Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޓީސީސީގެ ފްލީޓް

އެމްޓީސީސީއަށް އިތުރު ދެ ޑްރެޖަރ ގެންނަނީ

21 މެއި 2022 | ހޮނިހިރު 06:36

ފްލީޓް ބޮޑުކުރުމަށް އެމްޓީސީސީން އަންނަނީ މަސައްކަތްކުރަމުން

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 21 މެއި 2022 | ހޮނިހިރު 06:36
އެމްޓީސީސީގެ ޑްރެޖަރ

އެމްޓީސީސީގެ ޑްރެޖަރ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ފްލީޓް ބޮޑުކުރުމަށްޓަކައި، އަންނަ ޖުލައި މަހު އިތުރު ދެ ޑްރެޖަރ ގެންނާނެކަމަށް އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިހެން ވިދާޅުވީ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އެމްޓީސީސީގެ އަހަރީ އާއްމު ޖަލްސާ ނިންމަވާލެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ. އެމްޓީސީސީގެ ފްލީޓަކީ މިހާރުވެސް ރާއްޖޭގެ ކުންފުންޏެއްގައި އޮތް އެންމެ ބޮޑު ފްލީޓުކަން ފާހަގަ ކުރައްވައި، އެ ފްލީޓް އިތުރަށް ބޮޑުކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އާޒިމް ވިދާޅުވިއެވެ. އެގޮތުން ޖުލައި އެ ފްލީޓާ ދެ ޑްރެޖަރ ގުޅޭނެކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އާޒިމް ވިދާޅުވީ އެމްޓީސީސީއަކީ ބިން ހިއްކުމުގެ ގިނަ މަޝްރޫއުތަކެއް ހިންގާ ކުންފުންޏަކަށްވުމުން، އިތުރު ދެ ޑްރެޖަރ ގެނައުމުން އެ މަސައްކަތް ކުރުމަށް ލިބޭ އިތުރު ބާރަކަށްވާނެ ކަމަށެވެ.

އެމްޓީސީސީއަކީ ރާއްޖޭގެ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު ކުންފުންޏަށް ހެދުމުގެ ވިސްނުން އެ ކުންފުނީގެ ބޯޑުން ގެންގުޅުއްވާކަން ފާހަގަ ކުރައްވައި އާޒިމް ވިދާޅުވީ، އެ މަސައްކަތްތައް މިހާރުވެސް ކުރަމުން އަންނަ ކަމަށެވެ. މިހާރުވެސް ކުންފުނީގެ ގިނަ އިކުއިޕްމަންޓުތަކަކީ އާ އިކުއިޕްމަންޓުތަކެއް ކަމަށާއި، ކުރިއާ އަޅާ ބަލާއިރު މުވައްޒަފުންނާއި އިކުއިޕްމަންޓުވެސް ދެ ގުނަ އިތުރު ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އާޒިމް ވިދާޅުވި ގޮތުގައި މި ސަރުކާރު އައުމުގެ ކުރިން އެމްޓީސީސީގައި 1500 މުވައްޒަފުން ތިބިއިރު މިހާރު 3600އަށްވުރެ ގިނަ މުވައްޒަފުން އެބަތިއްބެވެ.

އެމްޓީސީސީ ބޮޑު ކުންފުންޏަކަށް ހަދަން އެ ކުންފުނިން ރިއަލް އެސްޓޭޓްގެ ބޮޑެތި ވިޔަފާރިތަކަށް ވެއްދުމުގެ ވިސްނުން ގެންގުޅުއްވާކަމަށް ވެސް އާޒިމް ވިދާޅުވިއެވެ. އެއީ ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖޭގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި އެއާޕޯޓް އެޅުމާއި ބަނދަރު ހެދުން ފަދަ މަސައްކަތްތައް ނިމި، ކުންފުންޏަށް ލިބޭ އެފަދަ ޕްރޮޖެކްޓުތައް މަދުވާނެކަމަށް ލަފާކުރެވޭތީ، ކުރަން ނިންމާފައިވާ ކަމެއްކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން އެ ކުންފުންޏަކީ ބްރިޖް ހެދުން ފަދަ ބޮޑެތި މަޝްރޫއުތައް ހިންގޭވަރުގެ ކުންފުންޏަކަށް ހައްދަވަން މިހާރުވެސް މަސައްކަތް ކުރައްވަމުން އަންނަ ކަމަށާއި، ދުނިޔޭގެ ފެންވަރުގައި ވާދަ ކުރެވޭ ފަދަ ކުންފުންޏަކަށް އެމްޓީސީސީ ހަދަން ސަރުކާރުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެންދާ ކަން އާޒިމް ފާހަގަ ކުރެއްވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ

31 ޖެނުއަރީ 2017
ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ
30 ޖެނުއަރީ 2017

ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި

30 ޖެނުއަރީ 2017
ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި
28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
24 ޖެނުއަރީ 2017

ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ

24 ޖެނުއަރީ 2017
ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ
14 ޖެނުއަރީ 2017

މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ

14 ޖެނުއަރީ 2017
މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް