Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ދަތުރުފަތުރުގެ އަގު އުފުލުން

އަގުބޮޑުވި ޓެކްސީ ދަތުރުތަކާއެކު، މިނީ ބަހުގެ ޚިދުމަތަށް ކެތްމަދުވެފައި

ތެލުގެ އަގު ވަނީ އިންތިހާއަށް އުފުލިފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 6 ޖުލައި 2022 | ބުދަ 02:33
މާލެ ސަރަހައްދުގައި ދުއްވާ ޓެކްސީއެއް

މާލެ ސަރަހައްދުގައި ދުއްވާ ޓެކްސީއެއް

މުޅި ދުނިޔެއަށްވެސް އިންތިހާއަށް ދަތި ދުވަސްވަރެކެވެ. ބޮޑު ބަލިމަޑުކަމަކާ މުޅި ދުނިޔެއިން ހަނގުރާމަކުރަމުންދާއިރު، ގައުމުތަކުގެ މެދުގައިވެސް ކުރިއަށްދަނީ ހަނގުރާމައެވެ. މިއީ މިފަހަކުން ގައުމުތަކަށް އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިކުރުވި ދެ ކަމެވެ. އިގްތިސާދުތައް އިންތިހާއަށް ދަށްވަނީއެވެ. އަސާސީ މުދާ ލިބުމަށް ދަތިވަނީއެވެ. ތަކެތީގެ އަގު އިންތިހާއަށް އުފުލެނީއެވެ. ޚިދުމަތްތަކުގެ އަގުވެސް މެއެވެ. ހައްތަހާވެސް ދަތިތަކެވެ.

ތެލަކީ ހަގީގަތުގައި ވަރަށް މުހިންމު އެއްޗެކެވެ. އަހަރުމެންނަށް މި ލިބޭ ކަރަންޓަކީ ތެޔޮ އަންދައިގެން އުފައްދާ އެއްޗެކެވެ. އަހަރުމެން ދުއްވާ އުޅަނދުފަހަރަށް އަޅަނީ ތެލެވެ. އަދިވެސް މި ނޫން އެތައް މުހިންމު ކަމަކަށް ތެޔޮ ބޭނުންކުރާއިރު، ތެލުގެ އަގު އިންތިހާއަށް އުފުލިގެން ދިއުމަކީ ސީދާ ރައްޔިތުންނަށް ދަތިވި ކަމެކެވެ. ރައްޔިތުންގެ ޖީބުން ދާ އެއްޗެއް ބޮޑުވި ކަމަކަށެވެ. މިއާއެކު ޚިދުމަތްތަކުގެ އަގުވެސް ބޮޑުވީއެވެ.

ރާއްޖެއަށް ބަލާލާ ކަމުގައިވާނަމަ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރާ ލޯންޗުތަކުންނާއި، ބޯޓުތަކުން ނަގާ އަގުވެސް ދެގުނަ ބޮޑުކޮށްފިއެވެ. ތެލުގެ އަގު އުފުލެން ފެށި ހިސާބުން ޓެކްސީތަކުންވެސް ދަތުރުތަކުގެ އަގު ބޮޑުކުރަން ހިފާލިއެވެ. އެހެންނަމަވެސް އޭރު ޓްރާންސްޕޯޓް މިނިސްޓްރީން އަގުބޮޑު ނުކޮށް ވޭތޯ ވަރަށް ބޮޑަށް ބެލިއެވެ. އެހެންނަމަވެސް އެގޮތަށްވެސް ބެލޭނީ ވަކި ވަރަކަށްކަން ގަބޫލުކުރަމެވެ. އިތުރު ގޮތެއް ނެތިގެން މިއަދު މިވަނީ ޓެކްސީތަކުގެ ދަތުރުތަކުގެ އަގު ބޮޑުކޮށްފައެވެ.

މިކަމާއި ރައްޔިތުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުންނާނެކަން ޔަގީނެވެ. އެހެންނަމަވެސް އަދުގެ ހާލަތު ވަރަށް ސާފެވެ. މިނޫން އިތުރު ގޮތެއް ނެތީ ކަމަށް ވެދާނެއެވެ. އެހެންނަމަވެސް، ރައްޔިތުންގެ ޖީބުން ދާ އެއްޗެއް އަނެއްކާވެސް އިތުރުވާއިރު، މި ދަނޑިވަޅުގައި ގިނަ ބަޔަކު ދަނީ އަގު ހެޔޮކޮށް އެއް ތަނުން އަނެއް ތަނަށް ދަތުރުކުރުމަށް ބަސް ދަތުރުތައް ޚިޔާރުކުރަމުންނެވެ. ހުޅުމާލެއާއި މާލެއާ ދެމެދު ދަތުރުކުރުމަށް ބަސް ޚިޔާރުކުރާއިރު، މިހާރު ރައްޔިތުން ކެތްމަދުވެފައިވަނީ މާލެ އެތެރޭގައި ފަށަން ނިންމާފައިވާ މިނީ ބަހުގެ ޚިދުމަތަށެވެ.

މިއީ ހެޔޮ އަގެއްގައި މާލެ ތެރޭގެ އެއް ތަނުން އަނެއް ތަނަށް ދަތުރުކުރެވޭނެ ފަހި މަގެކެވެ. މި މަސައްކަތް ފެށުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާއިރު، އެމްޓީސީސީން މަސައްކަތްކުރަމުންދަނީ މި ހިނގާ ޖުލައި މަހުގެ ތެރޭގައި މި ޚިދުމަތް ފެށުމަށެވެ. މި މަސްތެރޭގައި މާލޭގެ ބޮޑެތި މަގުތަކުގައި މިނީ ބަހުގެ ޚިދުމަތް ފަށަން ނިންމާފައިވާއިރު، މިއީ ރައްޔިތުންނަށް ފަސޭހަތަކެއް ވާނެ ކަމެއްކަން ޔަގީނެވެ. ހަމަގައިމުވެސް މި ދަނޑިވަޅުގައި މިކަން ފަށައިފިނަމަ ރައްޔިތުންގެ ޖީބަށް ވަރަށް ބޮޑަށް ލުއިވާނެއެވެ. މިއީ މާލެ ސަރަޙައްދުގައި ދަތުރުފަތުރުގެ ކަންކަން ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތަށް އެޅިގެންދާނެ ހަރުދަނާ ފިޔަވަޅެއްވެސް މެއެވެ.

މިއަދު ދުނިޔޭގައި ހިނގަމުންމިދާ ކަންކަމަށް ބަލާފައި، އަތްމައްޗަށް ލުއިވާނެ ގޮތެއް ޚިޔާރުކުރަންޖެހެއެވެ. ޚަރަދު ކުޑަކުރަން ވިސްނަން ޖެހެއެވެ. މާދަމާ ވާނެ ގޮތެއް އެއްވެސް މީހަކަށް ނޭނގޭނެއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީޓްރާންސްޕޯޓް މިނިސްޓްރީޓެކްސީ ޚިދުމަތްމިނީ ބަސް

ކޮމެންޓް

އިތުރަށް ކިޔާލަން

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

14 ޑިސެމްބަރު 2025
2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

07 ޑިސެމްބަރު 2025
ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

06 ޑިސެމްބަރު 2025
އެހެނިހެން ޤާނޫނާއި ޚިލާފުވެގެން، ލައިސަންސް ބާތިލްކުރުމަކީ ކަންބޮޑުވުމެއް : ނާޒިލް

އެހެނިހެން ޤާނޫނާއި ޚިލާފުވެގެން، ލައިސަންސް ބާތިލްކުރުމަކީ ކަންބޮޑުވުމެއް : ނާޒިލް

27 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

1 މެއި
ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ
20251 އަހަރު ކުރިން
ރާއްޖެ

ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި
20224 އަހަރު ކުރިން
ރާއްޖެ

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟
20215 އަހަރު ކުރިން
ފިލްމާއި މިޔުޒިކް

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު
20197 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!
20188 އަހަރު ކުރިން
ރާއްޖެ

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު