Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބީޖޭޕީ އޮފިޝަލުންތަކެއް ރަސޫލާއަށް ފުރައްސާރަކުރުނ

ބީޖޭޕީ އޮފިޝަލުންގެ ފުރައްސާރައިގެ ބަސްތަކާއެކު އިސްލާމީ ދުނިޔޭގެ ނުރުހުން އިންޑިއާއަށް

6 ޖޫން 2022 | ހޯމަ 14:19

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިންވެސް ވަނީ ބީޖޭޕީގެ މި ދެ މެމްބަރުން ދެއްކި ވާހަކަތައް ކުއްވެރިކޮށްފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 6 ޖޫން 2022 | ހޯމަ 14:19
ބީޖޭޕީ އޮފިޝަލުންގެ ފުރައްސާރައިގެ ބަސްތަކާއެކު އިންޑިއާގައި އެގައުމުގެ އިސްލާމުން އިހުތިޖާޖު ކުރަނީ

ބީޖޭޕީ އޮފިޝަލުންގެ ފުރައްސާރައިގެ ބަސްތަކާއެކު އިންޑިއާގައި އެގައުމުގެ އިސްލާމުން އިހުތިޖާޖު ކުރަނީ

ކީރިތި ރަސޫލާ (ސައްލަﷲ އަލައިހި ވަސައްލަމް) އަށް ފުރައްސާރަކޮށް އިންޑިއާގެ ވެރިކަންކުރާ ޕާޓީ, ބާރަތަޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)ގެ ދެ އޮފިޝަލުން ކަމަށްވާ، ނުޕުރް ޝަރްމާ އާއި ނަވީން ކުމާރު ޖިންދާލް ދެއްކި ވާހަކަތަކަކާ އެކު އިސްލާމީ ގައުމުތަކުގެ ނުރުހުން ވަނީ އިންޑިއާއަށް އަމާޒުވެފައެވެ.

އެ ދެމީހުންގެ ވާހަކަތައް ކުށްވެރިކޮށް އިސްލާމީ ގިނަ ގައުމުތަކަކުން ދަނީ އިހުތިޖާޖުކުރަމުންނެވެ. އިންޑިއާގައިވެސް އެގައުމުގެ އިސްލާމުން ވަނީ މިކަމާ ދެކޮޅަށް ގައުމުގައި އިހުތިޖާޖުކޮށްފައެވެ. މިގޮތުން ހޯމަ ދުވަހު މިކަމާ ގުޅިގެން އިންޑިއާގައި ކުރިއަށް ދިޔަ އިހުތިޖާޖުގައި 38 މީހުން ހައްޔަރުކޮށްފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

އިސްލާމީ ގައުމުތައް ކަަމަށްވާ ގަތަރު، ސައުދި އަރަބިއާ، އޮމާން، ޔޫއޭއީ، އަފްޣާނިސްތާން، ޕާކިސްތާން އަދި އިރާނުން ވަނީ އެކަން ކުއްވެރިކޮށް، އެގޮތަށް އެކަން ކުރުމަށް މަގިފަހިކޮށްފައިވާތީ އިންޑިއާގެ ސަރުކާރުން މައާފަށް އެދުމަށް އަންގާފައިކަމަށް އިންޑިއާގެ ފޮރިން މިނިސްޓްރީގެ އޮފިޝަލަކާ ހަވާލާދީ ރޮއިޓަރސްއިން ރިޕޯޓުކޮށްފައިވެއެވެ.

މީގެ އިތުރުން ގަލްފުގެ ގައުމުތަކާއި އިސްލާމީ އެހެން ގައުމުތަކުގައި ހަރަކާތްތެރިވާ އިންޑިއާ ސަރުކާރުގެ ސަފީރުންނާ މަންދޫބުން ގައުމުތަކުން ވަނީ އެގައުމުތަކުގެ ފޮރިން މިނިސްޓްރީއަށް ހާޒިރުކޮށް އެދެމީހުންގެ އަމަލު ކުށްވެރިކުރާކަން އަންގާ އެކަމުގެ ލިއުން ދީފައެވެ.

ވަކިވަކި ގައުމުތަކުގެ އިތުރުން އދ އަށް ފަހު ދުނިޔޭގެ އެންމެ ބޮޑު ޖަމިއްޔާ ކަމަށްވާ، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިންވެސް ވަނީ ބީޖޭޕީގެ މި ދެ މެމްބަރުން ދެއްކި ވާހަކަތައް ކުށްވެރިކޮށްފައެވެ. އޯއައިސީ އިން ވަނީ ބީޖޭޕީގެ ދެ އޮފިޝަލުންގެ ވާހަކަތައް ފެންމަތިވެފައި މިވަނީ އިންޑިއާގައި އިސްލާމްދީނާ މުސްލިމުންނާ މެދު ނަފުރަތު އުފެދުން އިތުރުވެ، މުސްލިމުންނަށް ކުރާ ފުރައްސާރަތައް "ސިސްޓަމެޓިކް" ގޮތެއްގައި ނުވަތަ ވަކި އުސޫލެއްގެ ދަށުން އިތުރުކުރަމުންދާ ދަނޑިވަޅެއްގައި ކަން ފާހަގަކޮށްފައެވެ.

އެޖަމިއްޔާއިން ވަނީ އިންޑިއާގެ ގިނަ ސްޓޭޓްތަކެއްގެ ތައުލީމީ މަރުކަޒުތަކުގައި ބުރުގާ އެޅުން މަނާ ކުރުމާއި މުސްލިމުންގެ މުދަލަށް ގެއްލުންދޭން ފެށުން އެއީ އިންޑިއާގެ ސަރުކާރުން މިކަމުގައި އެއްކޮޅަށް ބުރަވާކަމުގެ ނިޝާންތައް ފެންނަން ފެށި ހިސާބުކަމަށް ފާހަގަކޮށްފައެވެ.

މިކަމާގުޅިގެން އިންޑިއާގެ ފޮރިން މިނިސްޓްރީ އިން ވަނީ އެ ދެ މެމްބަރުންގެ ވާހަކަތަކަކީ އެއްގޮތަކަށްވެސް ސަރުކާރުން އެކަމުގައި ގެންގުޅޭ ވިސްނުން ނޫންކަމަށާއި އެ ދެމެމްބަރުންނާ ދެކޮޅަށް، ކަމާގުޅުންހުރި އިދާރާތަކުން މިހާރު ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައިކަމަށް ބުނެފައެވެ. އެގައުމުގެ ސަރުކާރުން ވަނީ ހުރިހާ ދީނަކަށްވެސް ސަރުކާރުން އިހުތިރާމުކުރާ ކަމަށް ބުނެފައެވެ.

ބީޖޭޕީން ޝަރްމާ ޕާޓީން ވަކިކޮށްފައިވާއިރު، ޖިންދަލް ވަނީ ޕާޓީގެ ހަރަކާތްތަކުން ސަސްޕެންޑް ކޮށްފައެވެ. ބީޖޭޕީގެ މިނިންމުމަށް ސައުދީ މަރުހަބާ ކިޔާފައިވާއިރު، ނިއު ދިއްލީގައި ހުންނަ ގަތަރުގެ އެމްބަސީގެ އިސް އޮފިޝަލަކު ވަނީ އެ ދެ މެމްބަރުންގެ ވާހަކަތަކުން ސަރުކާރު އެއްކިބާވާ ކަމަށް އިންޑިއާގެ ސަރުކާރުން އާންމުކޮށް އިއުލާނުކުރަން ޖެހޭނެ ކަމަށްވެސް ބުނެފައެވެ. އެގޮތުން އެ އޮފިޝަލް ވަނީ ދީނަށް ފުރައްސާރަ ކުރުމަކީ އިގުތިސާދީ ގޮތުން އިންޑިއާއަށް އެކަމުގެ ތަކުލީފު އުފުލަން ޖެހިދާނެ ކަމެއް ކަމަށް ފާހަގަކޮށް، ގަތަރުގެ ބައެއް ސުޕަރމާކެޓް ތަކުން މިހާރުވެސް އިންޑިއާގެ މުދާ ބޮއިކޮޓްކުރުމަށް ރިޕޯޓުތައް ހުށަހަޅަމުންދާކަމަށް ބުނެފައެވެ.

މިދިޔަ ދެ އަހަރަށް ބަލާއިރު، އިންޑިއާއިން ގަލްފް ކޯޕަރޭޝަން ކައުންސިލްގެ ގައުމުތައް ކަމަށްވާ، ކުވައިތު، ގަތަރު، ސައުދި އަރަބިއާ، ބަހްރެއިން، އޮމާން އަދި ޔޫއޭއީ އާއެކު ކުރި ވިޔާފާރީގެ މުއާމަލާތްތައް ގާތްގަޑަކަށް 90 ބިލިއަން ޑޮލަރަށް އަރާކަމަށް ތަފާސްހިސާބުތައް ދައްކައެވެ. މީގެ އިތުރުން އިންޑިއާގެ އެތައް މިލިއަން ރައްޔިތުންނެއް ގަލްފު ގައުމުތަކުގައި ދިރިއުޅެ މަސައްކަތްކުރަމުންދެއެވެ.

އިންޑިއާގެ 1.35 ބިލިއަން މީހުންގެ އާބާދީގެ 13 އިންސައްތަ އަކީ މުސްލިމުން ކަމަށްވާއިރު، އެމެރިކާގެ ސްޓޭޓް ޑިޕަރޓްމަންޓް އިން، ކޮންގްރެސް އޮން އިންޓަނޭޝަނަލް ރިލިޖަސް ފްރީޑަމް އަށް ޖޫން މަހު ހުށަހެޅި އަހަރީ ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުން އިންޑިއާގައި މައިނޯރިޓީ ގްރޫޕްތަކާއި ދެކޮޅަށް އެންމެ ގިނަ ހަރަކާތްތައް ހިންގާފައި ވަނީ 2021 ވަނަ އަހަރުއެވެ. މީގެ ތެރޭގައި މީހުންގެ ފުރާނަ ގެއްލުވާލި ހާދިސާތަކާއި މީހުންނާ މުދަލަށް އަމާޒުކޮށް ދީފައިވާ ހަމަލާތަކާއި ބިރުދެއްކުމުގެ ހާދިސާތައް ހިމެނެއެވެ.

އިންޑިއާ

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

3

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
17 ނޮވެމްބަރު 2025

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

17 ނޮވެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި
17 ނޮވެމްބަރު 2025

އިންޑިޔާ ގައި މާބަނޑު މީހުންގެ ހޮސްޕިޓަލެއްގެ ސީސީޓީވީ ހެކްކޮށްގެން ވަގަށް ނެގި ގިނަ އަދަދެއްގެ ވީޑިއޯތަކެއް ޓެލެގްރާމްގައި ވިއްކައިފި

17 ނޮވެމްބަރު 2025
އިންޑިޔާ ގައި މާބަނޑު މީހުންގެ ހޮސްޕިޓަލެއްގެ ސީސީޓީވީ ހެކްކޮށްގެން ވަގަށް ނެގި ގިނަ އަދަދެއްގެ ވީޑިއޯތަކެއް ޓެލެގްރާމްގައި ވިއްކައިފި
15 ނޮވެމްބަރު 2025

އިންޑިއާގެ ކަޝްމީރުގެ ޕޮލިސް ސްޓޭޝަނެއްގައި އެއްޗެއް ގޮވައި 7 މީހަކު މަރުވެ، 27 މީހަކު ޒަހަމްވެއްޖެ

15 ނޮވެމްބަރު 2025
އިންޑިއާގެ ކަޝްމީރުގެ ޕޮލިސް ސްޓޭޝަނެއްގައި އެއްޗެއް ގޮވައި 7 މީހަކު މަރުވެ، 27 މީހަކު ޒަހަމްވެއްޖެ
11 ނޮވެމްބަރު 2025

އިންޑިއާގެ ރެޑް ފޯޓް ގައި ގޮއްވާލި ކާރުގެ ވެރިމީހާ ހައްޔަރު ކޮށްފި

11 ނޮވެމްބަރު 2025
އިންޑިއާގެ ރެޑް ފޯޓް ގައި ގޮއްވާލި ކާރުގެ ވެރިމީހާ ހައްޔަރު ކޮށްފި
10 ނޮވެމްބަރު 2025

ދިއްލީގެ މަޝްހޫރު ރެޑް ފޯޓް ކައިރީގައި ކާރެއް ގޮއްވާލުމުން އެތައް ބަޔަކު މަރުވެ، ގިނަ ބަޔަކު ޒަޚަމް ވެއްޖެ

10 ނޮވެމްބަރު 2025
ދިއްލީގެ މަޝްހޫރު ރެޑް ފޯޓް ކައިރީގައި ކާރެއް ގޮއްވާލުމުން އެތައް ބަޔަކު މަރުވެ، ގިނަ ބަޔަކު ޒަޚަމް ވެއްޖެ
29 އޮކްޓޯބަރު 2025

ހަނގުރާމައިގެ ހާލަތަށް ތައްޔާރުވެގެން ތިބެން ޖެހޭ: ރަޖްނާތު ސިންހް

29 އޮކްޓޯބަރު 2025
ހަނގުރާމައިގެ ހާލަތަށް ތައްޔާރުވެގެން ތިބެން ޖެހޭ: ރަޖްނާތު ސިންހް
15 އޮކްޓޯބަރު 2025

އިންޑިޔާ ގައި އުފައްދާފައިވާ ތިން ވައްތަރެއްގެ ކޯފް ސިރަޕް ތަޣައްޔަރުވެފައިވާ ކަމަށް ބުނެ ޑަބްލިޔުއެޗްއޯ އިން އިންޒާރެއް ނެރެފި

15 އޮކްޓޯބަރު 2025
އިންޑިޔާ ގައި އުފައްދާފައިވާ ތިން ވައްތަރެއްގެ ކޯފް ސިރަޕް ތަޣައްޔަރުވެފައިވާ ކަމަށް ބުނެ ޑަބްލިޔުއެޗްއޯ އިން އިންޒާރެއް ނެރެފި
14 އޮކްޓޯބަރު 2025

އިންޑިއާ އަށް އެތެރެވުމުގެ ކުރިން "އީ-އެރައިވަލް ކާޑު" ފުރަން ޖެހޭ ގޮތައް ހަދައިފި

14 އޮކްޓޯބަރު 2025
އިންޑިއާ އަށް އެތެރެވުމުގެ ކުރިން "އީ-އެރައިވަލް ކާޑު" ފުރަން ޖެހޭ ގޮތައް ހަދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް