Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖިންސީ ގޯނާގެ މައްސަލަ

ޖިންސީ ގޯނާގެ މައްސަލަ: ކޮމިޓީން ތަހުގީގުގެ ތެރެއަށް ނުވަންނާނެ

4 އެޕްރީލު 2022 | ހޯމަ 07:42

އައްޑޫ ސިޓީގައި އުމުރުން 6 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރީ އުމުރުން 59 އަހަރުގެ އަންހެނެއް

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 4 އެޕްރީލު 2022 | ހޯމަ 07:42
އައްޑޫ ސިޓީގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ބުނާ މައްސަލައާއި ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއިން މަޝްވަރާކުރުން

އައްޑޫ ސިޓީގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ބުނާ މައްސަލައާއި ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއިން މަޝްވަރާކުރުން

އައްޑޫ ސިޓީ ހިތަދޫގައި 6 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތަހުގީގުގެ ތެރެއަށް ކޮމިޓީން ނުވަންނާނެ ކަމަށާއި، މަސައްކަތް ކުރާނީ، މުޅި މައްސަލައިގައި ކަން ހިނގާ ގޮތް ބެލުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީގެ މުގައްރިރު ޖީހާން މަހުމޫދު ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ޖީހާން ވިދާޅުވީ، ތަހުގީގު މަރުހަލާގައި ހިނގާ ކަންކަމުގެ ތެރެއިން، ހެކި ވަޒަންކުރުން ފަދަ ކަންކަމުގެ ތެރެއަށް ކޮމިޓީން ނުވަންނާނެ ކަމަށެވެ. މަސައްކަތް ކުރާނީ މުޅި މައްސަލައިގައި ކަން ހިނގާ ގޮތް ބަލައި، ކުޑަކުދިންގެ ހައްގުތަކުގެ ގާނޫނާއި އެހެނިހެން ގާނޫނުތަކުގެ ނަޒަރުން ވިސްނާއިރު ކަންބޮޑުވުމެއް އަދި ސުވާލު އުފެދޭކަމެއްވާނަމަ އިދާރާތައް ޖަވާބުދާރީ ކުރުވަން ކަމަށެވެ. އަދި އާންމު އުސޫލުން މަސައްކަތްކުރާ ގޮތަށް ލިޔެކިޔުންތައް ކޮމިޓީއަށް ލިބުމުން އިތުރު ބައްދަލުވުންތައް ކުރިއަށް ގެންދެވޭނެކަމަށް ޖީހާން ވިދާޅުވިއެވެ.

Advertisement - newsAdvertisement

ކޮމިޓީގައި ހިމެނިވަޑައިނުގެންނެވި ނަމަވެސް، މިއަދު ކޮމިޓީގައި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ބައިވެރިވެވަޑައިގެންނެވިއެވެ.

މި މައްސަލައާއި ގުޅޭ ގޮތުން ނާޒިލް ވިދާޅުވީ، މިހާތަނަށް އެ އަންހެން މީހާގެ ފަރާތުން މިފަދަ އެއްވެސް ޝަކުވާއެއް ލިބިފައި ނުވާކަމަށް ސްކޫލްގެ ފަރާތުން މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެ އަންހެން މީހާއަކީ ބަލިމީހެއް ކަމަށާއި، މި ރަމަޟާން މަހު ތެރޭގައި އޭނާއަށް ލުއި ގޮތެއް ހޯދައިދޭން ކޮމިޓީގެ ފަރާތުން މަސައްކަތް ކުރަން ޖެހޭ ކަމަށް ނާޒިލް ވިދާޅުވިއެވެ.

ނާޒިލް ވިދާޅުވީ، އެ އަންހެން މީހާއަކީ، އޭނާއަށް މާމަ ކިޔާ 3 ކުއްޖަކު ބަލަމުން އަންނަ މީހެއް ކަމަށާއި، އެ ކުދިންނާވެސް ފުލުހުން ސުވާލުކުރި ކަމަށެވެ. އެކުދިންގެ ފަރާތުންވެސް އެފަދަ ކަމެއް މިހާތަނަށް ހިނގާފައިވާ ކަމުގެ މައުލޫމާތު ލިބިފައި ނުވާކަމަށް ނާޒިލް ވިދާޅުވިއެވެ.

ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވީ، މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަކީ ކޯޓުގައި ނިންމާ ނިންމުމެއް ކަމަށާއި، ދަށު ކޯޓުގެ ނިންމުން ގޯސް ކަމަށް ގަބޫލުކުރާނަމަ އެ މައްސަލަ މަތީ ކޯޓެއްގައި އިސްތިއުނާފް ކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެހެންކަމުން ކޯޓު މަރުހަލާގައި ހިނގާ ކަމެއްގެ ތެރެއަށް ވަނުމަކީ ކޮމިޓީން ކުރަން ޖެހޭ ކަމެއް ކަމަށް ގަބޫލް ނުކުރައްވާ ކަމަށް އުޝާމް ވިދާޅުވިއެވެ.

އުޝާމްގެ ވާހަކަފުޅަށް އެހެން މެމްބަރުންވެސް ތާއީދުކުރެއްވިއެވެ.  

އައްޑޫ ސިޓީގައި އުމުރުން 6 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރީ އުމުރުން 59 އަހަރުގެ އަންހެނެކެވެ. އޭނާއަކީ އެރަށު ސުކޫލްގައި މަސައްކަތު މީހެއްގެ ވަޒީފާ އަދާކުރާ މީހެކެވެ. ޝަރީއަތުން ވަކި ގޮތެއް ނިންމަންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ އެކުއްޖާގެ ކާފަ ހައްޔަރު ނުކޮށް، ކުށެއް ނެތް މީހަކު ފްރޭމްކޮށް، ޖަލުގައި އަނިޔާދެމުންދާކަމަށް ބުނެ ހިތަދޫގައި އަންނަނީ މުޒާހަރާވެސް ކުރަމުންނެވެ.

މީގެއިތުރުން، އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި އެކަމުގައި ޝާމިލުވާ އެންމެންގެ މައްސަލަތައް ވަކިވަކިން ތަހުގީގު ކޮށްދިނުމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ގޮވާލާފައެވެ. މި މައްސަލާގައި ފުލުހުން ބުނެފައިވަނީ، އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމާއި މައްސަލައާއި ގުޅޭ ހެކި ހޯދުމުގެ މަސައްކަތާއި އިތުރު މީހެއްގެ ބައިވެރިވުން އެކަމުގައި އޮތްތޯ ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ކުއްޖާއަށް ޖިންސީ އަނިޔާއެއް ލިބިފައިވޭތޯ ބަލަން މެޑިކަލް އެސެސްމަންޓް ހަދާފައިވާ ކަމަށާއި، ތަހުގީގަށް ބޭނުންވާ ކުއްޖާގެ ނަފްސާނީ ހާލަތާއި ގުޅޭ އެެސެސްމަންޓާއި, ކުއްޖާއަށް ބޭނުންވާ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުން އަންނަކަމަށްވެސް ފުލުހުން ބުނެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް