Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިއާއިން ގޮދަން ލިބުމުގައި ދަތިވުން

ޔޫއޭއީ އިން އިންޑިއާގެ ގޮދަން އެކްސްޕޯޓް ކުރުމާއި ރީއެކްސްޕޯޓް ކުރުން މަޑުޖައްސާލައިފި

15 ޖޫން 2022 | ބުދަ 16:02

މިއީ އިންޑިއާއިން ގޮދަން އެކްސްޕޯޓް ކުރުން މެދުކަނޑާލުމުން ޔޫއޭއީ އިން އެޅި ފިޔަވަޅެއް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 15 ޖޫން 2022 | ބުދަ 16:02
ގޮދަން ދަނޑެއް

ގޮދަން ދަނޑެއް

އިންޑިއާއިން ޔޫއޭއީއަށް ގަންނަ ގޮދަނާއި ގޮދަން ފުށް އެހެން ޤައުމުތަކަށް އެކްސްޕޯޓް ކުރުމާއި ރީއެކްސްޕޯޓް ކުރުން 4 މަސް ދުވަހަށް މަޑުޖައްސާލަން އެ ޤައުމުން ނިންމައިފިއެވެ.

ޔޫއޭއީގެ އިކޮނޮމިކް މިނިސްޓްރީން ބުދަ ދުވަހު މިގޮތަށް ނިންމީ އިންޑިއާއިން ގޮދަނުގެ ބާވަތްތައް އެކްސްޕޯޓް ކުރުން މަޑުޖައްސާލަން ނިންމި ނިންމުމާ ގުޅިގެންނެވެ. އެހެންވެ، ޔޫއޭއީގެ މި ނިންމުމާއެކު އެ ޤައުމު މެދުވެރިކޮށް އިންޑިއާގެ ގޮދަން އެހެން ޤައުމުތަކަށް ވިއްކުން މަނާވާނެއެވެ.

އިންޑިއާއިން ގޮދަން އެކްސްޕޯޓް ކުރުން މެދުކަނޑާލީ މިދިޔަ މެއި މަހުގެ 14 ވަނަ ދުވަހުން ފެށިގެންނެވެ. އެކްސްޕޯޓް މެދުކަނޑާލި ނަމަވެސް ފުޑް ސެކިއުރިޓީ ބޭނުންވާ ޤައުމުތަކަށާއި އެ ޤައުމުން ލެޓަރ އޮފް ކްރެޑިޓް ދީފައިވާ ޤައުމުތަކަށް އެކްސްޕޯޓް ކުރާނެއެވެ. އެގޮތުން މިހާތަނަށް 469،202 ޓަނުގެ ގޮދަން އެ ޤައުމުން ވަނީ އެކްސްޕޯޓް ކޮށްފައެވެ.

ޔޫއޭއީން ބުނި ގޮތުގައި އެ ޤައުމުން އެކްސްޕޯޓް ކުރުން މަނާ ކުރަނީ ގޮދަނުގެ ހުރިހާ ބާވަތެކެވެ. އަދި މި ފިޔަވަޅު އަޅާފައިވަނި މެއި 13 އިން ފެށިގެން އެ ޤައުމަށް އެތެރެކޮށްފައިވާ ބާވަތްތަކަށް ކަމަށްވެސް ވަނީ ބުނެފައެވެ.

މެއި 13 ގެ ކުރިން ޔޫއޭއީއަށް އިންޑިއާއިން އެތެރެކޮށްފައިވާ ގޮދަނުގެ ބާވަތްތައް އަދިވެސް އެކްސްޕޯޓް ކުރެވޭނެއެވެ. ނަމަވެސް އެކްސްޕޯޓް ކުރުމުގެ ކުރިން އިކޮނޮމިކް މިނިސްޓްރީގެ ހުއްދައަށް އެދެން ޖެހޭނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ. ހުއްދައަށް އެދޭއިރު އެ ޝިޕްމަންޓަކާ ބެހޭ ހުރިހާ ތަފްސީލެއް އެނގޭ ލިޔެކިޔުންތައް ހުށަހަޅަންވެސް ވަނީ އަންގާފައެވެ.

ދުނިޔޭގައި ދެވަނައަށް އެންމެ ގިނަ އަދަދަކަށް ގޮދަންފުށް އެކްސްޕޯޓްކުރާ ގައުމު، އިންޑިއާއިން ގޮދަން ފުށް އެކްސްޕޯޓްކުރުން މަނާކުރީ އެގައުމަށް އައި ހީޓް ވޭވް އަކާއެކު ސަޕްލައިއަށް ކުރި އަސަރާއެކު ގައުމުގެ އެތެރޭގައި ގޮދަން ފުށުގެ އަގު ވަރަށް ބޮޑަށް އުފުލުމާ ގުޅިގެންނެވެ. އިންޑިއާގެ މި ނިންމުމާއެކު ދުނިޔޭގެ ބާޒާރުގައި ގޮދަން ފުށުގެ އަގު ވަރަށް ބޮޑަށް އުފުލިގެންދިޔައެވެ.

އިންޑިއާޔޫއޭއީ

އެންމެ ހިނގާ

1

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

2

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

3

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
17 ނޮވެމްބަރު 2025

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

17 ނޮވެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި
17 ނޮވެމްބަރު 2025

އިންޑިޔާ ގައި މާބަނޑު މީހުންގެ ހޮސްޕިޓަލެއްގެ ސީސީޓީވީ ހެކްކޮށްގެން ވަގަށް ނެގި ގިނަ އަދަދެއްގެ ވީޑިއޯތަކެއް ޓެލެގްރާމްގައި ވިއްކައިފި

17 ނޮވެމްބަރު 2025
އިންޑިޔާ ގައި މާބަނޑު މީހުންގެ ހޮސްޕިޓަލެއްގެ ސީސީޓީވީ ހެކްކޮށްގެން ވަގަށް ނެގި ގިނަ އަދަދެއްގެ ވީޑިއޯތަކެއް ޓެލެގްރާމްގައި ވިއްކައިފި
15 ނޮވެމްބަރު 2025

އިންޑިއާގެ ކަޝްމީރުގެ ޕޮލިސް ސްޓޭޝަނެއްގައި އެއްޗެއް ގޮވައި 7 މީހަކު މަރުވެ، 27 މީހަކު ޒަހަމްވެއްޖެ

15 ނޮވެމްބަރު 2025
އިންޑިއާގެ ކަޝްމީރުގެ ޕޮލިސް ސްޓޭޝަނެއްގައި އެއްޗެއް ގޮވައި 7 މީހަކު މަރުވެ، 27 މީހަކު ޒަހަމްވެއްޖެ
11 ނޮވެމްބަރު 2025

އިންޑިއާގެ ރެޑް ފޯޓް ގައި ގޮއްވާލި ކާރުގެ ވެރިމީހާ ހައްޔަރު ކޮށްފި

11 ނޮވެމްބަރު 2025
އިންޑިއާގެ ރެޑް ފޯޓް ގައި ގޮއްވާލި ކާރުގެ ވެރިމީހާ ހައްޔަރު ކޮށްފި
10 ނޮވެމްބަރު 2025

ދިއްލީގެ މަޝްހޫރު ރެޑް ފޯޓް ކައިރީގައި ކާރެއް ގޮއްވާލުމުން އެތައް ބަޔަކު މަރުވެ، ގިނަ ބަޔަކު ޒަޚަމް ވެއްޖެ

10 ނޮވެމްބަރު 2025
ދިއްލީގެ މަޝްހޫރު ރެޑް ފޯޓް ކައިރީގައި ކާރެއް ގޮއްވާލުމުން އެތައް ބަޔަކު މަރުވެ، ގިނަ ބަޔަކު ޒަޚަމް ވެއްޖެ
29 އޮކްޓޯބަރު 2025

ހަނގުރާމައިގެ ހާލަތަށް ތައްޔާރުވެގެން ތިބެން ޖެހޭ: ރަޖްނާތު ސިންހް

29 އޮކްޓޯބަރު 2025
ހަނގުރާމައިގެ ހާލަތަށް ތައްޔާރުވެގެން ތިބެން ޖެހޭ: ރަޖްނާތު ސިންހް
15 އޮކްޓޯބަރު 2025

އިންޑިޔާ ގައި އުފައްދާފައިވާ ތިން ވައްތަރެއްގެ ކޯފް ސިރަޕް ތަޣައްޔަރުވެފައިވާ ކަމަށް ބުނެ ޑަބްލިޔުއެޗްއޯ އިން އިންޒާރެއް ނެރެފި

15 އޮކްޓޯބަރު 2025
އިންޑިޔާ ގައި އުފައްދާފައިވާ ތިން ވައްތަރެއްގެ ކޯފް ސިރަޕް ތަޣައްޔަރުވެފައިވާ ކަމަށް ބުނެ ޑަބްލިޔުއެޗްއޯ އިން އިންޒާރެއް ނެރެފި
14 އޮކްޓޯބަރު 2025

އިންޑިއާ އަށް އެތެރެވުމުގެ ކުރިން "އީ-އެރައިވަލް ކާޑު" ފުރަން ޖެހޭ ގޮތައް ހަދައިފި

14 އޮކްޓޯބަރު 2025
އިންޑިއާ އަށް އެތެރެވުމުގެ ކުރިން "އީ-އެރައިވަލް ކާޑު" ފުރަން ޖެހޭ ގޮތައް ހަދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް