Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުޓޫރިޒަމް މިނިސްޓަރީ

އިންވެސްޓްމަންޓް އެންޑް ކަނެކްޓިވިޓީ އިވެންޓް ބާއްވައިފި

17 މާރިޗު 2022 | ބުރާސްފަތި 07:38

އިންޑިއާގެ ބައެއް ސަރަހައްދުތަކުން، އުތުރުގެ ބައިނަލްއަޤްވާމީ އެއަރޕޯޓްތަކަށް ފްލައިޓްތައް ފެށުމަށް މަސައްކަތް ކުރަމުންދަނީ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 17 މާރިޗު 2022 | ބުރާސްފަތި 07:38
އިންވެސްޓްމަންޓް އެންޑް ކަނެކްޓިވިޓީ އިވެންޓްގައި ޓޫރިޒަމް މިނިސްޓަރު ވާހަކަފުޅު ދައްކަވަނީ

އިންވެސްޓްމަންޓް އެންޑް ކަނެކްޓިވިޓީ އިވެންޓްގައި ޓޫރިޒަމް މިނިސްޓަރު ވާހަކަފުޅު ދައްކަވަނީ

ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް މާރކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރ.ސީ) އާއި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމް.ޓީ.ޑީ.ސީ) އާއި ޓޫރިޒަމް އިންޑަސްޓްރީގެ އެހެން ސްޓޭކް ހޯލްޑަރުންނާއި ގުޅިގެން އިންވެސްޓްމަންޓް އެންޑް ކަނެކްޓިވިޓީ އިވެންޓެއް އިންޑިއާގެ ކޮޝަލް ކެޕިޓަލް މުމްބައިގައި ބާއްވައިފިއެވެ.

މާރިޗު 14ން 16ށް މުމްބާއިގައި ކުރިއަށްދިޔަ ޓޫރިޒަމް ފެއަރ "އައުޓް ބައުންޑް ޓްރެވަލް މާކެޓް"(އޯ.ޓީ.އެމް) ގެ ހަވާސާގައި ބޭއްވި މި އިވެންޓު އޮތީ ވެސްޓިން ހޮޓެލްގައެވެ. ދިވެހިރާއްޖޭގެ ޓޫރިޒަމް އިންވެސްޓްމަންޓްއި ކަނެކްޓިވިޓީ ފަހިކުރުމުގެ ގޮތުން ވަކީން ޚާއްޞަކޮށް ތިލަދުންމައްޗާއި މިލަދުންމަޑުލުގެ ފަތުރުވެރިކަމަށް ޢަމްޒުކުރެވިގެން ބޭއްވި މި އިވެންޓުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ނ. އަތޮޅު ކައުންސިލާއި ހދ. އަތޮޅު ކައުންސިލުން ބައިވެރިވިއެވެ.

އިންޑިއާގެ އިންވެސްޓަރުންނާއި އެއަރ ލައިން އޮޕަރޭޓަރުންނާއި ޓްރެވަލް ޓްރޭޑް މީޑިއޯ ބައިވެރިވި މި އިވެންޓުގައި ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކާއި ކަނެކްޓިވިޓީގެ ފުރުސަތުތަކުގެ މަޢުލޫމާތާއި ރާއްޖޭގެ ފަތުރުވެރިކަމުގެ މަޢުލޫމާތު ހިއްސާކުރެވި ފަތުރުވެރިކަމުގެ މުޢާމަލާތްތައް ކުރުމުގެ މަޝްވަރާތައް ކުރެވުނެވެ. އަދި އިވެންޓުގައި ފަތުރުވެރިކަމުގެ ރަން އަހަރުގެ ތީމްލަވަ ނަލަނަލަ ރާއްޖެ އިޝްތިހާރު ކުރުމާއި ގޯލްޑަން ޖުބްލީގެ އެކިއެކި ހަރަކާތްތަކުގެ ތެރެއިން ފޭސްބުކްއާއި އިންސްޓެގްރާމްގެ ވީޑިއޯ ޗެލެންޖެއް ކުރިއަށް ގެންދިއުމަށް އިޢުލާން ކުރެވުނު ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.

މި އިވެންޓުގައި ޓޫރިޒަމް މިނިސްޓަރު ޑރ. ޢަބްދުﷲ މައުސޫމްގެ އިތުރުން ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ޙުސައިން ނިޔާޒާއި މޯލްޑިވްސް މާރކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރު ތޮއްޔިބް މުޙައްމަދާއި މިނިސްޓްރީ އޮފް ޓޫރިޒަމްގެ ޑެޕިއުޓީ މިނިސްޓަރު އަޙްމަދު ޢާޠިފްއާއި އިންޑަސްޓްރީގެ އިސްބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.

މި އިވެންޓުގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވި ޑެލިގޭޝަންގައި ސިވިލް އެވިއޭޝަން އޮތޯރިޓީ ޢާއިރީޖަނަލް އެއަރޕޯޓާއި ދިވެހިރާއްޖޭގައި އޮޕަރޭޓް ކުރަމުންދާ 04 އެއަރލައިން ކަމަށްވާ މޯލްޑިވިއަން ފްލައިމީ، މަންޓާ އެއަރ އަދި ޓްރާންސް މޯލްޑިވިއަން އެއަރވޭސް ހިމެނެއެވެ. އަދި ފަތުރުވެރިކަމާއި ގުޅުން ހުރި ޖަމްޢިއްޔާތަކުގެ ތެރެއިން މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން "މަޓީ" އާއި ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ނޭޝަނަލް ބޯޓިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓަރޒް "މަޓާޓޯ" ވެސް ބައިވެރިވިއެވެ.

2021 ވަނަ އަހަރު ޒިޔާރަތް ކުރި ފަތުރުވެރިންގެ ތެރެއިން 22 އިންސައްތަ އަކީ އިންޑިއާގެ ފަތުރުވެރިންނެވެ. އަދި މިއަހަރު މިހާ ތަނަށް ރާއްޖެ އައި ފަތުރުވެރިންނަށް ބަލާއިރު އިންޑިއާގެ ހިއްސާ އަކީ 10 އިންސައްތަ އެވެ. އިންޑިއާ މާކެޓަކީ ރާއްޖެއަށް ވަރަށް ފުރުސަތު ފުޅާ މާކެޓެކެވެ. އަދި މިނިސްޓްރީ އޮފް ޓޫރިޒަމްއިން ކައިރި މުސްތަޤްބަލެއްގައި އިންޑިއާގެ ބައެއް ސަރަހައްދުތަކުން، އުތުރުގެ ބައިނަލްއަޤްވާމީ އެއަރޕޯޓްތަކަށް ފްލައިޓްތައް ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެމިނިސްޓްރީން ބުނެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

އިތުރަށް ކިޔާލަން

21 އޯގަސްޓު 2017

ދިރާގު ޓީވީއަށް "އޭއެންޑްއީ" ނެޓްވޯކްގެ 5 ޗެނަލް ތައާރަފު ކޮށްފި

21 އޯގަސްޓު 2017
ދިރާގު ޓީވީއަށް "އޭއެންޑްއީ" ނެޓްވޯކްގެ 5 ޗެނަލް ތައާރަފު ކޮށްފި
08 އޯގަސްޓު 2017

ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސް ފަށައިފި

08 އޯގަސްޓު 2017
ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސް ފަށައިފި
09 ޖުލައި 2017

ސިޓްރޯން"ރޯދަ ވެދުން"ގެ ޕްރޮމޯޝަންގެ ގުރުއަތުލުން ބާއްވައިފި

09 ޖުލައި 2017
ސިޓްރޯން"ރޯދަ ވެދުން"ގެ ޕްރޮމޯޝަންގެ ގުރުއަތުލުން ބާއްވައިފި
23 ޖޫން 2017

ޤަތަރުގައި އިންވެސްޓްމަންޓް ފޯރަމް ބޭއްވުމާ މެދު މަޝްވަރާކުރަނީ

23 ޖޫން 2017
ޤަތަރުގައި އިންވެސްޓްމަންޓް ފޯރަމް ބޭއްވުމާ މެދު މަޝްވަރާކުރަނީ
11 ޖޫން 2017

އިންޓަރނޭޝަލް ބޯޓް އެންޑް ޑައިވް ޝޯވްގައި 50 ވުރެ ގިނަ މީޑިއާ އަދި ޑައިވް އޮޕަރޭޓަރުން!

11 ޖޫން 2017
އިންޓަރނޭޝަލް ބޯޓް އެންޑް ޑައިވް ޝޯވްގައި 50 ވުރެ ގިނަ މީޑިއާ އަދި ޑައިވް އޮޕަރޭޓަރުން!
29 މެއި 2017

އިންޓަރނޭޝަލް ބޯޓް އެންޑް ޑައިވް ޝޯވް އަންނަ އަހަރު ރާއްޖޭގައި

29 މެއި 2017
އިންޓަރނޭޝަލް ބޯޓް އެންޑް ޑައިވް ޝޯވް އަންނަ އަހަރު ރާއްޖޭގައި
12 މެއި 2017

ހުޅުމާލޭގައި ބީއެމްއެލްގެ އިންވެސްޓްމަންޓްތައް ފުޅާކުރަނީ

12 މެއި 2017
ހުޅުމާލޭގައި ބީއެމްއެލްގެ އިންވެސްޓްމަންޓްތައް ފުޅާކުރަނީ
26 ފެބުރުއަރީ 2017

އެންޑްޓީވީގެ އެޗްޑީ ޗެނަލް މީޑިޔާނެޓުން ތަޢާރަފްކޮށްފި

26 ފެބުރުއަރީ 2017
އެންޑްޓީވީގެ އެޗްޑީ ޗެނަލް މީޑިޔާނެޓުން ތަޢާރަފްކޮށްފި
19 ފެބުރުއަރީ 2017

ފިޝާ ބްރޭންޑްގެ އުފެއްދުންތަކާ ގުޅޭ މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވައިފި

19 ފެބުރުއަރީ 2017
 ފިޝާ ބްރޭންޑްގެ އުފެއްދުންތަކާ ގުޅޭ މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވައިފި
06 ފެބުރުއަރީ 2017

މޯލްޑިވްސް އެޑިއުކޭޝަން އެންޑް ކެރިއަރ އެކްސްޕޯ 2017 ލޯންޗްކޮށްފި

06 ފެބުރުއަރީ 2017
މޯލްޑިވްސް އެޑިއުކޭޝަން އެންޑް ކެރިއަރ އެކްސްޕޯ 2017 ލޯންޗްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް