Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމް
ވަކީލުކުރުން

ދިމާވާ ކަންކަމާއި ވަކީލުކޮށް އިޖާބީ ވިސްނުމެއްގައި ވިސްނަންޖެހޭ

މާތްﷲ އެއްވެސް ނަފްސަކަށް އެ ނަފްސަކަށް ކުޅަދާނަވެގެންވާ ކަމަކަށް މެނުވީ ތަކުލީފް ނުޖައްސަވާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 20 އެޕްރީލު 2022 | ބުދަ 12:53
އިސްލާމީ ޝަރީޢަތަކީ އެންމެހާ ކަންތައްތައް އެންމެ ފުރިހަމަގޮތުގައި ބާވައިލެއްވިގެންވާ ޝަރީޢަތް

އިސްލާމީ ޝަރީޢަތަކީ އެންމެހާ ކަންތައްތައް އެންމެ ފުރިހަމަގޮތުގައި ބާވައިލެއްވިގެންވާ ޝަރީޢަތް

މި ދުނިޔޭގެ ޙަޔާތް ވޭތުކުރަމުންދާއިރު ތަފާތު ކަންތައްތަކާއި ދިމާވާނެއެވެ. އަދި އެފަދަކަންތަކާއި ވަކީލުކޮށް އިޖާބީ ވިސްނުމެއްގައި ވިސްނަންޖެހެއެވެ. ދިރިއުޅުމުގައި ތިމާ ހިތްހަމަނުޖެހޭ އެތައްކަމެއް ކުރިމަތިވާނެއެވެ. ވަރަށް ގިނަ ދަތިތަކާއި ގޮންޖެހުންތަކާއި ދިމާވާނެއެވެ. އެފަދަ ކަންތައްތަކާއި ކުރިމަތިލާންޖެހޭނެ ގޮތްތައް އިސްލާމްދީނުގައި ބަޔާންކޮށްދެއްވާފައިވެއެވެ. މިފަދަ ކަންތައް ތަޙައްމަލް ކުރާނެ އަދި މުޢާމަލާތުކުރާނެގޮތް ބަޔާންކޮށްދީފައިވަނީ އިސްލާމްދީނުގައާއި، އިސްލާމީ ޝަރީޢަތުގައެވެ. މާތް ނަބިއްޔާ މުޙައްމަދު ﷺ ގެ އެންމެހާ ކަންތައްތަކާއި ޙަޔާތްޕުޅަކީވެސް އަޅުގަނޑުމެންނަށް ނަމޫނާއެކެވެ.

އެހެންކަމުން އިސްލާމީ ޝަރީޢަތަކީ އެންމެހާ ކަންތައްތައް އެންމެ ފުރިހަމަގޮތުގައި ބާވައިލެއްވިގެންވާ ޝަރީޢަތެވެ. ދިރިއުޅުމުގެ ހުރިހާ ކަމެއްގައި ޢަމަލުތައް ބަހައްޓާނެގޮތާއި މުޢާމަލާތުކުރާނެގޮތް އިސްލާމީ ޝަރީޢަތުގައި ބަޔާންކޮށްފައިވެއެވެ. އިސްލާމީ ޝަރީޢަތަކީ ހުރިހާ ޒަމާނަކަށް ފެތޭ ފުރިހަމަވެގެންވާ ޝަރީޢަތެކެވެ. އިންސާނާގެ ވިސްނުމާއި ފިކުރުގެ ނަމޫނާ ތަރުބިއްޔަތަށް މަގުދެއްކެވީ އިސްލާމްދީންކަން ކަށަވަރެވެ.

މުސީބާތްތަކާއި މިފަދަ އިމްތިޙާންތައް ކުރިމަތިވުމުން އެކަންކަމަށް ޢަމަލުތައް ބަހައްޓާނެ ގޮތްތައްވެސް އިސްލާމްދީނުގައި ފުރިހަމައަށް ކިޔައިދެއްވާފައިވެއެވެ. ހެޔޮމިންވަރާއި ނުބައި މިންވަރަށް އީމާންވެ، އަބަދުވެސް މާތްﷲއަށް ފުރިހަމައަށް ޔަޤީންކަން ބޭއްވުމަށާއި މާތްﷲއާ މެދު އެއްވެސް ޙާލެއްގައި ނުބައިކޮށް ހީނުކުރުމަށް އޮވެއެވެ. ﷲ ތަޢާލާ އަޅުގަނޑުމެންނަށް މިންވަރުކުރައްވާ ކޮންމެ ކަމަކަށް ރަނގަޅުގޮތުގައި ވިސްނަންޖެހޭނެއެވެ. އަދި ދިރިއުޅުމުގައި ކަމެއް ކުރިމަތިވުމުން އެކަމަކީ ހިތްހަމަ ނުޖެހޭކަމެއްކަމަށްވިޔަސް އެކަން ހެޔޮގޮތުގައި ބަލައިގަނެ ހެޔޮކޮށް ވިސްނަން ޖެހޭނެއެވެ.

ކޮންމެ ހާލެއްގައިވެސް މާތްﷲއަށް ވަކީލުކުރުމަކީ އުންމަތުގެ ނަބިއްޔާ މުޙައްމަދު ﷺ ގެ އަރިހުން ފެނުނު އެންމެ ބޮޑު ނަމޫނާއެވެ. އެއްވެސް ޙާލެއްގައި މާތްﷲ ގެ ރަޙްމަތުން އުންމީދުކަނޑާލައިގެން ނުވާނެއެވެ. އެއްވެސް އިމްތިޙާނެއް ކުރިމަތިވެއްޖެނަމަ އެކަމެއްގައި ހުރި އީޖާބީ ކަންކަމަށް ބެލުމުގެ މުހިންމުކަން ވިސްނާލާ. ނޭދެވޭ ކަންކަމާއިމެދު ނުވިސްނުން މުހިންމެވެ. ރަސޫލާ ﷺ ކޮންމެ ކަމެއްގައިވެސް ގެންގުޅުއްވީ އީޖާބީ ވިސްނުފުޅެވެ. ކީރިތި ޤުރުއާނުގައި ކޮންމެ އުނދަގޫ ކަމަކާއެކު ފަސޭހަކަމެއްވާކަން ބަޔާންކުރައްވާފައިވެއެވެ.

މާތްﷲ އެއްވެސް ނަފްސަކަށް އެ ނަފްސަކަށް ކުޅަދާނަވެގެންވާ ކަމަކަށް މެނުވީ ތަކުލީފް ނުޖައްސަވާކަމަށް ޤުރުއާނުގައި ބަޔާންކުރައްވާފައިވެއެވެ.

އިސްލާމް ދީންމިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްރަމަޟާން 1443ރަމަޟާން

ކޮމެންޓް

އިތުރަށް ކިޔާލަން

އަމިއްލަ ފަރާތްތަކުން އަޅާ މިސްކިތްތަކުގެ މަސައްކަތް އަވަހަށް ނިންމުމަށް އާ ސިޔާސަތުތަކެއް ކަނޑައަޅައިފި

އަމިއްލަ ފަރާތްތަކުން އަޅާ މިސްކިތްތަކުގެ މަސައްކަތް އަވަހަށް ނިންމުމަށް އާ ސިޔާސަތުތަކެއް ކަނޑައަޅައިފި

10 ސެޕްޓެމްބަރު 2025
ސައުދީ ސަރުކާރުން ރާއްޖެއަށް 25،000 މުސްހަފް ހަދިޔާކޮށްފި

ސައުދީ ސަރުކާރުން ރާއްޖެއަށް 25،000 މުސްހަފް ހަދިޔާކޮށްފި

19 އެޕްރީލު 2025
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 2،500 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަން ހަވާލުކޮށްފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 2،500 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަން ހަވާލުކޮށްފި

16 އެޕްރީލު 2025
މިއަހަރުގެ ރަމަޟާންމަހުގެ ފިޠުރު ޒަކާތް ބަލައިގަންނަން ފަށައިފި

މިއަހަރުގެ ރަމަޟާންމަހުގެ ފިޠުރު ޒަކާތް ބަލައިގަންނަން ފަށައިފި

01 މާރިޗު 2025
ހުއްދަ ނެގުމަކާއިނުލާ އުމްރާއަށް ގެންދާ ފަރާތްތައް ބައިމިލިއަން ރުފިޔާއާއި ހަމައަށް ޖޫރިމަނާ

ހުއްދަ ނެގުމަކާއިނުލާ އުމްރާއަށް ގެންދާ ފަރާތްތައް ބައިމިލިއަން ރުފިޔާއާއި ހަމައަށް ޖޫރިމަނާ

10 އޮކްޓޯބަރު 2024

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު