Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހއ. އަތޮޅުގައި ސްޕީޑް ފެރީގެ ހިދުމަތް ފެށުން

އާރުޓީއެލްގެ ޚިދުމަތް އާދީއްތަ ދުވަހު ހއ. އަތޮޅުގައި ރަސްމީކޮށް ފަށަނީ

29 ޖޫން 2022 | ބުދަ 11:34

ޖުލައި 2އާ ހަމައަށް ހިލޭ ދަތުރު ކުރެވޭނެ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 29 ޖޫން 2022 | ބުދަ 11:34
ހއ އަތޮޅުގައި ހިދުމަތްދޭ 5 ފެރީ މާލެއިން ފުރަން ތައްޔާރުވެފައި

ހއ އަތޮޅުގައި ހިދުމަތްދޭ 5 ފެރީ މާލެއިން ފުރަން ތައްޔާރުވެފައި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ގެ ޚިދުމަތް ހއ. އަތޮޅުގައި ރަސްމީކޮށް ފަށަން ތައްޔާރު ވެއްޖެއެވެ.

އެ އަތޮޅުގައި މި ހަފްތާއިން ފެށިގެން އެމްޓީސީސީން ވަނީ ސްޕީޑް ލޯންޗް ފެރީގެ ޚިދުމަތް ފަށާފައެވެ. ނަމަވެސް މިހާރު އެ ދަތުރުތައް ކުރަނީ އެއްވެސް ފީއަކާ ނުލައި ހިލެއެވެ. މި ޚިދުމަތް ރަސްމީކޮށް ފަށަން ތާވަލު ކޮށްފައިވަނީ ޖުލައި 3 ވަނަ ދުވަހުން ފެށިގެންނެވެ.

Advertisement - newsAdvertisement

އެމްޓީސީސީން ބުނީ ކަނޑައަޅާފައިވާ އަގުތަކުގައި ހއ. އަތޮޅުގައި ފެރީގެ ޚިދުމަތް ފެށުމާއެކު "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" ގެ ފުރަތަމަ ފިޔަވަހީގެ ދެ އަތޮޅުގައި ދަތުރުތައް ފެށުނީ ކަމަށެވެ. އެ ފިޔަވަހީގެ ދަށުން ދެން ދަތުރުތައް ފަށާނީ ށ. އަތޮޅުގައެވެ.

ކަނޑައަޅާފައިވާ އަގު ނަގައިގެން ދަތުރު ކުރަން ފެށުމުގެ ކުރިން ހިލޭ ދަތުރުތައް ބާއްވަނީ ކަސްޓަމަރުން ޝެޑިއުލަށް އަހުލުވެރިކޮށް ޚިދުމަތް ރަނގަޅަށް ތަޖުރިބާ ކުރުމުގެ ފުރުސަތު ދިނުމަށް ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ. ހދ. އަތޮޅުގެ ފެރީގެ ޚިދުމަތް ރަސްމީކޮށް ފެށުމުގެ ކުރިން ވެސް ހިލޭ ދަތުރުތައް ބޭއްވިއެވެ.

ހއ. އަތޮޅުން 5 ސްޕީޑް ފެރީ މެދުވެރިކޮށް 8 ރޫޓެއްގައި ހަފުތާއަކު 7 ދުވަހު ދަތުރު ކުރާނެއެވެ. އެއީ ތުރާކުނުން ދިއްދުއަށް ދާ ރޫޓާއި، މުޅަދޫ އިން ދިއްދުއަށް، މާރަންދޫއިން ދިއްދުއަށް، ފިއްލަދޫއިން ދިއްދުއަށް، ކެލައިން ދިއްދުއަށް، ދިއްދޫއިން ހަނިމާދޫގެ ރޫޓުގެ އިތުރުން އިހަވަންދޫ އިންނާއި ދިއްދޫއިން ހދ. ކުޅުދުއްފުއްޓަށް ވެސް ދަތުރުތައް އޮންނާނެއެވެ.

އާރުޓީއެލްގެ ޚިދުމަތުގެ ދަށުން ފެރީ އޮންނަ ގަޑިތައް އެމްޓީސީސީގެ ވެބްސައިޓުން ބަލާލެވޭއިރު 1 ޖުލައި އިން ފެށިގެން ވެބްސައިޓުންނާއި މޯބައިލް އެޕްލިކޭޝަނުން ޓިކެޓް ވެސް ނެގޭނެއެވެ. އަދި 2 ޖުލައި އިން ފެށިގެން ކައުންސިލް މެދުވެރިކޮށް ޖާގަ ދޫކުރުން ހުއްޓާލާނެއެވެ.

އާރުޓީއެލްގެ ދަށުން ބޭނުން ކުރާ ލޯންޗުތަކަކީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު އަރައިފޭބޭ ގޮތަށް ފަރުމާކޮށްފައިވާ ދަތުރު ކުރަން ފަސޭހަ ލޯންޗުތަކެކެވެ. މި ލޯންޗުތަކުން ދަތުރު ކުރާ ހާއްސަ އެޙިއަށް ބޭނުންވާ ފަރާތްތަކާއި އުމުރުން 3 އަހަރުން ދަށުގެ ކުޑަކުދިންނަށް ހިލޭ ދަތުރު ކުރެވޭނެއެވެ.

އެމްޓީސީސީން މި ޚިދުމަތަށުް ކަނޑައަޅާފައިވާ އަގުތަކަކީ އާއްމުކޮށް ލޯންޗު ފެރީތަކުން ނަގާ އަގުތަކަށްވުރެ ކުޑަ އަގުތަކެކެވެ. އެގޮތުން، ދެ ކޮޅަށް އެންމެ ބޮޑު އަގަކަށް ވެސް އެ ކުންފުނިން ކަނޑައަޅާފައިވަނީ 200 ރުފިޔާއެވެ.

އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކްއަކީ މުޅި ރާއްޖެއަށް އަމާޒުކޮށް ފަސިންޖަރުންނާއި މުދާ އުފުލާ ފެރީ ހިމެނޭ ގޮތުން، ނޭޝަނަލް ސްޕެޝަލް ޕްލޭން (2020-2040)ގައި ހިމެނޭ ތިން ޒޯނާއި ހަ ރީޖަން ގުޅުވައިދިނުމަށް ފަރުމާކޮށްފައިވާ ވިއުގައެކެވެ. މި ގޮތުން ފެރީ ނެޓްވޯރކުން ހަ ރީޖަންގައި އެކުލެވޭ ހުރިހާ ރަށްތަކެއް ގުޅާލެވޭއިރު، އެއް ރީޖަން އަނެއް ރީޖަނާވެސް ގުޅިގެންދާނެއެވެ. މި ގޮތަށް ފަސިންޖަރުން އުފުލާ ފެރީ ގުޅުވާލެވޭނީ ތަފާތު ތިން ގޮތަކަށެވެ. އެއީ "ކޮމިއުޓް ލިންކް"، "ނަން-ކޮމިއުޓް ލިންކް"، އަދި "ހައިވޭ ލިންކް" މެދުވެރިކޮށެވެ.

ކޮމިއުޓް ލިންކްއަކީ އެ ރީޖަނެއްގައި ހިމެނޭ ރަށްތައް ގުޅުވައިދޭ، އާންމުކޮށް ކުރަންޖެހޭ މަސައްކަތް ނުވަތަ ޒަރޫރީ ބޭނުންތަކަށް ކުރާ ކުރު ދަތުރުތަކަށް ޚާއްސަކުރެވިފައިވާ ލިންކެވެ. ނަން-ކޮމިއުޓް ލިންކްއަކީ ދެ ރަށެއްގެ ދެމެދުގައި ކުރާ، ދިގު ދަތުރުތަކަށް ޚާއްސަކޮށްފައިވާ ލިންކެވެ. އަދި ހައިވޭ ލިންކަކީ އެއް ރީޖަން އަނެއް ރީޖަނާ ގުޅުވައިދޭ މައި ދަތުރުފަތުރުގެ ހަބެވެ. އިންޓެގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކްގައި ހިމެނޭ ދެވަނަ ޚިދުމަތަކީ ކާގޯ ނުވަތަ މުދާ އުފުލާ ފެރީގެ ޚިދުމަތެވެ. މި ޚިދުމަތަކީ، އެ ރީޖަންއެއްގައި ހިމެނޭ ހުރިހާ ރަށްތަކާއި އެންމެ ކައިރީގައި އޮންނަ ކޮމަރޝަލް ހަބް ގުޅުވައިދޭނެ ޚިދުމަތެކެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
22 ޖެނުއަރީ 2017

ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!

22 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!
18 ޖެނުއަރީ 2017

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!
17 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

17 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް