Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލަންކާގެ ދަރަނިތައް

ދަރަނިތައް ދައްކަން 1 މިލިއަން ޑޮލަރުވެސް ނެތް: ވިކްރަމަސިންގހަ

ވޯލްޑް ބޭންކްގެ ފަރާތުން 160 މިލިއަން އެމެރިކާ ޑޮލަރު ވަނީ ލިބިފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 18 މެއި 2022 | ބުދަ 17:48
ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގހަ

ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގހަ

ގައުމުގެ ދަރަނިތައް ދައްކަން އެއް މިލިއަން ޑޮލަރުވެސް ނެތް ކަމަށް ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގހަ ވިދާޅުވެއްޖެއެވެ.

ސްރީލަންކާއަށް ވޯލްޑް ބޭންކްގެ ފަރާތުން 160 މިލިއަން އެމެރިކާ ޑޮލަރުގެ ލިބިފައިވާކަން އާންމު ކުރައްވާ ބުދަ ދުވަހު ދެއްކެވެރި ވާހަކަފުޅުގައި ބޮޑުވަޒީރު ވިކްރަމަސިންގހަ ވަނީ މި ފައިސާ އިން އެގައުމަށް ބޭނުންވާ ތެލުގެ އިމްޕޯޓަށް ހަރަދު ނުކުރެވޭނެ ކަމަށް ފާހަގަކުރައްވާފައެވެ. އެހެން ނަމަވެސް މިފައިސާ އެކަމަށް ބޭނުން ކުރެވޭތޯ ވޯލްޑް ބޭންކާއެކު މަޝްވަރާކުރައްވާނެ ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.

ބޮޑުވަޒީރު ވިކްރަމަސިންގހަ ވަނީ އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) އިން ވެސް މިއަދަދާ ގާތްގަޑަކަށް އެއް އަދަދެއްގެ އެހީ ލިބޭނެ ކަމަށް ވިދާޅުވެފައެވެ.

ސްރީލަންކާގެ މަޖިލިސް މެމްބަރެއް ކަމަށްވާ ހަރްޝަ ޑި ސިލްވާ ވަނީ ބުދަ ދުވަހު އެގައުމު ހާޑް ޑިފޯލްޓަކަށް ދާނެކަން ފާހަގަކުރައްވާފައެވެ. މިއީ ސްރީލަންކާގެ ތާރީހުގައި މިގޮތަށް އެގައުމު ޑިފޯލްޓަކަށް ދިޔަ ފުރަތަމަ ފަހަރެވެ.

މިކަމާ ގުޅިގެން ބޮޑުވަޒީރު ވިކްރަމަސިންގހަ ވަނީ އަންނަ ހަފުތާގެ ތެރޭގައި އެގައުމުގެ ދަރަނިތައް ދައްކާނެ ގޮތުގެ ރިޕޯޓެއް ފޯރުކޮށްދޭނެ ކަމަށް ވިދާޅުވެފައެވެ. ބޮޑުވަޒީރު ވަނީ ބައެއް ދަރަނީގެ މައުލޫމާތުތައް ރަނގަޅަށް ލިބެން ނެތް ކަމަށާއި ބައެއް ދަރަނިތަކުގެ މައުލޫމާތު ގޯސްކަމަށް ވިދާޅުވެފައެވެ.

ބޮޑުވަޒީރު ވިކްރަމަސިންގހަ ވަނީ އެއް ބިލިއަން ޑޮލަރު ވިޔަސް 10 ބިލިއަން ޑޮލަރުވިއަސް، ދަރަނިތައް ދައްކަން އެއް މިލިއަން ޑޮލަރުވެސް މިހާރު ގައުމުގައި ނެތް ކަމަށް ވިދާޅުވެ، މިއީ މިހާރުގެ ގައުމުގެ ހާލަތު ކަމަށް ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

23 މެއި 2017

ގެމްބިއާގެ ކުރީގެ ރައީސް ޖަމޭހް ދައުލަތުން 50 މިލިއަން ޑޮލަރު ވަގަށް ނަގާފައިވޭ: ސަރުކާރު

23 މެއި 2017
ގެމްބިއާގެ ކުރީގެ ރައީސް ޖަމޭހް ދައުލަތުން 50 މިލިއަން ޑޮލަރު ވަގަށް ނަގާފައިވޭ: ސަރުކާރު
30 އެޕްރީލު 2017

ފާޑުކިޔަނީ ތެދުވެރިކަމެއް ނެތް މީޑިއާތަކުން: ޓްރަމްޕް

30 އެޕްރީލު 2017
ފާޑުކިޔަނީ ތެދުވެރިކަމެއް ނެތް މީޑިއާތަކުން: ޓްރަމްޕް
21 މާރިޗު 2017

ފޯންކޯލް އަޑުއެހިކަމުގެ ހެއްކެތް ނެތް:އެފްބީއައި

21 މާރިޗު 2017
ފޯންކޯލް އަޑުއެހިކަމުގެ ހެއްކެތް ނެތް:އެފްބީއައި
14 މާރިޗު 2017

ކުށެއް ނެތް ކަމަށް ނިމި ހުސްނީ މުބާރަކް މިނިވަން ވަނީ

14 މާރިޗު 2017
ކުށެއް ނެތް ކަމަށް ނިމި ހުސްނީ މުބާރަކް މިނިވަން ވަނީ
13 މާރިޗު 2017

ގުޅުމަށް ބުރޫ އެރުވުމުގެ އަގު ނެދަލޭންޑުން ދައްކަން ޖެހޭނެ:އޮރުދޮޣާން

13 މާރިޗު 2017
ގުޅުމަށް ބުރޫ އެރުވުމުގެ އަގު ނެދަލޭންޑުން ދައްކަން ޖެހޭނެ:އޮރުދޮޣާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު