Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޕާކިސްތާންގެ ސިޔާސީ މަސްރަހު

ޕާކިސްތާން ރައްޔިތުން ރަމަޟާން މަހަށް ތައްޔާރުވަމުންދާއިރު ބޮޑުވަޒީރު ގެންދަވަނީ ސަރުކާރު ސަލާމަތް ކުރެއްވޭތޯ ބައްލަވަމުން

ސަރުކާރާމެދު އިތުބާރު އޮތްތޯ ބެލުމަށް ނަގާ ވޯޓު އާޕްރިލް 3 ވާ އާދީއްތަ ދުވަހު އޮންނާނެ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 1 އެޕްރީލު 2022 | ހުކުރު 12:04
ޕާކިސްތާންގެ ހާލަތު

ޕާކިސްތާންގެ ހާލަތު

މުސްލިމް އެހެން ގައުމުތަކެކޭ އެއްފަދައިން ޕާކިސްތާންގައިވެސް ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން މީހުން ކާބޯތަކެތީގެ ބާވަތްތައް ގަނެ ޖަމާކުރުމަކީ އާދައިގެ މަތިން ކޮށް އުޅޭ ކަމެކެވެ. ނަމަވެސް މިއަހަރު މިކަން ކުރުމަށް ގިނަ މީހުންނަށް ވަނީ ދަތިކަމަކަށް ވެފައެވެ. ސަބަބަކީ ތަކެތީގެ އަގު ބޮޑުކަމުންނެވެ. ގިނަ މީހުން ބުނި ގޮތުން ރަމަޟާން މަހުގެ ކުރިން އެމީހުން ގަންނަ ކަދުރާ ނަޓްގެ ބާވަތްތައް އަދި ހިކި މޭވާގެ ބާވަތްތަކުގެ އަގު މިއަހަރު ވަނީ ދެގުނަ ބޮޑުވެފައެވެ. ހޯލްސޭލް މާކެޓްތަކަށް ތަކެތި ގަތުމަށް މިއަހަރު ދިޔަ އެންމެންވެސް އެބުރި ދާން ޖެހުނީ ގަސްތު ކުރިވަރަށް ވުރެ މަދުން ތަކެތި ގަނެގެންނެވެ. ތަކެތީގެ އަގު ބޮޑުކަމުންނެވެ.

ޕާކިސްތާނަށް މިއަހަރު ރަމަޟާން މަސް މިއަންނަނީ ސިޔާސީ މަސްރަހަށް ވެސް ބަދަލެއް އަންނަން އުޅޭ ކަމުގެ ސިގްނަލްތަކާއެކުއެވެ. ބޮޑުވަޒީރު އިމްރާން ޚާންގެ ސަރުކާރަށް އޮތް އިތުބާރު ގެއްލި، އާންމު މުޒާހަރާތައް ދަނީ އިތުރުވަމުންނެވެ. ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވާާ އިދިކޮޅު މުޒާހަރާތައް ދަނީ އިތުރުވެ ފުޅާވަމުންނެވެ.

އިމްރާން ޚާންގެ ސަރުކާރާމެދު އިތުބާރު އޮތްތޯ ބެލުމަށް ވޯޓެއް ނެގުމަށްވެސް ގާނޫނު ހަދާ މަޖިލީހަށް މިހާރު ހުށައަޅާފައިވާއިރު، މި ވޯޓުލުން އެޕްރިލް 3ވާ އާދީއްތަ ދުވަހު އޮންނާނެއެވެ. އެދުވަހަކީ ޕާކިސްތާނަށް މުލަރޯދަ ދުވަސް ވެސްމެއެވެ.

ޕާކިސްތާންގެ ގިނަބަޔަކު ބުނާ ގޮތުން ވެރިކަމުގައި ހުރީ ކާކުތޯ ބަލަން އާންމު ރައްޔިތުން ބޭނުމެއް ނުވާނެއެވެ. ރައްޔިތުން ބަލަން ބޭނުންވާނީ އަގުހެޔޮކޮން ތަކެތި ފޯރުކޮށްދެވޭ ވެރިއެއްކަމަށް އެމީހުން ބުނެއެވެ. އެގޮތުން މުދަލާއި ޚިދުމަތުގެ އަގު މިހާރު އަތް ނުފޯރާ ފަށަށް އަރަމުންދާތީ އެކަމުގެ ކަންބޮޑުވުން ވަރަށް ބޮޑަށް އެބަހުރި ކަމަށް އެމީހުން ބުނެފައިވެއެވެ. ޚާއްސަކޮށް ރަމަޟާން މަހާއި ދިމާކޮށް ކާބޯތަކެތި އަގުބޮޑުވުމަކީ އާންމުން ވަރަށް ކަންބޮޑުވާކަމެކެވެ.

ޕާކިސްތާންގެ އިގްތިސާދަށް މައްސަލަތައް ކުރިމަތިވެފައިވަނީ އިސްރާފު ބޮޑު ޕަވަރ ސެކްޓަރުގެ ސަބަބުންނާއި، ޓެކްސް ނިޒާމް ބަލިކަށިކަމުންނެވެ. މީގެ އިތުރުން ޕްރޮޑަކްޓިވިޓީ ނުވަތަ އުފެއްދުންތެރިކަން އިންތިހާއަށް ދަށަށް ގޮސްފައިވާއިރު އެކްސްޕޯޓް ކުރެވޭ ތަކެތިން ވެސް އެދެވޭ ނަފާ ލިބެމުން ނުދާތީ ކަމަށް ވެއެވެ.

އެހެން ރަމަޟާން މަސްތަކާއި ދިމާކޮށް ތަކެތި ގަންނަ މީހުންނާއި ގާތަށްވެސް މިރަމަޟާން މަހަށް ތަކެތި ގަންނަން މީހުން ނުނިކުންނަ ކަމުގައި ވެއެވެ.

ރަމަޟާން މަހު މުދާ އަގުބޮޑުވުން ހުއްޓުވުމަށް ޕާކިސްތާންގެ އިކޮނޮމިކް ކައުންސިލުން ވަނީ 8 ބިލިއަން ރުޕީސްގެ ރަމަޟާން ރިލީފް ޕެކޭޖެއް ފާސްވެސް ކޮށްފައެވެ. މި ޕެކޭޖްގެ ދަށުން 19 ބާވަތެއްގެ ޒަރޫރީ އައިޓަމްތައް އެކި ހިސާބުގައިވާ ހަހާސް ޔުޓިލިޓީ ސްޓޯރަކަށް ސަބްސިޑީ ރޭޓްތަކުގައި ލިބިދެވޭނެއެވެ.

ޕާކިސްތާންގެ 220 މިލިއަން އާބާދީގެ 90 އިންސައްތަޔަށް ވުރެމަތި އެއީ މުސްލިމުންނެވެ. ކޮންމެއަކަސް ޕާކިސްތާން ރައްޔިތުން ރަމަޟާން މަހަށް ތައްޔާރުވަމުންދާއިރު ބޮޑުވަޒީރު ގެންދަވަނީ ސަރުކާރު ސަލާމަތް ކުރެއްވޭތޯ ބައްލަވަމުންނެވެ.

އާދީއްތަ ދުވަހުގެ ވޯޓުގެ ނަތީޖާ ނުކުން ގޮތަކުން ޕާކިސްތާންގައި ވަރަށް ގިނަ ކަންތައްތަކެއް އަނެއްކާވެސް ބަދަލުވެގެން ދާނެއެވެ.

ޕާކިސްތާން

ކޮމެންޓް

އިތުރަށް ކިޔާލަން

އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

03 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި

ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި

24 ނޮވެމްބަރު 2025
ޕާކިސްތާނު ގައި ތެރަސް ހަދާ ކާރުޚާނާ އެއް ގޮވައި، މަދުވެގެން 16 މީހުން މަރު ވެއްޖެ

ޕާކިސްތާނު ގައި ތެރަސް ހަދާ ކާރުޚާނާ އެއް ގޮވައި، މަދުވެގެން 16 މީހުން މަރު ވެއްޖެ

21 ނޮވެމްބަރު 2025
ޕާކިސްތާނުގެ އިސްލާމްއާބާދު ގައި ކާރު ބޮމެއް ގޮއްވާލައިފި، 12 މީހުން މަރުވެއްޖެ

ޕާކިސްތާނުގެ އިސްލާމްއާބާދު ގައި ކާރު ބޮމެއް ގޮއްވާލައިފި، 12 މީހުން މަރުވެއްޖެ

11 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު