Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ"ލެތުން" އިފްތިތާހުކުރުން

ޖިނާއީ އަދުލުގެ ނިޒާމުގެ ޑޭޓާބޭސް، "ލެތުން" ޕީޖީ އޮފީހުން އިފްތިތާހުކޮށްފި

ޑޭޓާބޭސް އިފްތިތާހުކޮށްދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 29 މެއި 2022 | އާދީއްތަ 12:50
"ލެތުން" އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

"ލެތުން" އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ޖިނާއީ އަދުލުގެ ނިޒާމާ ގުޅުންހުރި ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތައް އެއްތަނަކުން ފެންނަން ހުންނާނެގޮތަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން އެކުލަވާލި “ލެތުން” ޑޭޓާބޭސް އިފްތިތާހުކޮށްފިއެވެ.

މިޑޭޓާބޭސްއިފްތިތާހުކޮށްފައިވަނީ އާދިއްތަ ދުވަހު ކުރިއަށް ދިޔަ ރަސްމިއްޔާތެއްގައެވެ. މި ޑޭޓާބޭސް އިފްތިތާހުކޮށްދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދެވެ.

ޕީޖީ އޮފީހުން މައުލޫމާތުދޭގޮތުގައި މި ޑޭޓާބޭސް މެދުވެރިކޮށް، ގާނޫނުތަކާއި ގަވާއިދުތަކުގެ މާއްދާތައް ވަގުތުން ސަރޗް ކޮށްލެވޭނެއެވެ. އަދި ޖިނާއީ އަދުލުގެ ނިޒާމާއި ގުޅުންހުރި އެކި ކީވޯރޑުވެސް ވަކިން ސަރޗްކޮށް، އެ ކީވޯރޑަކާގުޅޭ، ފަހުގެ ގަނޫނުތަކާއި ގަވާއިދުތައް ބަލާލެވޭނެއެވެ.

ޑޭޓާބޭސް އިފްތިތާހުކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ފަނޑިޔާރު ސުއޫދު ވަނީ، މައްސަލައެއް ދިރާސާކުރައްވަމުން ގެންދަވާއިރު، ކުއްލިއަކަށް ގާނޫނުގެ މާއްދާއެއް ޗެކްކޮށްލައްވަން ބޭނުންފުޅުމުން ބައެއް ފަހަރު ދިމާވާ ދަތިތައް ހިއްސާކުރައްވާފައެވެ. އެގޮތުން މިފަދަ ޑޭޓާބޭސްއެއް އޮތުމަކީ، ކޯޓުތަކާއި ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި ވަކީލުންނަށްވެސް އެހީއަކަށް ވެގެންދާނެކަން ފަނޑިޔާރު ސުއޫދު ފާހަގަކުރެއްވިއެވެ.

ފަނޑިޔާރު ސުއޫދުގެ ވާހަކަފުޅުގައި ވަނީ، ޖިނާއީ އަދުލުގެ ނިޒާމުގައި ތަފާސްހިސާބު އަދާކުރާ ދައުރަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ސުއޫދު ވިދާޅުވީ، ކޯޓުތަކާއި ޝަރުއީ ދާއިރާއަށް ދިމާވާ މައްސަލަތަކުގެ ފުންމިން ދެނެގަތުމުގައި ތަފާސްހިސާބު މުހިއްމު ދައުރެއް އަދާކުރާކަމަށެވެ.

ޖިނާއީ އަދުލުގެ ނިޒާމާ އެއްގޮތަށް މަދަނީ އަދުލުގެ ނިޒާމު ރަނގަޅުކުރުމަށްވެސް ތަފާސްހިސާބު އެނގުން މުހިއްމުކަން ފަނޑިޔާރު ސުއޫދު ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވަނީ، މި ޑޭޓާބޭސްގެ އިތުރު މަރުހަލާތައް ހިމެނޭކަން ފާހަގަކުރައްވާފައެވެ. އެގޮތުން ކުރިއަށް އޮތް ތަނުގައި މަތީ މަރުހަލާގެ ކޯޓުތަކުން ކުރާ ހުކުމްތައް ޕީޖީ އޮފީހަށް ލިބުމުން، ވަގުތުން ޑޭޓާބޭހަށް އަޕްޑޭޓް ކުރެވޭނެ ނިޒާމެއް ގާއިމުކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ޝަމީމް ވިދާޅުވިއެވެ.

އޭގެ އިތުރުން، އަނިޔާލިބޭ ފަރާތްތަކަށް އެމީހުންގެ މައްސަލަ ގޮސްފައިވާ ހިސާބާއި، މައްސަލައިގައި އެހީ ހޯދަން އަމަލުކުރަންވީ ގޮތް ވަގުތުން ބަލައިލެވޭގޮތަށް މި ޑޭޓާބޭސް ތަރައްގީކުރުމުގެ ފަހުގެ ފިޔަވަހީގައި މަސައްކަތްތަކެއް ކުރެވިގެންދާނެކަމަށް ޝަމީމް ވިދާޅުވިއެވެ.

މި ޑޭޓާބޭސްގެ އިތުރުން، ޕީޖީ އޮފީހާއި ޔޫއެންޑީޕީ ގުޅިގެން އެކުލަވާލާފައިވާ 6 ފޮތެއްވެސް މި ރަސްމިއްޔާތުގައި ވަނީ ނެރެފައެވެ. އޯޑިއޯ-ވީޑިއޯކޮށް ނެރެފައިވާ މި ފޮތްތަކަކީވެސް ޖިނާއީ އަދުލުގެ ނިޒާމާގުޅޭގޮތުން މައުލޫމާތު ހޯދުމާއި، ޖިނާއީ އަދުލުގެ ނިޒާމުގައި ކުރިމަތިވާ ގޮންޖެހުންތައް ދެނެގަތުމުގެ އިތުރުން، މި ނިޒާމުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ދެނެގަތުމަށް މުހިއްމު މައުލޫމާތުތަކެއް ހިމެނޭ ފޮތްތަކެއްކަމަށް ޝަމީމް ވިދާޅުވިއެވެ.

ފޮތް ނެރެދެއްވަމުން ޔޫއެންޑީޕީގެ ރެސިޑެންޓް ރެޕްރެޒެންޓޭޓިވް އެންރިކޯ ގަވޭލިއާ ވަނީ، މި ފޮތްތަކަކީ ޖިނާއީ އަދުލުގެ ނިޒާމުގެ "ބެޑްޓައިމް ސްޓޯރީސް" ގޮތުގައި ސިފަ ކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ގާނޫނީ ދާއިރާއާއި، ގާނޫނު ތަންފީޒުކުރުމުގެ ދާއިރާގެ އިތުރުން، ޖިނާއީ އަދުލާ ގުޅުންހުރި އެކި މުއައްސަސާތަކުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްހުސައިން ޝަމީމް

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
02 ނޮވެމްބަރު 2025

ހިތަދޫ ކަސްޓޯޑިއަލް އަށް މަސްތުވާތަކެތި ވައްދަން އުޅުމުގެ ތުހުމަތުގައި ފުލުހަކަށް ދައުވާ ކުރުމަށް ފޮނުވައިފި

02 ނޮވެމްބަރު 2025
ހިތަދޫ ކަސްޓޯޑިއަލް އަށް މަސްތުވާތަކެތި ވައްދަން އުޅުމުގެ ތުހުމަތުގައި ފުލުހަކަށް ދައުވާ ކުރުމަށް ފޮނުވައިފި
26 އޮކްޓޯބަރު 2025

ދައުވާ ނުކުރުމަށް ނިންމާ މައްސަލަތަކުގެ ލިޔުންތައް ޕީޖީގެ ލަފާ ހޯދައިގެން މެނުވީ ނައްތާ ނުލުމަށް އަންގައިފި

26 އޮކްޓޯބަރު 2025
ދައުވާ ނުކުރުމަށް ނިންމާ މައްސަލަތަކުގެ ލިޔުންތައް ޕީޖީގެ ލަފާ ހޯދައިގެން މެނުވީ ނައްތާ ނުލުމަށް އަންގައިފި
19 އޮކްޓޯބަރު 2025

ހައިކޯޓުން ބޭރުކޮށްލި 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ މުރާޖާކުރުމަށް ހުށަހަޅައިފި

19 އޮކްޓޯބަރު 2025
ހައިކޯޓުން ބޭރުކޮށްލި 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ މުރާޖާކުރުމަށް ހުށަހަޅައިފި
29 ސެޕްޓެމްބަރު 2025

ސައީދުގެ މައްސަލައިގައި އޭސީސީން ބެލީ ވެރިކަން ބަދަލުވުމުން ސައީދުގެ އެމްޑީކަމުގައި ހިނގައިދިޔަ ކަންކަން އެކަނި ދައުވާ ކުރަން ފޮނުވަން: ޝަމީމް

29 ސެޕްޓެމްބަރު 2025
ސައީދުގެ މައްސަލައިގައި އޭސީސީން ބެލީ ވެރިކަން ބަދަލުވުމުން ސައީދުގެ އެމްޑީކަމުގައި ހިނގައިދިޔަ ކަންކަން އެކަނި ދައުވާ ކުރަން ފޮނުވަން: ޝަމީމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު