Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ކޮލަމް
ފަންވަތް ކޮލަމް

ދޮގެކެވެ. ރަސްމީ ތައުލީމަށް މިވީ 95 އަހަރެއް ނޫނެވެ.

ދިވެހިރާއްޖޭގެ ރަސްމީ ތައުލީމުގެ ނިޒާމަކީ ވަރަށް ދުވަސްވީ ނިޒާމެއް

އިމާދު ލަތީފް
އިމާދު ލަތީފް, ރާއްޖެ އެމްވީ | 20 އެޕްރީލު 2022 | ބުދަ 18:43
މަޖީދިއްޔާ ސްކޫލަށް 95 އަހަރު ފުރުމުގެ ހަފުލާގައި އެޑިއުކޭޝަން މިނިސްޓަރާއި އެ މިނިސްޓްރީގެ އިސް ބައެއް ވެރިން

މަޖީދިއްޔާ ސްކޫލަށް 95 އަހަރު ފުރުމުގެ ހަފުލާގައި އެޑިއުކޭޝަން މިނިސްޓަރާއި އެ މިނިސްޓްރީގެ އިސް ބައެއް ވެރިން

ދިވެހި ދައުލަތަކީ އިއްޔެއަކު މިއަދަކު އުފަންވި އައު ދައުލަތެއް ނޫނެވެ. މިރާއްޖޭގައި މީހުން ދިރިއުޅެން ފެށިތާ އެތައް ހާސް އަހަރެއް ވެއްޖެއެވެ. އަމިއްލަ މުސްތަގިއްލު ވެރިކަމެއް ކުރަމުންދާތާވެސް އެތައް ހާސް އަހަރެއް ވެއްޖެއެވެ. މީގެ ތެރެއިން އެންމެ ފަހު ހާސް އަހަރުގެ ތެރޭގައި ހިނގާފައިވާ ބޮޑެތި ކަންކަމަށް އަލިއެޅިގެންދާ ތާރީޚެއްވެސް ލިޔެވިފައި އެބައޮތެވެ. ވެރިކަމުގެ ތާރީޚެވެ. ރަސްރަސްކަލުންގެ ތާރީޚެވެ. ތައުލީމު ފެތުރުމުގެ ތާރީޚެވެ. މިހެންގޮސް ތަފާތު ކަންކަމާއި ގުޅޭ ތާރީޚެވެ. މިކަން މިހެން އޮތަސް ހިތާމަކުރަން ޖެހިފައިވާ ކަމަކީ އެކި ތަންތަނާއި އެކި ކަންކަމުގެ އަހަރީ ދުވަސް ފާހަގަކުރަމުންދާއިރު ތާރީޚަކީ އެބަޔަކު ހިތާވާ ގޮތަކަށް މޮޑޭ ފުށްގަނޑަކަށް ހެދުމުގެ އާދަ ގެންގުޅެވޭ ކަމެވެ. މަޖީދިއްޔާ ސްކޫލްގެ 95 ވަނަ އަހަރީ ދުވަހުގެ ހަފުލާއިންވެސް މިކަން ވަނީ ފެނިގެންގޮސްފައެވެ.

މަޖީދިއްޔާ ސްކޫލަށް ފުރުނީ 95 އަހަރު ކަމަށް ވެދާނެއެވެ. އޭގެ މާނަޔަކީ ދިވެހިރާއްޖޭގެ ތައުލީމީ ނިޒާމަށް އެންމެ 95 އަހަރު ވުމެއް ނޫނެވެ. ދިވެހިރާއްޖޭގެ އިލްމީ ސަނަދުގެ ތާރީޚަކީ އެއަށްވުރެ މާދިގު އެއްޗެކެވެ. ނެތިގެން އުޅޭ އެއްޗަކީ ދިވެހި ތައުލީމުގެ އެކިއެކި ޒަމާނުގެ ބޮޅުބޮޅު ގުޅުވައިލުމުގެ ބޭނުންތެރިކަން ވިސްނައި އެކަންކުރުމުގެ ފިކުރެވެ. އެޑިއުކޭޝަން މިނިސްޓްރީގައި ވެސް އެފިކުރު ނެތީއެވެ. ހެރިޓޭޖް މިނިސްޓްރީގައި ވެސް އެފިކުރު ނެތީއެވެ. ތާރީޚުން ހިރަފުސް ފޮޅައި ކަންކަން ބެލުމުގެ އާދަ ނެތީއެވެ. އެހެންވީމާ އެބަޔަކު ހިތާވާ ހިސާބަކުން ފަށައި ބޭނުންވާ ހިސާބަކުން ނިންމައިލާން ފަސްޖެހުމެއް ނެތެއެވެ. ރާއްޖޭގެ ރަސްމީ ތައުލީމުގެ ފެށުމަކީ މީގެ 95 އަހަރު ކުރިން މަޖީދިއްޔާއެކޭ ބުނެ އަޑަށް ބާރުލައިފައި އެގޮވަނީ މިހެންވެގެންނެވެ.

ރަސްމީ ތައުލީމަކީ ކޮބައިބާވައެވެ؟ ރަސްމީ ތައުލީމަކީ ވަކިބާވަތެއްގެ ޔުނިފޯމް އަޅައިގެން ވަކި ކަހަލަ ދަބަހެއް ހިފައިގެން ވަކި ކަހަލަ އިމާރާތަކަށް ދިއުން ބާވައެވެ. ތާރީޚު ފެށެނީ ތިމާމެންގެ ހަނދާން ހުންނަ ހިސާބަކުން ކަމަށް ބަލައި ސަނާކިޔާން ބޭނުންވާ މީހެއްގެ ފުރާޅުގެ ދަށަށް ތާރީޚުގެ ފޫޅުކަނޑައިލުމަކީ ދެރަ ކަމެކެވެ. ދިވެހި ހަޟާރަތާއި ދިވެހި ގައުމިއްޔަތަށް އެތައް ހާސް އަހަރެއް ވެއްޖެޔޭ ބުނެ ފަޚުރުވެރިވެފައި މިރާއްޖޭގެ ރަސްމީ ތައުލީމުގެ ނިޒާމަށް މިވީ އަދި އެންމެ 95 އަހަރޭ ބުނުމަކީ ހަގީގަތުގައި ވަރަށް ލަދުވެތި ކަމެކެވެ. އެންމެ އެވޭލާ ޒަމާނުއްސުރެ މިރާއްޖޭގައި ބޮޑެތި ބޮޑެތި އާލިމުން ތިއްބެވި ކަމަށް އިއުތިރާފު އެބަވަމުއެވެ. އެބޭފުޅުންގެ ނަމުގެ ކުރިޔަށާއި ފަހަތަށް އަލްކަބީރާއި އަލް އައްލާމާޔާއި އަލްގާޒީޔާއި މިހެންގޮސް އެތައް ލަގަބެއް މިތިބީ ލައިގެންނެވެ.

އެކިއެކި މަދަރުސާތަކަށް ޖަމާލުއްދީނޭ، ތާޖުއްދީނޭ ކިޔައި ދިވެހި އާލިމުން ޝަރަފުވެރިކުރާން ބޭނުންކަން ފާޅުކުރާއިރު ދެން މިބުނެވެނީ އެފަދަ އާލިމުންނަކީ އާލިމުން ނޫންކަމުގައެވެ. އެބޭފުޅުން ކިޔެވި ތަނެއްނެތޭ، މިގައުމުގައި އިލްމު ފަތުރާން ފެށުނީ ރަސްމީ ސިފައެއްގައި މީގެ އެންމެ 95 އަހަރު ކުރީންނޭ ބުނުމުގެ މާނަޔަކީ އެވޭލާ ޒަމާނުގެ އާލިމުން ކިޔެވި ތަނެއް ނެތްފަދައިން ކިޔެވި އެެއްޗެއްވެސް ނެތް ކަމަށް އިއުތިރާފުވުމެކެވެ. މިއީ ވަރަށް ލަދުކަމެކެވެ. ޚާއްސަކޮށް ތިމަންނާ ޕީއެޗްޑީ ހެދީ ރާއްޖޭގެ އިލްމީ ސަނަދުގެ ތާރީޚުގެ މައްޗަށް ބޮޑު ދިރާސާތަކެއް ހަދައި އޭގެ މައްޗަށް ތީސިސް ލިޔެގެންނޭ ބުނާ މީހުންގެ ދުލުން ދިވެހިރާއްޖޭގެ ރަސްމީ ތައުލީމަށް މިވީ އެންމެ 95 އަހަރު ކަމަށް ބުނުމަކީ ލަދުގެ ކޮޅުނެތްކޮޅެވެ. ހިތާމައިގެ ކޮޅުނެތްކޮޅެވެ.

ދިވެހިރާއްޖޭގައި 1932 ވަނަ އަހަރު އަލަށް ގާނޫނުއަސާސީއެއް ލިޔެ އޭގެ ދަށުން ތައުލީމާއި ބެހޭ ވުޒާރާއެއް އުފައްދައި ތައުލީމުދޭ ތަންތަން ރަޖިސްޓްރީ ކުރާން ފެށިފެށުމަކީ ރަސްމީ ތައުލީމުގެ ފެށުމެއް ނޫނެވެ. އެއީ ރަސްމީ ތައުލީމަށް އިތުރުވި ބޮޅެކެވެ. ބަގީޗާގޭ ފެންޑާގައި ސަލާހިއްޔާގެ ނަމުގައި ހުސައިން ސަލާހުއްދީނު ހިންގެވި މަކުތަބެއް އެތަނުން ލުއްސާލައިގެން ގެންގޮސް ފަނޑިޔާރުގޭ ގޯތިތެރޭގައި ބަހައްޓައި ސަނިއްޔާއެކޭ ކިޔަައި އޭގެ ދުވަސްކޮޅެއް ފަހުން މަޖީދިއްޔާއެކޭ ކިޔައި މުޅި ނިޒާމުގައި ސިޔާސީ ކުލަޖެއްސި ޖެއްސުމަކީ ދިވެހިރާއްޖޭގެ ރަސްމީ ތައުލީމުގެ ފެށުމެއް ނޫނެވެ. އެއީ ތާރީޚު އޮޅުވައިލުމެކެވެ. އާނއެކެވެ. ވަރަށް ބޮޑު އޮޅުވައިލުމެކެވެ. މިކަންކަމަކީ އިލްމީ ތާރީޚަށް އިތުރުވި ބޮޅުބޮޅެވެ. ހިނގަމުން އައި ސިލްސިލާޔަކަށް ކަންކަން އިތުރުވުމެކެވެ.

ކަންކަމުގައި ރަސްމީ ކުލަޖެހެނީ ދައުލަތުގެ ފަރާތުން އެކުލަ ޖައްސަވައިގެން ކަމުގައި ވަނީވިއްޔާ މީގެ 350 އަހަރު ކުރިން އިސްކަންދަރު އައްވަލުގެ ދައުރުގައި ދައުލަތުން އެކި އާލިމުންނަށް މުސާރަ ދެއްވައިގެން މާލޭ ހުކުރު މިސްކިތުގައި ފެއްޓެވި މަދަރުސާ ފެތެނީ ކޮން ގިންތިޔަކަށް ބާވައެވެ؟ އަދި އެއަށްވުރެވެސް ކުރިޔަށް ޖެހިލާނަމެވެ. ދިވެހި ގައުމިއްޔަތުގެ ބާނީކަމަށް އެންމެންވެސް އެއްބަސްވާ އުތީމު ބޮޑު ތަކުރުފާނުގެ ދައުރުގައި އެތަކުރުފާނު ހުއްދަ ދެއްވައިގެން އަދި ވަސީލަތްތައް ތަނަވަސްކޮށް ދެއްވައިގެން މީގެ 450 އަހަރު ކުރިން ވާދޫ ދަންނަކަލޭގެފާނު ހުވަދުއަތޮޅު ވާދޫގައި ފެއްޓެވި ތައުލީމީ މުއައްސަސާ ފެތެނީ ކޮން ގިންތިޔަކަށް ބާވައެވެ؟ އެކަން ރަސްމީ ކަމަކަށް ނުވަންޏާ ދެން ރަސްމީ ވަނީ ހަމައެކަނި ހުރަވީން ކުރި ކަންކަންބާވައެވެ.

ނޫނެކެވެ. އެކަން އެހެނަކުން ނުވާނެއެވެ. ނުވެސް ހެދޭނެއެވެ. ހުކުރު މިސްކިތުގައި އިސްކަންދަރު ރަސްގެފާނު ފެއްޓެވި މަދަރުސާޔަކީ ވާދޫ ދަންނަކަލޭގެފާނު ވާދޫގައި ފެއްޓެވި މަދަރުސާގެ ގޮތްޕެކެވެ. އެއީ ސިލްސިލާއަކަށް ގެތިގެން އެމުނިގެން ދިޔަ ބޮޅެކެވެ. ރާއްޖޭގެ ދެކުނުގައި އެސިލްސިލާ އައީ ދެމެމުންނެވެ. އެ ސިލްސިލާގެ ތެރެއިން ދަސްވެނިވި ކިތަންމެ ބަޔަކު ދިވެހިރާއްޖޭގެ ބޮޑެތި ބޮޑެތި އާލިމުންގެ ތެރޭގައި ހިމެނެއެވެ. ކިޔަވައިދިނީ ހަމައެކަނި ދީނެއް ނޫނެވެ. ދުނިޔަވީ އިލްމަށްވެސް އެތައް ބައެއްގެ ލޯ ހުޅުވައިދީފައިވެއެވެ. މިގޮތަށް ދެމިގެން އައި އެއް މަދަރުސާ 2019 ވަނަ އަހަރު އެޑިއުކޭޝަން މިނިސްޓްރީން ވަނީ އުވާލައިފައެވެ. މިޒަމާނުގެ ތައުލީމަކީ ފުރޭ އަހަރަކަށް ރިއާޔަތް ކުރަން ނުޖެހޭ ތައުލީމެއް ކަމަށް ބުނެފައެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް

ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް

29 ސެޕްޓެމްބަރު 2025
ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ

ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ

10 ޖުލައި 2025
ކެންދޫ ސްކޫލުގެ ޕްރިންސިޕަލް އުކުޅަހަށް ބަދަލުކުރާތި ބެލެނިވެރިން ނުކުމެ އިހުތިޖާޖުކުރަން ފަށައިފި

ކެންދޫ ސްކޫލުގެ ޕްރިންސިޕަލް އުކުޅަހަށް ބަދަލުކުރާތި ބެލެނިވެރިން ނުކުމެ އިހުތިޖާޖުކުރަން ފަށައިފި

30 ޖޫން 2025
އެއް ދަންފަޅި އަށް ކިޔެވުން ބަދަލު ނުކުރެވިގެން އުޅެނީ ކުރީ ސަރުކާރުން އެކަށީގެންވާ މިންވަރަށް ސްކޫލު އަޅާފައި ނެތުމުން: އެޑިޔުކޭޝަން

އެއް ދަންފަޅި އަށް ކިޔެވުން ބަދަލު ނުކުރެވިގެން އުޅެނީ ކުރީ ސަރުކާރުން އެކަށީގެންވާ މިންވަރަށް ސްކޫލު އަޅާފައި ނެތުމުން: އެޑިޔުކޭޝަން

30 ޖޫން 2025
ސްކޫލަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

ސްކޫލަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

06 މެއި 2025

އަހަރުތަކުން މިއަދު

30 މާރިޗު
މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟
20251 އަހަރު ކުރިން
ރިޕޯޓު

މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް
20242 އަހަރު ކުރިން
ރިޕޯޓު

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!
20233 އަހަރު ކުރިން
ރިޕޯޓު

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި
20224 އަހަރު ކުރިން
މީހުން

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް
20215 އަހަރު ކުރިން
ރާއްޖެ

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟
20197 އަހަރު ކުރިން
އިސްލާމް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު