Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދުޅަހެޔޮ ހަށިހެޔޮ ދުވަސް 2022

ކަލާސް އެވޯޑްސް އޮންނަ ދުވަސް ޚާއްސަ ވާނެ ދުޅަހެޔޮ ހަށިހެޔޮ ދުވަހަށް: އެޑިއުކޭޝަން މިނިސްޓަރު

31 މާރިޗު 2022 | ބުރާސްފަތި 06:44

އިވެންޓު ޝަރަފުވެރިކޮށްދެއްވީ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 31 މާރިޗު 2022 | ބުރާސްފަތި 06:44
ދުޅަހެޔޮ ހަށިހެޔޮ ދުވަސް ފާހަގަކުރުމަށް ބޭއްވި ދުވުމުގެ ތެރެއިން

ދުޅަހެޔޮ ހަށިހެޔޮ ދުވަސް ފާހަގަކުރުމަށް ބޭއްވި ދުވުމުގެ ތެރެއިން

ކަލާސް އެވޯޑްސް އޮންނަ ދުވަސް މީގެފަހުން ދުޅަހެޔޮ ހަށިހެޔޮ ދުވަހަށް ޚާއްސަ ވެގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ތައުލީމީ ދާއިރާގައި ދުޅަހެޔޮ ހަށިހެޔޮ ދުވަސް ފާހަގަކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ހުރިހާ ސްކޫލެއްގެ ދަރިވަރުންނަށް ދުވުމެއް ބާއްވާފައެވެ. މާލޭގައި ބޭއްވި އިވެންޓު ޝަރަފުވެރިކޮށްދެއްވީ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފެވެ.

Advertisement - newsAdvertisement

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމަށް ދެއްވި އިންޓަވިއުގައި އެޑިއެކޭޝަން މިނިސްޓަރު ވިދާޅުވީ ފަތިސް ނަމާދު ކޮށްގެން ރާއްޖޭގެ ހުރިހާ ސްކޫލެއްގެވެސް ކުދިން ދުވަން ދިޔަ ކަމަށާއި އެއަށްފަހު ސްޕޯޓްސް މީޓްސް ފެށިގެން ދިޔަ ކަމަށެވެ. އަދި ހުރިހާ ސްކޫލަކުން ވެސް މި ހަރަކާތުގައި ބައިވެރިވި ކަމަށެވެ. އަދި ކުރިއަތް އޮތް އަހަރުތަކުގައި ވެސް ކަލާސް އެވޯޑްސް އޮންނަ ދުވަހު، ދުޅަހެޔޮ ހަށިހެޔޮ ދުވަސް ފާހަގަކޮށް، ހަރަކާތްތައް ބާއްވާނެ ކަމަށް ވިދާޅުވިއެވެ.

މިފަދަ ޕްރޮގްރާމެއްގެ މަޤްސަދަކީ ހަށިހެޔޮ ކަންމަތީގައި ހުރިހާ ދަރިވަރުން ތިބުމަށް މަގުފަހި ކުރުމާއި ދުޅަހެޔޮ މުޖުތަމައުއެއް ބިނާ ކުރުން ކަމުގައިވެސް އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވިއެވެ.   

ޔޫތު މިނިސްޓަރު މަހްލޫފް ވިދާޅުވީ މި ސަރުކާރު ފެށިގެން އައިރު މިއީ ވަރަށް ބާރަށް ފެށި މަސައްކަތެއް ކަމަށާއި ސްކޫލު ކުދިން މިކަމަށް އަހުލުވެރިކުރުވާ ބައިވެރިކުރުމަކީ ވަރަށް ރަނގަޅު ކަމެއް ކަމަށެވެ. އަދި މި ދުވުމުން ކުދިންނާއި ބެލެނިވެރިންނަށް ވަރަށް ރަނގަޅު މެސެޖެއް ލިބިގެންދިޔަ ކަމަށް ވެސް މަހުލޫފް ވިދާޅުވިއެވެ. މިނިސްޓްރީގެ ފަރާތުން ވެސް މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ޚާއްސަ ޓީމެއް އެކުލަވާލާފައިވާ ކަމުގައިވެސް މަހުލޫފު ވިދާޅުވިއެވެ.

ކަލާސް އެވޯޑަކީ ކުޅިވަރުގެ ދާއިރާއިން ޒުވާން ހުނަރުވެރިންގެ އަގު ވަޒަންކޮށް ކުޅިވަރުގެ ދާއިރާއިން އިތުރަށް ދަރިވަރުން ކުރިއެރުވުމަށް 2013 ވަނަ އަހަރުން ފެށިގެން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ދެމުން އަންނަ އެވޯޑެކެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ އިސްނެންގެވުމަށް "ދުޅަހެޔޮ ހަށިހެޔޮ" ކުޅިވަރު ޢީދު ފެސްޓިވަލެއް 2018 ވަނަ އަހަރު ވަނީ ބާއްވާފައެވެ. މިކުޅިވަރު ފެސްޓިވަލަކީ ފަހުގެ ތާރީޚެއްގައި ރާއްޖޭގައި ބޭއްވި އެންމެ ބޮޑު ކުޅިވަރު ފެސްޓިވަލަށްވާއިރު، މިހަރަކާތަށް ބޮޑު ތަރުޚީބެއް ލިބުނެވެ. މިގޮތުން 17 ކުޅިވަރު އެސޯސިއޭޝަނާއި 15 ޖަމިއްޔާއަކުން މިހަރަކާތުގައި އެބުރު ބައިވެރިވިއެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަން

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

29 ސެޕްޓެމްބަރު 2025

ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް

29 ސެޕްޓެމްބަރު 2025
ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް
10 ޖުލައި 2025

ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ

10 ޖުލައި 2025
ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ
30 ޖޫން 2025

ކެންދޫ ސްކޫލުގެ ޕްރިންސިޕަލް އުކުޅަހަށް ބަދަލުކުރާތި ބެލެނިވެރިން ނުކުމެ އިހުތިޖާޖުކުރަން ފަށައިފި

30 ޖޫން 2025
ކެންދޫ ސްކޫލުގެ ޕްރިންސިޕަލް އުކުޅަހަށް ބަދަލުކުރާތި ބެލެނިވެރިން ނުކުމެ އިހުތިޖާޖުކުރަން ފަށައިފި
30 ޖޫން 2025

އެއް ދަންފަޅި އަށް ކިޔެވުން ބަދަލު ނުކުރެވިގެން އުޅެނީ ކުރީ ސަރުކާރުން އެކަށީގެންވާ މިންވަރަށް ސްކޫލު އަޅާފައި ނެތުމުން: އެޑިޔުކޭޝަން

30 ޖޫން 2025
އެއް ދަންފަޅި އަށް ކިޔެވުން ބަދަލު ނުކުރެވިގެން އުޅެނީ ކުރީ ސަރުކާރުން އެކަށީގެންވާ މިންވަރަށް ސްކޫލު އަޅާފައި ނެތުމުން: އެޑިޔުކޭޝަން
06 މެއި 2025

ސްކޫލަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

06 މެއި 2025
ސްކޫލަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
05 މެއި 2025

ފޭސް ދޭއްގައި ބިންގާ އެޅި ސްކޫލް ނޮވެމްބަރަށް ނިންމައި، އިތުރު ދެ ސްކޫލެއްގެ މަސައްކަތް މި އަހަރު ފަށަނީ

05 މެއި 2025
ފޭސް ދޭއްގައި ބިންގާ އެޅި ސްކޫލް ނޮވެމްބަރަށް ނިންމައި، އިތުރު ދެ ސްކޫލެއްގެ މަސައްކަތް މި އަހަރު ފަށަނީ
04 ޑިސެމްބަރު 2024

އެޑިއުކޭޝަން މިނިސްޓްރީ އަށް ނޭގި މައުލޫމާތު ނުދޭން ސްކޫލުތަކަށް އަންގައިފި

04 ޑިސެމްބަރު 2024
އެޑިއުކޭޝަން މިނިސްޓްރީ އަށް ނޭގި މައުލޫމާތު ނުދޭން ސްކޫލުތަކަށް އަންގައިފި
24 ނޮވެމްބަރު 2024

މިއަހަރުގެ ބަޖެޓުގައި ތައުލީމީ ދާއިރާގައި ހިންގުމަށް ނިންމާފައިވާ އެއްވެސް މަޝްރޫއެއް ހިންގާފައިނުވޭ: ނައުޝާދު

24 ނޮވެމްބަރު 2024
މިއަހަރުގެ ބަޖެޓުގައި ތައުލީމީ ދާއިރާގައި ހިންގުމަށް ނިންމާފައިވާ އެއްވެސް މަޝްރޫއެއް ހިންގާފައިނުވޭ: ނައުޝާދު
01 އޮކްޓޯބަރު 2024

250 ބައިވެރިންނާއެކު 7 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް ފަށައިފި

01 އޮކްޓޯބަރު 2024
250 ބައިވެރިންނާއެކު 7 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް ފަށައިފި
20 ސެޕްޓެމްބަރު 2024

މި ސަރުކާރުން މާދުރުނޫން މުސްތަގުބަލެއްގައި ދިރާސީ ކަލަންޑަރަށް އަނެއްކާ ވެސް ބަދަލުތައް ގެންނާނެ: އިހުސާން

20 ސެޕްޓެމްބަރު 2024
މި ސަރުކާރުން މާދުރުނޫން މުސްތަގުބަލެއްގައި ދިރާސީ ކަލަންޑަރަށް އަނެއްކާ ވެސް ބަދަލުތައް ގެންނާނެ: އިހުސާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް