Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ހުކުރު ޚުތުބާ

ތަރިކަ މުދަލަށް އަރައިގަންނަ މީހާއަކީ އިމާންކަން ބަލިކަށި މީހެއް: ޚުތުބާ

މިހަފްތާގެ ހުކުރު ޚުތުބާ ހާއްސަ ކޮށްފައިވަނީ ވާރުތަ މުދަލަށް ރައްކާތެރިވުމަށް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 17 ޖޫން 2022 | ހުކުރު 08:26
ހުކުރު ނަމާދު ކުރިއަށްދަނީ

ހުކުރު ނަމާދު ކުރިއަށްދަނީ

ތަރިކަ މުދާ ނުހައްގު ގޮތުގައި ބޭނުންކޮށް، އެއަށް އަރައިގަންނަ މީހާއަކީ އީމާންކަން ބަލިކަށި މީހެއްކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

މި ހަފްތާގެ ހުކުރު ޚުތުބާ ހާއްސަ ކޮށްފައިވަނީ ވާރުތަ މުދަލަށް ރައްކާތެރިވުމާ ގުޅޭގޮތުންނެވެ. މީހަކު މަރުވުން އޭނާ ދޫކޮށްފައިދާ ތަރިކައަކީ އެ ބަހާނެ އުސޫލުތަކާއި ގަވާއިދުތަކެއް މާތް ﷲ ކަނޑައަޅުއްވާފައިވާ އެއްޗަކަށްވާއިރު އެ އެންގެވި ގޮތަށް ވާރުތަމުދާ ބެހުމަށް ޚުތުބާގައި ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

ޚުތުބާއި ބުނީ ފަރުޟު ފަސް ނަމާދުގެ ރަކުއަތްތަކާއި އެހެނިހެން ތަފްސީލާއި ޒަކާތް ދައްކަން ޖެހޭ މުދަލުގެ ބާވަތްތަކާއި މިންވަރާއި ރޯދަ އާއި ޙައްޖުގެ ތަފްސީލީ މައުލޫމާތު ޤުރުއާނުގައި ބަޔާންކޮށްފައި ނުވާއިރު ތަރިކަ މުދާ ބަހަން ޖެހޭ ގޮތް ތަފްސީލުކޮށް ބަޔާންކޮށްފައި އޮތުމަކީ ވިސްނަން ޖެހޭނެ ކަމެއް ކަމަށެވެ. މިއީ ހެޔޮ ކަމެއްގެ ގޮތުގައި ކުރަން ޖެހޭ ކަމެއް ނޫން ކަމަށާއި އެ މުދަލަކީ މާތް ﷲ ގެ ޙައްގުތަކުގެ ތެރޭގައި ހިމެނޭ އެއްޗެއް ކަމުން އެ ކަލާނގެ ހައްގަކަށް އަރައިނުގަނެ އެ އެންގެވި ގޮތަށް މުދާ ބަހަން ޖެހޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

އިސްލާމް ދީނުގައި ތަރިކަ މުދާ ބަހަންޖެހޭ ގޮތާ މެދު ދީނުގެ ދުޝްމަނުން އަސާސެއް ނެތް ވާހަކަތައް ދައްކާކަން ފާހަގަކޮށް ޚުތުބާގައި ބުނެފައިވަނީ އެ ކަންކަން މުސްލިމުންގެ ފަރާތުންވެސް މިހާރު ފެންނަމުންދާ ކަމަށެވެ. އެގޮތުން ދީނުގައި މުދާ ބަހާއިރު އަންހެނުންނަށް އަނިޔާވެރިވެފައިވާ ކަމަށް ބުނާ ކަމަށާއި ނަމަވެސް މިއީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.

ދީނުގައި ވާރިސުންނަށް ތަރިކަ މުދަލުން ލިބޭ މިންވަރު ތަފާތު ވަނީ ޖިންސަކަށް ބަލާފައި ނޫންކަމަށް ޚުތުބާގައި ބުނެއެވެ. އޭގައި ޙިކުމަތެއްވާ ކަން ފާހަގަކޮށް ބުނެފައިވަނީ ފިރިހެނަކަށް ދެބައި ކުޅަ އެއްބައި ލިބެނީ 4 ހާލަތެއް ކަމަށާއި އެއަށްވުރެ ގިނަ ހާލަތްތަކުގައި އަންހެނުންނަށް ލިބޭ މިންވަރު އެއްވަރުވެފައި އަދި އެއަށްވުރެ އިތުރުވެފައި ހުންނަކަމަށެވެ.

އިސްލާމް ދީނުގައި ތަރިކަ މުދާ ބެހުމުގައި އަންހެނުންނާއި ފިރިހެނުން ތަފާތު ކުރާ ކަމަށް ބުނެ ފާޑު ކިޔުމުން ބޭޒާރުވަނީ ތިމާ މީހާކަމަށާއި އެއިން އެނގެނީ އެ މީހެއްގެ ޖާހިލު ކަމާއި އިލްމުގައި ފުންނާބު ތިރިކަން ކަމަށް ވެސް ވަނީ ބުނެފައެވެ.

ތަރިކަ މުދާ ބެހުމުގައި މައްސަލަ އުފެދޭ ކަންތައްތަކެއް ވެސް ހުންނަކަން ޚުތުބާގައި ވަނީ ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި ޝަރުއު ކުރައްވާފައިވާ މިންވަރަށްވުރެ އިތުރަށް ވަކި ވާރުތަވެރިއަކަށް ނުވަތަ ދަރިއަކަށް ދިނުމާއި ވާރުތަވެރިންނާއި ދަރިންނަށް އެކަން އެނގިފައި ނުވުމާއި މުދަލުގެ މިންވަރާއި ހުރި ތަން ދަރިންނަށް ނޭނގުމާއި މުދާ ބެހުން ފަސް ކުރުން ވެސް ހިމެނެއެވެ.

ބާލިޣުނުވާ ކުޑަކުދިން ތިބުމުން މުދާ ބެހުން ފަސް ކުރުމުގެ ސަބަބުން ކުދިން ހާލުގައި ޖެހި މަގުމަތިވަމުންދާތަން ފެންނަ ކަމަށާއި މުދާ ބެހުން ލަސް ކުރުމުގެ ސަބަބުން ބައެއް ވާރުތަވެރިން މަރުވެ، ވާރިސުންނަކީ ކޮބައިކަން ނޭނގި މުދާ ބަހަން ދަތިވާ ކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ. މިފަދަ ކަންކަމާހެދި އާއިލާގެ ތެރޭގައި ދެބަސްވުން އުފެދޭ ކަމަށާއި ވާރުތަ މުދާ ބެހުމަށް އަވަސްވެގަތުމަކީ ގާތްތިމާގެ ކަމުގެ ގުޅުން އިތުރަށް ބަދަހިވެ، ގުޅުން ދެމިއޮތުމަށް އެހިވެދޭ ކަމެއް ކަމަށް ވެސް ވަނީ ފާހަގަކޮށްފައެވެ.

ތަރިކަ މުދަލުގައި ޖެހޭ މީހާއަކީ އީމާންކަން ބަލިކަށި މީހެއްކަން ފާހަަގަކޮށް ޚުތުބާގައި ބުނެފައިވަނީ އެ މުދަލުގައި ޖެހެވެނީ އަމިއްލަ އެދުން ބޮޑުވުމާއި ދަހިވެތިކަން އިންތިހާއަށް ދިއުމުން ކަމަށެވެ.

ހުކުރު ޚުތުބާ

ކޮމެންޓް

އިތުރަށް ކިޔާލަން

އުފާވެރިކަން އޮތީ ފައިސާއާއި މަޝްހޫރު ކަމުގައި ނޫން، ހަގީގީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުން: ޚުތުބާ

އުފާވެރިކަން އޮތީ ފައިސާއާއި މަޝްހޫރު ކަމުގައި ނޫން، ހަގީގީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުން: ޚުތުބާ

07 ނޮވެމްބަރު 2025
ދެކޮޅުވެރިކަމާއި، ހަސަދަވެރިކަމުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި

ދެކޮޅުވެރިކަމާއި، ހަސަދަވެރިކަމުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި

31 އޮކްޓޯބަރު 2025
ވަލިއްޔުންނަށް އިހްތިރާމުކުރުމުގެ ނަމުގައި، ބިދުއަތައް ވަނީ ފެތުރިފައި، މިއީ ޝިރުކުގެ އަމަލެއް: ޚުތުބާ

ވަލިއްޔުންނަށް އިހްތިރާމުކުރުމުގެ ނަމުގައި، ބިދުއަތައް ވަނީ ފެތުރިފައި، މިއީ ޝިރުކުގެ އަމަލެއް: ޚުތުބާ

24 އޮކްޓޯބަރު 2025
މި ސަރުކާރުން ވަނީ ހުކުރު ޚުތުބާ ވެސް ސިޔާސީ ކޮށްފައި: ކުރީގެ އިސްލާމިކް މިނިސްޓަރު

މި ސަރުކާރުން ވަނީ ހުކުރު ޚުތުބާ ވެސް ސިޔާސީ ކޮށްފައި: ކުރީގެ އިސްލާމިކް މިނިސްޓަރު

22 އޮކްޓޯބަރު 2025
ކުރީގެ ރައީސް ސާލިހުގެ ސަރުކާރުގައި ދެ ޚުތުބާއެއް ފޮރުވާފައިވާ ކަމަށް ވިދާޅުވެ، މިނިސްޓަރު ޝަހީމް މަޖިލީހުގައި ދޮގު ހައްދަވައިފި

ކުރީގެ ރައީސް ސާލިހުގެ ސަރުކާރުގައި ދެ ޚުތުބާއެއް ފޮރުވާފައިވާ ކަމަށް ވިދާޅުވެ، މިނިސްޓަރު ޝަހީމް މަޖިލީހުގައި ދޮގު ހައްދަވައިފި

22 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

23 ޖޫން
ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން
20242 އަހަރު ކުރިން
ރާއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"
20233 އަހަރު ކުރިން
ރިޕޯޓު

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟
20224 އަހަރު ކުރިން
ރިޕޯޓު

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު