Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑްރަގް ރިހެބިލިޓޭޝަން

ސިއްހީ ޚިދުމަތްދޭ ހުރިހާ ތާކުން ޑްރަގްގެ ފަރުވާ ލިބެން ޖެހޭ: ހެލްތު މިނިސްޓަރ

5 މާރިޗު 2022 | ހޮނިހިރު 07:31

ފުރަތަމަ ކުއާޓަރ ނިމޭއިރު ޕްރައިމަރީ ހެލްތު ކެއަރގެ ޕްރޮގްރާމްތައް ފައްޓާނަން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 5 މާރިޗު 2022 | ހޮނިހިރު 07:31
ހެލްތު މިނިސްޓަރ އަހުމަދު ނަސީމް

ހެލްތު މިނިސްޓަރ އަހުމަދު ނަސީމް

ރާއްޖޭގައި ހުރި ހުރިހާ ސިއްހީ މުއައްސަސާއެއް ޑްރަގް ރިހެބިލިޓޭޝަން ކަންތައްތަކުގައި ބޭނުން ކުރަންޖެހޭ ކަމަށް ހެލްތު މިނިސްޓަރ އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ މާފުށީ ޖަލުގައި ފުރަތަމަ ފަހަރަށް ގައިދީންނަށް ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ނަސީމް ވިދާޅުވީ, އެފަދަ މީހުންނަށް ފުރިހަމައަށް ފަރުވާ ދިނުމުގެ ގާބިލުކަން ނެތްކަމަށެވެ. ކިއުބާއާއި އޮސްޓްރޭލިއާ އަދި އެމެރިކާ ސަރުކާރުން ފަންނީ ބޭފުޅުންގެ އެހީތެރިކަމަށް އެދިވަޑައިގެންފައި ވާނެކަމަށާއި ދެވަނަ ކުއާޓަރގައި އެމީހުން އަންނާނެ ކަމަށް ބެލެވޭ ކަމަށް ނަސީމް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޑްރަގްގެ މީހުން ތިބި ކޮންމެ ތަނެއްގައި އެމީހުންނަށް ފަރުވާ ދޭން ބޭނުންވާކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ, ފުރަތަމަ ކުއާޓަރ ނިމޭއިރު ޕްރައިމަރީ ހެލްތު ކެއަރގެ ޕްރޮގްރާމްތައް ފައްޓަވާނެ ކަމަށެވެ. އޭރުން 86 ހެލްތު ފެސިލިޓީގައި މިކަން ފެށޭނެ ކަމަށެވެ.

ބޭނުންވާ ވަރަށް ކައުންސިލިންނަށާއި ސޯޝަލް ސަރވިސްތަކުގައި މީހުން މަސައްކަތް ނުކުރާތީ އެކަމުގެ ކަންބޮޑުވުން ހިއްސާކުރައްވައި ނަސީމް ވިދާޅުވީ, ވަރަށް ގިނަ މީހުން މި ދާއިރާއިން ތައުލީމް ހާސިލްކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް މިފަދަ މަސައްކަތްތަކުގައި މިނިސްޓްރީއާ ނުގުޅޭތީ އެކަމުގެ ދިރާސާއެއް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވިއެވެ.   

ކުދިން ރިހެބިލޭޓް ކުރިޔަސް މިކަމުން ހައްލެއް ނެތްކަމަށާއި މުޖުތަމައު ހޭލުންތެރިކުރުވަން ޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވެފައިވާއިރު, ޑްރަގް ނެޓްވޯރކުތައް ހުއްޓުވުމަށް ސަރުކާރުގެ ހުރިހާ ވަސީލަތެއް ބޭނުން ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވަނީ ރިޔާސީ ބަޔާނުގައި ވެސް ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ، ކޮވިޑްގެ ހާލަތާއި ގުޅިގެން ޑްރަގްގެ ހާލަތު އިތުރަށް ގޯސްވި ކަމަށެވެ. އެގޮތުން މަސްތުވާތަކެއްޗަކީ އޭގައި ވަރަށް ބޮޑު ބެކްގްރައުންޑެއް އޮންނަ، އިންތިޒާމްވެ ގުޅިގެން ހިންގާ, ބައިނަލްއަގުވާމީ ބޮޑު ވިޔަފާރި އެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެ ދޮރުތައް ބަންދުކޮށް، ޑްރަގް ވިޔަފާރި ހުއްޓުވުމަކީ އިންތިހާއަށް ގޮންޖެހުން ބޮޑު ކަމެއްކަމަށެވެ.

އެހެންނަމަވެސް އެމަސައްކަތުގައި ދޫވެފައި ހުރި ގޮށްތައް ބާރު ކުރައްވައި، އެކަންކަމަށް ހުޅުވާ ދޮރުތައް ބަންދުކުރައްވައި، އެމީހުން ހުއްޓުވުމަށް ސަރުކާރުގެ ހުރިހާ ވަސީލަތެއް ބޭނުންކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ސާލިހު ދެއްވިއެވެ.

ރައީސް ވިދާޅުވީ، އެކަމަށްޓަކައި ކަމާބެހޭ ޓާސްކް ފޯސް އެކުލަވާލެވި، ކުރަންޖެހޭ ކަންކަން ސަރުކާރުން ކުރަމުންދާ ކަމަށެވެ. ރައީސް ވަނީ މިބަދަލުތަކުގެ ހެޔޮ ނަތީޖާ ފެންނާނެކަމަށް ވިދާޅުވެފައެވެ.

ޑްރަގާ ގުޅުންހުރި ކުށްތަކާއި ފަރުވާ ބޭނުންވާ ފަރާތްތައް ގިނަކަން ފާހަގަކުރެވޭ ސަރަހައްދުތަކުގައި، ފަރުވާގެ މަރުކަޒުތައް އަލުން ފެށިފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެއާއެކު ރަށު ކައުންސިލްތަކާއި ސިއްހީ މަރުކަޒުގެ ބެލުމުގެ ދަށުން, ރަށުގައި ހުރެގެން ފަރުވާ ހޯދޭނެ ބަދަލެއްވެސް މިއަހަރު އެޕްރީލްގެ ކުރިން ފެށޭނެކަން ރައީސް ވަނީ އުފަލާއެކު ފާހަގަކުރައްވާފައެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ މާފުށީ ޖަލުގައި ފުރަތަމަ ފަހަރަށް ގައިދީންނަށް ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމެއް ވެސް ވަނީ ފަށާފައެވެ.

މަސްތުވާތަކެތިހެލްތު މިނިސްޓަރު، އަޙުމަދު ނަސީމް

އެންމެ ހިނގާ

1

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2025

ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއި އެކު ހައްޔަރުކުރި ޒުވާނާގެ ބަންދަށް 10 ދުވަސް ޖަހައިފި

02 ފެބުރުއަރީ 2025
ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއި އެކު ހައްޔަރުކުރި ޒުވާނާގެ ބަންދަށް 10 ދުވަސް ޖަހައިފި
24 ޑިސެމްބަރު 2024

ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅުން - ފަރުޝާންގެ ވަކީލުގެ ފަރާތުން އުފުލީ އޭނާ އާއި ބައްދަލު ނުވާކަމުގެ ކަންބޮޑުވުން

24 ޑިސެމްބަރު 2024
ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅުން - ފަރުޝާންގެ ވަކީލުގެ ފަރާތުން އުފުލީ އޭނާ އާއި ބައްދަލު ނުވާކަމުގެ ކަންބޮޑުވުން
22 އޮކްޓޯބަރު 2024

ފުލުހުންނާއި ގުޅޭ މައްސަލަތަކާއި ގުޅިގެން 48 މީހަކަށް ފިޔަވަޅު އަޅާފައިވޭ، 17 ފުލުހުން ވަޒީފާ އިން ވަނީ ވަކިކޮށްފައި- ސީޕީ

22 އޮކްޓޯބަރު 2024
ފުލުހުންނާއި ގުޅޭ މައްސަލަތަކާއި ގުޅިގެން 48 މީހަކަށް ފިޔަވަޅު އަޅާފައިވޭ، 17 ފުލުހުން ވަޒީފާ އިން ވަނީ ވަކިކޮށްފައި- ސީޕީ
18 ސެޕްޓެމްބަރު 2024

ނ އަދި ޅ އަތޮޅުގައި ހިންގި އޮޕަރޭޝަންގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި، ފައިސާ ހޯދާފައިވޭ: ފުލުހުން

18 ސެޕްޓެމްބަރު 2024
ނ އަދި ޅ އަތޮޅުގައި ހިންގި އޮޕަރޭޝަންގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި، ފައިސާ ހޯދާފައިވޭ: ފުލުހުން
20 ޖުލައި 2024

މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަނީ

20 ޖުލައި 2024
މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަނީ
06 ޖުލައި 2024

100 ކިލޯގެ ޑްރަގު މައްސަލައިގައި ދައުވާ އުފުލާފައިވާ ޒާއިދު ޑްރަގް ވިޔަފާރީގެ ތުހުމަތުގައި ހައްޔަރުކޮށްފި

06 ޖުލައި 2024
100 ކިލޯގެ ޑްރަގު މައްސަލައިގައި ދައުވާ އުފުލާފައިވާ ޒާއިދު ޑްރަގް ވިޔަފާރީގެ ތުހުމަތުގައި ހައްޔަރުކޮށްފި
25 ޖޫން 2024

"މަސްތުވާތަކެތި ބޭނުންކުރާ އައްޑާތަކުގެ ގޮތުގައި މާލޭގައި ބޭނުންކުރި 50 ތަނެއް، އޭގެ ތެރޭގައި ސަރުކާރު އިމާރާތްތައް ހިމެނޭ"

25 ޖޫން 2024
"މަސްތުވާތަކެތި ބޭނުންކުރާ އައްޑާތަކުގެ ގޮތުގައި މާލޭގައި ބޭނުންކުރި 50 ތަނެއް، އޭގެ ތެރޭގައި ސަރުކާރު އިމާރާތްތައް ހިމެނޭ"
06 ޖޫން 2024

ކުރިއަރ އަދި ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު ޖުމްލަ 7.840 ކިލޯގްރާމްގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި

06 ޖޫން 2024
ކުރިއަރ އަދި ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު ޖުމްލަ 7.840 ކިލޯގްރާމްގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި
18 މެއި 2024

4 ކިލޯ ޑްރަގް މައްސަލައިގައި ހައްޔަރުކުރި މީހާ އިތުރު 30 ދުވަހަށް ބަންދުކޮށްފި

18 މެއި 2024
4 ކިލޯ ޑްރަގް މައްސަލައިގައި ހައްޔަރުކުރި މީހާ އިތުރު 30 ދުވަހަށް ބަންދުކޮށްފި
17 މެއި 2024

އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި

17 މެއި 2024
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް