Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭރިޕޯޓް

ބަނގުރޫޓްވާ ވާހަކައާއެކު ހަނދާންކޮށްދެނީ އިގްތިޞާދު ކުރަންޖެހޭކަން

ދުނިޔޭގެ މަސްރަހަށް ކުރިމަތިވާ ކިތަންމެ ކުޑަކަމެއްގެވެސް ނޭދެވޭ އަސަރު ރާއްޖޭގެ އިގްތިޞާދުން ފެނޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 27 މެއި 2022 | ހުކުރު 14:26
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)

ނިމިގެންދިޔަ ހަފްތާގައި ދިވެހިންގެ ތެރޭގައި އެންމެ ބޮޑަށް ދެކެވުނު އެއް ވާހަކައަކަށް ރާއްޖެ ބަނގުރޫޓްވާން އުޅޭ ވާހަކަ ވާނެއެވެ. އަވަށްޓެރި ލަންކާއަށް ދިމާވެފައިވާ އިގްތިޞާދީ ބޮޑު ކާރިސާއައާއެކު ކަންކަންވަމުންދާ ގޮތް އެދަނީ ލޯކުރިމަތީ ފެންނަމުންނެވެ. އެހެން އެކަން އަމިއްލަ ގައުމަށް ދިމާވާކަށް އެއްވެސް މީހަކު ބޭނުމެއްނުވާނެއެވެ. ދުނިޔޭގެ އެންމެ ބޮޑު އެއް އިންވެސްޓްމަންޓް ބޭންކް، ޖޭޕީމޯގަން އިން އަންނަ އަހަރު ނިމޭ އިރު ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ހުސްވެ، ދަރަނި ނުދެއްކޭ ހިސާބަށް ދިއުމުގެ ފުރުސަތު ބޮޑު ކަމަށް ބުނުމާއެކު އެންމެންނަށްވެސް އިހުސާސްވީ އަވަށްޓެރި ލަންކާގެ ރައްޔިތުން އުޅޭ ހާލެވެ. ދިވެހިންގެ ތެރެއިން ގިނަބަޔަކު މިހާރުވެސް އުޅެމުންދާ އަދި އެތައް ބޭނުމަކު އެގައުމަށް ދާ ގައުމަކަށް ދިމާވެފައިވާ އިގްތިޞާދީ ތަދުމަޑުކަން އަމިއްލައަށް ތަޖުރިބާ ކުރާކަށް އެކަކުވެސް ބޭނުމެއްނުވާނެއެވެ.

ރާއްޖެއަކީ ހުރިހާ ކަމަކަށްވެސް ބޭރު ދުނިޔެއަށް ބަރޯސާވެފައިވާ ގައުމެވެ. ދުނިޔޭގެ މަސްރަހަށް ކުރިމަތިވާ ކިތަންމެ ކުޑަކަމެއްގެވެސް ނޭދެވޭ އަސަރު ރާއްޖޭގެ އިގްތިޞާދުން ފެނެއެވެ. އެއީ ބަލި މަޑުކަމެއްކަމުގައިވިޔަސް ދުނިޔޭގައި ހިނގަމުންދާ ހަނގުރާމައެއް ކަމުގައިވިޔަސް ދިމާވާ ގުދުރަތީ ކާރިސާއެއްވިޔަސްއެވެ. މުޅި އިގްތިޞާދުހެން ބިނާވެފައި އޮތީ ބޭރު ދުނިޔެއަށެވެ. ހުރިހާ އެއްޗެއްހެން ޖެހެނީ އިމްޕޯޓްކުރާށެވެ. އެހެންކަމުން ދުނިޔޭގެ ސަޕްލައި ޗެއިންއަށް އަރާ ކޮންމެ ލޮޅުމަކާއެކު އެކަމުގެ ނޭދެވޭ އަސަރު ރާއްޖޭގެ އިގްތިޞާދުން ވަރަށް ރަނގަޅަށް ފެނެއެވެ. ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެއެވެ.

ޔޫކްރެއިން ރަޝިޔާ ހަނގުރާމަ ކުރަމުންދާތާ ތިންމަހަށްވުރެ ގިނަވެފައިވާއިރު އެހަނގުރާމައިގެ އަސަރު މުޅި ދުނިޔޭގެ އިގްތިޞާދަށް ވަނީ ވަރަށް ބޮޑަށްކޮށްފައެވެ. ތެލާއި ކާނާގެ ބާވަތްތަކުގެ އަގު އުފުލެމުންދަނީ އެންމެން ބަލަބަލާތިއްބައެވެ. އަނެއްކޮޅުން ރަޝިޔާ އާއި ޔޫކްރެއިން އަކީ ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަ ދެ ގައުމެވެ. އެހެންކަމުން ރާއްޖޭގެ އިގްތިޞާދު އެކަމަކަށް އެންމެ ބޮޑަށް ބަރޯސާވެފައިވާ ފަތުރުވެރިކަމަށް އެކަމުގެ ނޭދެވޭ އަސަރު ހަނގުރާމައާއެކު ވަނީކޮށްފައެވެ. އެދެގައުމުން އަންނަ ފަތުރުވެރިން އައުން ވަނީ އެއްކޮށް ކަހަލަގޮތަކަށް ހުއްޓިފައެވެ. ފަތުރުވެރިކަމުން ލިބޭނެ ކަމަށް އަންދާޒާކުރި އާމްދަނީއަށް ބަދަލުތަކެއް އައީއެވެ. އަނެއްކޮޅުން ތެލުގެ އަގު އުފުލިގެންދިޔުމާއެކު އެކަމުގެ އަސަރު ތަކެތީގެ އަގުން ފެންނަން ފެށީއެވެ.

މިހުރިހާ ކަމެއް މިހެން އޮއްވާ ރާއްޖެ ބަނގުރޫޓްވެދާނެކަމަށް އެންމެ ބޮޑު އެއް އިންވެސްޓްމަންޓް ބޭންކުން ލަފާކުރުމަކީ ކުރިޔަށް އޮތް ދުވަސްތައް އެހާ އުފާވެރިކޮށް ފެނިގެންދާނެކަމަށް ގަބޫލުކުރުން ބުއްދުވެރިކަމަކަށް ނުވާނެއެވެ. ޖޭޕީމޯގަންގެ މިލަފާކުރުމާއެކު ރާއްޖެ ބަނގުރޫޓް ނުވާނެ ކަމުގެ ޔަގީންކަން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ދެއްވާފައެވެ. ފިނޭންސް މިނިސްޓަރ މިމޭރުމުން ވާހަކަދައްކަވާފައިވާއިރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުވެސް ވަނީ މިއަހަރު ދަރަނި ދެއްކުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށް ވިދާޅުވެފައެވެ. މިއަހަރުގެ މިހާތަނަށް ދައުލަތައް ލިބުނު އާމްދަނީ ލަފާ ކުރިވަރަށްވުރެ އިތުރު ކަމަށާއި ނަމަވެސް ހަނގުރާމައާ ގުޅިގެން ކުރަމުންދާ އަސަރުތަކުގެ ސަބަބުން ޚަރަދު ބޮޑުވާތީ އެކަމާއި ވިސްނަން ޖެހޭ ކަމަށެވެ. އަދި ރަޝިއާ، ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް އަސަރުކޮށްފައިވާއިރު، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވެ، ތެލުގެ ސަބްސިޑީއަށް ކުރާ ޚަރަދު އެތައް ގުނައެއް ބޮޑުވެފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ޚަރަދުތައް ބޮޑު ނަމަވެސް ދަރަނި ދެއްކުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ސަރުކާރުން އަޅަމުންދާނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.

ރާއްޖެއަށް އަބަދުވެސް ދިމާވެފައިވާ މައްސަލައަކީ ދަރަނި ބޮޑުވުމުގެ މައްސަލައެކެވެ. އެހެންގޮތަކަށް ބުނާނަމަ ލިބޭ އެއްޗަކުން ދެކޮޅު ނުޖެހުމެވެ. ލިބޭ އެއްޗަކަށްވުރެ ގިނައިން ޚަރަދުކުރަން ޖެހުމެވެ. އެކަމުގެ ސަބަބުން ދަރަނި އޮންނަނީ އިންތިހާއަށް މައްޗަށްގޮސްފައެވެ. ދިވެހިން މިކަން ތަޖުރިބާނުކުރާ ދުވަސްވަރެއް ނެތޭ ބުންޏަސް ދޮގަކަށްނުވާނެއެވެ. އެހެންކަމުން ސަރުކާރުގެ އެކި އިދާރާތަކުން ފެށިގެން އާންމު މީހާވެސް އެންމެ ބޮޑަށް ކުރަންޖެހޭ ކަމަކަށް ވެފައިމިވަނީ އިގްތިޞާދު ކުރުމެވެ. ލިބޭ އެއްޗަކުން ދެކޮޅު ޖައްސަން ދަސްކުރުމެވެ. ބޭކާރު ޚަރަދުތައް ނުކުރުމެވެ. އިސްރާފު ނުކުރުމެވެ. އަދި ހަމަ މިއާއެކު ކޮންމެހެން ނުކޮށް ފަރުޖެއްސެން އޮތް ޚަރަދުތައް ނުކޮށް އިހަށް މަޑުޖައްސާލުން ވަރަށް މުހިންމެވެ.

ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އިގްތިޞާދުތަކަށްވެސް މަޑު ޖެހުންތައް ކުރިމަތިވެފައިވާއިރު ރާއްޖެފަދަ ބޭރު ދުނިޔެއަށް ބަރޯސާވެފައިވާ ގައުމަކަށް މިކަން އަދި މާބޮޑުވާނެއެވެ. އެހެންކަމުން ދުރާލާ މިކަމަށް ވިސްނަންޖެހެއެވެ. އިގްތިޞާދީ ފުންވަޅުގަނޑަކަށް ވެއްޓުމުގެ ކުރިން އިގްތިޞާދުކުރަން ޖެހެއެވެ. ބޭކާރު ޚަރަދުތައް ވީހާވެސް މަދުކުރަންޖެހެއެވެ. އަނެއްކޮޅުން ބޭރު ގައުމުތަކަށް ކޮންމެ ކަމަކަށް ބަރޯސާވެފައި އޮންނަ އޮތުން ނިމުމަކަށް ގެނައުމަށް އަމިއްލަ އުފެއްދުންތެރިކަން އިތުރުކުރަންޖެހެއެވެ. ކާބޯތަކެތި ހެއްދޭތޯ ބަލަން ޖެހެއެވެ. އިގްތިސާދީ މަންފާއަށް ވެސް ދަނޑުވެރިކަމުގެ އުފެއްދުންތައް އިތުރު ކުރަން ޖެހެއެވެ. ކަރަންޓް ޚަރަދު ކުޑަކުރަން ޖެހެއެވެ. ފެންވެސް އިގްތިސާދު ކުރަން ޖެހެއެވެ. ބިލުތައް ކުޑަކުރެވޭނީ އޭރުންނެވެ. ބާކީ ކުރެވޭ ފައިސާ އިތުރު ވާނީ އޭރުންނެވެ. އަމިއްލަ ފަރުދުންގެ ފެންވަރުން އިގްތިސާދު ކޮށް ފައިސާ ބާކީ ކުރާނަމަ އެކަން ގައުމީ ފެންވަރުގައި ދައްކާނެކަން ޔަޤީނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މި ސަރުކާރުގެ ޕްލޭނެއް ނެތް, ދޯހަޅި ނިންމުންތަކުގެ ސަބަބުން ގައުމުގެ އިގްތިޞާދު ފުނޑެނީ!

މި ސަރުކާރުގެ ޕްލޭނެއް ނެތް, ދޯހަޅި ނިންމުންތަކުގެ ސަބަބުން ގައުމުގެ އިގްތިޞާދު ފުނޑެނީ!

19 އެޕްރީލު 2025
އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.

އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.

16 އެޕްރީލު 2025
އެމްއެމްޕީއާރުސީގެ ވާހަކައާއެކު މި ސަރުކާރު ވާނީ ބަރަހަނާ

އެމްއެމްޕީއާރުސީގެ ވާހަކައާއެކު މި ސަރުކާރު ވާނީ ބަރަހަނާ

30 ޖުލައި 2024

އަހަރުތަކުން މިއަދު

8 މެއި
ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި
20251 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!
20233 އަހަރު ކުރިން
މީހުން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!
20215 އަހަރު ކުރިން
ރާއްޖެ

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!
20197 އަހަރު ކުރިން
ރާއްޖެ

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ
20188 އަހަރު ކުރިން
ރާއްޖެ

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު