Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާދް ޓްރެވަލް ފެއަރ

ރާއްޖެ އިޝްތިހާރުކުރުމަށް "ރިޔާޟް ޓްރެވަލް ފެއަރ"ގައި ބައިވެރިވެއްޖެ

23 މެއި 2022 | ހޯމަ 10:32

ރިޔާޟް ޓްރެވަލް ފެއަރ ކުރިއަށް ދަނީ މޭ 22ން 24ށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 23 މެއި 2022 | ހޯމަ 10:32
ރިޔާޟް ޓްރެވަލް ފެއަރ

ރިޔާޟް ޓްރެވަލް ފެއަރ

މެދުއިރުމަތީގެ މާކެޓުގައި ރާއްޖެ އިޝްތިހާރުކުރުމަށް ސައޫދީގައި ކުރިއަށްދާ ފަތުރުވެރިކަމުގެ އެންމެ ބޮޑު އެއް ހަރަކާތް "ރިޔާޟް ޓްރެވަލް ފެއަރ"ގައި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ވިޒިޓް މޯލްޑިވްސް) ބައިވެރިވެއްޖެއެވެ.

ރިޔާޟް ޓްރެވަލް ފެއަރ ކުރިއަށްދަނީ މޭ 22-24އަށެވެ. މި ފެއަރއަކީ ސައޫދީގެ ވެރިރަށް ރިޔާޟުގައި ކޮންމެ އަހަރަކު ކުރިއަށް ގެންދާ ފަތުރުވެރިކަމުގެ އެންމެ ބޮޑު އެއް ހަރަކާތެވެ. މި ހަރަކާތުގައި ސައޫދީ އަދި ޖީސީސީގެ ގައުމުތަކާއި، މި ގައުމުތަކުގެ ފަތުރުވެރިކަމާބެހޭ އެންމެ ބޮޑެތި ކުންފުނިތައް ބައިވެރިވެއެވެ. އަދި ބައިނަލްއަގުވާމީ ފެންވަރުގައި ފަތުރުވެރިކަމުގެ ޚިދުމަތްދޭ، އަދި ލިބިގަންނަ ފަރާތްތަކުން މިފެއަރއަށް އެގްޒިބިޓްކޮށް ޒިޔާރަތްކުރެއެވެ. މިއީ ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތަކާއި ޚިދުމަތްތައް ޝޯކޭސްކޮށް، އިންވެސްޓަރުން އެއްތަނަކުން ބައްދަލުކުރާ އެންމެ ބޮޑު އެއް ހަރަކާތެވެ. އަދި، އައު ޚިދުމަތްތަކާއި ޕްރޮޑަކްޓްތައް ތައާރަފްކުރާ ފެއަރއެކެވެ. 

Advertisement - newsAdvertisement

އެމްއެމްޕީއާރުސީއާއެކު މި ފެއަރގައި ރާއްޖޭގެ އިންޑަސްޓްރީގެ 11 ފަރާތްތަކުން ބައިވެރިވިއެވެ. މީގެތެރޭގައި ބްލިސް މޯލްޑިވްސް، އެކްސައިޓިންގް ޓްރެވެލް ހޮލިޑޭސް، ގެޓް މީ ޓު މޯލްޑިވްސް، އިންޓުއަރ މޯލްޑިވްސް، އަައިލެންޑް ލައިފް ޓްރެވެލް، ލިލީ ހޮޓެލްސް ހައިޑަވޭ ބީޗް ރިސޯޓު އެންޑް ސްޕާ، މަލަހިނި ކުޑަ ބަނޑޮސް، ޓްރެވެލް ކަނެކްޝަން މޯލްޑިވްސް، ޓްރެވެލް އެސްކޭޕްސް މޯލްޑިވްސް، ހޮލިޑޭ ސްޕޮޓް މޯލްޑިވްސް އަދި ވިލާ ހޮޓެލްސް އެންޑް ރިސޯޓްސް ހިމެނެއެވެ. މި ފެއަރގައި ރާއްޖެއަކީ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި ޕްރޮމޯޓުކޮށް، ރާއްޖޭގެ ރަށްތައް ގުދުރަތީގޮތުން އުފެދިފައިވަނީ ވަކިވަކިން ކަމަށްވުމާއެކު، ފަތުރުވެރިންނަށް ލިބިދޭ ރައްކާތެރިކަމާއި އެކަހެރިކަން ޕްރޮމޯޓުކުރިއެވެ. މީގެއިތުރުން ރާއްޖޭގެ ޓޫރިޒަމް ޕްރޮޑަކްޓްތައް ކަމަށްވާ ރިޒޯޓް، ހޮޓެލް، ގެސްޓްހައުސް އަދި ލިވަބޯޑުތަކުގެ މައުލޫމާތާއި، ރާއްޖެއިން ފަތުރުވެރިންނަށް ލިބެންހުރި ތަފާތު ތަޖުރިބާތައްވެސް މާކެޓް ކުރެވުނެވެ. އަދި ފަތުރުވެރިކަމުގެ އެކި ސެގްމަންޓުތައް ކަމަށްވާ ލަގްޒަރީ، ރޮމާންޓިކް، ފެމިލީ، އަދި މައިސް ސެގްމެންޓަށް ދެވޭ ޚިދުމަތްތައްވެސް ޕްރޮމޯޓުކޮށް، ރާއްޖޭގެ ޓްރެވަލް ގައިޑްލައިންތަކާއި މައުލޫމާތު ފެއަރއަށް ޒިޔާރަތްކުރި ފަރާތްތަކާ ހިއްސާކުރިއެވެ. 

ރިޔާޟް ޓްރެވަލް ފެއަރގައި ބައިވެރިވަމުން މިދަނީ އެމްއެމްޕީއާރުސީން މި މާކެޓަށް ގެންގުޅޭ މާކެޓިން ސްޓްރެޓަޖީގެ ދަށުން، މެދުއިރުމަތީގެ ގައުމުތަކުން ރާއްޖެ އައުމަށް ފަތުރުވެރިން ބުކިންގ ހަދާ މިންވަރު އިތުރުކޮށް، އެރައިވަލްސް އިތުރުކުރުމުގެ މަގުސަދުގައެެވެ. އަދި މި ހަރަކާތަކީ ރަޝިއާ ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ހަލުވިކަމާއެކު ބަދަލުވަމުންދާ ދުނިޔޭގެ ޖިއޯޕޮލިޓިކަލް ހާލަތަށް ބިނާކޮށް، ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދަށް ކޮށްފާނެ ނޭދެވޭ އަސަރު ކުޑަކުރުމުގެ ގޮތުން އެމްއެމްޕީއާރުސީން އެކުލަވާލައިފައިވާ ޝޯޓް-ޓާރމް ސްޓްރެޓަޖީގެ ދަށުން މުހިންމު މާކެޓްތަކުގައި ހިންގާ ހަރަކާތްތަކުގެތެރޭގައި ހިމެނޭ ހަަރަކާތެކެވެ.

ވޭތުވެދިޔަ އަހަރު 91,413 ފަތުރުވެރިން ވަނީ މެދުއިރުމަތީ މާކެޓްއިން ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. އަދި، ސައޫދީ އަރަބިއްޔާއަކީ އެ އަހަރު ދިވެހިރާއްޖެއަށް 7 ވަނައަށް އެންމެ ގިނައިން ފަތުރުވެރިން ދަތުރުކުރި މާކެޓެވެ. މި އަހަރު ޖަނަވަރީ މަހާ ހަމައަށް 5،103 ފަތުރުވެރިންވަނީ މެދުއިރުމަތީ މާކެޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މި މާކެޓްގައި ދިވެހިރާއްޖޭގެ ރީތި ނަން ދަމަހައްޓައި، ރާއްޖެ އިޝްތިހާރުކުރުމަށްވަނީ ގިނަ ހަރަކާތްތަކެއް ރާވާފައެވެ. މީގެ ތެރޭގަ ޖޮއިންޓް މާކެޓިންގ ކެމްޕެއިންތަކާއި, ވެބިނާތަކާއި, ފެމިލިއަރައިޒޭޝަން ޓްރިޕްތަކާއި, ރޯޑްޝޯވތަކުގެ އިތުރުން ބޮޑެތި ފެއަރތަކުގައި ބައިވެރިވުން ހިމެނެއެވެ.

ދުނިޔޭގެ ފެންވަރުގައި ރާއްޖެ އިޝްތިހާރުކުރުމުގެ ޒިންމާ އުފުލާ ކުންފުނީގެ ހައިސިއްޔަތުން އެމްއެމްޕީއާރްސީން ވޭތުވެދިޔަ އަހަރު ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު، އިންޑަސްޓްރީގެ ޕާޓްނަރުންނާއެކު 22 މާކެޓެއްގައި 260 ހަރަކާތް ވަނީ ހިންގާފައެވެ. މީގެތެރޭގައި ފެއަރތަކާއި އެގްޒިބިޝަންތަކުގައި ބައިވެރިވުމުގެ އިތުރުން، އެކި ގައުމުތަކުގައި ރޯޑްޝޯވތައް ވެސް ވަނީ ބާއްވާފައެވެ. އަދި ވެބިނާތަކާއި، ފެމިލަރައިޒޭޝަން ދަތުރުތަކުގެ އިތުރުން މާކެޓިން ގކެމްޕެއިންތައް ވަނީ ހިންގާފައެވެ. ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައިވެސް ރާއްޖެއަކީ ފަތުރުވެރިންގެ އިތުބާރު ލިބިފައިވާ މަންޒިލެއްކަމަށް ހެކިވާ އެންމެ އަލިގަދަ ނިޝާނަކަށް ވެގެންދިޔައީ، 'ވޯރލްޑް ޓްރެވަލް އެވޯރޑްސް' (ޑަބްލިއުޓީއޭ) 2021ގައި 'ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަން'ގެ ލަގަބު ޖެހިޖެހިގެން ދެވަނަ އަހަރަށް ރާއްޖެއަށް ކާމިޔާބު ކުރެވުނުކަމެވެ. މީގެ އިތުރުންވެސް ދިވެހިރާއްޖެއިން ވަނީ ޑަބްލިއުޓީއޭ 2021ގައި އެތައް ޚާއްސަ އެވޯޑްތަކެއް ހާސިލްކޮށްފައެވެ.

ކުރިޔަށް މިދާ އަހަރަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީޚުގައި ވަރަށް ޚާއްސަ އަހަރެކެވެ. ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ޚާއްސަ ހަރަކާތްތައް މިދިޔަ އަހަރު ފަށައިގަތީ ކުލަގަދަ ހަރަކާތްތަކަކާ އެކުގައެވެ. އެމްއެމްޕީއާރްސީގެ ފަރާތުން ރާއްޖޭގެ ޓޫރިޒަމްގެ ރަން ޔޫބީލް ފާހަގަކުރުމަށް އެތައް ހަރަކާތްތަކެއް ތާވަލްކޮށްފައިވެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

23 ޖެނުއަރީ 2017
އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް