Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުސުއީ ދާގާ މޭޑްއިން އިންޑިއާ

ސުއީ ދާގާ މޭޑްއިން އިންޑިއާ ޕްރޮމޯޓު ކުރުމުގައި ވަރުން އާއި އަނުޝްކާ

މި ފިލްމުން ފެނިގެންދާނީ ވަރުން އާއި އެކު އަނުޝްކާ ޝަރުމާ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 25 ޖުލައި 2018 | ބުދަ 05:31
އަނުޝްކާ އާއި ވަރުން

އަނުޝްކާ އާއި ވަރުން

އަންނަ ސެޕްޓެމްބަރު މަހުގެ 28 ގައި ސިނަމާތަކަށް އަންނަ ސުއީ ދާގާ މޭޑް އިން އިންޑިއާގައި ޕްރޮމޯޓު ކުރުމަށް އެ ފިލްމުގެ ލީޑު ދެ ތަރިން ކަމުގައިވާ ވަރުން ދާވަންއާއި އަނުޝްކާ ޝަރުމާ ފަށައިފިއެވެ.

މިފިލްމަކީ ވަރުން އާއި އަނުޝްކާ އެކުގައި ކުޅޭ ފުރަތަމަ ފިލްމެވެ. އިންޑިއާގެ ކޮޓެޖް އިންޑަސްޓްރީގެ މައްޗަށް ބިނާކޮށް ހަދާފައިވާ މި ފިލްމަކީ އިންޑިއާގެ ބައްޕަ ކަމުގައި ބުނާ މަހާތުމާ ގާންދީ އަށް ހާއްސަކޮށްގެން އުފައްދާ ފިލްމެކެވެ. މި ފިލްމުގައި ވަރުން ވެސް އަދި އަނުޝްކާ ވެސް ފެންނާނީ ހެދުން ފަހާ މީހެއްގެ ގޮތުގައެވެ. ފިލްމުގެ ޝޫޓިން ފެށުމުގެ ކުރިން އެ ދެ ތަރިން ވެސް ވަނީ ފަހަން ދަސްކޮށްފައެވެ.

ސުއި ދާގާ މޭޑް އިން އިންޑިއާ ޕްރޮމޯޓު ކުރުމަށް ވަރުންއާއި އަނުޝްކާ އިންޑިއާގެ 10 ސިޓީއަކަށް ޒިޔާރަތްކޮށް ފިލްމު ޕްރޮމޯޓު ކުރުމުގެ މަސައްކަތް ކުރާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ އިންޑިއާގެ އަހުމަދު އާބާދާއި، ދިއްލީ އާއި ކޮލްކަތާ އާއި، ލަކްނޫ އާއި ޖައިޕޫރާއި، އިންޑޯ އާޢި، ޕޫން އާއި، ޗަންދިގަޅް އެވެ.

ފިލްމުގެ ޝޫޓިން މިހާރު އެއްކޮށް ނިންމާލެވިފައިވާ އިރު ޓްރެއިލާ ވަރަށް އަވަހަށް އާންމު ކުރާނެ ކަމަށް ޚަބަރުތައް ބުނެއެވެ.

މި ފިލްމުގެ ޕްރޮޑިއުސަރ މަނީޝް ޝަރުމާ ބުނީ ފިލްމު ޕްރޮމޯޓު ކުރުމަށް ވަރުން އާއި އަނުޝްކާ އެކި ސިޓީތަކަށް ގޮސް އެމީހުން އެފިލްމު ގައި ކޮށްފައިވާ ބައެއް އެކްޓްތައް އާންމުންނަށް ދައްކާލާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

17 މެއި 2017

އިންޑިއާގެ އެންމެ ކުޑަ ދެމަފިރިންނާ ބައްދަލު ކޮށްލައްވާ!

17 މެއި 2017
އިންޑިއާގެ އެންމެ ކުޑަ ދެމަފިރިންނާ ބައްދަލު ކޮށްލައްވާ!
17 މެއި 2017

"ހާފް ގާލްފްރެންޑް"އަކީ ހުރިހާ މަންޒަރެއް ޝޫޓް ކުރި އިންޑިއާގެ ފުރަތަމަ ފިލްމް

17 މެއި 2017
"ހާފް ގާލްފްރެންޑް"އަކީ ހުރިހާ މަންޒަރެއް ޝޫޓް ކުރި އިންޑިއާގެ ފުރަތަމަ ފިލްމް
01 މެއި 2017

"ބޭވޮޗް" އިންޑިއާގައި ޕްރިމިއާ ކުރާނެކަމެއް ނޭނގޭ: ޕްރިޔަންކާ

01 މެއި 2017
"ބޭވޮޗް" އިންޑިއާގައި ޕްރިމިއާ ކުރާނެކަމެއް ނޭނގޭ: ޕްރިޔަންކާ
29 އެޕްރީލު 2017

ކޮފީ ވަސްދުވާ ސްޓޭމްޕް އިންޑިއާގައި ނެރެފި

29 އެޕްރީލު 2017
ކޮފީ ވަސްދުވާ ސްޓޭމްޕް އިންޑިއާގައި ނެރެފި
18 އެޕްރީލު 2017

ރަވީނާގެ "މާތުރް" އިންޑިއާގެ ސެންސަރު ބޯޑުން ހިފަހައްޓައިފި

18 އެޕްރީލު 2017
ރަވީނާގެ "މާތުރް" އިންޑިއާގެ ސެންސަރު ބޯޑުން ހިފަހައްޓައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު