Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފުލުހުންގެ ލޯންޗުގައި ރޯކޮށްލުން

ފުލުހުންގެ ލޯންޗު ރޯކޮށްލި މައްސަލަ މައުޟޫއީ ގޮތުން ކުރިއަށް ގެންދެވޭނެކަމަށް ކަނޑައަޅައިފި

މި މައްސަލައިގައި 2 މީހަކަށް ދައުވާ ކުރޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 16 މާރިޗު 2022 | ބުދަ 07:24
ފުލުހުންގެ ލޯންޗު ރޯކޮށްލި މައްސަލައިގައި ދައުވާ އުފުލާފައިވާ ލ. ގަން، ތުނޑި، ލަވްސައިޑް ޢަބްދުއްލަޠީފް އާއި ލ. ކަޅައިދޫ ފިނިހިޔާގެ މޫސާ އިނާސް

ފުލުހުންގެ ލޯންޗު ރޯކޮށްލި މައްސަލައިގައި ދައުވާ އުފުލާފައިވާ ލ. ގަން، ތުނޑި، ލަވްސައިޑް ޢަބްދުއްލަޠީފް އާއި ލ. ކަޅައިދޫ ފިނިހިޔާގެ މޫސާ އިނާސް

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ލޯންޗެއްގައި ގަސްދުގައި ރޯކޮށްލި މައްސަލައިގައި ދަޢުވާތައް އުފުލި ދެ މީހުންގެ އަޑުއެހުމެއް ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި ދަޢުވާ އުފުލާފައިވަނީ، ލ. ގަން، ތުނޑި، ލަވްސައިޑް ޢަބްދުއްލަޠީފަށާއި ލ. ކަޅައިދޫ ފިނިހިޔާގެ މޫސާ އިނާސްގެ މައްޗަށެެވެ. 

Advertisement - newsAdvertisement

މި މައްސަލައިގައި ބުދަ ދުވަހު އޮތީ ހުށައެޅުންތަކަށް ގޮތެއް ނިންމުމެވެ. އެގޮތުން އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ދައުލަތުން ހުށައެޅި ހުށައެޅުމަށް ވަނީ ގޮތެއް ނިންމަވާފައެވެ. މި މައްސަލައިގައި އެ ދެމީހުންގެ މައްޗަށް ކޮށްފައިވާ ދަޢުވާއާ ގުޅިގެން ދައުލަތުން ހުށައެޅީ އެންމެ ހުށައެޅުމެކެވެ. އެއީ ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓުގެ ގޮތުގައި ހުށައަޅާފައިވާ ހެކި ދާއިމީ ގޮތެއްގައި ރައްކާތެރި ކުރުމުގެ އަމުރެއް ނެރެދިނުމެވެ.

އެގޮތުގެ މަތިން ގާޒީ ވަނީ ގާޒީ ކަނޑައަޅުއްވާ ޝަރުތުތަކާއެކު، އޮފިސަރުންގެ ނަން އުނިކޮށް ކޯޓުގައި ރިޕޯޓު ދިރާސާ ކުރުމުގެ ފުރުސަތު ދެއްވުމަށް ނިންމަވާފައެވެ. ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ ސޮފްވަތު ޙަބީބެވެ.

މި މައްސަލައިގައި ދައުވާލިބޭ ދެ މީހުންވެސް މައިގަނޑު ގޮތެއްގައި ހުށައަޅާފައިވަނީ އެއް ހުށައެޅުންތަކެކެވެ. މި ހުށައެޅުންތައް ހުށައަޅާފައިވަނީ 8 ޑިސެމްބަރު 2021 ގައި ބޭއްވި އަޑުއެހުމުގައެވެ.

ދިފާއުގެ ހުށައެޅުންތައް:

1- ތުހުމަތު ނުކުރާ ކުށެއްގެ މައްޗަށް ދައުވާކޮށްފައިވާކަން:

ތުހުމަތު ނުކުރާ ކުށެއްގެ މައްޗަށް ދައުވާކޮށްފައިވާކަން ބަޔާންކޮށް ހުށައަޅާފައިވާ ހުށައެޅުމުގެ ތަފްސީލު ހިއްސާކުރަމުން ދިފާއުން ބުނީ، ޤާނޫނީ އިންޒާރުގައި ދައުވާ އާއި ގުޅޭ ތުހުމަތު ކޮށްފައިނުވާކަން ސާފުކޮށް އެނގޭ ކަމަށެވެ. އެގޮތުން ޤާނޫނީ އިންޒާރުގައި ބަޔާންކޮށްފައިވާ ތުހުމަތަކީ ފުލުހުންގެ ލޯންޗުގައި އަލިފާން ރޯކޮށްލާފައިވާ މައްސަލައާއި ގުޅޭ ތުހުމަތުކަން ވަކީލު ފާހަގަކުރެއްވިއެވެ. އަދި މިހާރު ދައުވާ އުފުލާފައިވާ މައްސަލައިގެ ތުހުމަތު އެއްވެސް އިރަކު ކޮށްފައިނުވާކަން ދިފާއީ ވަކީލު ފާހަގަކުރެއްވިއެވެ.

މިހާރު ކުރިއަށްދާ މައްސަލައިގައި ދައުލަތުން އެމީހުންގެ މައްޗަށް އުފުލާފައިވަނީ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާފަދަ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުމުގެ ކުށުގެ ދައުވާއެވެ.

އެކަމާއި ގުޅޭގޮތުން ދައުލަތުގެ ވަކީލު ވިދާޅުވީ، ތަހުގީގު މަރުޙަލާގައި އެ ދެމީހުންނަށް ޤާނޫނީ އިންޒާރު ދީފައިވާކަން ލިޔެކިޔުމުން ފެންނަން އެބައޮތް ކަމަށެވެ. އެގޮތުން ތަހުގީގު ފަށާ މަރުޙަލާގައި މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ ފޯނުން ފެންނާނެ ތަކެތި ފުލުހުންނަށް އެނގިފައި ނެތުމަކީ ވެދާނެކަމެއް ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ޓެރަރިޒަމްގެ އަމަލެއް ހިންގުމާއި، އެއާ ގުޅޭ ތުހުމަތުތަކެއް ކުރެވޭކަން ކޯޓު އަމުރުގައި ބަޔާންކޮށްފައިވާކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ. އެގޮތުން ފޯނު ބަލައި ފާސްކުރިއިރު، މިހާރު އުފުލާފައިވާ ދައުވާއާ ގުޅޭ ތަކެތި އެމީހުންގެ ފޯނުން ފެނުމާއެކު، އެ ތުހުމަތާއި ގުޅޭ ޤާނޫނީ އިންޒާރު ދެވިފައިވާކަމަށް ވިދާޅުވިއެވެ.

2- ކުރެވޭ ތުހުމަތުގެ މައްޗަށް ޤާނޫނީ އިންޒާރު ދީފައިނުވާކަން:

ދެވަނަ ހުށައެޅުމާއި ގުޅޭގޮތުން ދިފާއީ ވަކީލު ވިދާޅުވީ، ކުށުގެ ތުހުމަތުގައި ފުލުހުން މީހަކު ހައްޔަރުކުރާއިރު ދޭންޖެހޭ ޤާނޫނީ އިންޒާރެއް އޮންނަ ކަމަށާއި، ނަމަވެސް ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާފަދަ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުމުގެ ތުހުމަތުގެ މައްޗަށް ޤާނޫނީ އިންޒާރު ދީފައިނުވާކަމަށެވެ.

އަދި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ލާޒިމުކޮށްފައިވާ ގޮތަށް، ހައްޔަރު ކުރާތާ 12 ގަޑިއިރުގެ ތެރޭގައި ލިއުމުންވެސް ޤާނޫނީ އިންޒާރު ދީފައިނުވާކަން ދިފާއީ ވަކީލު ވިދާޅުވިއެވެ. އޭރު ފުލުހުން ޤާނޫނީ އިންޒާރު ދީފައިވަނީވެސް ލޯންޗު ރޯކޮށްލި މައްސަލައިގައި ކަަމަށް ދިފާއީ ވަކީލު ވިދާޅުވިއެވެ.

އެހެންނަމަވެސް ދައުލަތުގެ ވަކީލު ވަނީ 12 ގަޑިއިރުގެ ތެރޭގައި ހައްޔަރުކޮށް ލިޔެކިޔުމުން އަންގާފައިވާކަން އެނގޭ ލިޔުމެއް ޝަރީއަތަށް ހިއްސާ ކޮށްފައެވެ. އެ ލިޔުމުގައި ދައުވާ ލިބޭ ފަރާތްތަކުން ވަނީ ސޮއިވެސްކޮށްފައެވެ.

މި ދެ ހުށައެޅުންވެސް ބަލައިނުގަތުމަށް ބުދަ ދުވަހުގެ އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ ނިންމެވިއެވެ.

3- ހެކި ހޯދީ ޤާނޫނާ ޚިލާފަށްކަމަށް ބުނެ ހުށައެޅި ނުކުތާ:

ދިފާއުން ހުށައެޅި ތިންވަނަ ހުށައެޅުމާއި ގުޅޭގޮތުން ދިފާއީ ވަކީލު ވިދާޅުވީ، މި މައްސަލަ އާއި ގުޅިގެން އެ ދެމީހުން ދިރިއުޅުނު ގެއިން ހެކި ހޯދުމަށް ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރުގައިވެސް މި ދައުވާއާއި ގުޅޭ ތުހުމަތެއް ނެތް ކަމަށެވެ. ވީއިރު އެ ސާރޗް ވޮރެންޓް ބޭނުންކޮށްގެން ހޯދާފައިވާ ހެކިތައް ބަލައިނުގަތުމަށް ދިފާއުން ވަނީ އެދިފައެވެ.

އެކަމާއި ގުޅޭގޮތުން ރައްދު ދެއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ، މައްސަލައިގެ ކޯޓު އަމުރު ހޯދައި ތަހުގީގު ފެށިފައިވަނީ އޭރު ލޯންޗު ރޯކޮށްލި މައްސަލައާއި ގުޅިގެން ކަމަށެވެ.

އޭރު ކޯޓު އަމުރެއްގެ ދަށުން އެމީހުންގެ ޑިވައިސްތައް ގެންގޮސް ތަހުލީލު ކުރުމުގެ ތެރޭގައި އިތުރު ތުހުމަތުތަކާއި ގުޅޭ ހެކިތައް ފެނުމުން އެމީހުންނަށް އެކަމާއި ގުޅޭ ޤާނޫނީ އިންޒާރު ދީފައިވާކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ. މިސާލެއްގެ ގޮތުން ބަލައި ފާސް ކުރުމުގެ ތެރޭގައި މީހެއްގެ ފޯނުން އޮރިޔާން ކާޑު ފެނިއްޖެނަމަ، ތަހުގީގު ކުރުމުގެ ބާރުގެ ތެރެއިން އެކަމާއި ގުޅޭ ޤާނޫނީ އިންޒާރުދީ އެކަމާއި ގުޅޭ ދައުވާ ކުރުމަށް ފޮނުވުމަށް ހުރަހެއް ނޯންނާނެކަން ދައުލަތުގެ ވަކީލު ފާހަަގަކުރެއްވިއެވެ.

އަދި ކޯޓު އަމުރަކީ އޭގެ ޒާތުގައި ޤާނޫނާއި އެއްގޮތަށް ނެރެފައިވާ އަމުރުތަކެއް ކަމަށް ވަކީލު ވިދާޅުވިއެވެ.

ޝަރީއަތުން ވަނީ އެ ނުކުތާތަކާމެދު ޝަރީއަތުން ދެކޭ ގޮތް ހިއްސާކޮށްފައެވެ. އެގޮތުން ގާޒީ ސޮފްވަތު ޙަބީބް ވިދާޅުވީ، ތުހުމަތު ކުރުމަކީ ހައްޔަރު ކުރާއިރު ތުހުމަތު ކުރުން އެކަނިތޯ ނުވަތަ ފަހުން އައު ތުހުމަތެއް ނުކުމެއްޖެނަމަ އޮންނާނެ ޤާނޫނީ ފަރުވާއަކީ ކޮބައިތޯ ވިސްނާލަން ޖެހޭ ކަމަށެވެ.

އެކަމަށް ޤާނޫނޫ ތަން ނުދޭނަމަ، ޤާނޫނު ރަނގަޅަށް ތަންފީޒު ނުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

މިސާލެއްގެ ގޮތުން މީހެއްގެ މަރުގެ މައްސަލައިގައި މީހަކު ހައްޔަރުކުރާއިރު، ފުރަތަމަ ކުރެވޭނެ ތުހުމަތަކީ ގަސްތުގައި މީހަކު މެރުން ނަމަވެސް، ފަހުން އެއްޖިންސުން ގުޅުން ހިންގުން ފަދަ އިތުރު ކަންކަން ތަހުގީގުގެ ތެރެއިން ފާހަގަވެދާނެ ކަމަށެވެ. އެ ޙާލަތްތަކުގައި ޤާނޫނީ ގޮތުން އެކަން ކުރަން އޮންނަ ގޮތް ބަލަންޖެހޭނެކަން ގާޒީ ފާހަގަކުރެއްވިއެވެ. ގާޒީ ވަނީ އެކަންކަމާއި ގުޅިގެން ސާފުކުރައްވަން ބޭނުންވާ ކަންކަން އިތުރަށް ސާފު ކުރައްވާފައެވެ.

މި ހުށައެޅުއްވުމަށް ގޮތެއް ނިންމަވަމުން ބުދަ ދުވަހުގެ އަޑުއެހުމުގައި ގާޒީ ވަނީ މި މައްސަލައިގައި ހެކި ހޯދީ ޤާނޫނާއި ޚިލާފަށްކަމަށް ބެލެވެން ނެތްކަމަށް ނިންމަވާފައެވެ. އަދި މިއީ މައުޟޫއީ ގޮތުން ކުރިއަށް ގެންދެވޭނެ މައްސަލައެއްކަަމަށްވެސް ގާޒީ ވަނީ ނިންމަވާފައެވެ.

ގާޒީގެ މި ނިންމެވުމާއެކު ދެން އޮންނާނީ މި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް ފެށުމެވެ. ދެން އޮންނަ އަޑުއެހުމުގައި އޮންނަނީ ހެކިންގެ ހެކިބަސް ނެގުމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

4 މެއި
މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"
20233 އަހަރު ކުރިން
ރިޕޯޓު

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި
20224 އަހަރު ކުރިން
ރާއްޖެ

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ
20188 އަހަރު ކުރިން
ދުނިޔެ

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު