Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމިފްކޯ

މިފްކޯގެ "ޖަޒީރާ ރީފާރ" ވެސަލް އިން މަސް އެކްސްޕޯޓު ކުރަން ފަށައިފި

27 އެޕްރީލު 2022 | ބުދަ 12:02

މި ބޯޓު ދަތުރު ކުރަނީ ތައިލެންޑަށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 27 އެޕްރީލު 2022 | ބުދަ 12:02
މިފްކޯގެ ޖަޒީރާ ރީފާރ ވެސަލް

މިފްކޯގެ ޖަޒީރާ ރީފާރ ވެސަލް

މިފްކޯއަށް އަލަށް ގެނައި 2500 މެޓްރިކް ޓަނުގެ ރީފާރ ވެސަލް "ޖަޒީރާ ރީފާރ" އިން މަސް އެކްސްޕޯޓުކުރުމުގެ ފުރަތަމަ ދަތުރު 26 އެޕްރިލް 2022 ގައި ފަށައިފިއެވެ.

އީޔޫ އަދި އައިއޯޓީސީގެ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ މި ބޯޓު ދަތުރު ކުރަނީ ތައިލެންޑަށެވެ. މިފްކޯގެ އަމިއްލަ ބޯޓެއްގައި މަސް އެކްސްޕޯޓު ކުރެވެން އަލުން ފެށި ފެށުމަކީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އެ ކުންފުނިން ބުނެއެވެ. އެގޮތުން މި ބޯޓަކީ މަސް ގަތުމުގެ އޮޕަރޭޝަން ތަރައްގީ ކުރުމަށް ކުރެވިފައިވާ އިންވެސްޓްމަންޓެއް ކަމަށް ވެސް ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

އަބަދުވެސް މިފްކޯގެ އެންމެ ބޮޑު އަމާޒަކީ މަސް ގަނެވޭ މިންވަރު އިތުރުކޮށް އެ މަހަށް ދުނިޔޭގެ ބާޒާރުން ލިބޭ އެންމެ ރަނގަޅު އަގު ހޯދައިދީ އޭގެ މަންފާ ދިވެހި މަސްވެރިންނަށް ފޯރުކޮށްދިނުން ކަމަށާއި އެގޮތުން މި އަހަރުގެ މިހާތަނަށް 24،500 ޓަނުގެ މަސް ގަނެވިފައިވާއިރު މަސް އެކްޕޯޓުކުރަން ބޭރުން ޗާޓާރ ކޮށްގެން 7 ރީފާރ ވެސެލް ގެނެވިފައިވާ ކަމަށް މިފްކޯ އިން ބުނެއެވެ. ނަމަވެސް "ޖަޒީރާ ރީފަރ" ގެ ދަތުރާއެކު މިފްކޯއިން މަސް އެކްސްޕޯޓް ކުރުމަށް ކުރާ މަސައްކަތްތައް އަވަސް ކުރެވި ޚަރަދު ކުޑަކުރެވިގެން ދާނެއެވެ. މިފްކޯ ފްލީޓުގައި މި ބޯޓު ބޭނުން ކުރެވެނީ މަސް އެކްސްޕޯޓު ކުރުމަށާއި ސްޓޯރޭޖް އެއްގެ ގޮތުގައެވެ.

މިފްކޯއިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ މަސްވެރިކަމުގެ ސިނާއަތު ތަރައްގީ ކުރުމަށާއި މަސްވެރިންނަށް ދެވޭ ޚިދުމަތްތައް ފުޅާކޮށް އިތުރަށް ފަސޭހަ ކޮށްދިނުމަށްކަން ފާހަގަކޮށް މިފްކޯ އިން ބުނީ އިތުރު މާކެޓްތަކަށް މަސް އެކްސްޕޯޓު ކުރަމުންދާ ކަމަށެވެ.

ދެކުނުގެ މަސްވެރިކަން މީގެ ދެ މަހެއްހާ ދުވަސް ކުރިން ރަނގަޅުވި ގޮތަށް މަސްވެރިކަން އަދިވެސް އެއްވަރެއްގައި ދަނީ ހިފެހެއްޓެމުންނެވެ. މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅު ވެފައިވާ މި ދަނޑިވަޅުގައި މަސް ގަނޑުކުރާ ފެސިލިޓީ ތަރައްގީ ކުރުމުގެ މަޝްރޫއެއް ސަރުކާރުން ކުރިއަށް ގެންދާ ކަމަށް ވެެސް ބުންޏެވެ.

އަދި މިފްކޯގެ ސްޓޯރޭޖް ފެސިލިޓީތައް ތަރައްގީ ކުރުމަށް އިތުރު 9500 ޓަނުގެ ސްޓޯރޭޖް އެޅުމާއި ފެލިވަރު ކޭނަރީ އަޕްގްރޭޑް ކުރުމުގެ އިތުރުން މިފްކޯގެ މަސައްކަތްތައް ހަރުދަނާކޮށް ފެސިލިޓީތައް ގާއިމުކޮށްދިނުމަށްޓަކައި ސަރުކާރުން އެއްބާރުލުންދޭ ކަމަށް ވަނީ ފާހަގަކޮށްފައެވެ.

މިފްކޯ

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

21 އޮކްޓޯބަރު 2025

13 މިލިއަން ސިނގިރެޓުގެ ވައްކަމުގެ މައްސަލައިގައި މުއާޒު ކުށްކުރި ކަމަށް ބެލެވޭ މިންވަރަށް ހެކި ހުށަހަޅާފައިވޭ: ކޯޓު އަމުރު

21 އޮކްޓޯބަރު 2025
13 މިލިއަން ސިނގިރެޓުގެ ވައްކަމުގެ މައްސަލައިގައި މުއާޒު ކުށްކުރި ކަމަށް ބެލެވޭ މިންވަރަށް ހެކި ހުށަހަޅާފައިވޭ: ކޯޓު އަމުރު
15 އޮކްޓޯބަރު 2025

13 މިލިއަން ސިނގިރޭޓް ވަގަށް ނެގި މައްސަލައިގައި ކަސްޓަމްސްގެ މުވައްޒަފު ސަސްޕެންޑް ކޮށްފި

15 އޮކްޓޯބަރު 2025
13 މިލިއަން ސިނގިރޭޓް ވަގަށް ނެގި މައްސަލައިގައި ކަސްޓަމްސްގެ މުވައްޒަފު ސަސްޕެންޑް ކޮށްފި
15 އޮކްޓޯބަރު 2025

ސިނގިރޭޓް ވައްކަމާ ގުޅިގެން ހައްޔަރުކުރި މުއާޒް މަގާމުން ސަސްޕެންޑުކޮށްފި

15 އޮކްޓޯބަރު 2025
ސިނގިރޭޓް ވައްކަމާ ގުޅިގެން ހައްޔަރުކުރި މުއާޒް މަގާމުން ސަސްޕެންޑުކޮށްފި
30 ސެޕްޓެމްބަރު 2025

މަސްކިލޯއެއް ގަންނަ އަގު 20ރ. އަށް ބޮޑު ކުރާނެ ތާރީޚަކާއި ގުޅޭ މަޢުލޫމާތު ހޯދަން ކެއުޅުން މުއިއްޒު އާ ބައްދަލު ކޮށްފި

30 ސެޕްޓެމްބަރު 2025
މަސްކިލޯއެއް ގަންނަ އަގު 20ރ. އަށް ބޮޑު ކުރާނެ ތާރީޚަކާއި ގުޅޭ މަޢުލޫމާތު ހޯދަން ކެއުޅުން މުއިއްޒު އާ ބައްދަލު ކޮށްފި
27 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒުގެ ކެމްޕެއިނަށް ހަރަދުކުރި މިފްކޯގެ ބޯޑު މެމްބަރު ސަލާހުއަށް، އުސޫލުން ބޭރުން 19 މިލިއަންގެ މަސައްކަތް ދީފައިވާކަން އޮޑިޓުން ހާމަވެއްޖެ

27 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒުގެ ކެމްޕެއިނަށް ހަރަދުކުރި މިފްކޯގެ ބޯޑު މެމްބަރު ސަލާހުއަށް، އުސޫލުން ބޭރުން 19 މިލިއަންގެ މަސައްކަތް ދީފައިވާކަން އޮޑިޓުން ހާމަވެއްޖެ
22 ސެޕްޓެމްބަރު 2025

މަސް ގަންނަ އަގު 20ރ އަށް ބޮޑުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވެއްޖެ

22 ސެޕްޓެމްބަރު 2025
މަސް ގަންނަ އަގު 20ރ އަށް ބޮޑުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވެއްޖެ
07 ސެޕްޓެމްބަރު 2025

ސްޓެލްކޯގެ އެމްޑީގެ މަގާމުން ފަހުމީ ވަކިކޮށް، އެމަގާމަށް ޝަމާހު އައްޔަނުކޮށްފި

07 ސެޕްޓެމްބަރު 2025
ސްޓެލްކޯގެ އެމްޑީގެ މަގާމުން ފަހުމީ ވަކިކޮށް، އެމަގާމަށް ޝަމާހު އައްޔަނުކޮށްފި
19 އޯގަސްޓު 2025

ތުޅާދޫ މަސްވެރިންގެ މުޒާހަރާ ހުއްޓުވާލީ، މަސްވެރިންގެ އަތުން މެމްބަރު ހަންނާނު ބޮޑު އަގުގައި މަސްގަނެގެން

19 އޯގަސްޓު 2025
ތުޅާދޫ މަސްވެރިންގެ މުޒާހަރާ ހުއްޓުވާލީ، މަސްވެރިންގެ އަތުން މެމްބަރު ހަންނާނު ބޮޑު އަގުގައި މަސްގަނެގެން
08 ޖުލައި 2025

"2 ޓަނަށް ވުރެ ގިނަ މަސް ކަނޑަށް އަޅާލުމުގެ ކުރިން ކެޕްޓަން ކައިރީ ކަލާކޮއްޓަކައި ގޮވައި ރޮއި އާދޭސް ކުރިން"

08 ޖުލައި 2025
"2 ޓަނަށް ވުރެ ގިނަ މަސް ކަނޑަށް އަޅާލުމުގެ ކުރިން ކެޕްޓަން ކައިރީ ކަލާކޮއްޓަކައި ގޮވައި ރޮއި އާދޭސް ކުރިން"
02 ޖުލައި 2025

ބޮޑު ކަންނެލި މަސްވެރިން ބާނާ މަސް ކިރޭނެ ގޮތެއް ނުވުމުން މަޖިލީހަށް ކުއްލި މައްސަލައެއް

02 ޖުލައި 2025
ބޮޑު ކަންނެލި މަސްވެރިން ބާނާ މަސް ކިރޭނެ ގޮތެއް ނުވުމުން މަޖިލީހަށް ކުއްލި މައްސަލައެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް