Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބަންޑާރަ ކަޕް

"ޕީޖީ އޮފީހުގެ މުވައްޒަފުންނަކީ، އެމީހުންގެ ސިކުނޑީގެ ހުނަރު ވިއްކައިގެން، ކައިގެން ބޮއިގެން އުޅޭ ބައެއް"

5 މާރިޗު 2022 | ހޮނިހިރު 07:18

ޝަމީމް ވިދާޅުވީ މިމުބާރާތުން ދެކަމެއް ހާސިލުވާ ކަމަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 5 މާރިޗު 2022 | ހޮނިހިރު 07:18
ޕީޖީ ހުސައިން ޝަމީމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ

ޕީޖީ ހުސައިން ޝަމީމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ

ޕީޖީ އޮފީހުގެ މުވައްޒަފުންނަކީ، އެމީހުންގެ ސިކުނޑީގެ ހުނަރު ވިއްކައިގެން، ކައިގެން ބޮއިގެން އުޅޭ ބައެއްކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕީޖީ ޝަމީމް އެހެން ވިދާޅުވީ ބަންޑާރަ ނައިބު އޮފީހުގެ ރެކްރިއޭޝަން ކުލަބް، ބަންޑާރަ ކުލަބުން އިސްނަގައިގެން މިހާރު ކުރިއަށްގެންދާ "ބަންޑާރަ ކަޕް" ފުޓްސެލް މުބާރާތާ ގުޅޭގޮތުން އޭނާގެ ބްލޮގްގައި ޝާއިއުކުރެއްވި ލިއުމެއްގައެވެ.

Advertisement - newsAdvertisement

ޝަމީމް ވިދާޅުވާ ގޮތުގައި މިމުބާރާތުން ދެކަމެއް ހާސިލުވެއެވެ.

އެއްކަމަކީ އިޖުތިމާއީ ގުޅުންތަކުގެ ތެރެއިން ކަންކަން ހައްލުކުރުމުގެ ފުރުސަތު ލިބިގެން ދިއުމެވެ. އަދި ދެވަނަ ކަމަކީ، ކުޅިވަރުން ދަސްކޮށްދޭ ގިނަގުނަ ކަންކަމެވެ. އެގޮތުން ކުޅިވަރަކީ އެތައް ކަމެއް ދަސްކޮށްދޭ ބާރުގަދަ އިޖްތިމާއީ ހަރަކާތެއްކަން ފާހަގަ ކުރައްވައި ޝަމީމް ވަނީ, ކުޅިވަރުގެ ތެރެއިން ދަސްވާ ކަމަކީ، ޓީމެއްގެ ގޮތުގައި މަސައްކަތްކޮށް ކާމިޔާބު ހާސިލުކުރުން ކަމަށް ވިދާޅުވެފައެވެ.

ޝަމީމް ވިދާޅުވީ، ޕީޖީ އޮފީހުގެ ފިރިހެން ޓީމު މިހާރު ވަނީ ކާމިޔާބުކަމާއެކު، ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ގޮސްފައި ކަމަށެވެ.

އަދި އަމާޒަކީ ކުޅިވަރާއި ދުޅަހެޔޮކޮށް ތިބުމުގެ ސަގާފަތެއް އޮފީހުގައި އާލާކުރުންކަން ފާހަގަ ކުރައްވައި ޝަމީމް ވިދާޅުވީ، ސިފައިންނާއި ފުލުހުންގެ ވަޒީފާގައި ތިބޭ މީހުން ބީއެފްޓީ (ބޭސިކް ފިޓްނަސް ޓެސްޓް) ހަދަންޖެހޭ ގޮތަށް، ޕީޖީ އޮފީހުގެ މުވައްޒަފުނަށްވެސް ޓެސްޓެއް ތަައާރަފުކޮށް، އަހަރަކު އެއްފަހަރު އެ ޓެސްޓުން ފާސްވާންޖެހޭ ގޮތަށް ހަދައި، ދުޅަހެޔޮ ލައިފްސްޓައިލަކަށް މަގުފަހިކުރެވޭނެ ގޮތްތަކަކާމެދު މަޝްވަރާތައް ކުރައްވަމުން ގެންދަވާކަމަށެވެ.

އޭގެ އިތުރުން، ޕީޖީ އޮފީހުގެ މުވައްޒަފުންނަކީ، އެމީހުންގެ ސިކުނޑީގެ ހުނަރު ވިއްކައިގެން، ކައިގެން ބޮއިގެން އުޅޭ ބައެއްކަން ފާހަގަ ކުރައްވައި ޝަމީމް ވިދާޅުވީ، ސިކުނޑީގެ ދުޅަހެޔޮކަން އިތުރުކޮށް، ނަފްސާނީ ބަލިތަކުން ދުރުވެ ތިބުމަށްޓަކައި، ހަށިގަނޑުގެ ދުޅަހެޔޮކަމަކީ ކޮންމެހެން ފުރިހަމަވާންޖެހޭ އަސާސީ ކަމެއް ކަމަށެވެ. އެގޮތުން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމުގެ ސަގާފަތެއް އާލާވުމުން އެކަމުގެ ފައިދާ، އޮފީހަށާއި، މުވައްޒަފަށާއި، މުވައްޒަފުގެ އާއިލާއަށްވެސް ކުރާނެކަމަށެވެ.

ޝަމީމް ވަނީ, ބަންޑާރަ ކަޕަކީ، އެމަގަށް ވާސިލުވުމަށް ކޮށުނު މަގެއް ކަމަށް ބަލައިގެން، ހުރިހާ އިދާރާއަކުން މަސައްކަތް ކޮށްފިނަމަ، މިއީ އަހަރަކު އެއްފަހަރު ބާއްވާ ފުޓްސަލް މުބާރާތަކަށްވުރެ މާ ބޮޑު ކަމަކަށްވާނެކަމަށް ވިދާޅުވެފައެވެ. 

މުބާރާތުގައި ގްރޫޕް ސްޓޭޖް ނިމުނުއިރު، ފިރިހެން ބައިގައި ބައިވެރިވި 16 ޓީމުގެ ތެރެއިން 8 ޓީމު ދެވަނަބުރަށް ގޮސް، 8 ޓީމު ބަލިވެގެން މި މުބާރާތުން ކަޓާފައިވާކަމަށް ޝަމީމް ވިދާޅުވިއެވެ.

މިމުބާރާތުގައި، މާލޭގައި ހުރި ހުރިހާ ކޯޓުތަކަކުންނާއި، ބައެއް ޕްރައިވެޓް ލޯ ފަރމްތަކުންވެސް ބައިވެރިވެއެވެ.

ޕީޖީ އޮފީސްހުސައިން ޝަމީމް

އެންމެ ހިނގާ

1

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

2

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
27 އޮކްޓޯބަރު 2025

ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން އައިކޮމުން ނިންމައިފި

27 އޮކްޓޯބަރު 2025
ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން އައިކޮމުން ނިންމައިފި
15 އޮކްޓޯބަރު 2025

ޕީޖީ އޮފީހުން 300 ރުފިޔާގެ ފީ ނުދައްކައިގެން 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

15 އޮކްޓޯބަރު 2025
ޕީޖީ އޮފީހުން 300 ރުފިޔާގެ ފީ ނުދައްކައިގެން 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި
14 އޮކްޓޯބަރު 2025

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި އާތިފަށް ނަސޭހަތްދީ ޕީޖީން މައްސަލަ ފައިލްކޮށްފި

14 އޮކްޓޯބަރު 2025
އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި އާތިފަށް ނަސޭހަތްދީ ޕީޖީން މައްސަލަ ފައިލްކޮށްފި
29 ސެޕްޓެމްބަރު 2025

ސައީދުގެ މައްސަލައިގައި އޭސީސީން ބެލީ ވެރިކަން ބަދަލުވުމުން ސައީދުގެ އެމްޑީކަމުގައި ހިނގައިދިޔަ ކަންކަން އެކަނި ދައުވާ ކުރަން ފޮނުވަން: ޝަމީމް

29 ސެޕްޓެމްބަރު 2025
ސައީދުގެ މައްސަލައިގައި އޭސީސީން ބެލީ ވެރިކަން ބަދަލުވުމުން ސައީދުގެ އެމްޑީކަމުގައި ހިނގައިދިޔަ ކަންކަން އެކަނި ދައުވާ ކުރަން ފޮނުވަން: ޝަމީމް
16 އެޕްރީލު 2025

އެމްޓީސީސީ ޓަވަރުތަކުގެ މައްސަލާގައި ފަސް މީހަކަށް ދައުވާކުރަން ޕީޖީއަށް ފޮނުވައިފި

16 އެޕްރީލު 2025
އެމްޓީސީސީ ޓަވަރުތަކުގެ މައްސަލާގައި ފަސް މީހަކަށް ދައުވާކުރަން ޕީޖީއަށް ފޮނުވައިފި
02 ފެބުރުއަރީ 2025

"ބަންދު ފޯރަމް"ގައި ކޯޓުތައް ނުހިމެނުމުން ޕީޖީ އޮފީހަށް ފާޑުކިޔުން

02 ފެބުރުއަރީ 2025
"ބަންދު ފޯރަމް"ގައި ކޯޓުތައް ނުހިމެނުމުން ޕީޖީ އޮފީހަށް ފާޑުކިޔުން
25 ޖެނުއަރީ 2025

އުމުރާ އަށް ގެންދިއުމުގައި މަކަރުހެދި މަޝްއަރު ގްރޫޕާއި ބައިވެރިންނަށް ހިޔާނާތުގެ ދައުވާކުރަން ފޮނުވައިފި

25 ޖެނުއަރީ 2025
އުމުރާ އަށް ގެންދިއުމުގައި މަކަރުހެދި މަޝްއަރު ގްރޫޕާއި ބައިވެރިންނަށް ހިޔާނާތުގެ ދައުވާކުރަން ފޮނުވައިފި
22 ޑިސެމްބަރު 2024

އެފްއޭއެމް އަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ބައްސާމުގެ އަތުން އެއް މިލިއަން ދެލައްކަ ޑޮލަރު ނަގައިދިނުމަށް އެދިއްޖެ

22 ޑިސެމްބަރު 2024
އެފްއޭއެމް އަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ބައްސާމުގެ އަތުން އެއް މިލިއަން ދެލައްކަ ޑޮލަރު ނަގައިދިނުމަށް އެދިއްޖެ
22 ޑިސެމްބަރު 2024

ކުރީގެ ރައީސް ސާލިހާއި، ފައްޔާޒުގެ މައްޗަށް އަވަސް ޖިނާއީ ތަހުގީގެއް ހިންގަން އޭސީސީ އަށް ޕީޖީ އަންގައިފި

22 ޑިސެމްބަރު 2024
ކުރީގެ ރައީސް ސާލިހާއި، ފައްޔާޒުގެ މައްޗަށް އަވަސް ޖިނާއީ ތަހުގީގެއް ހިންގަން އޭސީސީ އަށް ޕީޖީ އަންގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް