Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ޗައިނާގެ މަސްނޫއީ ފަރުތައް

ކަނޑުފަޅުތައް ހިމާޔަތް ކުރުމުގައި ޗައިނާގެ މަސްނޫއީ ފަރުތަކާއި ފާތައް!

މަސްނޫއީ ފަރުތަކެއް ބޭނުން ކޮށްގެން، 200 އެއްހާ މުރަކަ ބަގީޗާ ވަނީ ހައްދާފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 9 ޖޫން 2022 | ބުރާސްފަތި 05:30
މަސްނޫއީ ފަރުތަކެއް ބޭނުން ކޮށްގެން، 200 އެއްހާ މުރަކަ ބަގީޗާ ވަނީ ހައްދާފައި

މަސްނޫއީ ފަރުތަކެއް ބޭނުން ކޮށްގެން، 200 އެއްހާ މުރަކަ ބަގީޗާ ވަނީ ހައްދާފައި

ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަ ކުރާ، ދުނިޔޭގެ ކަނޑުތަކުގެ ދުވަހަކީ، މީހުންގެ މެދުގައި ކަނޑުފަޅަށް ހޭލުންތެރިކަން އިތުރު ކުރުމުގެ ގޮތުން ޗައިނާގައި ގައުމީ ފެންވަރުގައި ހަރަކާތްތަކެއް ހިންގާ ދުވަހެއްވެސްމެއެވެ. މި އަހަރަކީ ޗައިނާއިން އެ މަސައްކަތް އެ ގޮތަށް ކުރަމުންދާތާ 15 ވަނަ އަހަރެވެ. މަގުސަދަކީ ޗައިނާގެ މުއްސަނދި ކަނޑުފަޅުގެ ދިރުންތަކާއި އައްސޭރިފަށް ހިމާޔަތް ކުރުމެވެ.

ޗައިނާގެ ގުއާންގްޝީ ޝުއާންގް އޮޓޮނޮމަސް ރީޖަންގައި އޮންނަ ވެއިޝޫ އައިލަންޑްގެ ކަނޑުގެ ސަރަހައްދަކީ މިމަސައްކަތުގައި ޗައިނާގެ ރަމްޒެކެވެ. ސައެންސްވެރިން ވަނީ މަސްނޫއީ ފަރުތަކެއް ބޭނުން ކޮށްގެން، 200 އެއްހާ މުރަކަ ބަގީޗާ ހައްދާފައެވެ. އެ ސަރަހައްދުގައި 2 ލައްކައެއްހާ މުރަކަ އާލާކޮށްފައިވާ އިރު، ދުނިޔެ ހޫނުވުމާއި އާދަޔާ ހިލާފު ގަދައަށް މަސްވެރިކަން ކުރުމުގެ ސަބަބުން ހަލާކުވެފައިވާ 8 ހެކްޓަރުގެ ފަރުގެ ހިތްގައިމުކަން އިޔާދަ ކުރެވިދާނެ ކަމުގެ އުއްމީދު ވަނީ ބޮޑުވެފައެވެ.

މިއީ ޗައިނާގެ ކަނޑުގެ ސަރަހައްދުގެ ދިރުންތައް ހެޔޮ ގޮތުގައި ދަމަހައްޓާ، ފަރުތަކުގެ ދިރުންތައް އަލާ ކުރުމަށް އެ ގައުމުން ހިންގާ މަޝްރޫއުގެ ބައެކެވެ.

ޗައިނާއިން ވަނީ ތިމާވެށި ހެޔޮ ފާލަކަށް އެޅުވުމަށްޓަކާ، 58 "ބްލޫ ބޭ" މަޝްރޫއު ލޯންޗް ކޮށްފައެވެ. އައްސޭރިފަށުގެ ސަރަހައްދުތައް ހިމާޔަތް ކުރުމަށް 24 މަޝްރޫއެއް ފަށާފައިވާއިރު، ވެށީގެ ދިރުންތައް ހިމާޔަތް ކުރުމަށް 61 މަޝްރޫއެއް ފަށާފައިވެއެވެ. މީގެ އިތުރުން ނޭޗާ ޕާކުތަކާއި ކަނޑުޕާކުތަކުގެ ގޮތުގައި ކަނޑުގެ ދިރުންތަކާއި ވެށީގެ ނިޒާމް ހިމާޔަތް ކުރުމުގެ ގޮތުން، އިތުރު 50 މަޝްރޫއެއް ހިންގައެވެ.

މިފަދަ މަޝްރޫއުތަކުގެ މައިގަނޑު އަމާޒަކީ ނެތެމުންދާ ގުދުރަތީ، ފާތަކާއި ކުޅިތަކާއި، މުރަކަ ބަގީޗާތަކާއި މޫދު ވިނައިގެ ސާލުތައް އިޔާދަކޮށް ދެމެހެއްޓުމެވެ.

ޗައިނާގެ މިނިސްޓްރީ އޮފް ނެޗުރަލް ރިސޯސަސްގެ މެރިން އާލީ ވޯނިންގް އެންޑް މޮނިޓަރިންގްގެ ޑައިރެކްޓަރ، ވޭންގް ހުއާ ވިދާޅުވީ، ވެށީގެ ދިރުންތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކާ، ޒަމާނީ ޓެކްނޮލޮޖީ ބޭނުން ކޮށްގެން އެއްގަމާއި ކަނޑާއި ވައިގެ މަގުން މޮނިޓަރިންގް މަސައްކަތް ކުރިއަށް ދާކަމަށެވެ.

ޗައިނާއަކީ ކަނޑުގެ އައްސޭރިފަށުގެ ސަރަހައްދުތަކުގައިވާ ކަނޑުފާކުޅީގެ ޖަންގަލިތަކުގެ ސަރަހައްދު އިތުރު ކުރި މަދު ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. ޗައިނާގެ އައްސޭރިފަށުގެ ސަރަހައްދުން ފެނިފައިވާ ކަނޑުގެ ދިރުންތަކުގެ އަދަދު މިހާރު ވަނީ 28000 އަށް ވުރެ މައްޗަށް އަރާފައެވެ.  

ޗައިނާގެ މަސްނޫއީ ފަރުތައް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މޭޑް އިން ޗައިނާގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި

މޭޑް އިން ޗައިނާގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި

02 ޖެނުއަރީ 2019
ސުއީ ދާގާ މޭޑްއިން އިންޑިއާ ޕްރޮމޯޓު ކުރުމުގައި ވަރުން އާއި އަނުޝްކާ

ސުއީ ދާގާ މޭޑްއިން އިންޑިއާ ޕްރޮމޯޓު ކުރުމުގައި ވަރުން އާއި އަނުޝްކާ

25 ޖުލައި 2018
ބަޖްރަންގީ ބައިޖާން ވެސް ޗައިނާގެ ސްކްރީނަށް

ބަޖްރަންގީ ބައިޖާން ވެސް ޗައިނާގެ ސްކްރީނަށް

24 ޖެނުއަރީ 2018
ޗައިނާގެ ރައީސް އަކީ އަންހެން ބޭފުޅެއްގެ ގޮތުގައި ވިސްނުންފުޅުގައި ބެހެއްޓެވުމަށް ޓްރަމްޕަށް ލަފާ އެރުވި

ޗައިނާގެ ރައީސް އަކީ އަންހެން ބޭފުޅެއްގެ ގޮތުގައި ވިސްނުންފުޅުގައި ބެހެއްޓެވުމަށް ޓްރަމްޕަށް ލަފާ އެރުވި

07 ޖެނުއަރީ 2018
ޑަންގަލް: ޗައިނާގެ އެއްވަނަ

ޑަންގަލް: ޗައިނާގެ އެއްވަނަ

04 ޖެނުއަރީ 2018

އަހަރުތަކުން މިއަދު

14 މާރިޗު
ޕޮޓޭޓޯ ޕޭން ކޭކް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ޕޮޓޭޓޯ ޕޭން ކޭކް

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް
20233 އަހަރު ކުރިން
ކުޅިވަރު

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!
20215 އަހަރު ކުރިން
ރާއްޖެ

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!
20197 އަހަރު ކުރިން
ރިޕޯޓު

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!
20188 އަހަރު ކުރިން
ރިޕޯޓު

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު