޓެއިނަރ ހޯދުމުގެ މަސައްކަތް ވެސް އެމްއެސްއެސް އިން ކުރަމުން އަންނަ ކަމަށް އަމްރު ވިދާޅުވިއެވެ. މިއާއެކު ޚިދުމަތްތައް އިތުރަށް ފުޅާވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟

2

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

3

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

4

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ ރައްޔިތަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް ދޭނަން، ގޭގައި ގިނަ މީހުން ތިބިއްޔާ މިލިއަނެއްވެސް ލިބިދާނެ: ރައީސް

5

ރަސްމާލޭގައި ދިވެހި ފުލުހުން ނުތިބޭނެ ކަމަށާއި، އެތާ ތިބޭނީ އަލައްބާރުގެ އަމިއްލަ ސެކިއުރިޓީން ކަމަށް ވަޒީރުން ވިދާޅުވި، އެކަމަށް ހެކިވާނެ މީހުންވެސް އެބަތިބި: ޒަމްޒަމް ފާރިޝް

އިތުރަށް ކިޔާލަން

28 މެއި 2017

އެސްޓީއޯގެ މުދާ އުފުލާ ބޯޓަކުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެފި

28 މެއި 2017
އެސްޓީއޯގެ މުދާ އުފުލާ ބޯޓަކުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެފި
28 މެއި 2017

ޓީއެމްއޭގެ ބޯޓު ވެއްޓުނު މައްސަލަ ތަހުގީގް ކުރަން ފަށައިފި

28 މެއި 2017
ޓީއެމްއޭގެ ބޯޓު ވެއްޓުނު މައްސަލަ ތަހުގީގް ކުރަން ފަށައިފި
09 މެއި 2017

ރާއްޖެ އެތެރެކުރި އެއް ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފި

09 މެއި 2017
ރާއްޖެ އެތެރެކުރި އެއް ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފި
27 އެޕްރީލު 2017

ބައި ކިލޯ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގަނެފި

27 އެޕްރީލު 2017
 ބައި ކިލޯ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގަނެފި
21 މާރިޗު 2017

ޑޮމެސްޓިކް ފްލައިޓަކުން ދަތުރުކުރި އަންހެނެއްގެ އަތުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެފި

21 މާރިޗު 2017
ޑޮމެސްޓިކް ފްލައިޓަކުން ދަތުރުކުރި އަންހެނެއްގެ އަތުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެފި
30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
13 ޖެނުއަރީ 2017

އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

13 ޖެނުއަރީ 2017
އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ

11 ޖެނުއަރީ 2017
ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް