Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެމްޓީސީސީ ސާފް ލީގު

ސާފިން ލީގުގެ ޗެމްޕިއަންކަން އާގިލް ހޯދައިިފި

ޖޫނިއާ ބައިގެ ޗެމްޕިއަންކަން ހޯދީ ޝާނިފް ޝަފީގް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 19 މެއި 2022 | ބުރާސްފަތި 03:44
އެމްޓީސީސީ ސާފް ލީގުގެ ތެރެއިން

އެމްޓީސީސީ ސާފް ލީގުގެ ތެރެއިން

މ.މުލީގައި ކުރިއަށް ދިޔަ އެމްޓީސީސީ ސާފް ލީގުގެ ޗެމްޕިއަންކަން ކ. ތުލުސްދޫއަށް ނިސްބަތްވާ އަޙުމަދު އާގިލް (އައްމަޑޭ) ހޯދައިފިއެވެ.

އޭނާ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ގދ. ގައްދޫ ނަޖާހް މުހައްމަދު (ކަބޯ)ގެ މައްޗަށް ކުރި ހޯދައިގެންނެވެ. ނަޖާހުއާ ވާދަކޮށް އޭނާ ޗެމްޕިއަންކަން ހޯދީ 4.43 ގެ ތަފާތަކުންނެވެ.

ފައިނަލުން ބަލިވި ނަޖާހު ވަނީ މީގެ ކުރިން މާޗު މަހުގެ ތެރޭގައި ގައްދޫގައި ބޭއްވި "ކަޅެގަލެކޮޑާ" މުބާރާތުގެ ފައިނަލުގައި ވެސް ވާދަކޮށްފައެވެ. އެ މުބާރާތުގެ ފައިނަލުގައި އޭނާ ވާދަކުރީ އިސްމާއީލް ރަޝީދު (ސްމައިލީ) އާއެވެ.

އިއްޔެ ހަވީރު މުލީގައި ކުރިއަށް ދިޔަ ފައިނަލުގައި އައްމަޑޭ ވަނީ ހަތް ރާޅުން ޖުމުލަ 13.67 ގެ ސްކޯއެއް ހޯދާފައެވެ. ނަޖާހު ވަނީ އަށް ރާޅުން ޖުމުލަ 9.24 ގެ ސްކޯއެއް ހޯދާފައެވެ. ނަޖާހުއަށް އެންމެ ގިނަ ޕޮއިންޓު ހޯދުނީ ތިން ވަނަ ރާޅުގައެވެ. އެ ރާޅުގައި އޭނާ ވަނީ 5.87 ސްކޯ ކޮށްފައެވެ.

މުބާރާތުގެ ޖޫނިއާ ބައިގެ ޗެމްޕިއަންކަން ހޯދީ މ.މުއްޔަށް ނިސްބަތްވާ ޝާނިފް ޝަފީގެވެ. ޖޫނިއާ ބައިގެ ޗެމްޕިއަންކަން އޭނާ ހޯދީ މ.މުލަކަށް ނިސްބަތްވާ ޖުމާން މުހައްމަދާ ވާދަކޮށެވެ. ސާނިފް ޗެމްޕިއަންކަން ހޯދީ 2.89 ގެ ސްކޯއަކުން ޖުމާނުގެ މައްޗަށް ކުރި ހޯދައިގެންނެވެ.

އިއްޔެ މެންދުރު ކުރިއަށް ދިޔަ ޖޫނިއާ ބައިގެ ފައިނަލްގައި ސާނިފް ވަނީ އަށް ރާޅުން 14.43 ސްކޯ ކޮށްފައެވެ. ސާނިފަށް އެންމެ ގިނައިން ސްކޯ ކުރެވުނީ ހަތް ވަނަ ރާޅުގައެވެ. އެއީ 7.50 ގެ ސްކޯއެކެވެ. ސާނިފާ ވާދަކުރި ޖުމާނަށް އަށް ރާޅުން ހޯދުނީ 11.54 ގެ ސްކޯއެކެވެ. ޖުމާނަށް އެންމެ ގިނައިން ސްކޯ ކުރެވުނީ ހަަތަރު ވަނަ ރާޅުގައެވެ. އެ ރާޅުގައި އޭނާ ހޯދީ 6.67 ގެ ސްކޯއެކެވެ.

މޯލްޑިވްސް ސާފިން އެސޯސިއޭޝަނުން ނިންމާފައިވަނީ ޤައުމީ ސާފް ލީގު މި އަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭއްވުމަށެވެ. އެގޮތުން ފަސް ސަރަހައްދެއްގައި މުބާރާތް ބާއްވަން ނިންމައި، ފުރަތަމަ މުބާރާތް ބޭއްވީ ގދ. ގައްދޫގައެވެ. މުލީގައި ކުރިއަށް ދިޔައީ ދެ ވަނަ މުބާރާތެވެ. ތިން ވަނަ މުބާރާތް ބޭއްވުމަށް ތާވަލްކޮށްފައި އޮތީ ޖުލައި 5-9 އަށް ރ.ކިނޮޅުހުގައެވެ. ހިންމަފުށީގައި ހަތަރު ވަނަ މުބާރާތް ކުރިއަށް ގެންދާނީ އޮކްޓޫބަރު 4-8 އަށެވެ. އަދި ފަސް ވަނަ މުބާރާތް ކުރިއަށް ގެންދާނީ މާލޭގައެވެ. ރަންނަމާރި ޗެލެންޖުގެ ނަމުގައި މާލޭގައި މުބާރާތް އޮންނާނީ ނޮވެމްބަރު 18-25 އަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތިންވަނަ އެމްބީއޭ ކަޕް: އަންހެން ބައިގެ ޗެމްޕިއަންކަން ސައިކްލޯން އިން ހޯދައިފި

ތިންވަނަ އެމްބީއޭ ކަޕް: އަންހެން ބައިގެ ޗެމްޕިއަންކަން ސައިކްލޯން އިން ހޯދައިފި

25 ފެބުރުއަރީ 2017
ފުޓްބޯލް ފިއެސްޓާ 2017: ގްރޭޑް 2 ގެ ޗެމްޕިއަންކަން ކަލާފާނަށް، ގްރޭޑް 3 ބިލަބޮންގަށް

ފުޓްބޯލް ފިއެސްޓާ 2017: ގްރޭޑް 2 ގެ ޗެމްޕިއަންކަން ކަލާފާނަށް، ގްރޭޑް 3 ބިލަބޮންގަށް

18 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ

ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ

02 ފެބުރުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް

ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް

22 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު