Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ތައުލީމީ ދާއިރާގެ މުސާރައިގެ އޮނިގަނޑު

މުސާރަ ކުޑަވުމުން އެހެން ވަޒީފާތަކަށް ދިޔަ ޕްރިންސިޕަލުން މިހާރު ބޭނުންވަނީ އެނބުރި އަންނަން: ރެހެންދި ސްކޫލް ޕްރިންސިޕަލް

ނާޒިމް ވިދާޅުވީ މުސާރައަށް ގެނައި ބަދަލާއެކު އިތުރު ޕްރިންސިޕަލުން ލިބޭނެ ކަމަށް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 1 ޖޫން 2022 | ބުދަ 02:18
ރެހެންދި ސްކޫލްގެ ޕްރިންސިޕަލް ނާޒިމް އަބްދުﷲ

ރެހެންދި ސްކޫލްގެ ޕްރިންސިޕަލް ނާޒިމް އަބްދުﷲ

މުސާރަ ކުޑަވުމުގެ ސަބަބުން ގިނަ އަދަދެއްގެ ޕްރިންސިޕަލުން ބޮޑެތި މުސާރަތައް ލިބޭ ވަޒީފާތަކަށް ބަދަލުވި ކަމަށާއި ސަރުކާރުން މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލާއެކު އެ ޕްރިންސިޕަލުން އެނބުރި އަންނަން ބޭނުންވާ ކަމަށް ރެހެންދި ސްކޫލުގެ ޕްރިންސިޕަލް ނާޒިމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވީ ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ. އޭނާ ވިދާޅުވީ މި ސަރުކާރުން ތައުލީމީ ދާއިރާގެ އޮނިގަނޑަށް ގެނައި ބަދަލަކީ ވަރަށް ރަނގަޅު ބަދަލެއް ކަމަށާއި އޭގެ އަސަރު މިހާރުވެސް ފެންނަމުންދާ ކަމަށެވެ. އެގޮތުން، ކުރިން ސްކޫލްތައް ހިންގުމުގައި މަސައްކަތް ކުރި މީހުން އެނބުރި އެ މަޤާމުތަކަށް އަންނަން ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ކުރީގެ އޮނިގަނޑުގައި މުސާރަ ކުޑަވުމުގެ ސަބަބުން ޕްރިންސިޕަލުންނާއި ޑެޕިއުޓީ ޕްރިންސިޕަލުން ހޯދަން ދަތި ކަމަށެވެ. ނަމަވެސް އޮނިގަނޑަށް ގެނައި ބަދަލުތަކާއެކު ޕްރިންސިޕަލުންގެ މުސާރަ ބޮޑުވެ، އެ ދާއިރާއަށް މީހުން ނުކުންނަން ޝައުގުވެރިވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި މީގެ ސަބަބުން ޕްރިންސިޕަލުުންނާއި ޑެޕިއުޓީ ޕްރިންސިޕަލުން އިތުރުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ޕްރިންސިޕަލުންގެ އިތުރުން ފެންވަރު ރަނގަޅު ޓީޗަރުންވެސް ކުރިއަށް އޮތްތަނުގައި ތައުލީމީ ދާއިރާގައި އިތުރުވާނެ ކަމަށެވެ. އެގޮތުން، މިހާރުވެސް ގިނަ ޓީޗަރުން ޑިގްރީއާ ހަމައަށް ކިޔަވަމުން އަންނަ ކަމަށާއި އެހިސާބަަށް ނުކިޔަވައި ތިބި ޓީޗަރުންވެސް މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލާއެކު ކިޔަވަން ޝައުގުވެރިކަން ފާޅުކުރަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން މި ބަދަލާއެކު ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ތައުލީމީ ނިޒާމު އިތުރަށް ފުރިހަމަވެ، ޓީޗަރުން މިހާރަށްވުރެ ޒިންމާދާރުވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވަނީ ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަތަކަށް މި ސަރުކާރުން ގެނައި ހެޔޮ ބަދަލު ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހަށް ޝުކުރު އަދާކުރައްވާފައެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް

ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް

29 ސެޕްޓެމްބަރު 2025
ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ

ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ

10 ޖުލައި 2025
ކެންދޫ ސްކޫލުގެ ޕްރިންސިޕަލް އުކުޅަހަށް ބަދަލުކުރާތި ބެލެނިވެރިން ނުކުމެ އިހުތިޖާޖުކުރަން ފަށައިފި

ކެންދޫ ސްކޫލުގެ ޕްރިންސިޕަލް އުކުޅަހަށް ބަދަލުކުރާތި ބެލެނިވެރިން ނުކުމެ އިހުތިޖާޖުކުރަން ފަށައިފި

30 ޖޫން 2025
އެއް ދަންފަޅި އަށް ކިޔެވުން ބަދަލު ނުކުރެވިގެން އުޅެނީ ކުރީ ސަރުކާރުން އެކަށީގެންވާ މިންވަރަށް ސްކޫލު އަޅާފައި ނެތުމުން: އެޑިޔުކޭޝަން

އެއް ދަންފަޅި އަށް ކިޔެވުން ބަދަލު ނުކުރެވިގެން އުޅެނީ ކުރީ ސަރުކާރުން އެކަށީގެންވާ މިންވަރަށް ސްކޫލު އަޅާފައި ނެތުމުން: އެޑިޔުކޭޝަން

30 ޖޫން 2025
ސްކޫލަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

ސްކޫލަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

06 މެއި 2025

އަހަރުތަކުން މިއަދު

24 މާރިޗު
ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި
20251 އަހަރު ކުރިން
ރާއްޖެ

ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން
20242 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!
20233 އަހަރު ކުރިން
ރިޕޯޓު

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!
20188 އަހަރު ކުރިން
ރާއްޖެ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު