Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރަޝިއާ-ޔޫކްރޭން ހަނގުރާމަ

ޕުޓިންއަކީ ހަނގުރާމައިގެ މުޖުރިމެއްކަން ސާބިތުކޮށްދިނުމަކީ ފަސޭހަކަމަކަށް ވާނެތަ؟

އެކަމަށް ހެކިބަސް ދޭނެ ބަޔަކު ހޯދުމަށް ގޮންޖެހުންތައް ކުރިމަތިވާނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 22 މާރިޗު 2022 | އަންގާރަ 10:07
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިންއަކީ ހަނގުރާމައިގެ މުޖުރިމެއްކަން ސާބިތު ކުރުމަކީ ގޮންޖެހުން ބޮޑު، ގިނަ އަހަރުތަކަކަށް ދެމިގެންދާނެ ކަމެއްކަމަަށް ޤާނޫނީ ބޭފުޅުން އަންދާޒާ ކުރައްވާ

ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިންއަކީ ހަނގުރާމައިގެ މުޖުރިމެއްކަން ސާބިތު ކުރުމަކީ ގޮންޖެހުން ބޮޑު، ގިނަ އަހަރުތަކަކަށް ދެމިގެންދާނެ ކަމެއްކަމަަށް ޤާނޫނީ ބޭފުޅުން އަންދާޒާ ކުރައްވާ

އެމެރިކާގެ ރައީސް ޖޯ ބައިޑެން މި ވަނީ ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިންއަކީ ހަނގުރާމައިގެ މުޖުރިމެއްކަމަށް ވިދާޅުވެފައެވެ. ނަމަވެސް ޤާނޫނީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ޕުޓިން އަދި ރަޝިއާގެ އެހެން ލީޑަރެއްގެ މައްޗަށް ނަމަވެސް ދައުވާއެއްކޮށް، ޝަރީއަތް ކުރިއަށް ގެންދިއުމަކީ ނުހަނު އުނދަގޫކަމަކަށް ނޫނީ ނުވާނެއެވެ. އެކަމަށް އަހަރުތަކެއް ވުންވެސް އެކަށީގެންވާކަމަށް ޤާނޫނީ ތަޖުރިބާކާރުން ވިދާޅުވެއެވެ.

ހަނގުރާމައިގެ މުޖުރިމުންނަކީ ކޮބާ؟ 

ދި ހޭގްގައި ހުންނަ އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުން (އައިސީސީ) އިން ބުނެފައިވާ ގޮތުގައި ހަނގުރާމައިގެ ކުށްތަކަކީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު އެކުލަވާލާފައިވާ ޖެނީވާ ކޮންވެންޝަނާއި ކަނޑައެޅިގެން ޚިލާފުވުމެވެ. އޭރު ވެފައިވާ މުއާހަދާތަކުގައި ވަނީ ހަނގުރާމައިގެ ވަގުތުތަކުގައި އިންސާނީ ޙައްޤުތަކާބެހޭ ކަންކަން އޮންނަން ޖެހޭނެ ގޮތުގެ އުސޫލުތަކެއް ޤާއިމު ކޮށްފައެވެ.

އޭގެ ތެރޭގައި ޤަސްތުގައި އާންމުންނަށް އަމާޒުކޮށް ޙަމަލާ ދިނުމާއި، އާންމުން ދިރިއުޅޭ ހިސާބުތަކާ ކައިރި އަސްކަރީ ބޭސްތަކަށް ޙަމަލާތައް އަމާޒުކޮށް އާންމުންގެ ފުރާނަ ގަސްތުގައި ނުރައްކަލަށް ހުށައެޅުން ފަދަ ކަންކަން ހިމެނެއެވެ. ޔޫކްރޭންއާއި އެ ޤައުމުގެ ބައިވެރިން ބުނާ ގޮތުގައި ރަޝިއާއިން މިހާރު ކުރަމުންދަނީ ދާދި އެޒާތުގެ ކަންކަމެވެ.

އެހެންނަމަވެސް ރަޝިއާއިން އެކަން ދިފާއުކޮށް ބުނަމުންދަނީ އެއީ ޚާއްސަ އަސްކަރީ އޮޕަރޭޝަނެއް ކަމަށެވެ. އެ އޮޕަރޭޝަންގައި އާންމުންނަށް ޓާގެޓު ކުރަމުން ނުދާ ކަމަށާއި، މިއީ ޔޫކްރޭން "ޑީ-މިލިޓަރައިޒް" އަދި "ޑީ-ނާޒިފައި" ކުރުމަށް ހިންގަމުންދާ އޮޕަރޭޝަނެއްކަމަށް އެ ޤައުމުން ބުނެއެވެ. ޔޫކްރޭންއާއި ހުޅަނގުން ކުރަމުންދަނީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއްކަމަށްވެސް ރަޝިއާއިން ގެންދަނީ ބުނަމުންނެވެ.

1954 ވަނަ އަހަރު ޔޫއެސްއެސްއާރުން ވަނީ ޖެނީވާ ކޮންވެންޝަން ތަސްދީޤު ކޮށްފައެވެ. 2014 ވަނަ އަހަރު ރަޝިއާއިން އެ މުއާހަދާގެ ބައެއް ކަންކަމުން ވަކިވި ނަމަވެސް، ޖުމުލަ ގޮތެއްގައި އެ އެއްބަސްވުން ރަޝިއާއިން އޮތީ ބަލައިގެންފައެވެ.

ކޭސް ކުރިއަށް ދާނެކަމަށް ބެލެވެނީ ކިހިނެއް؟

އައިސީސީގެ ޗީފް ޕްރޮސެކިއުޓަރ ކަރީމް ޚާން ވަނީ ޔޫކްރޭންގައި ރަޝިއާއިން ހަނގުރާމައިގެ ކުށްތަކަށް އަރައިގަންނަމުންދޭތޯ ބެލުމަށް ތަހުގީގެއް ފަށާފައިވާކަން ހާމަ ކުރައްވާފައެވެ. އެހެންނަމަވެސް ރަޝިއާ އަދި ޔޫކްރޭނަކީވެސް އައިސީސީގެ މެމްބަރު ޤައުމެއް ނޫނެވެ.

ކަންމިހެން އޮތް ނަމަވެސް ޔޫކްރޭނުން ވަނީ 2014 ވަނަ އަހަރު ރަޝިއާއިން ކްރީމިއާ ހިފުމަށް ހަނގުރާމަ ކުރި ޒަމާނުން ފެށިގެން ހިނގާފައިވާ ކަންކަން ދިރާސާ ކުރުމުގެ ހުއްދަ އައިސީސީއަށް ދީފައެވެ.

ޤާނޫނީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އައިސީސީގެ ތަހުގީގުތަކަށް ރަޝިއާއިން އެއްބާރުލުން ދޭނެކަމަކަށް ނުފެނެއެވެ. ވުމާއެކު، މިއީ އެތައް ޒަމާނަކަށް ދިގު ދެމިގެން ގޮސްދާނެ ޝަރީއަތެއްކަމަށް ޤާނޫނީ ބޭފުޅުން ވިދާޅުވެއެވެ. އެހެންނަމަވެސް އެއީވެސް އަދި އައިސީސީން މައްސަލައިގެ ދައުވާތައް އުފުލައި، މީހުން ހައްޔަރު ކުރުމުގެ އަމުރު ނުނެރޭނެ ސަބަބެއް ނޫންކަމަށް އެމެރިކާގެ ޔުނިވަސިޓީއެއްގައި ޤާނޫނު ކިޔަވައިދެމުން ގެންދާ ޕްރޮފެސަރެއްކަމަށްވާ ރެބޭކާ ހެމިލްޓަން އަންދާޒާ ކުރައްވައެވެ.

ސާބިތު ކޮށްދޭން ޖެހެނީ ކޮން ކަމެެއް؟

ރަޝިއާއިން ހަނގުރާމައިގެ ކުށްތަކަށް އަރައިގަނެފައިވާކަން މައްސަލައިގެ ޕްރޮސެކިއުޓަރުންނަށް އެކަށީގެންވާ ސަބަބުވެރި މިންގަނޑަކުން ދައްކުވައި ދެވިއްޖެނަމަ، އައިސީސީން އެކަމާއި ގުޅުންހުރި ފަރާތްތައް ހައްޔަރު ކުރުމުގެ އަމުރު ނެރޭނެއެވެ. ނަމަވެސް އެ ކުށްތައް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުކޮށްދިނުމަކީ ޕްރޮސެކިއުޓަރުން ކުރަން ޖެހޭނެ ކަމެކެވެ.

ހަނގުރާމައިގެ ކުށްތަކާއި ގުޅިގެން އުފުލާ ދައުވާތަކުގައި ދައުވާ ލިބޭ ފަރާތުގެ ޤަސްތު ސާބިތު ކުރުމަކީވެސް ޕްރޮސެކިއުޓަރުން ކުރަން ޖެހޭނެ ކަމެކެވެ. އެކަން ކުރެވޭނެ ގޮތްތަކަށް ބަލާއިރު، އެއް ގޮތަކީ ރަޝިއާއިން އަސްކަރީ ބޭސްތަކެއް ނެތް ތަންތަނަށްވެސް ޙަމަލާތައް ދީފައިވާ ކަމާއި، އެއީ އޮޅުމަކުން ދެވިފައިވާ ޙަމަލާތަކެއް ނޫންކަން ސާބިތު ކޮށްދިނުން ކަމަށް ޤާނޫނީ ތަޖުރިބާކާރުން ވިދާޅުވެއެވެ. ވަކިން ޚާއްސަކޮށް ތަކުރާރުކޮށް ރަޝިއާއިން އެގޮތަށް އަމަލު ކޮށްފައިވާނަމަ އެކަމަކީ ޕްރޮސެކިއުޓަރުންނާއި އެއްކޮޅަށް މައްސަލައިގައި ލިބިގެންދާނެ ވަރުގަދަ ހެކިތަކަކަށް ވާނެކަމަށް ހާވަރޑް ލޯ ސްކޫލުގެ ވިޒިޓިންގ ޕްރޮފެސަރ އެލެކްސް ވައިޓިންގ ވިދާޅުވެއެވެ.

ދައުވާ އުފުލޭނީ ކޮން ބައެއްގެ މައްޗަށް؟

ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ހަނގުރާމައިގެ ކުށްތަކާއި ގުޅިގެން ސިފައިންނާއި، ސިފައިންގެ ކޮމާންޑަރުންނާއި، ދައުލަތުގެ އިސް ވެރިންގެ މައްޗަށްވެސް ދައުވާ އުފުލިދާނެއެވެ. މިސާލަކަށް ރައީސް ވްލަޑިމިއަރ ޕުޓިންއަށް އެނގިވަޑައިގެން ހުންނަވައި، ޤާނޫނާ ޚިލާފަށް ޙަމަލާތަކެއް ދިނުމަށް އަމުރު ކުރެއްވިކަން ޕްރޮސެކިއުޓަރުންނަށް ސާބިތު ކޮށްދެވިދާނެއެވެ.

އެހެންނަމަވެސް، އެކަން ސާބިތު ކުރުމަށް ބޭނުންވާ ހެކި ހޯދުމަކީ ޕްރޮސެކިއުޓަރުންނަށް ނުހަނު އުނދަގޫ އަދި ގޮންޖެހުން ބޮޑު ކަމަކަށް ވާނެކަމަށް ޔުނިވަރސިޓީ އޮފް ވިއެނާ ޑިޕާޓްމަންޓް އޮފް އިންޓަރނޭޝަނަލް ލޯ ގެ ލެކްޗަރަރ އެސްޓްރިޑް ރެސިންޖާ ވިދާޅުވެއެވެ. އޭނާ ވިދާޅުވާ ގޮތުގައި ދައުލަތުގެ މަތީ ފަންތީގެ ބޭފުޅުންނަށް ކުރާ އެފަދަ ތުހުމަތުތަކަށް ހެކި ހޯދުމަކީ ނުހަނު އުނދަގޫކަމަކަށް ނޫނީ ނުވާނެއެވެ.

ހަނގުރާމައިގެ ކުށްތައް ސާބިތުކުރުން އެހައި އުނދަގޫވަނީ ކީއްވެ؟

ޤާނޫނީ ބޭފުޅުން ވިދާޅުވާ ގޮތުގައި ރަޝިއާއިން މަރިޕޯލްގެ މެޓަރނިޓީ ހޮސްޕިޓަލަކަށް އަމާޒުކޮށް ދިން ޙަމަލާއާއި، ކުޑަކުދިންގެ ހިޔާއެއްގެ ގޮތުގައި ބޭނުންކުރާ ތިއޭޓަރަކަށް އަމާޒުކޮށް ދިން ބޮމުގެ ޙަމަލާއަކީ ހަނގުރާމައިގެ ކުށްތަކުގެ ގިންތިއަށް ފެތޭނެ ކަންކަމެވެ. ނަމަވެސް އެއީވެސް ސާބިތުކުރަން އުނދަގޫ ކަންކަމެވެ. ވަކިން ޚާއްސަކޮށް އެއީ ޤައުމުގެ ލީޑަރާއި، އިސް ވެރިންގެ ސީދާ ޤަސްދެއް އޮވެގެން އެބޭފުޅުންގެ އަމުރަށް ދިން ޙަމަލާތަކެއްކަން ސާބިތު ކުރުމަށް ބޭނުންވާ ހެކި ހޯދުމަކީ އުނދަގޫ ކަމަކަށް ވާނެއެވެ.

އޭގެ އެއް ސަބަބަކީ އެކަންކަމާއި ގުޅިގެން ހެކިބަސްދޭން ތިބި ފަރާތްތައް ޖެހިލުންވުމާއި، އެކަމަށް ހެކިބަސް ދޭނެ ބަޔަކު ހޯދުމަށް ގޮންޖެހުންތައް ކުރިމަތިވާނެ ކަމެވެ. މިވަގުތަށް ހެކީގެ ގޮތުގައި ލިބިފައި އޮތް އެއްޗަކީ ހަމައެކަނި އާންމުކޮށް ލިބެންހުރި ވީޑިއޯތަކާއި، ފޮޓޯތަކެވެ.  

މީގެއިތުރުން، ދައުވާލިބޭ ފަރާތްތައް ޝަރީއަތަށް ހާޒިރު ކުރުމަކީ އަނެއް އުނދަގުލެވެ. އެގޮތުން މޮސްކޯއިން އެކަމުގައި އެއްބާރުލުން ނުދޭނެކަން ޔަޤީންވާކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. ވުމާއެކު އެ ފަރާތްތައް ހައްޔަރު ކުރަން ބެނުންނަމަ އައިސީސީން ޖެހޭނީ އެމީހުން ޤައުމުތަކަށް ދަތުރުކުރާ ރެކޯޑުތައް ބަލަހައްޓައި، އެހެން ޤައުމަކަށް އެތެރެވުމުން އެ ޤައުމެއްގެ އެހީގައި ހައްޔަރު ކުރުމެވެ. ރަޝިއާގެ އާރާއި ބާރަށް ބަލާއިރު މިއީވެސް ފަސޭހަ ކަމެއްކަމަށް ނުފެންނަކަމަށް އެނެލިސްޓުން ބުނެއެވެ.

މީގެ ކުރިން މިފަދަ މައްސަލަތައް ނިންމިފައިވޭތަ؟

އައިސީސީ ވުޖޫދަށް އައި ފަހުން އެ ޤައުމުން ވަނީ ހަނގުރާމައިގެ ކުށްތަކާއި ގުޅޭ 30 މައްސަލައެއް ބަލާފައެވެ. އޭގެ ތެރެއިން 5 މީހަކަށް ހަނގުރާމައިގެ މުޖުރިމުންގެ ކުށް ސާބިތުވެފައިވެސް ވެއެވެ.

މީގެ އިތުރުންވެސް އެ ކޯޓުން ބަލަމުންދާ މައްސަލަތަކާއި ގުޅިގެން ހައްޔަރު ކުރުމުގެ އަމުރު އެކި ފަރާތްތަކުގެ މައްޗަށް ނެރެފައިވެއެވެ. ނަމަވެސް އެމީހުން އަދިވެސް ތިބީ ދޫވެފައެވެ. އޭގެ ތެރޭގައި ޔުގެންޑާގެ ހަނގުރާމަވެރި ޖަމާއަތެއްގެ ލީޑަރު ޖޯސެފް ކޯނީވެސް ހިމެނެއެވެ.

މި ސަބަބުތައް މިހެން ހުރުމާއެކު، ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިންއަކީ ހަނގުރާމައިގެ މުޖުރިމެއްކަން ސާބިތު ކުރުމަކީ ގޮންޖެހުން ބޮޑު، ގިނަ އަހަރުތަކަކަށް ދެމިގެންދާނެ ކަމެއްކަމަަށް ޤާނޫނީ ބޭފުޅުން އަންދާޒާ ކުރައްވައެވެ.

ރަޝިއާރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު