Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފިތުރު ޒަކާތް ދެއްކުން

ބޭނުން ރަށަކަށް ފިތުރު ޒަކާތް ދެއްކޭނެ ގޮތް ހަމަޖައްސައިފި

މިފަހަރު ވެސް އޮންލައިންކޮށް އުރީދޫ، ދިރާގު އަދި ފަހިޕޭ މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކޭނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 1 އެޕްރީލު 2022 | ހުކުރު 07:26
ޒަކާތް ދިނުން

ޒަކާތް ދިނުން

އެމީހަކު ބޭނުން ރަށަކަށް އޮންލައިންކޮށް ފިތުރު ޒަކާތް ދެއްކޭނެ ގޮތް އިސްލާމިކް މިނިސްޓްރީން ހަމަޖައްސައިފިއެވެ.

ރާއްޖެޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމުގައި އޮންލައިންކޮށް ބޭނުން ރަށަކަށް ފިތުރު ޒަކާތް ދެއްކޭނެ އިންތިޒާމް ހަމަޖެއްސުމާއި ގުޅޭ ގޮތުން ވާހަކަފުޅުދައްކަވަމުން، އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝާފިއު އަލީ ވިދާޅުވީ ރަމަޟާން މަސް ފެށިގެންދާ ހިސާބުން މިނިސްޓްރީން ފިތުރު ޒަކާތް ފައިސާއިން ބަލައިގަންނަން ފަށާނެ ކަމަށެވެ. އަދި އެސްއެމްއެސް މެދުވެރިކޮށް އުރީދޫ އަދި ދިރާގުގެ ކަސްޓަމަރުންނަށް ފިތުރު ޒަކާތް ދެއްކުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށާއި، ބީއެމްއެލްގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް އަދި އުރީދޫގެ އެމްފައިސާ އަދި ދިރާގު ޕޭ އަދި ފަހިޕޭ މެދުވެރިކޮށްވެސް ފިތުރު ދެއްކުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ޝާފިއު ވިދާޅުވީ މިފަހަރު ގެނެވުނު އެންމެ ބޮޑު އެއް ބަދަލަކީ އޮންލައިން ޕްލެޓްފޯމްތަކުން ފިތުރު ޒަކާތް ދައްކާކަމުގައި ވާނަމަ، ސެންޓްރަލް އެކައުންޓަކަށް އެފައިސާ ޖަމާވެގެން މާލޭގެ ފަގީރުންނަށް އެ ފައިސާ ބެހުން ނިމުމަކަށް ގެނެވި، އެކަމަށް ގެނެވުނު ބަދަލު ކަމަށެވެ. އެގޮތުން އޮންލައިންކޮށް ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ވަރަށް ބުރަ މަސައްކަތެއްކޮށް، މިފަހަރު ގެނެވުނު އެއް ބަދަލަކީ ޒަކާތުގެ ގޮތުގައި ދައްކާ ފައިސާ އެމީހަކު ފައިސާ ދައްކަން ބޭނުންވާ ރަށެއްގެ ޕޯޓަލް މެދުވެރިކޮށް ހިޔާރު ކުރެވޭނެ އިންތިޒާމު ކަމަށެވެ. އަދި އެފައިސާ ރަމަޟާން މަސް ނިމޭއިރު ކައުންސިލްތަކަށް ޖަމާކުރެވޭނެ ކަމަށް ޝާފިއު ވިދާޅުވިއެވެ.

އެހެން އަހަރުތަކޭ އެއްގޮތަށް މިއަހަރު ވެސް މުދަލުން ޒަކާތް ބަލައިގަންނާނެ ކަމަށާއި، ހާއްސަކޮށް ކާބޯތަކެތިން ފިތުރު ޒަކާތް ބަލައިގަންނާނެ އިންތިޒާމްތައް ހަމަޖައްސާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ފައިސާ ދެއްކުމާއި އޮންލައިންކޮށް ޒަކާތް ދެއްކުން ކުރިއަށްދާނެ ކަމަށާއި، މިނިސްޓްރީން ޔަގީންކުރަން ބޭނުންވަނީ ވީހާވެސް ގިނަ ގޮތްގޮތުން ރައްޔިތުންނަށް ފަސޭހަކަމާއެކު ފިތުރު ޒަކާތް ދެއްކުމުގެ ކަންކަން ހަމަޖައްސައި ދިނުން ކަމަށްވެސް ޝާފިއު ވިދާޅުވިއެވެ.

ޝާފިއު ވިދާޅުވީ ރަމަޟާން މަސް ނިމުމުގެ ދެތިން ދުވަސް ކުރިން އޮންލައިންކޮށް ފިތުރު ޒަކާތް ބަލައިގަތުމުގެ ކަންކަން ނިމޭނެ ކަމަށާއި، އެ ތާރީހު ވީހާވެސް ފަސްކުރެވޭތޯ މަސައްކަތް ކުރަމުންދާއިރު، އެ މައުލޫމާތު ހާމަކުރަމުން ދާނެ ކަމަށެވެ. އަދި މުދަލުން ފިތުރު ޒަކާތް ބަލައިގަތުން އެންމެ ފަހުވަގުތާއި ޖެހެންދެން މަސައްކަތް ކުރަމުންދާނެ ކަމަށެވެ.

ފަގީރުންގެ ދަފްތަރާއި ގުޅޭ ގޮތުން ޝާފިއު ވިދާޅުވީ މިފަހަރު ފަގީރުންގެ ދަފްތަރު އެކުލަވާލި އިރު 9041 މީހުން ދަފްތަރުގައި ތިބި ކަމަށެވެ. އަދި މިދިޔަ އަހަރު ތިބީ 7778 ފަގީރުން ކަމަށެވެ. އަތޮޅު ތެރޭގައި 7245 މީހުން މިއަހަރު ދަފްތަރު ކުރެވިފައިވާ އިރު، މިދިޔަ އަހަރު އަތޮޅު ތެރޭގައި ތިބީ 6258 މީހުން ކަމަށެވެ.

މި އަހަރު މާލޭގައި 1796 ފަގީރުން ތިބިއިރު، މިދިޔަ އަހަރު ތިބީ 1520 މީހުންނެވެ.  މިއަހަރު ފަގީރުން ނެތް 42 ރަށް ހިމެނޭ އިރު މިދިޔަ އަހަރު އެއަދަދު ހުރީ 45 ގައި ކަމަށް ޝާފިއު ވިދާޅުވިއެވެ.

ފިތުރު ޒަކާތް ދެއްކުމުގެ ކަންކަމާއި ގުޅިގެން އިތުރަށް ވާހަކަފުޅުދައްކަވަމުން ޝާފިއު ވިދާޅުވީ ކުރިން އެކި ރަށްރަށުގައި ރޭޓް ތަފާތު ނަމަވެސް އޮންލައިން ޕްލެޓްފޯމަށް ގެނެވުނު ބަދަލާއެކު ފިކްސްޑް ރޭޓެއް މުޅި ރާއްޖެއަށް ކަނޑައަޅާފައިވާ ކަމަށެވެ. އެކި ކާބޯތަކެތީގެ އެކި ވައްތަރުތަކާއި، އެކި ކޮލިޓީއަށް ރޭޓްތަކެއް ކަނޑައެޅިފައިވާ ކަމަށް ޝާފިއު ވިދާޅުވިއެވެ.

ފިތުރު ޒަކާތްޒަކާތް

ކޮމެންޓް

އިތުރަށް ކިޔާލަން

ފިޠުރުޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ސުންގަޑި އާއްމުކޮށްފި

ފިޠުރުޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ސުންގަޑި އާއްމުކޮށްފި

28 ފެބުރުއަރީ 2025
ޒަކާތް ނެރުމާއި ބެހުމުގައި ޢަމަލުކުރާނެ ގޮތުގެ ޝަރުޢީ އަސާސްތަކާއި މިންގަނޑުތައް އާންމުކޮށްފި

ޒަކާތް ނެރުމާއި ބެހުމުގައި ޢަމަލުކުރާނެ ގޮތުގެ ޝަރުޢީ އަސާސްތަކާއި މިންގަނޑުތައް އާންމުކޮށްފި

23 ޑިސެމްބަރު 2024
ޒަކާތް ދިނުމަކީ މުދާ ތާހިރުވެ، ބަލިތަކަށް ޝިފާލިބޭ ކަމެއް - ޚުތުބާ

ޒަކާތް ދިނުމަކީ މުދާ ތާހިރުވެ، ބަލިތަކަށް ޝިފާލިބޭ ކަމެއް - ޚުތުބާ

17 މެއި 2024
އިއްޔެގެ ނިޔަލަށް ފިތުރު ޒަކާތުގެ ގޮތުގައި 9.2 މިލިއަން ރުފިޔާ ލިބިއްޖެ

އިއްޔެގެ ނިޔަލަށް ފިތުރު ޒަކާތުގެ ގޮތުގައި 9.2 މިލިއަން ރުފިޔާ ލިބިއްޖެ

09 އެޕްރީލު 2024
ފިތުރު ޒަކާތުގެ ގޮތުގައި 9 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ

ފިތުރު ޒަކާތުގެ ގޮތުގައި 9 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ

09 އެޕްރީލު 2024

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު