Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމޫނުބުރުގާ މަނާކުރުން

ނޯވޭގެ ކިޔަވައިދޭ ތަންތަނުގައި މޫނު ނިވާކުރުން މަނާ ކުރަނީ

މޫނު ނިވާކުރުން މަނާ ކުރުމާއި ބެހޭ ބިލް މިއަންނަ އަހަރު ފާސްވާނެ ކަމަށް ބެލެވޭ

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 13 ޖޫން 2017 | އަންގާރަ 09:54
ނޯވޭގެ ނާސަރީ، ސްކޫލް އަދި ޔުނިވާސިޓީތަކުގައި މޫނު ނިވާ ކުރަނީ

ނޯވޭގެ ނާސަރީ، ސްކޫލް އަދި ޔުނިވާސިޓީތަކުގައި މޫނު ނިވާ ކުރަނީ

މުއާމަލާތް ކުރުމުގައި ހުރަސްއެޅޭ ކަމަށް ބުނެ ނޯވޭގެ ވެރިކަން ކުރާ ކޯލިޝަން ސަރުކާރުން ކިޔަވައިދޭ ތަންތަނުގައި، އެކީގައި މޫނު ނިވާކުރުން ނުވަތަ މޫނު ބުރުގާ އެޅުން މަނާކުރަން ނިންމައިފިއެވެ.

ނޯވޭގެ އެޑިޔުކޭޝަން އެންޑް ރިސާޗް މިނިސްޓަރު ޓޯބްޖޯން އިސަކްސަން ނެރުވި ބަޔާނެއްގައި ވިދާޅުވީ، ނާސަރީ، ސްކޫލް އަދި ޔުނިވާސިޓީތަކުގައި މޫނު ނިވާކޮށްގެން ތިބެން ބޭނުން ނުވާ ކަމަށާއި މިކަމުގެ ސަބަބުން ރަނގަޅު ގޮތުގައި މުއާމަލާތް ކުރުމަށް ހުރަސް އެޅޭ ކަމަށާއި އަދި ރަނގަޅު ގޮތުގައި މުއާމަލާތް ކުުރުމަކީ ރަނގަޅު ތައުލީމެއް ލިބި ދިނުމުގައި މުހިންމު ކަމެއް ކަމަށެވެ.

ނޯވޭގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ މިދިޔަ އަހަރު، މި އަހަރުގެ ތެރޭގައި މޫނު ނިވާކުރުން މަނާ ކުރާނެ ކަމަށް ބުނެފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން ނޯވޭގެ ކަމާބެހޭ ފަރާތްތަކުން، މޫނު ނިވާކުުރުން މަނާ ކުުރުމާއި ގުޅިގެން އޭގެ އަސަރު ކުރާ ހުރިހާ ފަރާތްތަކާ މިއަންނަ މަސްތަކުގައި މަޝްވަރާ ކުރާނެއެވެ.

މޫނު ނިވާކުރުމާއި ގުޅޭ ގޮތުން މިހާރު އޮތް ޑްރާފްޓް ގާނޫނުގައި، އެގާނޫނަށް އަމަލު ނުކޮށްފި ނަމަ ކަންވެގެން ދާނެ ގޮތް ބަޔާންކޮށްފައި އަދި ނެތެވެ.

ޔޫރަޕްގެ ގައުމުތަށް ކަމަށްވާ ފްރާންސް، ނެދަލޭންޑްސް، ބެލްޖިއަމް، ބަލްގޭރިއާ އަދި ޖަރުމަނުގެ ބަވަރިއާގައި ވަނީ އާންމު ތަންތަނުގައި މޫނު އެކީ ނިވާ ކުރުމަށް ހުރަސްތަކެއް ގާއިމުކޮށްފަައެވެ.

އިތުރަށް ކިޔާލަން

28 އެޕްރީލު 2019

މޫނު ފޮރުވައިގެން އުޅުން ލަންކާ ގައި މަނާކޮށްފި

28 އެޕްރީލު 2019
މޫނު ފޮރުވައިގެން އުޅުން ލަންކާ ގައި މަނާކޮށްފި
25 އެޕްރީލު 2019

މި ހާލަތުގައި ރަނގަޅީ މޫނު ބުރުގާ ނޭޅުން: ލަންކާގެ ޖަމިއްޔަތުލް އުލަމާ

25 އެޕްރީލު 2019
މި ހާލަތުގައި ރަނގަޅީ މޫނު ބުރުގާ ނޭޅުން: ލަންކާގެ ޖަމިއްޔަތުލް އުލަމާ
24 އެޕްރީލު 2019

ލަންކާގައި މޫނު ބުރުގާ އެޅުން މަނާ ކުރާ ބިލެއް

24 އެޕްރީލު 2019
ލަންކާގައި މޫނު ބުރުގާ އެޅުން މަނާ ކުރާ ބިލެއް
16 މާރިޗު 2019

ނޮބެލް ސުލްހައިގެ އިނާމަށް ނޯވޭގެ 16 އަހަރުގެ ދަރިވަރަކު ނޮމިނޭޓް ވެއްޖެ

16 މާރިޗު 2019
ނޮބެލް ސުލްހައިގެ އިނާމަށް ނޯވޭގެ 16 އަހަރުގެ ދަރިވަރަކު ނޮމިނޭޓް ވެއްޖެ
11 ނޮވެމްބަރު 2018

މިސްރު ގައި މޫނުބުރުގާ އެޅުން މާނާކުރަނީ!

11 ނޮވެމްބަރު 2018
މިސްރު ގައި މޫނުބުރުގާ އެޅުން މާނާކުރަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު