Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުކުރު ޚުތުބާ

ރަމަޟާން މަހުގެ ރަޙްމަތް ލިބިގަތުމަށް ފުރިހަމަ ތައުބާއަކުން ތައުބާވުމަށް އަވަސްވެގަނޭ: ޚުތުބާ

1 އެޕްރީލު 2022 | ހުކުރު 08:39

ރަމަޟާންމަހަކީ މާތްވެގެންވާ މައްސަރެއް

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 1 އެޕްރީލު 2022 | ހުކުރު 08:39
ސަލްމާން މިސްކިތުގައި ހުކުރު ނަމާދު ކުރަނީ

ސަލްމާން މިސްކިތުގައި ހުކުރު ނަމާދު ކުރަނީ

ރަމަޟާން މަހުގެ ރަހުމަތާއި، މަޣުފިރަތާއި، ނަރަކައިން ދިންނެވުން ލިބިގަތުމަށްޓަކައި ފުރިހަމަ ތައުބާއަކުން ތައުބާވުމަށް އަވަސްވެގަތުމަށް ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.

"ރަމަޟާންމަހަށް އިސްތިގުބާލުކުރުން" މި މައުޟޫއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ޚުތުބާގައި ވަނީ ރަމަޟާންމަހުގެ މާތްކަމާއި މަތިވެރިކަމުގެ މައްޗަށް އަލިއަޅުވާލާފައެވެ. މިގޮތުން މި މަހަކީ އެހެން މަސްމަހަށްވުރެ މާތްކަން އިތުރުވެގެންވާ މަހެއް ކަމަށާއި، ރަމަޟާން މަސް މާތްކުރެވުނު ސަބަބުތަކުގެ ތެރޭގައި މި މައްސަރުގައި ރޯދައިގެ އަޅުކަން ލައްވާފައިވުމާއި، ކީރިތި ޤުރުއާން ބާވައިލެއްވުމާއި، އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑުވެގެންވާ ލައިލަތުލް ޤަދުރި ވިލޭރޭ ލައްވާފައިވުން ހިމެނޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

Advertisement - newsAdvertisement

މި މައްސަރުގެ މާތްކަން ބަޔާންކުރައްވައި ކީރިތި ރަސޫލާ މުހައްމަދު ﷺ ދެއްވި އިރުޝާދުން ދޭހަވާ ގޮތުގައި ރަމަޟާން މަހަކީ ރަހުމަތާއި، ފާފަފުއްސެވުމާއި، ނަރަކައިން ދިންނެވުން އެކުލެވިގެންވާ ބަރަކާތްތެރި މައްސަރެއްކަމަށް ޚުތުބާގައި ބުނެފައިވެއެވެ. މިފަދަ މާތް ބަރަކާތްތެރި މައްސަރެއް މިންވަރު ކުރެއްވީތީ ﷲ ސުބުހާނަހޫ ވަތަޢާލާއަށް ޝުކުރުކޮށް އުފާކުރުން ހައްގުވާކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މި މަހުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފައި، ހެޔޮ އަމަލުކުރުމުގައި އެކަކު އަނެކަކާ ވާދަކޮށް ކުރިއަރައިދާން މަސައްކަތްކުރަންޖެހޭކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި މި މާތް މަހުގެ ރަހުމަތާއި، މަޣުފިރަތާއި، ނަރަކައިން ދިންނެވުން ލިބިގަތުމަށްޓަކައި ފުރިހަމަ ތައުބާއަކުން ތައުބާވުމަށް އަވަސްވެގަންނަން ޖެހޭކަމަށް ނަސޭހަތްތެރިވެފައިވެއެވެ.

މި މައްސަރުގައި ކުރަންޖެހޭ މުހިންމު އެއް ކަމަކީ މި އުއްމަތުގެ މައްޗަށް ފަރުޟު ކުރައްވާފައިވާ ރޯދަ ހިފުން ކަމުގައި ޚުތުބާގައި ބުނެފައިވެއެވެ. މިކަން ފަރުޟުކުރައްވާފައިވަނީ އިންސާނުންގެ ކިބައިގައި ތަގުވާގެ މާތް ސިފަ އަށަގެންނެވުމަށް ކަމަށާއި، ރޯދައިގެ އަޅުކަން ފުރިހަމައަށް އަދާކުރެވިއްޖެނަމަ މާތް ﷲ ގެ ހަޒުރަތުން ލިބޭނެ ސަވާބާއި ދަރުމައިގެ މަތިވެރިކަން ވަރަށް ބޮޑު ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

އަދި ކީރިތި ޤުރުއާން ކިޔެވުމުގައި ވީހާވެސް ގިނަ ވަގުތު ހޭދަކުރެވޭތޯ ބެލުމަށް ހުކުރު ޚުތުބާގައި ނަސޭހަތްތެރިވެފައިވެއެވެ. ކީރިތި ޤުރުއާނަކީ ހިދާޔަތެއް ކަމާއި، ޤުރުއާނުން ކިޔަވާ ކޮންމެ އަކުރަކަށް ސަވާބާއި ދަރުމަ 10 ގުނައަށް އިތުރުވާކަމަށް ޚުތުބާގައި ބުނެއެވެ. އަދި ރޯދަމަހުގެ ރޭތައް އަޅުކަމުގައި ހޭދަކުރުމަކީ ގަދަވެގެންވާ ސުންނަތެއް ކަމަށާއި، ތަރާވީހު ނަމާދު ޖަމާއަތުގައި އަދާކުރުމަށް މަސައްކަތްކުރުމަށް ޚުތުބާގައި ވަނީ ނަސެހަތްތެރިވެފައެވެ. ރޯދައަށްތިބެ ދުޢާކުރުން ގިނަކުރުމަށްވެސް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.

ހުކުރު ޚުތުބާރަމަޟާން 1443

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

4

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

5

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

އިތުރަށް ކިޔާލަން

07 ނޮވެމްބަރު 2025

އުފާވެރިކަން އޮތީ ފައިސާއާއި މަޝްހޫރު ކަމުގައި ނޫން، ހަގީގީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުން: ޚުތުބާ

07 ނޮވެމްބަރު 2025
އުފާވެރިކަން އޮތީ ފައިސާއާއި މަޝްހޫރު ކަމުގައި ނޫން، ހަގީގީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުން: ޚުތުބާ
31 އޮކްޓޯބަރު 2025

ދެކޮޅުވެރިކަމާއި، ހަސަދަވެރިކަމުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި

31 އޮކްޓޯބަރު 2025
ދެކޮޅުވެރިކަމާއި، ހަސަދަވެރިކަމުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި
24 އޮކްޓޯބަރު 2025

ވަލިއްޔުންނަށް އިހްތިރާމުކުރުމުގެ ނަމުގައި، ބިދުއަތައް ވަނީ ފެތުރިފައި، މިއީ ޝިރުކުގެ އަމަލެއް: ޚުތުބާ

24 އޮކްޓޯބަރު 2025
ވަލިއްޔުންނަށް އިހްތިރާމުކުރުމުގެ ނަމުގައި، ބިދުއަތައް ވަނީ ފެތުރިފައި، މިއީ ޝިރުކުގެ އަމަލެއް: ޚުތުބާ
22 އޮކްޓޯބަރު 2025

މި ސަރުކާރުން ވަނީ ހުކުރު ޚުތުބާ ވެސް ސިޔާސީ ކޮށްފައި: ކުރީގެ އިސްލާމިކް މިނިސްޓަރު

22 އޮކްޓޯބަރު 2025
މި ސަރުކާރުން ވަނީ ހުކުރު ޚުތުބާ ވެސް ސިޔާސީ ކޮށްފައި: ކުރީގެ އިސްލާމިކް މިނިސްޓަރު
22 އޮކްޓޯބަރު 2025

ކުރީގެ ރައީސް ސާލިހުގެ ސަރުކާރުގައި ދެ ޚުތުބާއެއް ފޮރުވާފައިވާ ކަމަށް ވިދާޅުވެ، މިނިސްޓަރު ޝަހީމް މަޖިލީހުގައި ދޮގު ހައްދަވައިފި

22 އޮކްޓޯބަރު 2025
ކުރީގެ ރައީސް ސާލިހުގެ ސަރުކާރުގައި ދެ ޚުތުބާއެއް ފޮރުވާފައިވާ ކަމަށް ވިދާޅުވެ، މިނިސްޓަރު ޝަހީމް މަޖިލީހުގައި ދޮގު ހައްދަވައިފި
17 އޮކްޓޯބަރު 2025

ފަރުޟު ނަމާދަށް ރައްކާތެރިވޭ، ނަމާދު ދޫކޮށްލައިފި މީހާ ދީނުން ބޭރުވާނެ: ޚުތުބާ

17 އޮކްޓޯބަރު 2025
ފަރުޟު ނަމާދަށް ރައްކާތެރިވޭ، ނަމާދު ދޫކޮށްލައިފި މީހާ ދީނުން ބޭރުވާނެ: ޚުތުބާ
03 އޮކްޓޯބަރު 2025

މުސްލިމުންނަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި، ކޮންމެ ފަދަ ވާހަކައެއް ދެއްކުން ހުއްދަވެގެންވާ ބަޔެއް ނޫން: ޚުތުބާ

03 އޮކްޓޯބަރު 2025
މުސްލިމުންނަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި، ކޮންމެ ފަދަ ވާހަކައެއް ދެއްކުން ހުއްދަވެގެންވާ ބަޔެއް ނޫން: ޚުތުބާ
26 ސެޕްޓެމްބަރު 2025

އިސްލާމްދީނުގެ އަހުލުވެރީން ޣައިރުދީންތަކުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެ އުޅުމަކީ ދީނީ ޝަޚުސިއްޔަތު ހަލާކުވާނެ ކަމެއް: ޚުތުބާ

26 ސެޕްޓެމްބަރު 2025
އިސްލާމްދީނުގެ އަހުލުވެރީން ޣައިރުދީންތަކުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެ އުޅުމަކީ ދީނީ ޝަޚުސިއްޔަތު ހަލާކުވާނެ ކަމެއް: ޚުތުބާ
19 ސެޕްޓެމްބަރު 2025

މާތް الله ނުރުއްސަވާކަންތައް ގިނަވެ، ފާހިޝު ކަންތައްތައް އާންމު ވެއްޖެނަމަ އެ މުޖުތަމައެއް ފަސާދަވެ ފަނާވާނެ: ޚުތުބާ

19 ސެޕްޓެމްބަރު 2025
މާތް الله ނުރުއްސަވާކަންތައް ގިނަވެ، ފާހިޝު ކަންތައްތައް އާންމު ވެއްޖެނަމަ އެ މުޖުތަމައެއް ފަސާދަވެ ފަނާވާނެ: ޚުތުބާ
12 ސެޕްޓެމްބަރު 2025

ޚުޝޫއަތްތެރިކޮށް ނަމާދުކުރާ މީހާ ހުތުރުކަންބޮޑު ފާފަތައް ނުކުރާނެ، ފާފަ ކުރެވޭނަމަ އަމިއްލަ ނަފްސާ ސުވާލުކުރޭ: ޚުތުބާ

12 ސެޕްޓެމްބަރު 2025
ޚުޝޫއަތްތެރިކޮށް ނަމާދުކުރާ މީހާ ހުތުރުކަންބޮޑު ފާފަތައް ނުކުރާނެ، ފާފަ ކުރެވޭނަމަ އަމިއްލަ ނަފްސާ ސުވާލުކުރޭ: ޚުތުބާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް