Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އައްމަޓީ ދޫކޮށްލި މައްސަލަ

އައްމަޓީ ދޫކޮށްލި މައްސަލަ ހައިކޯޓުން ބޭރުކޮށްލީ ރަނގަޅަކަށް ނޫން: ޕީޖީ

ކޯޓު އަމުރެއް އިސްތިއުނާފު ކުރުމަށް ދައުލަތަށް ލިބިގެންވަނީ 48 ގަޑިއިރު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 7 އެޕްރީލު 2022 | ބުރާސްފަތި 08:33
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް - ޝަމީމް ވަނީ ހައިކޯޓުގެ އެ ނިންމުން ރަނގަޅު ނޫންކަމަށް ފެނިވަޑައިގަންނަވާ ސަބަބުތައް ބަޔާންކުރައްވާފައި

ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް - ޝަމީމް ވަނީ ހައިކޯޓުގެ އެ ނިންމުން ރަނގަޅު ނޫންކަމަށް ފެނިވަޑައިގަންނަވާ ސަބަބުތައް ބަޔާންކުރައްވާފައި

ސީލައިފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ވެރިޔާ ވ. ތިނަދޫ، ރެޑްހައުސް، އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ދޫކޮށްލި މައްސަލަ ދައުލަތުން އިސްތިއުނާފު ކުރުމުން، ހައިކޯޓުން އެ މައްސަލަ ބޭރުކޮށްލާފައިވަނީ ރަނގަޅަށް ނޫންކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

މި މައްސަލައިގައި ހައިކޯޓުގައި ބޭއްވި އިސްތިއުނާފީ އަޑުއެހުމަށްފަހު، މައްސަލަ ބެއްލެވި 3 ފަނޑިޔާރުންގެ އިއްތިފާޤުން ބުދަ ދުވަހުވަނީ މި މައްސަލަ ހައިކޯޓުން ބޭރުކޮށްލައްވާފައެވެ.

Advertisement - newsAdvertisement

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާއަށް ރިއާޔަތް ކުރައްވައި އެ މައްސަލަ ނިންމެވި ފަނޑިޔާރުން ވިދާޅުވީ، ކޯޓު އަމުރެއް އިސްތިއުނާފު ކުރުމަށް ދައުލަތަށް ލިބިގެންވަނީ 48 ގަޑިއިރު ކަމަށެވެ. ކްރިމިނަލް ކޯޓުގެ އަމުރު ނެރެފައިވަނީ 2022 މާރޗު 20 ވަނަ ދުވަހުގެ 16:00 ގައި ކަމަށްވާއިރު، 48 ގަޑިއިރު ހަމަވާނީ މާރޗު 22 ވީ އަންގާރަ ދުވަހުގެ 15:59 އާއި ހަމައަށްކަން ޙުކުމުގައި ފާހަގަކޮށްފައިވެއެވެ.

އެހެންނަމަވެސް، ދައުލަތުން އެ އަމުރު އިސްތިއުނާފު ކޮށްފައިވަނީ މާރޗު 23 ވަނަ ދުވަހުގެ 12:12 ގައިކަމަށް ވިދާޅުވެ ފަނޑިޔާރުން ވަނީ, ކޯޓު އަމުުރު އިސްތިއުނާފު ކުރުމަށް ހުށައަޅާފައިވަނީ އިސްތިއުނާފު މުއްދަތު ހަމަވި ފަހުންކަން އެނގެން އޮތްކަން ބަޔާން ކުރައްވައި، މިއީ އިޖުރާއީ ގޮތުން ކުރިއަށް ގެންދެވޭނެ މައްސަލައެއްކަމަށް ފެނިވަޑައިނުގަންނަވާކަމަށް ވިދާޅުވެ މައްސަލަ ބޭރުކޮށްލައްވާފައެވެ.

މިކަމާއި ގުޅިގެން ޝަމީމް އޭނާގެ ބްލޮގްގައި ޝާއިއު ކުރެއްވި ލިއުމެއްގައި ވަނީ ހައިކޯޓުގެ އެ ނިންމުން ރަނގަޅު ނޫންކަމަށް ފެނިވަޑައިގަންނަވާ ސަބަބުތައް ބަޔާން ކުރައްވާފައެވެ.

ޝަމީމް ވިދާޅުވި ގޮތުގައި ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 169 ވަނަ މާއްދާ (މުއްދަތު ގުނާނެ ގޮތާއި ގުޅޭ މާއްދާ) ގެ (ހ) ގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާގެ ބޭނުމަށްޓަކައި، އިސްތިއުނާފު ކުރުމުގެ މުއްދަތު ގުނާނީ،ފުރަތަމަ މަރުޙަލާގެ ކޯޓުން މައްސަލަ ނިންމި ދުވަހާއި،އިސްތިއުނާފު ކުރުމުގެ މުއްދަތު ހަމަވާ ދުވަހަކާއި، އެދެމެދަށް އަންނަ ރަސްމީ ބަންދު ދުވަސްތައްނުހިމަނައިކަމަށް ބުނެފައިވާ ކަމަށެވެ.

ވީއިރު، މި މައްސަލައިގައި 20 މާރިޗު 2022 އަކީ ފުރަތަމަ މަރްޙަލާގެ ކޯޓުން މައްސަލަ ނިންމި ދުވަސްކަމަށް ވުމުން، އެއީ ނުގުނާނެ ދުވަހެއްކަމަށް ޝަމީމް ވިދާޅުވިއެވެ.

އެއާ ޖެހިގެން އަންނަ 21 މާރޗުއާއި، 22 މާރޗުއަކީ ގުނާނެ ދުވަހެއްކަމަށް ޝަމީމް ވިދާޅުވިއެވެ. އެހެންނަމަވެސް، 23 މާރޗުއަކީ އިސްތިއުނާފު ކުރުމުގެ މުއްދަތު ހަމަވާ ދުވަސްކަމަށް ވުމާއެކު، ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ ދަށުން އެއީވެސް ނުގުނާނެ ދުވަހެއްކަމަށް ޝަމީމް ވިދާޅުވިއެވެ. ވީއިރު، ދައުލަތުން 23 މާރިޗު 2022 ގައި އެ މައްސަލަ އިސްތިއުނާފު ކުރުމުން, އެކަމުގައި މައްސަލައެއް އޮތްކަމަށް ދެކިވަޑައިނުގަންނަވާކަން ޝަމީމް ވަނީ ފާހަގަކުރައްވާފައެވެ.

ޝަމީމް ވިދާޅުވި ގޮތުގައި މުއްދަތު ގުނާނެ ގޮތް ޤާނޫނުގައި ނެތްކަމަށް ހައިކޯޓުން ދެކެވަޑައިގަތީ ރަނގަޅަކަށް ނޫނެވެ. އިސްތިއުނާފު މައްސަލަތަކުގައި މުއްދަތު ގުނާނެ ގޮތް އެބައޮތްކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.

މި މައްސަލަ ބެއްލެވި ފަނޑިޔާރުންވެސް، މީގެ ކުރިން އެތައް މައްސަލައެއްގައި، މިހާރު ޢަމަލުކުރަމުންދާ ގޮތަށް މުއްދަތު ގުނާފައިވާކަން ފާހަގަކުރައްވާ ޝަމީމް ވަނީ، މިމައްސަލައިގައި، ފަނޑިޔާރުންގެ ވިސްނުންފުޅު ތަފާތުވީ ވަކި ޚާއްޞަ ސަބަބެއް، އެ ޤަޟިއްޔާގައި ލިޔުއްވާފައިނުވާތީ، މިމައްސަލަ ޚާއްޞަވީ ގޮތެއް އަދިވެސް އެނގިވަޑައިނުގަންނަވާކަމަށް ވިދާޅުވެފައެވެ.

މީގެއިތުރުން، އެ އުސޫލަކީ ހައިކޯޓާއި ސުޕްރީމް ކޯޓުންވެސް މިހާތަނަށް އަމަލުކުރަމުން އައިސްފައިވާ އުސޫލެއްކަން ޝަމީމް ފާހަގަކުރެއްވިއެވެ.

ހުޅުމާލޭގައި 3،000 ފްލެޓް އަޅަން ބުކިން ފީގެ ގޮތުގައި ގިނަ ބައެއްގެ އަތުން އެޑްވާންސްކޮށް ފައިސާނެގުމަށްފަހު، އައްމަޓީ ރާއްޖެއިން ބޭރަށް ގޮސް ފިލައިގެން އުޅެނިކޮށް އޭނާ ހައްޔަރުކުރީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އޭރު އިންޓަރޕޯލުން ރެޑް ނޯޓިސްވެސް ނެރުނެވެ. އައްމަޓީ ހޯދުމަށް އިންޓަޕޯލުން ރެޑް ނޯޓިސް ނެރުނީ 2019 ވަނަ އަހަރުއެވެ.

ތަހުގީގު މަރުހަލާގައި ވެސް އައްމަޓީ ހައްޔަރު ކުރުމަށް 14 ފަހަރެއްގެ މަތިން ކްރިމިނަލް ކޯޓުން އަމުރު ނެރެފައިވެއެވެ. ހައްޔަރުކުރުމުގެ އަމުރު އެތައް ފަހަރެއްގެ މަތިން ނެރުނުކަން އެނގިހުރެ ތަހުގީގަށް ހާޒިރު ނުވުމުން, އިންޓަރޕޯލް މެދުވެރިކޮށް ރެޑްނޯޓިސް ވެސް ނެރެފައިވެއެވެ. އެއަށްފަހު އޭނާ ހައްޔަރުކޮށްފައިވަނީ، ވިސާއާ ނުލައި، ސްރީލަންކާގައި އުޅެމުންދަނިކޮށް، އެ ގައުމުން ޑީޕޯޓްކޮށްލުމުންނެވެ.

22 ފެބްރުއަރީ 2021ގައި އޭނާ ހައްޔަރުކުރީ ސްރީލަންކާއިންނެވެ.

މި މައްސަލަތަކާއި ގުޅިގެން އައްމަޓީގެ މައްޗަށް ޚިޔާނާތުގެ 42 ދައުވާ އުފުލައި ކްރިމިނަލް ކޯޓަށް ހުށައެޅީ 30 މެއި 2021ގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

4 މެއި
މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"
20233 އަހަރު ކުރިން
ރިޕޯޓު

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި
20224 އަހަރު ކުރިން
ރާއްޖެ

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ
20188 އަހަރު ކުރިން
ދުނިޔެ

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު