Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުމިފްކޯއިން އާ މަސްދަޅެއް ތައާރަފު ކުރުން

މިފްކޯއިން ތެޔޮ މަދު މަސްދަޅެއް ރާއްޖެއަށް ތައާރަފުކޮށްފި

4 ޖޫން 2022 | ހޮނިހިރު 10:04

މި މަސްދަޅުން ގިނަ ފައިދާތަކެއް ވާނެކަމަށް މިފްކޯއިން ބުނޭ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 4 ޖޫން 2022 | ހޮނިހިރު 10:04
މިފްކޯއިން އަލަށް ތައާރަފުކުރި މަސްދަޅު

މިފްކޯއިން އަލަށް ތައާރަފުކުރި މަސްދަޅު

ކުޑަ ތެޔޮ ފޮދެއް އެކުލެވޭ މަސްދަޅެއް މިފްކޯއިން ރާއްޖޭގެ ބާޒާރަށް ތައާރަފު ކޮށްފިއެވެ.

ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދިޔަ ފުޑް އެންޑް ބެވަރެޖް ޝޯގައި މި މަސްދަޅު ތައާރަފު ކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމެވެ. މިއީ އުފެއްދުންތެރި ޓެކްނޮލޮޖީއެއްގެ އެހީގައި ތައާރަފު ކޮށްފައިވާ މަސްދަޅެކެވެ.

"ޑްރެއިންޑް ކަނޑުމަސް ޗަންކްސް"ގެ ނަމުގައި ތައާރަފުކުރި މި މަސްދަޅަކީ ރާއްޖޭގެ ބާޒާރަށް ނެރުނު މިފަދަ ފުރަތަމަ މަސް ދަޅެވެ. މިއީ ކުޑަ ތެޔޮފޮދެއްގެ ސަބަބުން ގިނަ ފަސޭހަތަކެއް ލިއްބައިދޭ މަސް ދަޅެއްކަމަށް މިފްކޯއިން ބުނެއެވެ. އެގޮތުން ދަޅުގައި އެކުލެވޭ ތެޔޮ އުކާލަން ނުޖެހޭނެ ކަމަށާއި، އޭގެ ސަބަބުން ކެއްކުމުގައި ފަސޭހަތަކެއް ވާނެކަމަށް އެ ކުންފުނިން ބުންޏެވެ.

މީގެ އިތުރުން މި މަސް ދަޅު ބޭނުން ކުރުމުން ކެއްކުމުގެ ތެރޭގައި ތެލުގެ ސަބަބުން ބަދިގެތެރެ ތަޣައްޔަރުވުން ކުޑަކޮށްދޭނެކަމަށް ވެސް މިފްކޯއިން ބުނެއެވެ. އެ ކުންފުނިން މި މަސްދަޅު ސިފަކޮށްފައިވަނީ "ހައްޓަށް ހެޔޮ، ޓައްޕަށް ފަސޭހަ، ކައްކަން ފަސޭހަ އަދި ޖީބަށް ލުއި" މަސްދަޅެއްގެ ގޮތުގައެވެ.

މިފްކޯއިން ވަނީ ފުޑް އެންޑް ބެވަރެޖް ޝޯގެ ތެރެއިން މި މަސްދަޅުގެ ރަހަ އާއްމުންނަށް ދައްކާލާފައެވެ. މި މަސްދަޅު މި މަހުގެ ތެރޭގައި ބާޒާރަށް ނެރޭނެކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

"ޑްރެއިންޑް ކަނޑުމަސް ޗަންކްސް" މަސް ދަޅު ސަންފްލާވަރ ތެލާއި ސޯޔާ ބީން ތެލާއި އޮލިވް އޮއިލްގައި ވެސް އުފައްދާނެއެވެ. މިއީ މިހާރު އުފައްދާ މަސްދަޅުތަކާ އަޅާ ބަލާއިރު ނިސްބަތުގެ ގޮތުން އަގުހެޔޮ މަސްދަޅަކަށް ވާނެކަމަށް ވެސް މިފްކޯއިން ބުނެއެވެ.

މިފްކޯއިން އަންނަނީ ދިވެހިންނަށް ކަމުދާނެ ރަހަތައް ބަލައި މަސްދަޅުތައް ބާޒާރަށް ނެރެމުންނެވެ. މިގޮތުން ގިތެޔޮމިރުހާއި ލުނބޯ ފަދަ ތަކެތި ހިމެނޭހެން ވެސް މަދަޅުތައް އުފައްދައި މިހާރު ވަނީ ބާޒާރަށް ނެރެފައެވެ.

މިފްކޯ

އެންމެ ހިނގާ

1

މީދޫ އިން ރައީސްގެ އަނބިކަނބަލުން ސާޖިދާގެ ބޮޑުބޭބެ އާއި ޕީއެންސީގެ ބަޔަކު ރާއްޖެޓީވީގެ ޓީމަށް ހަމަލާދޭން މަސައްކަތްކޮށް، މާރާމާރީ ހިންގައިފި

2

ސޯސަންމަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓް: އަނިޔާވި 26 އަހަރުގެ ޒުވާނާ ނިޔާވެއްޖެ

3

ރަސްމާލެ މަޝްރޫއާ ގުޅޭ ލިޔެކިޔުންތަކެއް ގެއްލިގެން ފުލުހުންގެ ފޮރެންސިކް ޓީމެއް ހައުސިންގ މިނިސްޓްރީ އަށް!

4

އދ. އަށްފަހު އީރާނުގެ ވަފުދުން އެނބުރި ގައުމަށްދާނެ ގޮތަކާމެދު ސުވާލު އުފައްދައިފި

5

25 އަހަރަށް އެއަރޕޯޓް ދިނުން ގައުމީ ޣައްދާރުވުމަކަށް ވެފައި، 99 އަހަރަށް ރަސްމާލެ ދިނުން ގައުމީ ޚިދުމަތަކަށް ވަނީ ކޮން އުސޫލަކުން؟

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

މަސްވެރިން ގެ ދުވަހު ގެނައި ބޮޑު ބަދަލު- ފުރާނީ ކައިގެން، ނުކައެއް ނުފުރާނަން!

14 ޑިސެމްބަރު 2025
މަސްވެރިން ގެ ދުވަހު ގެނައި ބޮޑު ބަދަލު- ފުރާނީ ކައިގެން، ނުކައެއް ނުފުރާނަން!
21 އޮކްޓޯބަރު 2025

13 މިލިއަން ސިނގިރެޓުގެ ވައްކަމުގެ މައްސަލައިގައި މުއާޒު ކުށްކުރި ކަމަށް ބެލެވޭ މިންވަރަށް ހެކި ހުށަހަޅާފައިވޭ: ކޯޓު އަމުރު

21 އޮކްޓޯބަރު 2025
13 މިލިއަން ސިނގިރެޓުގެ ވައްކަމުގެ މައްސަލައިގައި މުއާޒު ކުށްކުރި ކަމަށް ބެލެވޭ މިންވަރަށް ހެކި ހުށަހަޅާފައިވޭ: ކޯޓު އަމުރު
15 އޮކްޓޯބަރު 2025

13 މިލިއަން ސިނގިރޭޓް ވަގަށް ނެގި މައްސަލައިގައި ކަސްޓަމްސްގެ މުވައްޒަފު ސަސްޕެންޑް ކޮށްފި

15 އޮކްޓޯބަރު 2025
13 މިލިއަން ސިނގިރޭޓް ވަގަށް ނެގި މައްސަލައިގައި ކަސްޓަމްސްގެ މުވައްޒަފު ސަސްޕެންޑް ކޮށްފި
15 އޮކްޓޯބަރު 2025

ސިނގިރޭޓް ވައްކަމާ ގުޅިގެން ހައްޔަރުކުރި މުއާޒް މަގާމުން ސަސްޕެންޑުކޮށްފި

15 އޮކްޓޯބަރު 2025
ސިނގިރޭޓް ވައްކަމާ ގުޅިގެން ހައްޔަރުކުރި މުއާޒް މަގާމުން ސަސްޕެންޑުކޮށްފި
30 ސެޕްޓެމްބަރު 2025

މަސްކިލޯއެއް ގަންނަ އަގު 20ރ. އަށް ބޮޑު ކުރާނެ ތާރީޚަކާއި ގުޅޭ މަޢުލޫމާތު ހޯދަން ކެއުޅުން މުއިއްޒު އާ ބައްދަލު ކޮށްފި

30 ސެޕްޓެމްބަރު 2025
މަސްކިލޯއެއް ގަންނަ އަގު 20ރ. އަށް ބޮޑު ކުރާނެ ތާރީޚަކާއި ގުޅޭ މަޢުލޫމާތު ހޯދަން ކެއުޅުން މުއިއްޒު އާ ބައްދަލު ކޮށްފި
27 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒުގެ ކެމްޕެއިނަށް ހަރަދުކުރި މިފްކޯގެ ބޯޑު މެމްބަރު ސަލާހުއަށް، އުސޫލުން ބޭރުން 19 މިލިއަންގެ މަސައްކަތް ދީފައިވާކަން އޮޑިޓުން ހާމަވެއްޖެ

27 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒުގެ ކެމްޕެއިނަށް ހަރަދުކުރި މިފްކޯގެ ބޯޑު މެމްބަރު ސަލާހުއަށް، އުސޫލުން ބޭރުން 19 މިލިއަންގެ މަސައްކަތް ދީފައިވާކަން އޮޑިޓުން ހާމަވެއްޖެ
22 ސެޕްޓެމްބަރު 2025

މަސް ގަންނަ އަގު 20ރ އަށް ބޮޑުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވެއްޖެ

22 ސެޕްޓެމްބަރު 2025
މަސް ގަންނަ އަގު 20ރ އަށް ބޮޑުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވެއްޖެ
07 ސެޕްޓެމްބަރު 2025

ސްޓެލްކޯގެ އެމްޑީގެ މަގާމުން ފަހުމީ ވަކިކޮށް، އެމަގާމަށް ޝަމާހު އައްޔަނުކޮށްފި

07 ސެޕްޓެމްބަރު 2025
ސްޓެލްކޯގެ އެމްޑީގެ މަގާމުން ފަހުމީ ވަކިކޮށް، އެމަގާމަށް ޝަމާހު އައްޔަނުކޮށްފި
19 އޯގަސްޓު 2025

ތުޅާދޫ މަސްވެރިންގެ މުޒާހަރާ ހުއްޓުވާލީ، މަސްވެރިންގެ އަތުން މެމްބަރު ހަންނާނު ބޮޑު އަގުގައި މަސްގަނެގެން

19 އޯގަސްޓު 2025
ތުޅާދޫ މަސްވެރިންގެ މުޒާހަރާ ހުއްޓުވާލީ، މަސްވެރިންގެ އަތުން މެމްބަރު ހަންނާނު ބޮޑު އަގުގައި މަސްގަނެގެން
08 ޖުލައި 2025

"2 ޓަނަށް ވުރެ ގިނަ މަސް ކަނޑަށް އަޅާލުމުގެ ކުރިން ކެޕްޓަން ކައިރީ ކަލާކޮއްޓަކައި ގޮވައި ރޮއި އާދޭސް ކުރިން"

08 ޖުލައި 2025
"2 ޓަނަށް ވުރެ ގިނަ މަސް ކަނޑަށް އަޅާލުމުގެ ކުރިން ކެޕްޓަން ކައިރީ ކަލާކޮއްޓަކައި ގޮވައި ރޮއި އާދޭސް ކުރިން"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް