Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަމަޟާން މަހުގެ ފަހުދިހައިގެ މާތްކަން

ލައިލަތުލް ޤަދްރި ވިލޭރޭގެ މާތްކަން ލިބިގަންނަން މަސައްކަތްކުރޭ: ޚުތުބާ

15 އެޕްރީލު 2022 | ހުކުރު 08:43

ލައިލަތުލް ޤަދްރި ވިލޭރޭގެ މާތްކަން އެއްހާސް މައްސަރަށްވުރެ ބޮޑު

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 15 އެޕްރީލު 2022 | ހުކުރު 08:43
ޚުތުބާ

ޚުތުބާ

އެބައެއްގެ ހާލަތާއި ސިއްހަތު ތަންދިން އެންމެ މަތީ މިންވަރަކަށް ރަމަޟާން މަހުގެ ފަހު ދިހައިގެ ރޭތަށް އަޅުކަމުގައި ހޭދަކުރެވޭތޯ ގަދައަޅައި މަސައްކަތްކުރުމަސް ހުކުރު ޚުތުބާގައި ނަސޭހަތްތެރިވެއްޖެއެވެ.

"ރަމަޟާން މަހުގެ ފަހުދިހައިގެ މާތްކަން" މި މައުޟޫއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ޚުތުބާގައި ބުނީ މުސްލިމުން ވޭތުކުރަމުންމިދާ ރަހުމަތާއި ބަރަކާތުން ފުރިގެންވާ ރަމަޟާން މަހުގެ ކޮންމެ ރެއެއްގައިވެސް އެކަލާނގެ އަޅުތަކުންގެ ތެރެއިން ގިނަ ބަޔަކު ނަރަކައިން މިންޖުކުރައްވާނެ ކަމުގައި ރިވާވެގެންވާ ކަމަށެވެ.

Advertisement - newsAdvertisement

ކީރިތި ރަސޫލާ މުހައްމަދު ﷺ މުޅި އަހަރުގެ އެހެން ވަގުތުތަކުގައި، އަޅުކަމުގައި މަޝްއޫލުވެވަޑައިނުގަންނަވާ މިންވަރަށް، ފަހު ދިހައިގެ ރޭތަކުގައި އަޅުކަމާއިގެން މަޝްއޫލުވެވަޑައިގަންނަވައެވެ. އެހެންކަމުން މި ރޭތަކުގެ ބަރަކާތާއި ދަރުމަ ލިބިގަތުމަށް މަސައްކަތްކުރުމަށް ޚުތުބާގައި ނަސޭހަތްތެރިވެފައިވެއެވެ.

މާތްﷲގެ އޯގާވަންތަކަމުން މުސްލިމުންނަށްޓަކައި ރަމަޟާން މަހުގެ ފަހުދިހައިގެ ރޭތަކުގައި ބަރަކާތުން ފުރިގެންވާ ރެއެއް ލައްވާފައިވާކަމަށާއި، އެއީ ލައިލަތުލް ޤަދްރި ވިލޭރޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އެރެއެއްގެ މަތިވެރިކަން އެއްހާސް މައްސަރަށްވުރެ މާތްކުރައްވާފައިވާކަމަށާއި، އެއީ 83 އަހަރު ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި އެރޭ އަޅުކަމުގައި ދެމިތިބި ކޮންމެ ބަޔަކަށް ފާފަފުއްސެވުމަށް އެދި މަލާއިކަތުން ދުއާކުރައްވާނެ ކަމަށް މާތް ﷲ ވަހީކުރައްވާފައިވެއެވެ.

މުޅި ކާއިނާތުގެ އެންމެހާ ކަމެއް ﷲ ތައާލާ ވަނީ ލިޔުއްވާފައެވެ. އެހެންނަމަވެސް ކުރިއަށް އޮތް އަހަރުގައި ހިނގާނެ އެންމެހައި ކަމެއް ލައިލަތުލް ޤަދްރި ވިލޭރޭ ކަނޑައަޅުއްވާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. ޚުތުބާގައި ބުނީ އެރެއަކީ މީސްތަކުންގެ ރިޒްގާއި، އުފަންވުމާއި، ދިރިހުރުމާއި މަރުވުންފަދަ އެންމެހާ ކަންކަން ބަޔާންކުރެވޭނެ ރޭ ކަމަށެވެ.

ލައިލަތުލް ޤަދްރި ވިލޭރޭ ހުރިހާ ނިޔާއެއް ކަނޑައަޅުއްވާއިރު، އެރޭ މާތް ﷲ ރުއްސަވާވޮޑިގެންވާ ހެޔޮ އަމަލެއްގައިވުމަށް ޚުތުބާގައި ނަސޭހަތްތެރިވެފައިވެއެވެ. އެރޭ ﷲ އަސް މުނާޖާ ދަންނަވައި ދުނިޔެއާއި އާޚިރަތުގައި ހެވަށް އެދި ދުއާ ކުރުމުގައި ތިބޭ މީހުންގެ ތެރެއިން ވުމަށް ޚުތުބާގައި ގޮވާލާފައިވެއެވެ.

އެންމެ އެދެވިގެންވާ ގޮތަށް ރަމަޟާން މަހުގެ ދުވަސްތައް ހޭދަނުކުރެވުނަސް ލައިލަތުލް ޤަދްރި ވިލޭރޭ ލިބިގެންފި މީހަކަށް އެލިބުނީ އެމީހެއްގެ ހަޔާތުގައި ލިބޭނެ އެންމެ މަތިވެރި ހެޔޮކަމާއި ނަސީބު ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އެރޭ މާތް ﷲގެ ހަޒްރަތުން ސަވާބާއި ދަރުމައަށް އެދިގެން އަޅުކަން ކޮށްފި މީހާއަށް އޭނާގެ އިސްވެދިޔަ ހުރިހާ ފާފައެއް ފުއްސަވާނެ ކަމުގެ އުފާވެރި ޚަބަރު ކީރިތި ރަސޫލާ ދެއްވާފައިވާކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ހުކުރު ޚުތުބާރަމަޟާން 1443

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

4

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

5

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

އިގްތިސާދީ ގޮތުން ފުދުންތެރި ބަޔަކަށް ދިވެހީން ވާން ޖެހޭ ނަމަވެސް ބިދޭސީންގެ އަތްތަކަށް ދަނީ ބަރޯސާވަމުން: ޚުތުބާ

12 ޑިސެމްބަރު 2025
އިގްތިސާދީ ގޮތުން ފުދުންތެރި ބަޔަކަށް ދިވެހީން ވާން ޖެހޭ ނަމަވެސް ބިދޭސީންގެ އަތްތަކަށް ދަނީ ބަރޯސާވަމުން: ޚުތުބާ
07 ނޮވެމްބަރު 2025

އުފާވެރިކަން އޮތީ ފައިސާއާއި މަޝްހޫރު ކަމުގައި ނޫން، ހަގީގީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުން: ޚުތުބާ

07 ނޮވެމްބަރު 2025
އުފާވެރިކަން އޮތީ ފައިސާއާއި މަޝްހޫރު ކަމުގައި ނޫން، ހަގީގީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުން: ޚުތުބާ
31 އޮކްޓޯބަރު 2025

ދެކޮޅުވެރިކަމާއި، ހަސަދަވެރިކަމުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި

31 އޮކްޓޯބަރު 2025
ދެކޮޅުވެރިކަމާއި، ހަސަދަވެރިކަމުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި
24 އޮކްޓޯބަރު 2025

ވަލިއްޔުންނަށް އިހްތިރާމުކުރުމުގެ ނަމުގައި، ބިދުއަތައް ވަނީ ފެތުރިފައި، މިއީ ޝިރުކުގެ އަމަލެއް: ޚުތުބާ

24 އޮކްޓޯބަރު 2025
ވަލިއްޔުންނަށް އިހްތިރާމުކުރުމުގެ ނަމުގައި، ބިދުއަތައް ވަނީ ފެތުރިފައި، މިއީ ޝިރުކުގެ އަމަލެއް: ޚުތުބާ
22 އޮކްޓޯބަރު 2025

މި ސަރުކާރުން ވަނީ ހުކުރު ޚުތުބާ ވެސް ސިޔާސީ ކޮށްފައި: ކުރީގެ އިސްލާމިކް މިނިސްޓަރު

22 އޮކްޓޯބަރު 2025
މި ސަރުކާރުން ވަނީ ހުކުރު ޚުތުބާ ވެސް ސިޔާސީ ކޮށްފައި: ކުރީގެ އިސްލާމިކް މިނިސްޓަރު
22 އޮކްޓޯބަރު 2025

ކުރީގެ ރައީސް ސާލިހުގެ ސަރުކާރުގައި ދެ ޚުތުބާއެއް ފޮރުވާފައިވާ ކަމަށް ވިދާޅުވެ، މިނިސްޓަރު ޝަހީމް މަޖިލީހުގައި ދޮގު ހައްދަވައިފި

22 އޮކްޓޯބަރު 2025
ކުރީގެ ރައީސް ސާލިހުގެ ސަރުކާރުގައި ދެ ޚުތުބާއެއް ފޮރުވާފައިވާ ކަމަށް ވިދާޅުވެ، މިނިސްޓަރު ޝަހީމް މަޖިލީހުގައި ދޮގު ހައްދަވައިފި
17 އޮކްޓޯބަރު 2025

ފަރުޟު ނަމާދަށް ރައްކާތެރިވޭ، ނަމާދު ދޫކޮށްލައިފި މީހާ ދީނުން ބޭރުވާނެ: ޚުތުބާ

17 އޮކްޓޯބަރު 2025
ފަރުޟު ނަމާދަށް ރައްކާތެރިވޭ، ނަމާދު ދޫކޮށްލައިފި މީހާ ދީނުން ބޭރުވާނެ: ޚުތުބާ
03 އޮކްޓޯބަރު 2025

މުސްލިމުންނަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި، ކޮންމެ ފަދަ ވާހަކައެއް ދެއްކުން ހުއްދަވެގެންވާ ބަޔެއް ނޫން: ޚުތުބާ

03 އޮކްޓޯބަރު 2025
މުސްލިމުންނަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި، ކޮންމެ ފަދަ ވާހަކައެއް ދެއްކުން ހުއްދަވެގެންވާ ބަޔެއް ނޫން: ޚުތުބާ
26 ސެޕްޓެމްބަރު 2025

އިސްލާމްދީނުގެ އަހުލުވެރީން ޣައިރުދީންތަކުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެ އުޅުމަކީ ދީނީ ޝަޚުސިއްޔަތު ހަލާކުވާނެ ކަމެއް: ޚުތުބާ

26 ސެޕްޓެމްބަރު 2025
އިސްލާމްދީނުގެ އަހުލުވެރީން ޣައިރުދީންތަކުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެ އުޅުމަކީ ދީނީ ޝަޚުސިއްޔަތު ހަލާކުވާނެ ކަމެއް: ޚުތުބާ
19 ސެޕްޓެމްބަރު 2025

މާތް الله ނުރުއްސަވާކަންތައް ގިނަވެ، ފާހިޝު ކަންތައްތައް އާންމު ވެއްޖެނަމަ އެ މުޖުތަމައެއް ފަސާދަވެ ފަނާވާނެ: ޚުތުބާ

19 ސެޕްޓެމްބަރު 2025
މާތް الله ނުރުއްސަވާކަންތައް ގިނަވެ، ފާހިޝު ކަންތައްތައް އާންމު ވެއްޖެނަމަ އެ މުޖުތަމައެއް ފަސާދަވެ ފަނާވާނެ: ޚުތުބާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް