Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ'ޤަޟާއީ އަހަރު 2022′

މިނިވަން ޖުޑީޝަރީއެއް ގާއިމް ނުކުރެވޭނަމަ، އެތަނެއްގައި އަދުލު އިންސާފުގެ ވެރިކަމެއް ނޯންނާނެ - އުއްތަމަ ފަނޑިޔާރު

25 މާރިޗު 2022 | ހުކުރު 02:10

ފަނޑިޔާރުން ނިންމާ ކޮންމެ ނިންމުކަކީ، މުޖުތަމައުގައި ތިބޭ ކޮންމެ ފަރުދަކަށް އަސަރުކުރާނެ ނިންމުމެއް

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 25 މާރިޗު 2022 | ހުކުރު 02:10
'ޤަޟާއީ އަހަރު 2022' އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

'ޤަޟާއީ އަހަރު 2022' އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

މިނިވަން ޖުޑީޝަރީއެއް ގާއިމް ނުކުރެވޭނަމަ، އެތަނެއްގައި އަދުލު އިންސާފުގެ ވެރިކަމެއް ނޯންނާނެކަމަށް އުއްތަމަ ފަނޑިޔާރު އަހުމަދު މުތަސިމް އަދުނާނު ވިދާޅުވެއްޖެއެވެ.

ޝަރުއީ ދާއިރާގެ މަސައްކަތްތައް ފެށުމަށް ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ 'ޤަޟާއީ އަހަރު 2022′ އިފްތިތާހު ކުރުމުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ، އަދުލު އިންސާފު ކަށަވަރު ކުރުމަކީ ކޯޓުތަކުގެ ފަނޑިޔާރުންގެވެސް އެންމެ ބޮޑު މަސްއޫލިއްޔަތުކަމަށެވެ.

Advertisement - newsAdvertisement

ފަނޑިޔާރުންނަށް މިނިވަންކަމާއިއެކު މަސައްކަތް ކުރެވޭނެ މަގު ތަނަސްކޮށްދެނީ، އެކި ފަރާތްތަކުގެ މެދުގައި އުފެދޭ އެކި މައްސަލަތުގައި އިންސާފު ގާއިމް ކޮށްދިނުމަށް ކަމަށާއި، އެކަން އިންސާފުން ކޮށްދެއްވުމަކީ ފަނޑިޔާރުންގެ އެންމެ ބޮޑު ޒިންމާކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ. ފަނޑިޔާރުންނަށް މިނިވަންކަންދެވެނީ ފަނޑިޔާރުންގެ އަމިއްލަ ބޭނުމަކަށް ނޫން ކަމަށާއި، މިނިވަންކަން އޮންނަންޖެހެނީ، ފަނޑިޔާރުންނަކީ އެކިއެކި ފަރާތްތަކުގެ މެދުގައި އުފެދޭ ޚުސޫމަތްތަކުގައި ގޮތް ކަނޑައަޅާ ފަރާތްކަމުގައި ވުމުން ކަމުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ. ފަނޑިޔާރުންގެ މަސްއޫލިއްޔަތަކީ ގާނޫނުގެ ވެރިކަން ނެގެހެއްޓުން ކަމަށާއި، ފަނޑިޔާރުގެ ހަގީގީ މާނައިގައި މިނިވަންނުވެ، މަސްއޫލިއްޔަތު އަދާކުރުމަކީ މުސްތަހީއްލު ކަމެއް ކަމުގައިވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ. ގައުމުގެ ހަމަޖެހުމާއި އަދުލު އިންސާފުގެ ވެރިކަން މިނިވަން ޖުޑީޝަރީއެއް ނެތި، ނުކުރެވޭނެކަމީ ތާރީހު ހެކިދޭ ކަމެއް ކަމުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ ޒިންމާ އަދާކުރުމުގައި ފަނޑިޔާރުންގެ އެންމެބޮޑު އަމާޒަކަށް ވާންޖެހެނީ ނަޒާހާތްތެރި ކަމާއެކު މަސައްކަތުގައި ދެމި ތިބުމަށް ކަމުގައެވެ. ތިމާގެ މަސްލަހަތު ހިމެނޭ ކަމެއްކަމަށް ތިންވަނަ ފަރާތަކުން އިނގިލި ދިއްކޮށްފާނެ މައްސަލައެއްގައި ބައިވެރިނުވެ ފަނޑިޔާރު ކަމުގެ ޒިންމާ އަދާކުރުމުގައި ފަނޑިޔާރުގެ ތެދުވެރިކަމާއި އިޚްލާސްތެރިކަމާއިއެކު ސުވާލު އުފައްދަން ފުރުސަތު ނުދިނުމަކީ އެންމެ މުހިންމު އެއްކަންތައް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

އަދުކުވެރިކަމާއެކު ހަމަހަމަ ކާމާއެކު އިންސާފުވެރިކަމާއެކު ވަކިފަރާތަކަށް ބުރަނުވެ، ޒާތީ ތައައްސުބުން އެއްކިބާވެ ގާނޫނުތަކުގައި ވާގޮތުގެ މަތިން ފަނޑިޔާރުންގެ ޒިންމާ އަދާކުރަމުން ދިޔުމަކީ މުހިންމު ކަމެއް ކަމަށާއި، ރައްޔިތުންގެ ފަރާތުން ޝަރުއީ ދާއިރާއަށް އޮންނަ އިތުބާރަށް ބުރުލެއް އެރިޔަ ނުދިނުމަކީ ފަނޑިޔާރު ކަމުގައި ދެމިތިބޭ ހިނދަކު ފަނޑިޔާރުންގެ އެންމެ އިސް ވާޖިބު ކަމުގައި ދެކެންވާނެ ކަމުގައިވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

ފަނޑިޔާރުން ނިންމާ ކޮންމެ ނިންމުކަކީ، މުޖުތަމައުގައި ތިބޭ ކޮންމެ ފަރުދަކަށް އަސަރުކުރާނެ ނިންމުމެއް ކަމަށް ވިދާޅުވިއެވެ. ފަރުދީ އަދި މުޖުތަމައުގެ އާންމު މަސްލަހަތު ރައްކާތެރިވެގެންދާނީ ވިސްނުންތެރިކަމާއެކު ގާނޫނުން ލިބިގެންވާ ބާރު ބޭނުން ކުރެވިގެންކަން ފަނޑިޔާރުން އަބަދުވެސް ހަނދާން ބަހައްޓަންވާނެ ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

ކޮވިޑް19ގެ ބަލިމަޑުކަމާއިއެކު ދިމާވި ގޮންޖެހުންތަކާއެކުވެސް ހެޔޮ ބަދަލުތަކެއް ޝަރުއީ ދާއިރާއަށް ގެނެވިފައިވާކަމަށާއި، ބަލިމަޑުކަމާއެކު ޓެކްނޮލޮޖީއަށް އަހުލުވެރި ބަޔަކަަށް ޝަރުއީ ދާއިރާވެގެން ގޮސްފައިވާއިރު، ކޯޓުތަކުގައި ޝަރީއަތްތައް ލައިވް ކުރެވި، ކޯޓުތަކުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދެވުނުކަމީ އުފަލާއިއެކު ފާހަގަކޮށްލަންޖެހޭ ކަމެއް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

ޝަރުއީ ދާއިރާ އިސްލާހުކޮށް، ރައްޔިތުންގެ އިތުބާރު ހިފޭ ތަނަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށާއި، މިހާރު ފަނޑިޔާރުންނާއި، ފަނޑިޔާރުގެތަކާމެދު ރައްޔިތުން ދެކޭ ގޮތަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެވިފައިކަމަށް ވިދާޅުވިއެވެ. ޝަރުއީ ނިޒާމު ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަން ފާހަގަކުރައްވާ އުއްތަމަ ފަނޑިޔާރު ވިދާޅުވީ ޝަރުއީ ދާއިރާގައި އިންޓަރގްރޭޓެޑް ކޯޓް މެނޭޖްމެންޓް ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތްވެސް ކުރެވެމުންދާކަމަށެވެ. މީގެ އިތުރުންވެސް އައު ޓެކްނޮލޮޖީ ތައާރަފްކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވިދާޅުވިއެވެ. އަދި ކޭސް ރިޕޯޓް ސޮފްޓްވެއާ އެއް ތައްޔާރު ކުރުމުގެ މަސައްކަތްވެސް ކުރެވެމުންދާކަމަށް ވިދާޅުވިއެވެ.

މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުއެވެ. މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ޝަރުއީ ދާއިރާ އޮޓޯމޭޓްކުރުމުގެ ގޮތުން އަލަށް ތައާރަފްކުރެވިފައިވާ ތިން އެޕްލިކޭޝަނެއް ލޯންޗްކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދެވެ. ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އައު ވެބްސައިޓް ލޯންޗްކޮށްދެއްވީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސް ހިސާން ހުސައިނެވެ. އުއްތަމަ ފަނޑިޔާރު ވަނީ ސްޓޭޓް އޮފް ޖުޑީޝަރީ އެޑްރެސް އިއްވަވާފައެވެ.

މުއުތަސިމް އަދުނާންރައީސުލްޖުމްހޫރިއްޔާގެ އޮފީސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުރައީސް ނަޝީދު

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!
27 ނޮވެމްބަރު 2025

ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

27 ނޮވެމްބަރު 2025
ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި
12 ނޮވެމްބަރު 2025

ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ

12 ނޮވެމްބަރު 2025
ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ
23 އޮކްޓޯބަރު 2025

ނިމިދިޔަ ވެރިކަމުގައި ނުރަނގަޅަށް ކަމެއް ހިނގާފައި އޮތުމަކީ މިވެރިކަމުގައި އެކަން އެގޮތަށް ކުރަން އޮތް ހުއްޖަތެއް ނޫން: ރައީސް ނަޝީދު

23 އޮކްޓޯބަރު 2025
ނިމިދިޔަ ވެރިކަމުގައި ނުރަނގަޅަށް ކަމެއް ހިނގާފައި އޮތުމަކީ މިވެރިކަމުގައި އެކަން އެގޮތަށް ކުރަން އޮތް ހުއްޖަތެއް ނޫން: ރައީސް ނަޝީދު
17 އޮކްޓޯބަރު 2025

އުމްރާނީ ހުރިހާ މަސައްކަތްތަކެއް "އިހަށް މަޑުކޮށްލާ": ރައީސް ނަޝީދު

17 އޮކްޓޯބަރު 2025
އުމްރާނީ ހުރިހާ މަސައްކަތްތަކެއް "އިހަށް މަޑުކޮށްލާ": ރައީސް ނަޝީދު
16 އޮކްޓޯބަރު 2025

ރައީސް ނަޝީދު ރައީސް މުއިއްޒު އަށް: ޒިންމާދާރު ކަމެއް، އަމާޒެއް، ޕްލޭނެއް ނެތް!

16 އޮކްޓޯބަރު 2025
ރައީސް ނަޝީދު ރައީސް މުއިއްޒު އަށް: ޒިންމާދާރު ކަމެއް، އަމާޒެއް، ޕްލޭނެއް ނެތް!
05 އޮކްޓޯބަރު 2025

އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި

05 އޮކްޓޯބަރު 2025
އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި
30 ސެޕްޓެމްބަރު 2025

ޔޫޓިއުބް ޗެނަލް ގެއްލުނުތާ 9 ދުވަސް ވީއިރުވެސް، ސައިބަރ ސެކިއުރިޓީ ބޭފުޅުން ހީނާ އަށް އަޕްޑޭޓެއް ނުދެއްވާ!

30 ސެޕްޓެމްބަރު 2025
ޔޫޓިއުބް ޗެނަލް ގެއްލުނުތާ 9 ދުވަސް ވީއިރުވެސް، ސައިބަރ ސެކިއުރިޓީ ބޭފުޅުން ހީނާ އަށް އަޕްޑޭޓެއް ނުދެއްވާ!
27 ސެޕްޓެމްބަރު 2025

ކައުންސިލް ތަށް ތަޅު އެޅުވާ އިސްލާހު ތަސްދީގު ނުކޮށް ރައީސް އޮފީހުގައި ތާށިކޮއްފައި ބޭއްވުމަކީ ގާނޫނާއި ހިލާފުވުމެއް: މޭޔަރު ނިޒާރު

27 ސެޕްޓެމްބަރު 2025
ކައުންސިލް ތަށް ތަޅު އެޅުވާ އިސްލާހު ތަސްދީގު ނުކޮށް ރައީސް އޮފީހުގައި ތާށިކޮއްފައި ބޭއްވުމަކީ ގާނޫނާއި ހިލާފުވުމެއް: މޭޔަރު ނިޒާރު
25 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒު ބައިވެރި ވެވަޑައިގެންނެވި ޖަލްސާ، ކިނބިދޫ ކައުންސިލްގެ ރައީސް ބޮއިކޮޓްކޮށްފި

25 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު ބައިވެރި ވެވަޑައިގެންނެވި ޖަލްސާ، ކިނބިދޫ ކައުންސިލްގެ ރައީސް ބޮއިކޮޓްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް