Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޓީސީސީގެ މަސައްކަތްތައް

ވިސްނުން ހުރީ ރިއަލް އެސްޓޭޓްގެ ބޮޑެތި ވިޔަފާރިތަކަށް ވަންނަން: އާޒިމް

20 މެއި 2022 | ހުކުރު 10:15

އާޒިމް ވިދާޅުވީ ބޮޑެތި ޕްރޮޖެކްޓްތައް ފަށަން މިހާރުވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 20 މެއި 2022 | ހުކުރު 10:15
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް

ރިއަލް އެސްޓޭޓްގެ ކުދި ވިޔަފާރިތަކަށް ނުވަންނާނެ ކަމަށާއި ވިސްނުން ހުރީ ބޮޑެތި ވިޔަފާރިތަކަށް ވަންނަން ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިހެން ވިދާޅުވީ ބުރާސްފަތި ދުވަހު ބޭއްވި އެމްޓީސީސީގެ އަހަރީ އާއްމު ޖަލްސާގައި އެ ކުންފުނީގެ ހިއްސާދާރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. އާޒިމް ވިދާޅުވީ މާލޭގައި ހިންގާ ރިއަލް އެސްޓޭޓް ޕްރޮޖެކްޓުތަކަކީ ކުދި ޕްރޮޖެކްޓުތައް ކަމަށާއި އެއަށް ވަންނަން ނުވިސްނަވާ ކަމަށެވެ. އޭގެ ބަދަލުގައި އެމްޓީސީސީން ހަދާނީ ބޮޑެތި ހައުސިން ޔުނިޓުތައް ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ވިޔަފާރި ފުޅާކުރުމަށް ނިންމާފައިވަނީ ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ބަނދަރުތަކާއި ބިން ހިއްކުމާއި އެއާޕޯޓްގެ ގިނަ މަޝްރޫއުތައް ނިމި، އެފަދަ މަޝްރޫއުތައް ލިބޭގޮތް މަދުވާނެތީ ކަމުގައި އާޒިމް ވިދާޅުވިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އާޒިމް ވިދާޅުވީ އަމާޒަކީ އެމްޓީސީސީއަކީ ރާއްޖޭގެ އުމްރާނީ ތަރައްޤީގެ ބޮޑެތި މަޝްރޫއުތައް ހިންގުމުގައި އެންމެ ކުރީގައި އޮންނަ ކުންފުންޏަށް ހެދުން ކަމަށެވެ. އެގޮތުން، މިހާރު ވެސް މަސައްކަތް ފަށާފައިވާ ކަމަށާއި އެކަން ކުރުމުގައި ސަރުކާރުގެ އެއްބާރުލުންވެސް ލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ބޮޑެތި ޕްރޮޖެކްޓުތައް ފަށަން ތައްޔާރުވެފައިވާ ކަން ފާހަގަކުރައްވާ އާޒިމް ވިދާޅުވީ އެ ކުންފުނީގެ ކެޕޭސިޓީ ވެސް ކުރިއާ އަޅާބަލާއިރު ދެ ގުނަ އިތުރު ކުރެވިފައިވާ ކަމަށެވެ. އެގޮތުން ކުރިން އެއްފަހަރާ 20 ޕްރޮޖެކްޓް އެ ކުންފުންޏަށް ހިންގޭއިރު މިހާރު އެއްފަހަރާ 100 ޕްރޮޖެކްޓް ހިންގޭ ވަރަށް އިކުއިޕްމަންޓާއި މުވައްޒަފުން ތިބިކަމަށް އޭނާ ވިދާޅުވިއެވެ.

އާޒިމް އިތުރަށް ވިދާޅުވީ ކުންފުނީގެ ފައިދާ އަހަރަކަށްފަހު އަހަރެއް އިތުރުވަމުން އަންނައިރު، ބޭނުންވަނީ ކޮންމެ އަހަރެއްގެ ފައިދާ 50 މިލިއަން ރުފިޔާއަށް އިތުރު ކުރުންކަމަށެވެ. އެގޮތުން މި އަހަރުގެ އަމާޒަކީ 300 މިލިއަން ރުފިޔާގެ ފައިދާއަކާއެކު އަހަރު ނިންމާލުން ކަމަށް އޭނާ ވިދާޅުވިއެވެ.

އާޒިމް ވިދާޅުވި ގޮތުގައި އެމްޓީސީސީން 2020 ވަނަ އަހަރު 200 މިލިއަން ރުފިޔާގެ ފައިދާއެއް ލަފާ ކުރިއިރު އަހަރު ނިމުނުއިރު 224 މިލިއަން ރުފިޔާ ލިބުނުކަމަށެވެ. އަދި 2021 ވަނަ އަހަރު 250 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާ ކުރިއިރު އަހަރު ނިމުނުއިރު 270 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

22 މާރިޗު 2017

ގައުމުގެ ބައެއް ފިކުރުތައް ހުރީ އިބިލީހަށް ވުރެވެސް ކުރީގައި: ރައީސް ޔާމީން

22 މާރިޗު 2017
ގައުމުގެ ބައެއް ފިކުރުތައް ހުރީ އިބިލީހަށް ވުރެވެސް ކުރީގައި: ރައީސް ޔާމީން
14 މާރިޗު 2017

އިންފްލުއެންޒާ ވެކްސިން ހުރީ ވަރަށް މަދުން: ހެލްތް މިނިސްޓްރީ

14 މާރިޗު 2017
އިންފްލުއެންޒާ ވެކްސިން ހުރީ ވަރަށް މަދުން: ހެލްތް މިނިސްޓްރީ
04 މާރިޗު 2017

ހުޅުމާލެ އިންޑަސްޓްރިއަލް ސަރަހައްދުގައި އަންހެނަކު ރޭޕްކޮށްލައިފި

04 މާރިޗު 2017
ހުޅުމާލެ އިންޑަސްޓްރިއަލް ސަރަހައްދުގައި އަންހެނަކު ރޭޕްކޮށްލައިފި
23 ފެބުރުއަރީ 2017

ގިނަ އުޅަނދުތަކެއް ހުރީ އިންޝުއަރެންސް ވެސް ނުކޮށް، އަލިފާން ނިވި ބޭނުންކުރަން ނޭނގޭ:އެމްއެންޑީއެފް

23 ފެބުރުއަރީ 2017
ގިނަ އުޅަނދުތަކެއް ހުރީ އިންޝުއަރެންސް ވެސް ނުކޮށް، އަލިފާން ނިވި ބޭނުންކުރަން ނޭނގޭ:އެމްއެންޑީއެފް
22 ފެބުރުއަރީ 2017

ކޯޓުގައި އަދި ފޮލިހުގައި ވެސް މައްސަލައެއް ނެތް، އެކަމަކު މިހުރީ ބަންދުކޮށްފަ: ޝިދާތާ

22 ފެބުރުއަރީ 2017
ކޯޓުގައި އަދި ފޮލިހުގައި ވެސް މައްސަލައެއް ނެތް، އެކަމަކު މިހުރީ ބަންދުކޮށްފަ: ޝިދާތާ
21 ފެބުރުއަރީ 2017

ފޮރިން މިނިސްޓްރީގައި ހުރި ބޮޑެތި މާލީ މައްސަލަތައް އޮޑިޓަރ ޖެނެރަލް އޮފީހުން ހާމަކޮށްފި

21 ފެބުރުއަރީ 2017
ފޮރިން މިނިސްޓްރީގައި ހުރި ބޮޑެތި މާލީ މައްސަލަތައް އޮޑިޓަރ ޖެނެރަލް އޮފީހުން ހާމަކޮށްފި
21 ފެބުރުއަރީ 2017

އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް

21 ފެބުރުއަރީ 2017
އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް
30 ޖެނުއަރީ 2017

ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި

30 ޖެނުއަރީ 2017
ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް