Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖޭގެ ފުރަތަމަ ޖައްވީ މިޝަން

ރާއްޖޭގެ ފުރަތަމަ ޖައްވީ މިޝަންގައި މޫސުމަށް އަންނަ ބަދަލުތައް ދެނެގަތުމަށް ސެޓެލައިޓެއް

މި މިޝަނުގައި ހަދާ ޕްރޮޓޯޓައިޕް ސެޓެލައިޓް ހަދާނީ ހުޅުމާލޭގައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 14 ޖޫން 2022 | އަންގާރަ 19:11
އެޗްޑީސީ

އެޗްޑީސީ

ރާއްޖޭގެ ފުރަތަމަ ޖައްވީ މިޝަންގެ ބޭނުމަކީ ދުނިޔެ ހޫނުވުމާއި މޫސުމަށް އަންނަ ބަދަލުތައް ދެނެގަތުމަށް ބޭނުންވާ މައުލޫމާތު އެއްކުރަން ޕްރޮޓޯޓައިޕް ސެޓްލައިޓެއް ހަދައި އެ ޓެސްޓް ކުރުން ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

މި މިޝަނަކީ އިންސްޓިޓިއުޓް ފޮރ ގްލޯބަލް ސަކްސެސް (އައިޖީއެސް) އިން ކުރިއަށްގެންދާ ހަރަކާތެކެވެ. މި ހަރަކާތުގެ މެއިން ޕާޓްނަރެއްގެ ގޮތުގައި އެޗްޑީސީ ހަމަޖައްސާފައި ވަނީ 27 ފެބްރުއަރީ 2022 ގައެވެ.

މިމިޝަނާއި ގުޅެގޮތުން އެޗްޑީސީން އާއްމުކުރި ވީޑިއޯއެއްގައި އައިޖީއެސްގެ ޗެއާމަން އަދި ސީއީއޯ ރިފްއަތު މުޙައްމަދު ވިދާޅުވީ މިއީ ތާރީޚީ މިޝަނެއް ކަމަށެެވެ. އަދި މިއީ މުސްތަޤުބަލަށް މުހިންމު މަސައްކަތެއް ކަމަށާއި މީގެ ސަބަބުން ބައިނަލްއަޤުވާމީ ގޮތުން ރާއްޖޭގެ ހައިބަތު އިތުރަށް އުފުލޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެޗްޑީސީން މައުލޫމާތު ދޭ ގޮތުގައި މި މިޝަންގައި ތައްޔާރު ކުރާ ޕްރޮޓޯޓައިޕް ސެޓެލައިޓް ބިނާ ކުރާނީ ހުޅުމާލޭގައެވެ. އަދި ސެޓެލައިޓް ލޯންޗު ކުރަން ހަމަޖެހިފައިވަނީ ބޭރުގެ ޖައްވީ އިދާރާތަކާއި ގުޅިގެން ކަމަށް ވެސް އެޗްޑިސީން ބުނެއެވެ.

އެ ކުންފުނިން ބުނީ ރާއްޖޭގައި ވެސް ދުނިޔޭގެ ފެންވަރުގެ އެކި ހުނަރުތައް ދިވެހި ޒުވާނުން ދައްކަމުން އަންނަ ކަމަށާއި ޓެކްނޮލޮޖީގެ ދާއިރާގައި ދުނިޔޭގެ ނަން މަޝްހޫރު ކުންފުނިތަކާއި އެއް ފެންވަރުގެ އެޕްލިކޭޝަންތައް ދިވެހިންވެސް ތަރައްޤީކޮށްފައިވާ ކަމަށެވެ. އަދި ދިވެހި ޒުވާނުންގެ މިފަދަ އިސްނެގުންތަކަށް އެޗްޑީސީން އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށާއި ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ދޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންސްޕޭސް ޕްރޮގްރާމް

އިތުރަށް ކިޔާލަން

05 ޑިސެމްބަރު 2025

ހިޔާޓަވަރު ގެ 10 ވަނަ ފަންގިފިލާ އަށް ދިމާވި މައްސަލައެއް ހައްލުކުރަން 12 ވަނަ ފަންގިފިލާ އަށް 1 އަހަރު ފަހުން އެޗްޑީސީ އިން ސިޓީއެއް ފޮނުވައިފި

05 ޑިސެމްބަރު 2025
ހިޔާޓަވަރު ގެ 10 ވަނަ ފަންގިފިލާ އަށް ދިމާވި މައްސަލައެއް ހައްލުކުރަން 12 ވަނަ ފަންގިފިލާ އަށް 1 އަހަރު ފަހުން އެޗްޑީސީ އިން ސިޓީއެއް ފޮނުވައިފި
09 ނޮވެމްބަރު 2025

ސަފާރީތަކުގެ ކަންބޮޑުވުންތައް ގިނަވެ އެންމެ ފަހުން ސަފާރީތައް އެޗްޑީސީ އަށް

09 ނޮވެމްބަރު 2025
ސަފާރީތަކުގެ ކަންބޮޑުވުންތައް ގިނަވެ އެންމެ ފަހުން ސަފާރީތައް އެޗްޑީސީ އަށް
22 އޮކްޓޯބަރު 2025

އެޗްޑީސީ އަށް އަމިއްލަ ފަރާތްތަކުން ދައްކަން ޖެހޭ މަހަކަށް ވުރެ ގިނަ ދުވަސްވީ ފައިސާގެ އަދަދު 1.8 ބިލިއަން ރުފިޔާ އަށް!

22 އޮކްޓޯބަރު 2025
އެޗްޑީސީ އަށް އަމިއްލަ ފަރާތްތަކުން ދައްކަން ޖެހޭ މަހަކަށް ވުރެ ގިނަ ދުވަސްވީ ފައިސާގެ އަދަދު 1.8 ބިލިއަން ރުފިޔާ އަށް!
11 ސެޕްޓެމްބަރު 2025

ޗައިނާ ރައްޔިތުން ނާސާ އަށް ވަނުން މަނާ ކޮށްފި

11 ސެޕްޓެމްބަރު 2025
ޗައިނާ ރައްޔިތުން ނާސާ އަށް ވަނުން މަނާ ކޮށްފި
05 އޯގަސްޓު 2025

އެޗްޑީސީ ގެ ޗީފް ޕްލޭނިންގ އޮފިސަރ އާއި ޗީފް ރިސޯސް އޮފިސަރ މަސްއޫލިއްޔަތު ތަކުން އެކަހެރި ކޮށް އޮފީހުގެ އެކްސެސް ކަނޑާލައިފި

05 އޯގަސްޓު 2025
އެޗްޑީސީ ގެ ޗީފް ޕްލޭނިންގ އޮފިސަރ އާއި ޗީފް ރިސޯސް އޮފިސަރ މަސްއޫލިއްޔަތު ތަކުން އެކަހެރި ކޮށް އޮފީހުގެ އެކްސެސް ކަނޑާލައިފި
10 ޖުލައި 2025

ވަގު ސިޓީތަކެއް ފޮނުވައިގެން 600 ފުލެޓް އަތުލާ ފައިސާއަށް އެހެން ބަޔަކަށް ފުލެޓް ރަޖިސްޓްރީކުރަމުންދޭ - އަލީ ހުސައިން

10 ޖުލައި 2025
ވަގު ސިޓީތަކެއް ފޮނުވައިގެން 600 ފުލެޓް އަތުލާ ފައިސާއަށް އެހެން ބަޔަކަށް ފުލެޓް ރަޖިސްޓްރީކުރަމުންދޭ - އަލީ ހުސައިން
28 ޖޫން 2025

4،000 ފްލެޓު ރެޖިސްޓަރީ ކޮށްދޭނީ ކުލިދައްކައި ނިމުމުން: މުއްތަލިބު

28 ޖޫން 2025
4،000 ފްލެޓު ރެޖިސްޓަރީ ކޮށްދޭނީ ކުލިދައްކައި ނިމުމުން: މުއްތަލިބު
16 އެޕްރީލު 2025

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 2،500 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަން ހަވާލުކޮށްފި

16 އެޕްރީލު 2025
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 2،500 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަން ހަވާލުކޮށްފި
18 މާރިޗު 2025

ޤާނޫނުއަސާސީ އާއި ބަޖެޓާއި ޚިލާފަށް ސަރުކާރައި އެމްއެމްއޭ އިން ކުރާ ކަންކަމާއި މެދު މެމްބަރުން ދެކޭ ގޮތްް ހޯދުމަށް މަޖިލީހަށް ޤަރާރެއް ހުށަހަޅައިފި

18 މާރިޗު 2025
ޤާނޫނުއަސާސީ އާއި ބަޖެޓާއި ޚިލާފަށް ސަރުކާރައި އެމްއެމްއޭ އިން ކުރާ ކަންކަމާއި މެދު މެމްބަރުން ދެކޭ ގޮތްް ހޯދުމަށް މަޖިލީހަށް ޤަރާރެއް ހުށަހަޅައިފި
18 ޑިސެމްބަރު 2024

ހުޅުމާލެއިން ވަގަށް ގޯތިތަކެއް ދިން މައްސަލައިގެ ތަހުގީގަށް ފުލުހުން އެޗްޑީސީއަށް ވަދެއްޖެ

18 ޑިސެމްބަރު 2024
ހުޅުމާލެއިން ވަގަށް ގޯތިތަކެއް ދިން މައްސަލައިގެ ތަހުގީގަށް ފުލުހުން އެޗްޑީސީއަށް ވަދެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު