Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގެވެށި އަނިޔާގެ މައްސަލަތައް

ގެވެށި އަނިޔާގެ ގޮތުގައި އެންމެ ގިނައީ ކައިވެނިކޮށްގެން ނުވަތަ އިނދެވަރިކޮށްފައި ތިބި މީހުންގެ މައްސަލަތައް

2022 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ޖުމްލަ 290 މީހުންނަށް ގެވެށި އަނިޔާ ލިބިފައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 12 މެއި 2022 | ބުރާސްފަތި 06:50
ބައެއް މައްސަލަތަކަކީ އެއް މުއައްސަސާއަށްވުރެ ގިނަ މުއައްސަސާއިން ހުށަހަޅާފައިވާ މައްސަލަތައް

ބައެއް މައްސަލަތަކަކީ އެއް މުއައްސަސާއަށްވުރެ ގިނަ މުއައްސަސާއިން ހުށަހަޅާފައިވާ މައްސަލަތައް

މިއަހަރުގެ ފުރަތަމަ ކުއާޓާގައި އެންމެ ގިނަ އަދަދަކަށް ގެވެށި އަނިޔާ ހިންގާފައިވަނީ ކައިވެނިކޮށްގެން ނުވަތަ އިނދެވަރިކޮށްފައި ތިބި މީހުންގެ ދެމެދުގައި ކަމަށް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ބުނެފިއެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓާގައި ގެވެށި އަނިޔާގެ 266 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. އެންމެ ގިނަ އަދަދަކަށް ގެވެށި އަނިޔާ ހިންގާފައިވަނީ ކައިވެނިކޮށްގެން ނުވަތަ އިނދެވަރިކޮށްފައި ތިބި މީހުންގެ ދެމެދުގައި ކަމަށްވާއިރު އެއީ 37.3 އިންސައްތަ މައްސަލައެވެ. އަދި ދެވަނައަށް އެންމެ ގިނަ އަދަދަކަށް ގެވެށި އަނިޔާ ހިންގާފައިވަނީ ނަސަބުގެ ގޮތުން ނުވަތަ ގާތްތިމާގެކަމުގެ ގޮތުން ނުވަތަ ކައިވެނީގެ ގޮތުން އާއިލީ ގުޅުމަކުން ގުޅިފައިވާ މީހުންގެ ދެމެދުގައެވެ. އެއީ 31.1 އިންސައްތަ މައްސަލައެވެ.

Advertisement - newsAdvertisement

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ބުނީ ބައެއް މައްސަލަތަކަކީ އެއް މުއައްސަސާއަށްވުރެ ގިނަ މުއައްސަސާއިން ހުށަހަޅާފައިވާ މައްސަލަތައް ކަމުން ފުރަތަމަ ކުއާޓާގައި 264 ރިފަރަލް ލިބިފައިވާ ކަމަށެވެ. އެގޮތުން އެންމެ ގިނަ ރިފަރަލް ހުށަހަޅާފައިވަނީ ފުލުހުން ކަމަށެވެ. އެއީ 148 ރިފަރަލްއެވެ. ޖެންޑަރ މިނިސްޓްރީ 102 ރިފަރަލް ލިބިފައިވާއިރު ސިއްޙީ ޚިދުމަތްތެރިންގެ ފަރާތުން 11 ރިފަރަލް ލިބިފައިވެއެވެ. އަދި 3 މައްސަލައެއް ސީދާ އޮތޯރިޓީއަށް ހުށަހަޅާފައިވެއެވެ. 66 އިންސައްތަ ރިފަރަލް ލިބިފައިވަނީ ގްރޭޓަރ މާލެ ރީޖަންގެ މުއްސަސާތަކުން ކަމަށް ވެސް ވަނީ ބުނެފައެވެ.

ފާއިތުވި ދެ އަހަރުގެ ފުރަތަމަ ކުއާޓާގައި ލިބުނު ރިފަރަލްތަކަށްވުރެން މި ކުއާޓާގައި ލިބުނުގެ ރިފަރަލްތަކުގެ އަދަދު ވަނީ އިތުރުވެފައެވެ. ފުރަތަމަ ކުއާޓާގައި ލިބުނު ރިފަރަލްތަކުގެ ތެރެއިން 53 އިންސައްތަ މައްސަލަތަކުގައި އަނިޔާގެ ހާދިސާ ހިނގާފައިވަނީ 2022 ވަނަ އަހަރުގެ ތެރޭގައެވެ. ބާކީ ހުރި 47 މައްސަލަތަކުގައި އަނިޔާގެ ހާދިސާ ހިނގާފައިވަނީ 2018 ވަނަ އަހަރާއި 2021 އަހަރުގައި ކަމަށް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ވަނީ ބުނެފައެވެ.

2022 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ޖުމްލަ 290 މީހުންނަށް ގެވެށި އަނިޔާ ލިބިފައިވާ ކަމަށް ވަނީ ރިޕޯޓް ކުރެވިފައެވެ. އޭގެތެރެއިން 18 އަހަރުން މަތީގެ 173 އަންހެނުން، 40 ފިރިހެނުން، އަދި 18 އަހަރުން ދަށުގެ 42 އަންހެންކުދިން އަދި 26 ފިރިހެންކުދިން އަދި ޖިންސުގެ މައުލޫމާތު ލިބިފައިނުވާ 8 ކުޑަކުދިންގެ ހިމެނެއެވެ. ގެވެށި އަނިޔާގެ އަމަލެއް ހިންގައިގެން ރިޕޯޓް ކުރެވުނު މީހުންގެ ޖުމްލަ އަދަދަކީ 257 އެކެވެ. މީގެ ތެރޭގައި 217 ފިރިހެނުން، 38 އަންހެނުން އަދި ޖިންސުގެ މައުލޫމާތު ލިބިފައިނުވާ 2 މީހުން ހިމެނެއެވެ.

2022 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގައި އެންމެ ގިނަ އަދަދަކަށް ހިނގާފައިވާ ކަމަށް ރިޕޯޓު ކުރެވިފައިވާ ގެވެށި އަނިޔާގެ އަމަލުތަކަކީ ނަފްސާނީ އަނިޔާ އަދި ބަހުގެ ހަމަލާގެ 182 ހާދިސާ، ޖިސްމާނީ އަނިޔާގެ 136 ހާދިސާ، އަދި ބިރުދެއްކުމުގެ 124 ހާދިސާއެވެ. މި ތިން ބާވަތުގެ އަނިޔާއަކީ ފާއިތުވި ތިން އަހަރުގެ ތެރޭގައި ވެސް އެންމެ ގިނަ އަދަދަކަށް ހިންގާފައިވާ ކަމަށް ރިޕޯޓް ކުރެވިފައިވާ ގެވެށި އަނިޔާގެ އަމަލުތައް ކަމަށް ވަނީ ބުނެފައެވެ.

ގެވެށި އަނިޔާފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

ގެވެށި އަނިޔާގެ މައްސަލަތައް އަވަހަށް ނިންމުން އެދި، ޕީޖީ އޮފީހުން ކޯޓަށް އޮޓޮމެޓިކުން ސިޓީއެއް ފޮނުވަނީ

ގެވެށި އަނިޔާގެ މައްސަލަތައް އަވަހަށް ނިންމުން އެދި، ޕީޖީ އޮފީހުން ކޯޓަށް އޮޓޮމެޓިކުން ސިޓީއެއް ފޮނުވަނީ

03 ފެބުރުއަރީ 2024
ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު ތަންފީކުރުމުގެ މަސްއޫލިއްޔަތު ކައުންސިލްތަކާ ހަވާލުކުރުމަށް ގަވާއިދެއް

ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު ތަންފީކުރުމުގެ މަސްއޫލިއްޔަތު ކައުންސިލްތަކާ ހަވާލުކުރުމަށް ގަވާއިދެއް

20 ސެޕްޓެމްބަރު 2023
އަނބިމީހާއަށް ގެވެށި އަނިޔާ ކުރި އިންޑިއާ މީހާ ބަންދުން ދޫކޮށްލައިފި

އަނބިމީހާއަށް ގެވެށި އަނިޔާ ކުރި އިންޑިއާ މީހާ ބަންދުން ދޫކޮށްލައިފި

28 މެއި 2023
މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ގެވެށިއަނިޔާގެ 57 މައްސަލަ އަދި ޖިންސީ ކުށްތަކުގެ 69 މައްސަލަ ތަހުގީގުކޮށްފައިވޭ

މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ގެވެށިއަނިޔާގެ 57 މައްސަލަ އަދި ޖިންސީ ކުށްތަކުގެ 69 މައްސަލަ ތަހުގީގުކޮށްފައިވޭ

20 މެއި 2023
ތުހުމަތެއް ކުރެވުނަސް ގެވެށި އަނިޔާ ރިޕޯޓު ކުރަން ޤާނޫނުގައި އޮވޭ

ތުހުމަތެއް ކުރެވުނަސް ގެވެށި އަނިޔާ ރިޕޯޓު ކުރަން ޤާނޫނުގައި އޮވޭ

13 ޑިސެމްބަރު 2022

އަހަރުތަކުން މިއަދު

1 ފެބުރުއަރީ
ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!
20242 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!

ރައީސާ ދެކޮޅަށް ލޭއޮހޮރުވުމަކަށް ދާން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި
20233 އަހަރު ކުރިން
ރާއްޖެ

ރައީސާ ދެކޮޅަށް ލޭއޮހޮރުވުމަކަށް ދާން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި

ފަރާ: ކުޅި، ފާ އަދި ޗަސްބިންތަކަށް އާދަޔާޚިލާފު ލޯތްބެއް
20224 އަހަރު ކުރިން
ރިޕޯޓު

ފަރާ: ކުޅި، ފާ އަދި ޗަސްބިންތަކަށް އާދަޔާޚިލާފު ލޯތްބެއް

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!
20215 އަހަރު ކުރިން
ރިޕޯޓު

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!
20197 އަހަރު ކުރިން
ރިޕޯޓު

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު