Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމެރިކާ ސަފީރުގެ ބައްދަލުވުން

ސުލްހަވެރި ޑެމޮކްރެޓިކް ހަރަކާތަށް އެމެރިކާއިން ރާއްޖެއަށް އެހީތެރިވާނެ: ސަފީރު

ރައީސުލް ޖުމހޫރިއްޔާއާ އެމެރިކާގެ ސަފީރު ބައްދަލުކުރެއްވީ އަންގާރަ ދުވަހު ރައީސް އޮފީހުގައި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު, ރާއްޖެ އެމްވީ | 13 ޖޫން 2017 | އަންގާރަ 10:16
އެމެރިކާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަތުލް ކޭޝަޕް، ރައީސުލްޖުމްހޫރިއްޔާގެ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްއާ ބައްދަލުކުރައްވަނީ

އެމެރިކާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަތުލް ކޭޝަޕް، ރައީސުލްޖުމްހޫރިއްޔާގެ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްއާ ބައްދަލުކުރައްވަނީ

މިނިވަންކަމާ އަދި އިންސާނީ ހައްގުތައް އެންމެނަށް ލިބިދެވޭނެހެން ދިވެހިރާއްޖޭގައި ސުލްހަވެރި ޑިމޮކްރަސީ ކުރިޔަށް ގެންދިއުމަށް އެމެރިކާއިން އެއްބާރުލުން ދޭނެކަމަށް އެ ގައުމުން އަނެއްކާ ވެސް ދިވެހި ސަރުކާރަށް ކަށަވަރުކޮށްދީފިއެވެ.

އެމެރިކާ ސަރުކާރުން މިވާހަކަ ދިވެހި ސަރުކާރާ ހިއްސާކުރެއްވީ ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަތުލް ކޭޝަޕް، ރައީސުލްޖުމްހޫރިއްޔާގެ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް އަންގާރަ ދުވަހު ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައެވެ. ސަފީރު ވަނީ މި ވާހަކަ ރައީސް އަށް ދެންނެވި ކަމަށް ޓްވީޓްކުރައްވާފައެވެ.

Advertisement - newsAdvertisement

މިބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ‏ދިވެހިރާއްޖެއާއި އެމެރިކާއާ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އެކިދާއިރާތަކުން އިތުރަށް ‏‏ބަދަހިކުރެއްވުމާ‏‎ ‎‏ބެހޭ ގޮތުން އެމެރިކާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި މަޝްވަރާ ކުރައްވާފައިކަމަށް ރައީސް އޮފީހުން ބުނެއެވެ.

މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ‏‏ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން ރިލޭޝަންސް މުޙައްމަދު ނަޞީރާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ފޮރިން ސެކްރެޓަރީ، ޑޮކްޓަރ ޢަލީ ނަޞީރު މުޙައްމަދު ‏ބައިވެރިވެވަޑައިގެންނެވިއެވެ.

އެމެރިކާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ އަރިހުގައި ޕޮލިޓިކަލް އޮފިސަރ މިސްޓަރ ޕެޓްރިކް ޓިލޯ އާއި، އެމެރިކާ އެމްބަސީގެ އިކޮނޮމިކް ޗީފް މިސްޓަރ ޕަރްތާ މަޒުމްދާރު ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދިވެހިރާއްޖެއަށް ދިރުންދޭ ބަޔަކީ ދިވެހި އަންހެނުން: ރައީސް ނަޝީދު

ދިވެހިރާއްޖެއަށް ދިރުންދޭ ބަޔަކީ ދިވެހި އަންހެނުން: ރައީސް ނަޝީދު

08 މާރިޗު 2017
މިހާރު ރާއްޖެއަށް ކުރާ ވިއްސާރައަކީ ލޯ ޕްރެޝަރ ޓްރަފްއަކާ ގުޅިގެން ކުރާ ވިއްސާރައެއް: މެޓް

މިހާރު ރާއްޖެއަށް ކުރާ ވިއްސާރައަކީ ލޯ ޕްރެޝަރ ޓްރަފްއަކާ ގުޅިގެން ކުރާ ވިއްސާރައެއް: މެޓް

03 މާރިޗު 2017
އިންޑިޔާ އިން ރާއްޖެއަށް ތައުރީފު ކުރުމުގައި ގެންގުޅެނީ ވަކި މިންގަނޑެއް!

އިންޑިޔާ އިން ރާއްޖެއަށް ތައުރީފު ކުރުމުގައި ގެންގުޅެނީ ވަކި މިންގަނޑެއް!

25 ފެބުރުއަރީ 2017
އަލުން އަނބުރާ ރާއްޖެއަށް ދާނަން، އުންމީދު ކަނޑައެއް ނުލަން: ރައީސް ނަޝީދު

އަލުން އަނބުރާ ރާއްޖެއަށް ދާނަން، އުންމީދު ކަނޑައެއް ނުލަން: ރައީސް ނަޝީދު

21 ފެބުރުއަރީ 2017
ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާތީ ކަންބޮޑުވަނީ އަނެއް ދިވެހިރާއްޖެއަށްދާން ބޭނުން މީހުން: ނިހާން

ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާތީ ކަންބޮޑުވަނީ އަނެއް ދިވެހިރާއްޖެއަށްދާން ބޭނުން މީހުން: ނިހާން

21 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު