Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަލަސުރުޚީ

ސަލާމަތީ ގޮތުން ފުރިހަމަވާން ޖެހޭ ކަންކަން ގިނަ އުޅަނދުތަކުގައި ފުރިހަމަ ނުވެ ހުރޭ: ފުލުހުން

14 މާރިޗު 2022 | ހޯމަ 02:17

މި މަހުގެ މިހާތަނަށް 133 އުޅަނދު ޗެކް ކޮށްފައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 14 މާރިޗު 2022 | ހޯމަ 02:17
ފަލަސުރުހީ ޕްރޮގްރާމުގެ ތެރެއިން

ފަލަސުރުހީ ޕްރޮގްރާމުގެ ތެރެއިން

ސަލާމަތީ ގޮތުން ފުރިހަމަވާން ޖެހޭ ކަންކަން ގިނަ އުޅަނދުތަކުގައި ފުރިހަމަ ނުވެ ހުންނަ ކަމަށް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާހިމް އަދުނާން އަނީސް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އަދުނާން ވިދާޅުވީ މި މަހުގެ މިހާތަނަށް 133 އުޅަނދު ޗެކް ކުރިއިރު ލައިފްޖެކެޓް ނުހުންނަ މައްސަލައާއި އަދަދަށް ނުހުރުމާއި އެ ކޮލެޓީގައި ނުހުރުމާއި ރައްކާތެރިކުރުމަށްޓަކައި އަތް ނުފޯރާ ހިސާބުގައި ލައިފްޖެކެޓް ބަހައްޓާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިކަހަލަ ކަންތައްތައް ދިމާވުމުން ނަސޭހަތްތެރިވަމުންދާ ކަމަށާއި އޮންނަން ޖެހޭ ގޮތް ކިޔައިދިނުމުން ދެވަނަ ފަހަރަށް ޗެކް ކުރާއިރު ވަރަށް ގިނަ އުޅަނދުފަހަރުން އެކަންތައްތައް ރަނގަޅު ކުރާކަމަށް ވެސް އަދުނާން ވިދާޅުވިއެވެ.

އީދު ބަންދާއި ދިމާކޮށް އުޅަނދުފަހަރު އޮޕަރޭޓް ކުރާ މީހުންނާއި ވެރިންނަށް އަމާޒުކޮށް ޕްރޮގްރާމުތައް ހިންގާ ކަމަށް ވެސް އަދުނާން ވިދާޅުވިއެވެ.  

އަދި ދަތި ބައެއް ކަންކަން ހުންނަކަން ފާހަގަކުރައްވާ އަދުނާން ވިދާޅުވީ ޒަމާނަށް އަންނަ ބަދަލުތަކާއި ގުޅިގެން ވަސީލަތްތަކަށް ވެސް ބަދަލު އަންނަމުންދާ ކަމަށެވެ. އެގޮތުން ބައެއް އުޅަނދުތަކަށް ވަގުތުން އެ ވަސީލަތްތައް ހޯދުމަށް ދަތިވާ ކަމަށް ވެސް ވިދާޅުވިއެވެ.

އުޅަނދުތައް ޗެކު ކުރުމަށްޓަކައި ވަކި ޚާއްސަ ދުވަސްވަރެއް ނުބަލާކަން ފާހަގަކުރައްވާ އަދުނާން ވިދާޅުވީ އަބަދުވެސް އުޅަނދުތައް ފުލުހުން ޗެކު ކުރަމުންދާ ކަމަށެވެ.

ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ސަބްއިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު ޝަހީދު ވިދާޅުވީ ކަނޑުމަތީގެ ހާދިސާތައް މަދުކުރުމަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމުތައް ހިންގާ ކަމަށާއި ބައެއް ކެޕްޓަނުންނާއި ފަޅުވެރިންނަށް ފަތަން ނޭނގޭ މީހުން ވެސް ތިބޭ ކަމަށެވެ. އަދި އެކަންތައްތަކަށް އެމީހުން ހޭލުންތެރި ކުރުވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ލައިސެންސް ނެތި ބައެއް އުޅަނދުފަހަރު މީހުން ދުއްވާއިރު ވެސް ކަނޑުމަތިން އެމީހުން ހިފައްޓާ، އެ ހާލަތެއްގައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅުއްވާ ކަމަށް ޝަހީދު ވިދާޅުވިއެވެ.

ކަނޑުމަތީގެ ހާދިސާތައް އިތުރުވެގެން ދިޔުމާއި ގުޅިގެން 9 މީޓަރަށްވުރެ ކުދި އުޅަނދުފަހަރުގައި ދަތުރުކުރާއިރު ލައިފް ޖެކެޓު އެޅުން މަޖުބޫރުވާގޮތަށް ލައިފްޖެކެޓް އެޅުމާއި ބެހޭ ގަވާއިދަށް މިދިޔަ އަހަރު ވަނީ އިސްލާހު ގެނެސްފައެވެ.

އާންމު ދަތުރުފަތުރުގެ ގޮތުގައި ފެރީގެ ޚިދުމަތް ދިނުމަށާއި، މީހުން އުފުލާ ހުރިހާ އުޅަނދުފަހަރުގައި ލައިފްޖެކެޓް ފަސޭހައިން ބޭނުން ކުރެވޭގޮތަށް ބަހައްޓަން ވާނެ ކަމަށް ގަވައިދުގައި ވެއެވެ. އަދި އުޅަނދު ފުރުމުގެ ކުރިން ލައިފްޖެކެޓް ބޭނުންކުރާނެ ގޮތުގެ މައުލޫމާތު ފަސިންޖަރުންނަށް ފޯރުކޮށްދޭންވާނެ ކަމަށާއި، ދަތުރުމަތީގައި އެއްވެސް ބޭނުމެއްގައި ނޫނީ އެއްވެސް ހާލަތެއް މެދުވެރިވެގެން ފަސިންޖަރު ނުވަތަ ފަޅުވެރިން އުޅަނދުގެ ގެ ގަނޑުން ބޭރަށް ނުކުންނަންޖެހޭ ވަގުތުތަކުގައި ބޭރަށް ނުކުންނަންވާނީ ލައިފްޖެކެޓް އަޅައިގެން ކަމަށް ގަވައިދުގައިވެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
12 ޖެނުއަރީ 2017

ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު

12 ޖެނުއަރީ 2017
ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް