Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުޝަންގްރިއްލާގެ މައްސަލަ

ޝަންގްރިއްލާ ބަންދުކުރުމުން އަސްލު ގެއްލުންވީ އައްޑޫ ރައްޔިތުންނަށް: މިނިސްޓަރު މައުސޫމް

ޝަންގްރިއްލާ ބަންދުކޮށްފައިވަނީ ކޮވިޑް-19ގެ ހާލަތާ ދިމާކޮށް

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 5 ޖޫން 2022 | އާދީއްތަ 07:53
މަޖިލީހުގެ ޖަލްސާގައި ޓުއަރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވާހަކަފުޅުދައްކަވަނީ

މަޖިލީހުގެ ޖަލްސާގައި ޓުއަރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވާހަކަފުޅުދައްކަވަނީ

ކޮވިޑް-19ގެ ހާލަތުގައި ރެނޮވޭޝަނަށް ކަމަށްބުނެ ޝަންގްރިއްލާ ބަންދުކުރުމުން އޭގެ އަސްލު ގެއްލުންވީ އައްޑޫ ސިޓީ ރައްޔިތުންނަށް ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ޝަންގްރިއްލާއަކީ 30 އިންސައްތަ ސަރުކާރުގެ ހިއްސާ އޮންނަ ރިސޯޓެކެވެ. އަދި ޝަންގްރިއްލާ ހުޅުވުން ވެގެންދިޔައީ އައްޑޫ ސިޓީގެ ފަތުރުވެރިކަމަށް އައި ވަރަށް ބޮޑު އިންގިލާބީ ބަދަލަކަށެވެ. އެހެންނަމަވެސް ކޮވިޑް-19ގެ ހާލަތުގައި ރާއްޖޭގެ ފަތުރުވެރިކަމަށް މާ ބޮޑު އަސަރެއް ނުކުރަނީސް ރެނޮވޭޝަންއަށް ކަމަށްބުނެ އެ ރިސޯޓު ވަނީ ބަންދުކޮށްފައެވެ. އަދިވެސް އެތަން ހުޅުވާފައެއް ނުވެއެވެ.

ޝަންގްރިއްލާ ހުޅުވުން ލަސްވެފައިވާތީ މިކަމާއި ގުޅިގެން ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ވިދާޅުވީ އައްޑޫ ސިޓީއަކީ ރިސޯޓު ވަރަށް މަދު ސަރަހައްދަކަށް ވުމާއެކު އެ ސަރަހައްދުގެ ފަތުރުވެރިކަން ބައްޓަންވެފައި ވަނީ ޝަންގްރިއްލާއާއި، ކެނެރީފްއާ ސައުތު ޕާމްގެ މައްޗަށް ކަމަށެވެ. އެގޮތަށް އޮއްވައި ޝަންގްރިއްލާ ބަންދުކުރުމުން އެރީ ބޮޑު ލޮޅުމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިކަމުގެ ގެެއްލުމާއި މިއަދު ކުރިމަތިލާންޖެހޭއިރު، މިކަން ފޫބެއްދޭނެހާ ބެޑް ކެޕޭސިޓީ އެ ސަރަހައްދުގައި ނެތްކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ. ޝަންގްރިއްލާއަކީ ކުޅޭ ކުޅޭ ތަނެއް ނޫން ކަމަށާއި، އެއީ އައްޑޫ ސިޓީގެ ފަތުރުވެރިކަން ފައްކާކޮށްދިން ރިސޯޓު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ކޮވިޑް-19ގެ ހާލަތުގައި ކުރިމަތިވެދާނެ ގެއްލުމަކަށް ބަލައި ޝަންގްރިއްލާ ބަންދުކުރީ މާ އަވަހަށް ކަމަށެވެ. ޝަންގްރިއްލާ ބަންދުނުކޮށް އޮތްނަމަ ރަނގަޅަށް ކަންކަން ދިޔައީސް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 2020 އަދި 2021 ވަނަ އަހަރަކީ ރިސޯޓުތަކަށް ކާމިޔާބު އަހަރުތަކެއް ކަމަށާއި، މިހާރު ރާއްޖެއަށް ފަތުރުވެރިން އަންނަމުންދާ ނިސްބަތަށް ބަލާއިރު ރަނގަޅަށް ހިންގާ ރިސޯޓަކަށް ގެއްލުމެއް ނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އައްޑޫ ސިޓީއަކީ ފަތުރުވެރިކަން ފުޅާކުރަން ޖެހިފައިވާ ސަރަހައްދެއް ކަމަށާއި، އެހެންކަމުން ސަރުކާރުގެ 30 އިންސައްތަ ހިއްސާއާއެކު ޝަންގްރިއްލާ ހުޅުވީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެންނަމަވެސް ސަރުކާރުގެ ހިއްސާ އޮވެމެ އެތަނެއް ގެއްލުމުގައި ހިންގާކަށް ސަރުކާރުން ބޭނުން ނުވާ ކަމަށާއި، އެހެން ކަމުން އެ 30 އިންސައްތަ ދޫކޮށްލަން ނިންމާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެ 30 އިންސައްތަ ހިއްސާ ދޫކޮށްލައިފިނަމަ ސަރުކާރަށް 80 މިލިއަން ޑޮލަރު ވަރު ލިބިގެންދާނެ ކަމަށެވެ. ރަށުގެ ބޮޑުމިނާއި މިފަދަ ކަންކަމަށް ބަލައި، ހަދާ ހިސާބެއްގެ ތެރެއިން އަންނަނީ އެވަރު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޓުއަރިޒަމް މިނިސްޓަރު ވިދާޅުވީ މިވަގުތު ފިނޭންސް މިނިސްޓްރީ އާއި އައްޑޫ އިންވެސްޓްމަންޓާއި ވާހަކަދެކެވެމުން ދަނީ ވީހާވެސް އަވަހަށް ޝަންގްރިއްލާ ހުޅުވުމަށް ކަމަށެވެ. އަދި ޝަންގްރިއްލާއިން މައުލޫމާތުދޭ ގޮތުގައި ވީހާވެސް އަވަހަކަށް ހުޅުވުމަށް ބޭނުންވާ ބައެއް މަރާމާތުތައް ހަދަންޖެހޭ ކަމަށާއި، ސީދާ ތާރީހަށް ދެންނެވެން ނެތް ކަމުގައިވީ ނަމަވެސް މިއީ ފަތުރުވެރިކަމުގެ ރަން އަހަރުކަމުގައިވާތީ އައްޑޫ ސިޓީއަށް ވެސް ފަތުރުވެރިކަމުގެ ރަން އަހަރު ރަނގަޅު ގޮތުގައި އަންނަންޖެހޭ ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން އުއްމީދަކީ އައްޑޫ އިންވެސްޓްމަންޓުން މިއަހަރު ނިމުމުގެ ކުރިން ޝަންގްރިއްލާ އަލުން ހުޅުވުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޝަންގްރިއްލާޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމްއައްޑޫ

އިތުރަށް ކިޔާލަން

05 ނޮވެމްބަރު 2025

އައްޑޫ ބްރިޖް މަޝްރޫއުގެ ޑިޒައިން ހެދުމާއި ފަންނީ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލު ކުރީ އެއް މިލިއަން ޑޮލަރަށް

05 ނޮވެމްބަރު 2025
އައްޑޫ ބްރިޖް މަޝްރޫއުގެ ޑިޒައިން ހެދުމާއި ފަންނީ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލު ކުރީ އެއް މިލިއަން ޑޮލަރަށް
18 ސެޕްޓެމްބަރު 2025

ސަރުކާރު ދެމެހެއްޓުމާމެދު ރައްޔިތުންގެ ވޯޓެއް ނަގަން ފައްޔާޒް ގޮވާލައްވައިފި

18 ސެޕްޓެމްބަރު 2025
ސަރުކާރު ދެމެހެއްޓުމާމެދު ރައްޔިތުންގެ ވޯޓެއް ނަގަން ފައްޔާޒް ގޮވާލައްވައިފި
26 އޮކްޓޯބަރު 2024

އައްޑޫ އަށް އިންވެސްޓްކުރަން ޖެހިލުންވާން ޖެހޭ އެއްވެސް ސަބަބެއް ނެތް - ނިޒާރު

26 އޮކްޓޯބަރު 2024
އައްޑޫ އަށް އިންވެސްޓްކުރަން ޖެހިލުންވާން ޖެހޭ އެއްވެސް ސަބަބެއް ނެތް - ނިޒާރު
26 އޮކްޓޯބަރު 2024

ސަރުކާރަކުން ހުރިހާ ކަމެއް ކޮށްދޭނެ ކަމަށް ޤަބޫލުކޮށްގެން ތިބުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން - ފައިސަލް

26 އޮކްޓޯބަރު 2024
ސަރުކާރަކުން ހުރިހާ ކަމެއް ކޮށްދޭނެ ކަމަށް ޤަބޫލުކޮށްގެން ތިބުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން - ފައިސަލް
23 އޮކްޓޯބަރު 2024

"ޝަންގްރިއްލާ ހުޅުވަން ގާނޫނީ ހުރަހެއް ނެތް، މިނިސްޓަރު މަޖިލީހުގައި ދެއްކެވީ ދެކޮޅު ނުޖެހޭ ވާހަކަތަކެއް"

23 އޮކްޓޯބަރު 2024
"ޝަންގްރިއްލާ ހުޅުވަން ގާނޫނީ ހުރަހެއް ނެތް، މިނިސްޓަރު މަޖިލީހުގައި ދެއްކެވީ ދެކޮޅު ނުޖެހޭ ވާހަކަތަކެއް"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު