Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަޖިލީހަށް ހުށައެޅޭ މައްސަލަތައް

މަޖިލީހަށް ހުށައެޅޭ މައްސަލަތަކުގައި ފުޅާ ދާއިރާއެއްގައި ބަހުސްކުރުމުގެ ޖާގަ ދެވޭނެ ގޮތަށް މަސައްކަތްކުރަން - ރައީސް ނަޝީދު

ހިޔާ ފްލެޓުތަކާއި ގުޅޭ ކުއްލި މައްސަލައަށް މަޖިލީހުގައި ބަހުސް ކުރުމަށް ފާހެއް ނުވި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 12 އެޕްރީލު 2022 | އަންގާރަ 06:35
މުހައްމަދު ނަޝީދު- ރައްޔިތުންގެ މަޖިލީހުގެ ރައީސް

މުހައްމަދު ނަޝީދު- ރައްޔިތުންގެ މަޖިލީހުގެ ރައީސް

މަޖިލީހަށް ހުށައެޅޭ މައްސަލަތަކުގައި ފުޅާ ދާއިރާއެއްގައި ބަހުސްކުރުމުގެ ޖާގަ ދެވޭނެ ގޮތަށް މަޖިލީހުން މަސައްކަތް ކުރާ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށައެޅުއްވި ކުއްލި މައްސަލައަށް ވޯޓަށް އެހުމުގެ ކުރިން ރިޔާސަތުން ދަންނަވާ ދެންނެވުމެއްގެ ގޮތުގައެވެ.

ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހަށް ހުށައަޅާ ބިލްތަކާއި މައްސަލަތައް އަދި އެހެނިހެން ކަންކަން ކުރިއަށްދަނީ މަޖިލީހުގެ ގަވާއިދާއި، ރާއްޖޭގެ ޤާނޫނު އަސާސީ ތަންދޭ އެންމެ ފުޅާ މިނަށް ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހަށް ހުށައެޅޭ މައްސަލަތަކުގައި މަސައްކަތްކުރައްވަނީ، ޚާއްސަކޮށް ޑިމޮކްރެޓިކް ހަމަތައް ނެގެހެއްޓުމަށާއި، ޚިޔާލު ތަފާތުވުމުގެ ފުރުސަތާއި ބަހުސް ކުރުމުގެ ޖާގަ އެންމެ ފުޅާ މިނުގައި ދިނުމުގެ އުންމީދުގައި ކަމަށެވެ.

ބަހުސް ހުއްޓުވުން އެއީ އެބޭފުޅަކު ތާއީދު ކުރައްވާ ގޮތަށް އެންމެ ފައިދާ ހުރި ގޮތް ކަމުގައި ބައެއް މެމްބަރުން ދެކެވަޑައިގަންނަވާ ކަމަށާއި، އަނެއް އުސޫލަކީ ބަހުސް ކުރުމަކީ ކަންކަން ހުރި ގޮތް ރައްޔިތުންނަށް އޮޅުން ފިލުން ކަމުގައި ބައެއް މެމްބަރުން ދެކިވަޑައިގަންނަވާ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށައެޅުއްވި މައްސަލައިގައި ބުނެފައިވަނީ، ހިޔާ ފްލެޓްގައި ފިނިޝިން މަސައްކަތާއި ހަވާލުވި ބައެއް ކުންފުނިތަކުން އެ މަސައްކަތް ނުނިންމާ އޮޅުވާލައި މަކަރު ހަދާ، ފައިސާއަށް ޚިޔާނާތްތެރިވެފައިވާ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ގޮވާލާ ކަމަށެވެ. މިކަމުން ފްލެޓް ލިބުނު މީހުންނަށް ބޮޑެތި ގެއްލުން ލިބިފައިވާކަމަށް މައްސަލައިގައި ބުނެފައިވެއެވެ.

މި މައްސަލައަށް މަޖިލީހުގައި ބަހުސް ކުރުމަށް ފާހެއް ނުވިއެވެ. ބަހުސް ކުރަން ނުފެންނަ ކަމަށް 29 މެމްބަރުން ވޯޓު ދެއްވިއިރު ފެންނަ ކަމަށް ވޯޓު ދެއްވީ، 6 މެމްބަރުންނެވެ.

ރައްޔިތުންގެ މަޖިލިސްކުރީގެ ރައީސް، މުހައްމަދު ނަޝީދު

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

ނަޝީދު ސަރުކާރަށް: އެއްވެ އުޅުމާއި ޚިޔާލުފާޅު ކުރުމުގެ ހައްގު އޮބަހައްޓަން ކުރާ މަސައްކަތް ހުއްޓާލާ!

14 ޑިސެމްބަރު 2025
ނަޝީދު ސަރުކާރަށް: އެއްވެ އުޅުމާއި ޚިޔާލުފާޅު ކުރުމުގެ ހައްގު އޮބަހައްޓަން ކުރާ މަސައްކަތް ހުއްޓާލާ!
17 ސެޕްޓެމްބަރު 2025

މީޑިއާ ކޮންޓްރޯލު ބިލު: މިއީ ދިވެހިރާއްޖެ އަށް ވަރަށް ހިތާމަވެރި ދުވަހެއް: ރައީސް ނަޝީދު

17 ސެޕްޓެމްބަރު 2025
މީޑިއާ ކޮންޓްރޯލު ބިލު: މިއީ ދިވެހިރާއްޖެ އަށް ވަރަށް ހިތާމަވެރި ދުވަހެއް: ރައީސް ނަޝީދު
04 ޖޫން 2025

ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ރައީސް ނަޝީދު ޚިޔާލު ހޯއްދަވަނީ

04 ޖޫން 2025
ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ރައީސް ނަޝީދު ޚިޔާލު ހޯއްދަވަނީ
02 މެއި 2025

ޒުވާނުންގެ ސުލްހަވެރި މުޒާހަރާއިން ހައްޔަރު ކުރި ދެ ޒުވާނުން މިނިވަން ކުރަން ނަޝީދު ގޮވާލައްވައިފި

02 މެއި 2025
ޒުވާނުންގެ ސުލްހަވެރި މުޒާހަރާއިން ހައްޔަރު ކުރި ދެ ޒުވާނުން މިނިވަން ކުރަން ނަޝީދު ގޮވާލައްވައިފި
26 ޖޫން 2024

ދެ ރައީސުންގެ ޒާތީ މައްސަލަތައް އެއްފަރާތްކުރައްވާ ގައުމާއި ރައްޔިތުންނަށްޓަކައި އެކުގައި މަސައްކަތްކުރައްވަން އެއްބަސްވެވަޑައިގެންފި

26 ޖޫން 2024
ދެ ރައީސުންގެ ޒާތީ މައްސަލަތައް އެއްފަރާތްކުރައްވާ ގައުމާއި ރައްޔިތުންނަށްޓަކައި އެކުގައި މަސައްކަތްކުރައްވަން އެއްބަސްވެވަޑައިގެންފި
16 މެއި 2024

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

16 މެއި 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް
14 މެއި 2024

92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

14 މެއި 2024
92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް
13 މެއި 2024

މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

13 މެއި 2024
މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް
13 މެއި 2024

އިންޑިއާ ކަނޑުގެ ގައުމުތަކަށް ބަލަންޖެހޭނީ އިންޑިއާ ކަނޑުގެ ގައުމުތަކުން، ޗައިނާއިން މިކަމުގައި އަދާކުރަންޖެހޭ ރޯލެއް ނެތް

13 މެއި 2024
އިންޑިއާ ކަނޑުގެ ގައުމުތަކަށް ބަލަންޖެހޭނީ އިންޑިއާ ކަނޑުގެ ގައުމުތަކުން، ޗައިނާއިން މިކަމުގައި އަދާކުރަންޖެހޭ ރޯލެއް ނެތް
12 މެއި 2024

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

12 މެއި 2024
ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު