Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަދީބުގެ ބޭސްފަރުވާގެ މައްސަލަ

އަދީބަށް ސިއްހީ ފަރުވާ ނުލިބޭ މައްސަލަ ޑރ. ޝަހީދު އދ. އަށް ހުށަހަޅުއްވަން ނިންމަވައިފި

އަދީބްގެ މައްސަލަ ހުށަހަޅަނީ އދގެ ސިއްހަތާ ބެހޭ ޚާއްސަ ރެޕަޓުއަރ ޑރ. ޑެއިނިއަސް ޕޫރާސްއަށް

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 13 ޖޫން 2017 | އަންގާރަ 02:42
ކުރީގެ ނައިބުރައީސް، އަޙުމަދު އަދީބް

ކުރީގެ ނައިބުރައީސް، އަޙުމަދު އަދީބް

އެކި މައްސަލަތަކުގައި ޖަލަށް ޙުކުމްކޮށް، ޖުމްލަ 33 އަހަރަށް ޖަލަށް ލާފައިިވާ ކުރީގެ ނައިބުރައީސް، އަޙުމަދު އަދީބްގެ "މައްސަލަ ޑޮކްޓަރަށް ދެއްކުމަށް ނަންބަރެއް ނަންގަވާފައިވާ ކަމަށް"، ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު އަދި މިހާރު އދގެ ޚާއްސަ ރެޕަޓުއަރއެއްގެ ގޮތުގައި މަސައްކަތް ކުރައްވާ އަޙުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.

ސިއްހީ ހާލުކޮޅު ވަރަށް ބޮޑަށް ދެރަވެ، އަވަސް ފަރުވާ ނުލިބޭނަމަ، ޖަލުގައި އަވަހާރަވުމުގެ ބިރު އޮތް ކަމަށް އަދީބްގެ އާއިލާ އާއި ޤާނޫނީ ވަކީލުން ހާމަކޮށްފައިވަނިކޮށް، ޝަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަދީބްގެ މައްސަލަ ޑޮކްޓަރަށް ދެއްކުމަށް ޖޫން 14، 2017 އަށް ނަންބަރެއް ނަންނަގާވާފައިވާ ކަމަށެވެ. ޝަހީދު އިތުރަށް ވިދާޅުވީ، އަދީބް ދައްކާނީ، ޑރ. ޑެއިނިއަސް ޕޫރާސްއަށް ކަމަށެވެ.

Advertisement - newsAdvertisement

ލިތުއޭނިއާއަށް ނިސްބަތްވެވަޑައިގަންނަވާ ޑރ. ޑެއިނިއަސް ޕޫރާސް އަކީ، ލިބެންހުރި އެންމެ މަތީ ފެންވަރެއްގެ ސިއްހީ ފަރުވާ، އެންމެންނަށް ހަމަހަމައަށް ލިބިދިނުން ކަށަވަރު ކުރުމަށް އދ.އިން ކަނޑައަޅުއްވާފައި ހުންނަވާ ޚާއްސަ ރެޕަޓުއާއެވެ. އެބޭފުޅާއަކީ ނަފްސާނީ ބައްޔާއި، ކުޑަކުދިންގެ ބަލިތަކުގެ ދާއިރާއިން ޚާއްސަ މެޑިކަލް ޑޮކްޓަރެކެވެ. އަދި މީގެ އިތުރުން، ޑރ. ޑެއިނިއަސް އަކީ ލިތުއޭނިއާ، އިނގެރޭސިވިލާތް އަދި އެމެރިކާގެ މެޑިކަލް ޔުނިވަރސިޓީތަކުގައި ކިޔަވައިދެއްވާ ޕްރޮފެސަރެއްވެސްމެއެވެ.

ފަރުވާއަށް އަދީބް ރާއްޖެއިން ބޭރަށް ފޮނުވުމުގެ ހުއްދަ ނުދީ، ސަރުކާރުން އެކަން ދިގުދަންމަމުންދާ މައްސަލަ ބުދަ ދުވަހު ޑރ. ޑެއިނިއަސްއަށް ހުށަހަޅަން ނިންމަވާފައިވާއިރު، އަދީބްގެ އާއިލާއިން މިހާރު ވަނީ އަދީބްގެ ސިއްހީ ހާލަތާއި ގުޅޭ ލިޔެކިޔުންތައް ޝަހީދާއި ހިއްސާކޮށްފައެވެ.

އަދީބުގެ ސިއްހީ ހާލަތާއި ގުޅޭގޮތުން، އެމަނިކުފާނުގެ ގާނޫނީ ވަކީލް މޫސާ ސިރާޖް ވިދާޅުވީ، އަދީބުގެ ބައްޔަށް ރާއްޖޭން ފަރުވާ ދެވެން ނެތް ކަމަށާއި، ރާއްޖެއިން ބޭރުން ފަރުވާ ހޯއްދަވަން ޑޮކްޓަރުން ލަފާ ދެއްވާފައިވާ ކަމަށެވެ.

އަދީބަށް ރާއްޖޭން ބޭރުން ބޭސްފަރުވާ ކުރުމުގެ ފުރުސަތު ދިނުމަށް އާއިލާއިން އެދިފައިވާއިރު، އެކަމުގައި ޒިންމާ ނަގާނެ ފަރާތެއް ނެތި، އެކަން ދަނީ ދިގުލަމުންނެވެ. މި މައްސަލައިގައި ފުލުހުން ބުނަނީ އެކަމުގައި ޒިންމާ ނަގާނީ ކަރެކްޝަނަލް ސާވިސްއިން ކަމަށެވެ. ނަމަވެސް ކަރެކްޝަނަލް ސާވިސްއިން ބުނަނީ އަދީބު ހުންނެވީ އެ މުއައްސަސާގެ ބެލުމުގެ ދަށުގައި ނޫން ކަމަށެވެ. އަދީބު މިހާރު ހައްޔަރުކޮށްފައި ހުރީ ފުލުހުންގެ ބެލުމުގެދަށުން ދޫނިދޫ ޑިޓެންޝަން ސެންޓަރުގައެވެ.

ސިރާޖު ވިދާޅުވީ އަދީބުގެ ކިޑްނީގައި ހިލަ އުފެދިފައިވާއިރު، އެތެރެހަށީގައި ސިސްޓްތަކެއް ހުރި ކަމަށެވެ. އަދި ލޮލުގެ ފެނުން ގެއްލިގެން ގޮސްދާނެ ފަދަ ބައްޔެއް ކަމުގައިވާ ގްލުކޯމާ އެމަނިކުފާނަށް ޖެހިފައިވާކަމަށެވެ.

އަދީބު ގެއަށް ބަދަލުކުރުމަށް އާއިލާއިން އެދިފައިވާއިރު، ކަރެކްޝަނަލް ސާވިސްއިން ހޯމަ ދުވަހު ބުނެފައިވަނީ ގެއަށް ބަދަލުކޮށްދެވެން ނެތް ކަމަށެވެ.

ޓެރަރިޒަމާއި ކޮރަޕްޝަންގެ ތިން މައްސަލައެއްގައި އަދީބަށް ޙުކުމް އިއްވާފައިވާއިރު، އަދީބުގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ އިތުރު މައްސަލަތައް ދަނީ ތަހުގީގުކުރަމުންނެވެ. އަދި އެފަދަ ބައެއް މައްސަލަތަކުގެ ޝަރީޢަތް ކްރިމިނަލް ކޯޓްގައި ދަނީ ކުރަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު