Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އައްމަޓީ ދޫކޮށްލުން

އައްމަޓީ ދޫކޮށްލި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

މައްސަލަ ނިންމެވީ މައްސަލަ ބެއްލެވި 3 ފަނޑިޔާރުންގެ އިއްތިފާޤުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 6 އެޕްރީލު 2022 | ބުދަ 07:18
އައްމަޓީ ދޫކޮށްލި މައްސަލަ ހައިކޯޓުން ބޭރުކޮށްލުން

އައްމަޓީ ދޫކޮށްލި މައްސަލަ ހައިކޯޓުން ބޭރުކޮށްލުން

ސީލައިފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ވެރިޔާ ވ. ތިނަދޫ، ރެޑްހައުސް، އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ދޫކޮށްލި މައްސަލަ ދައުލަތުން އިސްތިއުނާފު ކުރުމުން، ހައިކޯޓުން އެ މައްސަލަ ބޭރުކޮށްލައިފިއެވެ.

އައްމަޓީއަށް ކުރާ ދައުވާއާއި ގުޅިގެން 20 މާރޗުގައި ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި މި މައްސަލަ ބައްލަވާ ގާޒީ ޙަސަން ސައީދު ވަނީ އޭނާ ޝަރީއަތަށް ނުފިލާނެކަން ކަށަވަރުކުރެވޭ ވަރަށް އިތުރު ހަރުދަނާ ފިޔަވަޅު އެޅުމަށްފަހު އޭނާގެ ބަންދަށް ބަދަލު ގެންނަންޖެހޭ ޙާލަތު އޮޮތްކަމަށް ވިދާޅުވެފައެވެ. އެގޮތުން ކޯޓަށް ހާޒިރުވާން ޖެހޭ ގަޑިތަކަށް ކޯޓަށް ހާޒިރުވުމާއި، ކޯޓުގެ ހުއްދަނެތި މާލެއިން ފުރައިގެން ނުދިޔުމާއި، ގެއްލުން ލިބުނު އަދި ހެކިބަސް ދޭނެ ފަދަ މީހުންނާއި މުއާމަލާތް ނުކުރުމަށާއި، އެމީހުންނާއި ބައްދަލުނުކުރުމަށާއި، ކޯޓުގެ ހުއްދަނެތި ޕާސްޕޯޓު އައު ކުރަން ހުށަނޭޅުން ފަަދަ ކަންކަމަށް ޝަރުތުކޮށްފައެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި ހައިކޯޓުގައި ބޭއްވި އިސްތިއުނާފީ އަޑުއެހުމަށްފަހު، ބުދަ ދުވަހު ވަނީ މި މައްސަލައިގެ ގޮތެއް ނިންމެވުމަށް އަޑުއެހުމެއް ބާއްވާފައެވެ. އެގޮތުން މި އަޑުއެހުމުގައި މައްސަލަ ބެއްލެވި 3 ފަނޑިޔާރުންގެ އިއްތިފާޤުން ވަނީ މި މައްސަލަ ހައިކޯޓުން ބޭރުކޮށްލައްވާފައެވެ.

ފަނޑިޔާރު އަބްދުﷲ ހަމީދު ވަނީ މި މައްސަލައާއި ގުޅިގެން ޝަރީއަތަށް ފާހަގަކުރެވުނު ކަންކަން ހިއްސާ ކުރައްވާފައެވެ. އެގޮތުން ކްރިމިނަލް ކޯޓުގެ ކޯޓު އަމުރު އިސްތިއުނާފު ކުރުމަށް ދައުލަތުން ހުށައަޅާފައިވަނީ އިސްތިއުނާފު މުއްދަތު ހަމަވުމުގެ ފަހުން ކަމަށާއި، މިއީ އިޖުރާއީ ގޮތުން ކުރިއަށް ގެންދެވޭނެ މައްސަލައެއް ނޫންކަމަށް އައްމަޓީގެ ފަރާތުން އޭނާގެ ވަކީލު ވަނީ ވިދާޅުވެފައެވެ. މިއީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރާ މުއްދަތު ފާއިތުވި ފަހުން އިސްތިއުނާފަަށް ހުށައަޅާފައިވާ މައްސަލައެއްކަމަށް ކަނޑައަޅުއްވައި، މި މައްސަލައިގެ އިސްތިއުނާފު ފޯމު ބާތިލުކޮށްދިނުމަށް އޭނާގެ ފަރާތުން ވަނީ އެދެފައެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާއަށް ރިއާޔަތް ކުރައްވައި ފަނޑިޔާރު ވިދާޅުވީ، ކޯޓު އަމުރެއް އިސްތިއުނާފު ކުރުމަށް ދައުލަތަށް ލިބިގެންވަނީ 48 ގަޑިއިރު ކަމަށެވެ. ކްރިމިނަލް ކޯޓުގެ އަމުރު ނެރެފައިވަނީ 2022 މާރޗު 20 ވަނަ ދުވަހުގެ 16:00 ގައެވެ.

ފަނޑިޔާރު ވިދާޅުވީ، އިސްތިއުނާފު ކުރުމުގެ މުއްދަތު ގުނާނެ ދެގޮތެއް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އެއީ ދުވަހުން މުއްދަތު ގުނުމާއި، ގަޑިން މުއްދަތު ގުނުންކަން ފަނޑިޔާރު ފާހަގަކުރެއްވިއެވެ. މި މުއްދަތު ގުނާނެ ގޮތް ޝަރީއަތް ކުރުމާއި ބެހޭ ޖިނާއީ އިޖުރާއަތުގެ ޤަވާއިދުގެ 169 ވަނަ މާއްދާގައި ބަޔާން ކޮށްފައިވީނަމަވެސް، ގަޑިން މުއްދަތު ގުނާނެ ގޮތް ސާފުކޮށް ބަޔާންވެފައި ނެތްކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. އަދި ހައިކޯޓުގެ ޤަވާއިދުގައި އިސްތިއުނާފު މުއްދަތު ގުނާނެ ގޮތް ބަޔާންކޮށްފައިވާ ގޮތަށް ބަލާއިރުވެސް، މުއްދަތު ގުނުމުގައި ގަޑި ގުނާނެ ގޮތް ސާފުކޮށް ބަޔާންވެފައި ނުވާކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

ފަނޑިޔާރު ވިދާޅުވީ، މާނަކުރުމުގެ ހަމަތައް ބަޔާންކުރާ ޤާނޫނަށް ބަލާއިރުވެސް، މުއްދަތު ގުނުމުގައި އަމަލު ކުރާނެ ގޮތްތަކެއް އެ ޤާނޫނުގެ 35 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ. އެގޮތުން ދުވަސް ގުނާނެ ގޮތް އޭގެ ތެރޭގައި ހިމެނޭއިރު، ގަޑިން މުއްދަތު ގުނާނެ ގޮތް ހިމެނިފައިނުވާކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

މީގެއިތުރުން، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގައި ހައްޔަރު ކުރެވޭ މީހުންނާއި ބަންދު ކުރެވޭ މީހުންގެ ޙައްޤުތައް ބަޔާންކޮށްފައިވާއިރު، ކުށެއްގެ ތުހުމަތުގައި ބަންދު ކުރެވޭ މީހާ ބަންދު ކޮށްފައިވަނީ ޤާނޫނީ ހަމަތަކުގެ މަތިންތޯ ކަނޑައެޅުމަށް އެމީހަކު ހައްޔަރުކުރިތާ ގިނަވެގެން 24 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރަންވާނެކަމަށް ބަޔާންކޮށްފައިވާކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. އެކަން ޖިނާއި އިޖުރާއަތުގެ ޤާނޫނުގައިވެސް ބަޔާންކޮށްފައިވާކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

އެހެންނަމަވެސް، އެ ދެ ޙާލަތުގައިވެސް 24 ގަޑިއިރު ގުނާނެ ގޮތެއްވެސް ޤާނޫނުގައި ބަޔާންވެފައި ނުވާ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. ނަމަވެސް ބަންދާމެދު ގޮތެއް ނިންމުމަށް ފަނޑިޔާރެއްގެ ކުރިމައްޗަށް ގެންދާއިރު، ތުހުމަތު ކުރެވޭ މީހާ ކޯޓަށް ވައްދާ ގަޑި ނޯޓު ކުރަން ޖެހޭނެކަމަށް ޝަރީއަތް ކުރުމާއި ބެހޭ ޖިނާއީ އިޖުރާއަތުގެ ޤަވާއިދުގައި ބަޔާންވެފައިވާކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. ވުމާއެކު، އެ ޙާލަތުގައި ވަގުތު ގުނުމުގައި ބަލަނީ ކޯޓުގެ އިމާރާތަށް އެމީހާ ވަންނަ ގަޑިއަށްކަން އެނގެން އޮންނަކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

އެ މާއްދާއަށް ބެލުމުން އެނގެނީ ތުހުމަތު ކުރެވޭ މީހާ ކޯޓަށް ވައްދާ ގަޑި ނޯޓުކުރަން އޮންނަކަން ކަމަށާއި، އޭނާ ކޯޓަށް ވައްދާ ދުވަސް ނޯޓު ކުރުމަށް ނޫންކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. އެ 24 ގަޑިއިރު ގުނުމުގައި އަމަލުކުރަމުންދަނީ އެމީހަކު ހައްޔަރު ކުރެވުނު ވަގުތުން ފެށިގެން ގަޑި ހުއްޓުމެއް ނެތި، ގަޑި ގުނަމުން ގޮސް 24 ގަޑިއިރު ފާއިތުވުމުގެ ކުރިން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް ބަންދާމެދު ގޮތެއް ކަނޑައަޅާ ގޮތަށް ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. މި މައްސަލައިގައިވެސް އިސްތިއުނާފު މުއްދަތުގެ 48 ގަޑިއިރު ގުނުމުގައި ބަލާނީ އަމުރު ނެރުނުތާ 48 ގަޑިއިރަށްކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

އެ އުސޫލުން ބަލާއިރު، ކްރިމިނަލް ކޯޓުގެ އަމުރު ނެރެފައިވަނީ މާރޗު 20 ވީ އާދިއްތަ ދުވަހުގެ 16:00 ގައި ކަމަށާއި، 48 ގަޑިއިރު ހަމަވާނީ މާރޗު 21 ވީ އަންގާރަ ދުވަހުގެ 15:59 އާއި ހަމައަަށްކަން ފަނޑިޔާރު ފާހަގަކުރެއްވިއެވެ. ނަމަވެސް ދައުލަތުން އެ އަމުރު އިސްތިއުނާފު ކޮށްފައިވަނީ މާރޗު 23 ވަނަ ދުވަހުގެ 12:12 ގައިކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. ވުމާއެކު، ކޯޓު އަމުުރު އިސްތިއުނާފު ކުރުމަށް ހުށައަޅާފައިވަނީ އިސްތިއުނާފު މުއްދަތު ހަމަވި ފަހުންކަން އެނގެން އޮތުމާއެކު، މިއީ އިޖުރާއީ ގޮތުން ކުރިއަށް ގެންދެވޭނެ މައްސަލައެއްކަމަށް ފެނިވަޑައިނުގަންނަވާކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

4 މެއި
މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"
20233 އަހަރު ކުރިން
ރިޕޯޓު

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި
20224 އަހަރު ކުރިން
ރާއްޖެ

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ
20188 އަހަރު ކުރިން
ދުނިޔެ

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު