Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވިނަރެސް ފްލެޓުތައް އެޗްޑީސީއާ ހަވާލުކޮށްފި

ވިނަރެސް ފްލެޓުތައް އެޗްޑީސީއާ ހަވާލުކޮށްފި

20 ޖޫން 2022 | ހޯމަ 14:10

އަންނަ ޖުލައި މަހު ފްލެޓުތަކަށް އެދުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް އަސްލަމް ވިދާޅުވި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 20 ޖޫން 2022 | ހޯމަ 14:10
ވިނަރެސް ފްލެޓުތައް އެޗްޑިސީއާ ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ވިނަރެސް ފްލެޓުތައް އެޗްޑިސީއާ ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީ ކޮށްފައިވާ ވިނަރެސް ފެލްޓުތައް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ހަވާލުކޮށްފިއެވެ.

ހޯމަ ދުވަހު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބޭއްވި ރަސްމިއްޔާތެއްގައި ފްލެޓުތައް އެޗްޑީސީއާއި ހަވާލު ކުރުމުގެ އެއްބަސްވުމުގައި އެ މަސައްކަތް ކުރިއަށްގެންދާ ޗައިނާގެ ސީއެމްއީސީ ގްރޫޕުގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ޗީފް ރެޕްރެޒެންޓޭޓިވް ލުއީއެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ސުހައިލް އަހުމަދު އެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހުރިއްޔާގެ ނައިބު ފައިސަލް ނަސީމް އާއި ޕްލޭނިން މިނިސްޓަރ މުހައްމަދު އަސްލަމް އާއި ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement - newsAdvertisement

މި ރަސްމިއްޔާތުގައި އެޗްޑީސީއާއި ފުރަތަމަ ހަވާލު ކޮށްފައިވަނީ މިހާރު މަސައްކަތް ނިމިފައިވާ ވިނަރެސްގެ ދެ ޓަވަރެވެ. މި ދެ ޓަވަރަކީ ހިޔާ ފްލެޓުތަކާ އެންމެ ކައިރީގައި ހަދާފައިވާ ދެ ޓަވަރެވެ.

ވިނަރެސް މަޝްރޫއުގެ ދަށުން ޗައިނާގެ ސީއެމްއީސީއާ ހަވާލުކޮށްގެން 10 ޓަވަރުގެ މަސައްކަތް ކުރިއަށްގެންދެއެވެ. މި 10 ޓަވަރުގައި ޖުމްލަ 1344 ފްލެޓް ހަދާއިރު މިއީ މިހާތަނަށް ރާއްޖޭގައި ކުރިއަށްގެންދިޔަ ހައުސިން މަޝްރޫއުތަކުުގެ ތެރެއިން ދެވަނައަށް އެންމެ ބޮޑު މަޝްރޫއެވެ. މިހާތަނަށް ހިންގި އެންމެ ބޮޑު މަޝްރޫއަކީ ހިޔާ މަޝްރޫއެވެ.

މި މަޝްރޫއާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ޕްލޭނިން މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވީ މިއީ މިހާތަނަށް ސަރުކާރުން ހިންގި ހައުސިން ޕްރޮޖެކްޓުތަކުގެ ތެރެއިން އެންމެ ފެންވަރު ރަނގަޅު ޕްރޮޖެކްޓް ކަމަށެވެ. އަދި މި ސަރުކާރު ހަވާލުވީ ވިނަރެސް ފްލެޓުތަކުުގެ މަސައްކަތް ފެށިތަނާހެންކަން ފާހަގަކުރައްވާ އަސްލަމް ވަނީ އެތަނުގެ މަސައްކަތް ނިމިގެންދިއުމަކީ މި ސަރުކާރުން ކުރި ބުރަ މަސައްކަތުގެ ނަތީޖާކަމަށް ވިދާޅުވެފައެވެ.

މި މަޝްރޫއުގެ މަސައްކަތް ނިންމުމުގައި ޗައިނާގެ ސީއެމްއީސީ ގްރޫޕުން ކުރި ބުރަ މަސައްކަތް ފާހަގަ ކުރައްވައި އަސްލަމް ވަނީ އެ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މި ޕްރޮޖެކްޓުގެ ސަބަބުން ޗައިނާ އާއި ރާއްޖެއާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

ވިނަރެސް ފްލެޓުތައް އެޗްޑިސީއާ ރަސްމީކޮށް ހަވާލުކޮށްފައިވާއިރު އެ ފްލެޓުތަކަށް އެދުމުގެ ފުރުސަތު އަންނަ ޖުލައި މަހު އެ ކުންފުނިން ހުޅުވާލާނެ ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ. އަދި އިތުރު ހައުސިން ޕްރޮޖެކްޓުތަކަށް އެދި ކުރިމަތިލާން ވެސް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށާއި ސަރުކާރުގެ ހައުސިން މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެޗްޑީސީން އަންނަނީ މިހާރުވެސް ވިނަރެސް ފްލެޓުގެ އެޕާޓްމަންޓުތަކެއް އާއްމުންނަށް ދައްކާލަމުންނެވެ. މި ޕްރޮޖެކްޓުގެ ދަށުން ހަދާ ޓަވަރުތަކުގައި މެރީނާ ވިއު އަދި ސްޓޭންޑަޑް ވިއު އެޕާޓްމަންޓުތައް ހުންނައިރު ފްލެޓުތަކުގެ އަގު އުޅެނީ 2.5 މިލިއަން ރުފިޔާ އާއި 3 މިލިއަން ރުފިޔާއާއި ދެމެދުގައެވެ. މި ފައިސާ މަހުން މަހަށް ބަހައިގެން، ނުވަތަ ލޯނު ނަގައިގެން ނުވަތަ އެއްފަހަރާ ވެސް ދެއްކޭނެއެވެ.

ވިނަރެސް ފްލެޓުތައް އާއްމުންނަށް ދޫކުރާއިރު މާލޭގައި އުޅޭތާ 15 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ މީހުންނަށް 100 ފްލެޓް ވަނީ ހާއްސަ ކޮށްފައެވެ.

ވިނަރެސް ފްލެޓްތައް ރަސްމީކޮށް އެޗްޑީސީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސީއެމްއީސީގެ އިސް ބޭފުޅުން އޮންލައިންކޮށް ބައިވެރިވެލެއްވިއެވެ. މި ހަފްލާ ނިންމަވާލެެއްވުމަށްފަހު ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ވިނަރެސް ފްލެޓްތައް ބައްލަވާލައްވާފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތަކަށް އެހީތެރިވާ ބޯޓުފަހަރާ ކުންފުނިތަކަށް އީރާނުގެ އަސްކަރިއްޔާ އިން ފާރަލާން ފަށައިފި

އިތުރަށް ކިޔާލަން

19 ޖޫން 2017

އައްޑޫ ރިލީފް ފަންޑަށް ލިބުނު ފާއިސާ ހަވާލުކޮށްފި

19 ޖޫން 2017
އައްޑޫ ރިލީފް ފަންޑަށް ލިބުނު ފާއިސާ ހަވާލުކޮށްފި
19 ޖޫން 2017

ޖުލައި 10 ވަނަ ދުވަހުން ފެށިގެން ހިންގާ ގޮތަށް ކުޅުދުއްފުށި ހޮސްޕިޓަލް 50 އަހަރަށް އިންޑިއާގެ ނިމްސްއާ ހަވާލުކޮށްފި

19 ޖޫން 2017
ޖުލައި 10 ވަނަ ދުވަހުން ފެށިގެން ހިންގާ ގޮތަށް ކުޅުދުއްފުށި ހޮސްޕިޓަލް 50 އަހަރަށް އިންޑިއާގެ ނިމްސްއާ ހަވާލުކޮށްފި
19 ޖޫން 2017

ދެ ރަށެއްގެ ފެނާއި ނަރުދަމާ ގާއިމް ކުރުމަށް 148 މިލިޔަން ރުފިޔާ އަށް ބަޔަކާ ހަވާލުކޮށްފި

19 ޖޫން 2017
ދެ ރަށެއްގެ ފެނާއި ނަރުދަމާ ގާއިމް ކުރުމަށް 148 މިލިޔަން ރުފިޔާ އަށް ބަޔަކާ ހަވާލުކޮށްފި
15 ޖޫން 2017

ހުޅުމާލޭގައި ސީސީޓީވީ ކެމެރާ ހަރުކުރަން ފުލުހުންނާ ހަވާލުކޮށްފި

15 ޖޫން 2017
ހުޅުމާލޭގައި ސީސީޓީވީ ކެމެރާ ހަރުކުރަން ފުލުހުންނާ ހަވާލުކޮށްފި
14 ޖޫން 2017

މާލޭގައި ފެން ހިންދުމުގެ ހަތަރު ވަނަ ފިޔަވަހި 12.9 މިލިޔަން ރުފިޔާ އަށް އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްފި

14 ޖޫން 2017
މާލޭގައި ފެން ހިންދުމުގެ ހަތަރު ވަނަ ފިޔަވަހި 12.9 މިލިޔަން ރުފިޔާ އަށް އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްފި
31 މެއި 2017

ރާއްޖެއިން ލަންކާއަށްދޭ ފައިސާގެ އެހީ އެގައުމުގެ ސަރުކާރާއި ހަވާލުކޮށްފި

31 މެއި 2017
ރާއްޖެއިން ލަންކާއަށްދޭ ފައިސާގެ އެހީ އެގައުމުގެ ސަރުކާރާއި ހަވާލުކޮށްފި
26 އެޕްރީލު 2017

މާފަރު އެއާޕޯޓް ތަރައްގީކުރުން ސަން ސިޔާމްގެ ކުންފުންޏާ ހަވާލުކޮށްފި

26 އެޕްރީލު 2017
މާފަރު އެއާޕޯޓް ތަރައްގީކުރުން ސަން ސިޔާމްގެ ކުންފުންޏާ ހަވާލުކޮށްފި
20 އެޕްރީލު 2017

ރިޔާޒުގެ ފޯނުގެ ލޮކް ކޯޑް ފުލުހުންނާ ހަވާލުކޮށްފި

20 އެޕްރީލު 2017
ރިޔާޒުގެ ފޯނުގެ ލޮކް ކޯޑް ފުލުހުންނާ ހަވާލުކޮށްފި
07 މާރިޗު 2017

ފަސް އެއާރޕޯޓް އަޅަން 57.5 މިލިއަން ޑޮލަރަށް މެލޭޝިއާ ކުންފުންޏަކާ ހަވާލުކޮށްފި

07 މާރިޗު 2017
ފަސް އެއާރޕޯޓް އަޅަން 57.5 މިލިއަން ޑޮލަރަށް މެލޭޝިއާ ކުންފުންޏަކާ ހަވާލުކޮށްފި
05 ފެބުރުއަރީ 2017

ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި

05 ފެބުރުއަރީ 2017
ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް