Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގުރައިދޫގައި ފަތުރުވެރިއަކު މަރުވުން

ކ. ގުރައިދޫ ގެސްޓްހައުސްއެއްގެ ތެރެއިން މަރުވެފައި އޮތް ފަތުރުވެރިއަކު ފެނިއްޖެ

މަރުވެފައި އޮއްވާ ފެނުނީ 56 އަހަރުގެ އަންހެނެއް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 25 ޖޫން 2022 | ހޮނިހިރު 15:37
ކ. ގުރައިދޫ

ކ. ގުރައިދޫ

ކ. ގުރައިދޫ ގެސްޓްހައުސްއެއްގެ ތެރޭގައި މަރުވެފައި އޮތް ފަތުރުވެރިއަކު ފެނިއްޖެއެވެ.

އެ ރަށު ކައުންސިލް ރައީސް ހުސައިން ޔާމީން މުހައްމަދު "ރާއްޖެ އެމްވީ"އަށް ވިދާޅުވީ، އެ ރަށުގެ އޯޝަން ރިޓްރީޓް އެންޑް ސްޕާގައި މަރުވެފައި އޮތް ފަތުރުވެރިއަކު ފެނުނީ ހުކުރު ދުވަހު ހަވީރު 6:30ހާއިރު ކަމަށެވެ. އެ މީހާ ފެނުނުއިރު އޮތީ ކުނިވާން ފަށާފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޔާމީން ވިދާޅުވިގޮތުގައި މަރުވެފައި އޮއްވާ ފެނުނީ އިނގިރޭސިވިލާތަށް ނިސްބަތްވާ އުމުރުން 56 އަހަރުގެ އަންހެނެކެވެ. އޭނާ މަރުވެފައިވަނީ ބުރާސްފަތި ދުވަހު ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޗުއްޓީ ހޭދަ ކުރުމަށް ގުރައިދޫއަށް ދިޔަ އެ ފަތުރުވެރިޔާ ބަލިވެ އުޅޭތީ ބުރާސްފަތު ދުވަހު ޑޮކްޓަރަށް ދައްކަން ދިޔަކަން ފާހަގަ ކުރައްވައި ޔާމީން ވިދާޅުވީ، އޭނާ ކޮޓަރިއަށް ދިއުމުގެ ކުރިން ރިސެޕްޝަނުގައި އެކަން ފާހަގަކޮށް އެއްވެސް ގޮތަކަށް "ޑިސްޓަރބް" ނުކުރުމަށް އެދިފައިވާ ކަމަށެވެ. އަދި ދޮރުގައި "ޑޫ ނޮޓް ޑިސްޓަރބް" ޓެގް އަޅުވައިފައި ހުރިކަންވެސް ޔާމީން ފާހަގަ ކުރެއްވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި މިހާރު އެ މީހާގެ ހަށިގަނޑު ވަނީ މާލެ ގެނެސްފައެވެ.

ކ. ގުރައިދޫފަތުރުވެރިން

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2025

ގުރައިދޫގެ ހޭންޑްބޯޅަ ކޯޓަކީ ކުރީ ސަރުކާރުގެ މަޝްރޫޢެއް

05 ފެބުރުއަރީ 2025
ގުރައިދޫގެ ހޭންޑްބޯޅަ ކޯޓަކީ ކުރީ ސަރުކާރުގެ މަޝްރޫޢެއް
18 ޑިސެމްބަރު 2024

ކ. ގުރަައިދޫ ގައި މަރުވި 4 މަހުގެ ތުއްތު ކުއްޖާގެ ޕޯސްޓްމޯޓަމް ހެދުމަށް އިއްޑިއާއަށް ފޮނުވައިފި

18 ޑިސެމްބަރު 2024
ކ. ގުރަައިދޫ ގައި މަރުވި 4 މަހުގެ ތުއްތު ކުއްޖާގެ ޕޯސްޓްމޯޓަމް ހެދުމަށް އިއްޑިއާއަށް ފޮނުވައިފި
27 އޮކްޓޯބަރު 2024

ގުރައިދޫއިން ގަވާއިދާ ހިލާފަށް އުޅުނު 39 ބިދޭސީން ހައްޔަރުކޮށްފި

27 އޮކްޓޯބަރު 2024
ގުރައިދޫއިން ގަވާއިދާ ހިލާފަށް އުޅުނު 39 ބިދޭސީން ހައްޔަރުކޮށްފި
25 އޮކްޓޯބަރު 2024

އިމިގްރޭޝަނުން ކ.ގުރައިދޫގައި ޚާއްސަ އޮޕަރޭޝަނެއް ފަށައިފި

25 އޮކްޓޯބަރު 2024
އިމިގްރޭޝަނުން ކ.ގުރައިދޫގައި ޚާއްސަ އޮޕަރޭޝަނެއް ފަށައިފި
21 އޮކްޓޯބަރު 2024

ވ.އަތޮޅު ރިސޯޓެއްގެ މޫދަށް އެރި އުޅުނު ފަތުރުވެރިއެއް ގެނބިގެން މަރުވެއްޖެ

21 އޮކްޓޯބަރު 2024
ވ.އަތޮޅު ރިސޯޓެއްގެ މޫދަށް އެރި އުޅުނު ފަތުރުވެރިއެއް ގެނބިގެން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު