Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޔޫތު މިނިސްޓަރު އަޙުމަދު މަޚްލޫފް

މިނިސްޓަރު މަޚްލޫފަށް މަރުގެ އިންޒާރުދިން މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

23 ޖޫން 2022 | ބުރާސްފަތި 07:33

މައްސަލަ ވަނީ ފުލުހުންނަށް ހުށަހަޅާފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 23 ޖޫން 2022 | ބުރާސްފަތި 07:33
މިނިސްޓަރު މަޚްލޫފް

މިނިސްޓަރު މަޚްލޫފް

ޔޫތު މިނިސްޓަރު އަޙުމަދު މަޚްލޫފަށް މަރުގެ އިންޒާރުދިން މައްސަލަ ފުލުހުންނަށް ހުށަހަޅައިފިއެވެ.

މިނިސްޓަރު މަޚްލޫފަށް މަރުގެ އިންޒާރު ދީފައިވަނީ އިންޓަރނޭޝަނަލް ޔޯގާ ޑޭ ފާހަގަކުރުމުގެ ގޮތުން ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތް ބާއްވާފައި ވަނިކޮށެވެ.

މިނިސްޓަރު މަޚްލޫފަށް މީހަކު ކުރި މެސެޖެއްގައި ވަނީ މިއީ އެމަނިކުފާނަށް ދޭ ގަދަ ފަދަ އިންޒާރެއް ކަމަށެވެ. އިންޑިއާގެ ޕަޕެޓަކަށްވެގެން ޔޯގާ ހަލާލު ކުރާއިރު އެއީ ބާތިލް ފިކުރު ކަމަށް އެ މެސެޖުގައި ބުނެފައިވެއެވެ. މީގެ އިތުރުން އެ މެސެޖުގައި ބުނެފައިވަނީ މަޚްލޫފް އަތު ޖެހުނު ނަމަ، "ނޮޅާލީމުސް" ކަމަށެވެ. އަދި އޭގެން މީހެއްގެ އަޚަކަށް ނުވަތަ ޖަމިއްޔާއަކަށް ފިޔަވަޅު އަޅައިފިނަމަ، މަޚްލޫފާއި މުޅި އާއިލާ ދުއްވާލާނެ ކަމަށް ބުނެ އިންޒާރުދީފައިވެއެވެ. މީގެ އިތުރުން އެ މެސެޖުގައި ބުނެފައިވަނީ އަބަދު މިނިސްޓަރުކަމުގައި ނުހުރެވޭނެ ކަމަށެވެ.

މި މެސެޖުތައް އާންމުކުރައްވާ މިނިސްޓަރު މަޚްލޫފް ވިދާޅުވީ މެސެޖުކޮށްފައިވަނީ އެމަނިކުފާނުގެ ކުރީގެ ނަންބަރަށް ކަމަށެވެ. މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ބިރު ދައްކައިގެން އެއްވެސް ކަމެއްގެ ނަތީޖާއެއް ހާސިލްނުކުރެވޭނެކަމަށާއި، މިނިސްޓަރު ކަމަކީ މާ ގަދަކަމެއް ކަމަށް އެ މީހަކަށް ގަބޫލުކުރެވުނަސް، އެމަނިކުފާނަށް އެއީ މާ މުހިންމު ކަމެއް ނޫން ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެފަދަ މީހެއްގެ އަތުން މަރުވެއްޖެނަމަ ޔަޤީނުންވެސް ޝަހީދަކަށްވާނެ ކަމަށެވެ.

މިކަމާ ގުޅިގެން ރާއްޖެ އެމްވީއާ ވާހަކަ ދައްކަވަމުން މިނިސްޓަރު މަޚްލޫފް ވިދާޅުވީ މަރުގެ އިންޒާރުދިން މައްސަލަ މިހާރު ފުލުހުންނަށް ހުށަހަޅާފައިވާނެ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންނާއި ސުވާލުކުރުމުން އެ އިދާރާއިން ވަކި އެއްޗެއް އަދި ބުނެފައެއް ނުވެއެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް