Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޖެކީ ޗޭންގެ ފިލްމީ ހަޔާތަށް 60 އަހަރު ފުރުން

60 އަހަރުވީ ފިލްމީ ހަޔާތުން ޖެކީ ޗޭންގެ ސިއްރެއް!

28 ޖޫން 2022 | އަންގާރަ 05:06

އެ ސީންގައި ފެނިގެންދާ ސްޓަންޓަކީ، މުޅިންވެސް އޭނާގެ އަމިއްލަ މަސައްކަތް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 28 ޖޫން 2022 | އަންގާރަ 05:06
ޖެކީ ޗޭން؛ ފިލްމީ ތަރިއެއް

ޖެކީ ޗޭން؛ ފިލްމީ ތަރިއެއް

ޖެކީ ޗޭންއޭ ބުނުމުން އެއީ ކާކުކަން ބަޔާންކޮށްދިނުމަށް އިތުރު ތަފްސީލަކަށް ބޭނުންވާނެ މީހުން މަދުވާނެއެވެ. 1962 ވަނަ އަހަރުގެ ފިލްމް "ބިގް އެންޑް ލިޓްލް ވޮންގް ޓިން ބާ"ގައި އިތުރު ބައިވެރިއެއްގެ ގޮތުގައި ކުޑަކުއްޖެއްގެ ދައުރު އަދާ ކުރި ޖެކީ ޗޭން އަކީ އޭގެ 10 އަހަރު ފަހުން ބްރޫސް ލީއާއެކު "އެންޓާ ދަ ޑްރެގަން"އިން ފެނިގެންދިޔަ ވަރުގަދަ ސްޓަންޓް-މޭންއެވެ. އިސާހިތަކު ދުނިޔޭގެ އެކި ކަންކޮޅުތަކަށް އޭނާގެ ވާހަކަ ފެތުރިގެން ދިޔައެވެ. ދިވެހި ދޫތަކަށްވެސް ޖެކީ ޗޭންގެ ނަމަކީ ފަރިތަ ނަމަކަށްވިއެވެ. 

ނިމިދިޔަ ހަފުތާ ބަންދަކީ އޭނާގެ ފިލްމީ ހަޔާތަށް 60 އަހަރު ފުރުން، ޖެކީ ޗޭން، ކުލަ ގަދަކޮށް ފާހަގަ ކުރި ހަފުތާ ބަންދެކެވެ. އޭނާގެ ފިލްމީ ހަޔާތަށް 60 އަހަރު ފުރުން ފާހަގަ ކުރުމަށް ކުރިއަށް ގެންދިޔަ ލައިވެއްގައި ޖެކީ ޗޭން ވަނީ، އޭނާގެ މަޝްހޫރު ސީރީޒް "ޕޮލީސް ސްޓޯރީ"އާ ބެހޭ ގޮތުން މިހާތަނަށް އާންމުންނަށް އެނގިފައި ނުވާ ސިއްރުތަކެއްވެސް ބަންޑުންކޮށްލަފައެވެ. 

ގަދަ ހިތްވަރާއި ބުރަ މަސައްކަތުން، މުނިފޫހިފިލުވުމުގެ ދާއިރާ ފަޅުވާދެމުން ދާ ޖެކީ ޗޭން އަކީ އެ މަންޒަރުތައް ބަލާލި ކޮންމެ މީހެއްގެ ތަލިން ކުޅު ހިއްކާލާ، ތަންމިނަށް އަނގަ ހުޅުވަން މަޖުބޫރު ކުރުވާ ފަދަ ސްޓަންޓްތަކެއްވެސް ފެނިގެންދާ މަންޒަރުތަކެއް ހުށަހަޅާދީފައިވާ ކުޅަދާނަ ބަތޮލެކެވެ. އެފަދަ އެއް މަސައްކަތަކީ "ޕޮލީސް ސްޓޯރީ"އެވެ. 

"ޕޮލީސް ސްޓޯރީ"އިން ފެނިގެންދާ އެއް މަންޒަރަކީ ސީލިންގުގައި ހަރުކޮށްފައި ހުރި ބޮކިތަކަކަށް ގުޅާފައިވާ ނަރެއްގައި އެލިގެން އެތައް މީޓަރު އުސް މިނަކުން ޖެކީ ޗޭން ފައިބާ މަންޒަރެވެ. އެ ސީންގައި ފެނިގެންދާ ސްޓަންޓަކީ، މުޅިންވެސް އޭނާގެ އަމިއްލަ މަސައްކަތެވެ.

ޖެކީ ޗޭންގެ ސާބިތުކަމަކީ ފިލްމީ ސިނާއަތުގެ ޒުވާން ތަރިންނަށްވެސް ލިބުނު އިތުރު ހިތްވަރެކެވެ. ޖެކީ ޗޭންއާއެކު "ނިއު ޕޮލީސް ސްޓޯރީ"ގައި މަސައްކަތް ކުރި ޗައިނާ ބަތޮލް ނިކޮލަސް ސީ ޓިންގް-ފަންގް ކިޔައިދިން ގޮތުގައި، އޭނާ އަބަދުވެސް ދިޔައީ ގިނަ ބައެއްގެ އިހުތިރާމް ލިބިފައިވާ ޖެކީ ޗޭން އަޅަމުން ދިޔަ ފިޔަވަޅުތަކުގެ ފަހަތުންނެވެ.

ފިލްމީ މައިދާނުގައި އެތައް އަހަރެއް ވަންދެން އޭނާ ކުރަމުން ދިޔަ ނޭވާ ހިފަހައްޓާލަން ޖެހޭ ފަދަ މަސައްކަތްތަކުގެ ނިޝާންތަކާއި ލަކުނު، މިއަދުވެސް ޖެކީ ޗޭންގެ ހަށިގަނޑުގައި އެބަ ހުއްޓެވެ. ނަމަވެސް، ހާލަތު ތަންދޭ މިންވަރަކުން އެ ރޮނގުން ކުރިއަށް ދިއުމަށް ޖެކީ ޗޭން އަދިވެސް ހުރީ ހަމަ ތައްޔާރަށެވެ.

ޖެކީ ޗޭން ހުރީ އޭނާގެ ފިލްމީ ހަޔާތަށް 60 އަހަރުވެއްޖެކަން ގަބޫލު ކުރަންވެސް ދަތިވެފައެވެ. ބައި ގަރުނަށްވުރެ ދިގު އެ މާޒީގެ ކޮންމެ ހަނދާނަކީ މިއަދު އޭނާއަށް އަގުހުރި ރައުސުލްމާލެކެވެ.

ޖެކީ ޗޭންސީރީޒް "ޕޮލީސް ސްޓޯރީ"

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

02 ނޮވެމްބަރު 2017

ދެމަފިރިއެއްގެ 80 އަހަރުވީ ކައިވެނި

02 ނޮވެމްބަރު 2017
ދެމަފިރިއެއްގެ 80 އަހަރުވީ ކައިވެނި
25 އޮކްޓޯބަރު 2017

ނިއުމާގެ ފިލްމީ ހަޔާތަށް 23 އަހަރު: ހަދިޔާއަކަށް "ސެލެބްރޭޓިން 20" އަލްބަމް

25 އޮކްޓޯބަރު 2017
 ނިއުމާގެ ފިލްމީ ހަޔާތަށް 23 އަހަރު: ހަދިޔާއަކަށް "ސެލެބްރޭޓިން 20" އަލްބަމް
23 އޯގަސްޓު 2017

"ސާހޯ" ގައި ވިލަން ގެ ރޯލުން ފެންނާނީ ޖެކީ ޝްރޮފް

23 އޯގަސްޓު 2017
"ސާހޯ" ގައި ވިލަން ގެ ރޯލުން ފެންނާނީ ޖެކީ ޝްރޮފް
03 އޯގަސްޓު 2017

ބޮލީވުޑް ފިލްމީ ދާއިރާގައި ކާޖޮލް މަސައްކަތްކުރަމުން އަންނަތާ 25 އަހަރު ފުރިއްޖެ

03 އޯގަސްޓު 2017
ބޮލީވުޑް ފިލްމީ ދާއިރާގައި ކާޖޮލް މަސައްކަތްކުރަމުން އަންނަތާ 25 އަހަރު ފުރިއްޖެ
18 އެޕްރީލު 2017

ސަލްމާންގެ ޅިޔަނު ފިލްމީދާއިރާއަށް ނެރެނީ

18 އެޕްރީލު 2017
ސަލްމާންގެ ޅިޔަނު ފިލްމީދާއިރާއަށް ނެރެނީ
23 ފެބުރުއަރީ 2017

އަނުޝްކާ އޭނާގެ ފިލްމީ ކެރިއަރާ މެދު ދެކެނީ ކިހިނެއް

23 ފެބުރުއަރީ 2017
އަނުޝްކާ އޭނާގެ ފިލްމީ ކެރިއަރާ މެދު ދެކެނީ ކިހިނެއް
10 ފެބުރުއަރީ 2017

ބޭހަދްގެ ތަރި ޖެނިފަރ ދެކެ ލޯބިވާކަން ހާމަކުރީ ކޮން ފިލްމީ ތަރިއެއް؟

10 ފެބުރުއަރީ 2017
ބޭހަދްގެ ތަރި ޖެނިފަރ ދެކެ ލޯބިވާކަން ހާމަކުރީ ކޮން ފިލްމީ ތަރިއެއް؟
24 ޖެނުއަރީ 2017

ޖެކީ ޗެން މުމްބާއީ އަށް

24 ޖެނުއަރީ 2017
ޖެކީ ޗެން މުމްބާއީ އަށް
20 ޖެނުއަރީ 2017

ފިލްމީ ދާއިރާ ކުރިއެރުވުމަށްޓަކައި މާލީ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ސަރުކާރަށް ގޮވާލަން: މުހައްމާ

20 ޖެނުއަރީ 2017
ފިލްމީ ދާއިރާ ކުރިއެރުވުމަށްޓަކައި މާލީ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ސަރުކާރަށް ގޮވާލަން: މުހައްމާ
07 ޖެނުއަރީ 2017

ޖެކީ ޗެންގެ "ކުންގް ފޫ ޔޯގާ" މިމަހު 28 ގައި ރިލީޒްކުރަނީ!

07 ޖެނުއަރީ 2017
ޖެކީ ޗެންގެ "ކުންގް ފޫ ޔޯގާ" މިމަހު 28 ގައި ރިލީޒްކުރަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް